Skip to content
އެސްފިޔަ

ދުވަހަކު ވަކިވުމެއް ނޭދެން ހުވާ 3(ފަހުބައި)

3 ވަނަ ބައި******

ދުވަސްތައް ހަފްތާއަށްވެ ހަފްތާތައް މަސްތަކަށް ބަދަލުވަމުންގޮސް އެންމެ ފަހުން ރައުނާގެ ބަނޑަށް ވެސް 9 މަސް ވެއްޖެވެ. އެއްދުވަހެއްގެ މެންދުރު ވަގުތުގައި  ނުކްޝާންވެސް ގެއަށް އައިސް ނުކްޝާންގެ އެޕާޓްމެންޓަށް ވަތް ވަގުތަކީ ރައުނާވެސް ބަނޑުގައި އަތްއަޅައިގެން ހުރެ ކޮޓަރިން ނުކުތް ވަގުތެވެ. ދެދަތްޕިލަ ޖައްސާ ބާރު ކޮށްގެން ނުކްޝާން އަށް ބަލައިލި ގޮތުން ރައުނާގެ ގައިގަ އަޅަމުންދިޔަ ވޭނަށް ކެތްކުރަން މަސައްކަތް ކުރާކަން އެގެވެ. އެވަގުތު ނުކްޝާންވެސް އަވަސް އަވަހަށް މަންމަ އަށް ގުޅާލާ ވީގޮތް ކިޔައިދިނުމަށްފަހު އެންބިއުލެންސް އަށް ގުޅާލިއެވެ. 15 ވަރަކަށް މިނެޓް ފަހުން ނުކްޝާންމެން ރައުނާ ގޮވައިގެން ހޮސްޕިޓަލަށް ދާން މިސްރާބު ޖެހިއިރު ނުކްޝާންގެ މަންމަ ރައުނާގެ ބޮލުގައި ފިރުމާލާ ހިތްވަރުދިނުން ވީ ނުކްޝާންގެ ހިތަށް ވެސް ހަމަޖެހުން ގެނުވި ކަމަކަށެވެ. ނޭގިނަމަވެސް ރައުނާ އަށްޓަކައި އެ ހިތުގައި ވިންދެއް ޖަހަންފެށިކަމުގެ އިޙްސާސް އެވަގުތު ނުކްޝާން އަށް ވިއެ.

ރައުނާ ނުވިހައިގެން އެންމެ ފަހުން ސިޒޭރިއަން އަކަށް ދާން ނިންމި އިރު މެންދުރު 2:45 ވެއްޖެއެވެ. ނަރުސް ކުއްްޖާ ރައުނާގެ ފިރިމީހާ ކޮބާތޯ އަހާލަމުން ދިން ފޯމުގައި ނުކްޝާން ސޮއި ކުރީ ނުކެރިފައި ހުރެނަމަވެސް ރައުނާ  އަށާއި އެކުޑަ ކުޑަ ތުއްތު ފުރާނަ އަށް އހީވުމުގެ ގޮތުންނެވެ.ނަރުސް ކުއްޖާ ދިން ފޯމުގައި ސޮއި ކުރުމަށްފަހު ނުކްޝާން އައިސް ގޮޑިބަރީގައި އިށީނަ އިރު އެރީތި ދެ ލޮލަށް ވަނީ ކަރުނަތައް ޖަމާވެފައެވެ. “ދަރިފުޅާ ހިތްވަރު ކުރޭ..ﷲ އިރާދަ ކުރެއްވިއްޔާ ރައު އަކަށް ދެރަގޮތެއް ނުވާނެ”  އެވަގުތު މަންމަގެ ހިތްވަރުގެ ބަސްތަކުން ނުކްޝާން އަށް ކުޑަވެސް އުންމީދެއް ލިބުނެވެ. ވުމާއެކު އަނެއްކާވެސް ނުކްޝާން ގޮސް ތިއޭޓަރގެ ދޮރު ކުރިމަތީގައި މަޑު ކޮއްލިއެވެ. އެވަގުތަކީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވުނު ވަގުތުކަމުން  އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ އެކުޑަ ކުޑަ ފުރާނަ ފެންނާނެ އިރަކަށެވެ. އެގޮތުގައި މާކަ ގިނައިރަކު ތިބޭކަށް ނުޖެހުނެވެ.ނަރުސް ކުއްޖަކު އެލޯބި ފުއްގަނޑެއްފަދަ ކުއްޖާ ގެނައުމުން ތިންމީހުންނަށް ވެސް އެއްފަހަރާ އަލްހަމްދުﷲ އޭބުނެވުނެ. ރައުނާ އަށް ލިބުނީ ހަމަ 2 ވަނަ ރައުނާ އޭ ބުނެލިޔަސް ދޮގަކަށް ނުވާނެއެވެ. ހަމަ އެ ދިގު އެސްފިޔަތަކެވެ. ރައުނާގެ ހުންނަކަހަލަ މުޅި ކުލައިގެ ކަޅިއަކާއި ރަތްކަން ގަދަ ތުންފަތެކެވެ.އެންމެފަހުން މަންމަ އަތަށް ދަރިފުޅު ދިނުމަށްފަހު ނުކްޝާން ދިޔައީ ރައުނާ ޕްރައިވެޓް ރޫމްއަކަށް ބަދަލުކުރަންވާއިރަށް ކުރުނބާ އަކާއި އެއްޗެހި ހޯދުމަށެވެ.

30 މިނެޓްފަސް

“ދަރިފުޅާ މަންމަމެން ދެން ދަނީ އިނގޭ….މަންމަ އަދި އަންނާނަން މިރެއަށް ކައްކާ ހަދާލާފަ..” މަންމަ އެހެން ބުނުމުން ނުކްޝާންވެސް ހިނިތުންވެލުމަށްފަހު ބޯޖަހާލިއެވެ.އޭރުވެސް ރައުނާ އަށް އޮތީ ނިދިފައެވެ. އެރީތި މޫނު ވަނީ ނުހަނު ބޮނޑަށް ހުދުވެފައެވެ. ވަރުބަލިވެފައި ހުރިކަން ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ.ރައުނާ ނިދިފަ އޮތްއިރު ލޯބިކަމުން ނުކްޝާންއަށް ކަޅިޖަހާނުލާ ކަޅިޖަހާނުލާބެލުނެވެ. ސިއްސައިގެން ދިޔައީ އެވަގުތު ކުޑަ ދަރުފުޅު ރޯން ފެށުމުންނެވެ.ވަގުތަކީ ރައުނާވެސް ހޭލިވަގުތު ކަމުން އަވަސް އަވަހަށް ކުޑަދަރިފުޅު ނަގާ ރައުނާގެ އަތުތެރެއަށް ލައިދިނެވެ.އަދި އެއަށްފަހު ނުކްޝާން އަނެއް ފަރާތަށް އެނބުރުނީ ރައުނާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ.”ނުކް..ވާހަކައެއް ބުނަން ބޭނުން” ރައުނާގެ އަޑު އިވުމުން ނުކްޝާން ރައުނާ އާއި ދިމާލަށް ބަލާލަމުން އެވާހަކައެއް ބުނުމަށް ބުނެލިއެވެ. “ނުކް.. ތެންކިޔު ނުކް ކޮށްދިން ހުރިހާ ކަމަކަށް…ނުކް އެދިވަހު ހެލްޕް ނުވިނަމަ ނޭގެ މިއަދު ރައު ނ މި ބޭބީ އަށް ވާނެ ގޮތެއް” ރައުނާ އެހެންބުނުމުން އެއީ މައްސަލައެއް ނުންކަމަށާއި އަދި ނުކްޝާން ވެސް ވާހަކައެއް ބުނަން ބޭނުންވާކަމަށް ބުނެލިއެވެ.”ރައު..ނުކް އަކަށްނޭގެ މީ ކޮންއިރަކު ކިހިނެއް ވީ ކަމެއް ކަން .. ނުކް އަށް އިނގޭ ކަމަކީ ނުކް އަށް ރައު ދެކެ ލޯބި ވެވިއްޖެކަން..އަސްލު އަނގޭ މި ވާހަކަ ޤަބޫލު ކުރަން ރައުއަށް އުދަގޫވާނެކަންވެސް ރައު ބޭނުމިއްޔާ މީ ނުދައްކާ ވާހަކައަކަށްވެސް ހެދިދާނެ އިނގޭ”ނުކްޝާން އެންމެފަހުން ނުކެރިފައި ހުރެނަމަވެސް އޭނާގެ ހިތުގެ ހާލު ބުނެދިނެވެ.” ނުކް… ނުކް ތިބުނަނީ ރައު ބޭނުމިއްޔާ މީ ނުދައްކާ ވާހަކަ އަކަށްވެސް ހެދިދާނެއޭ.. އެކަމް ނުކް އެއްފަހަރުވެސް ރައު ކައިރީގަ އަހާލިންތަ ރައު ބޭނުން ވާ ގޮތެއް …ނުކް އަށް ނޭގުނަސް މިހާރު ރައު އަށްވެސް ނުކް ދެކެ ލޯބިވެވިއްޖެ ..ރައު އަށް ނޭގެނީ އެއީ ކޮންއިރަކު ކިހިނެއް ވީ ކަމެއް ކަން” ރޮވިފައި އިނދެ ރައުނާ އެހެން އަހާލުމުން ނުކްޝާން ރައުނާ އާއި ދިމާލަށް ބަލާލީ ޤަބޫލުނުކުރެވޭފަދަ ގޮތަކަށެވެ. އަދު ދެވަނަ ސިކުންތުގައި ގޮސް ރައުނާގެ ގައިގާ ބައްދާލިއެވެ.އެވަގުތު އަނެއްކާވެސް ކުޑަ ދަރިފުޅު ކުކުރާލި އަޑު އިވުނެވެެ.”ރައު..ބޭބީ އަށް ކިޔާނީ ކޮން ނަމެއް¿” ކުޑަ ދަރިފުޅު އުރާލަމުން ނުކްޝާން އަހާލިއެވެ.”ރައުޝާ”..ދެން ބޯއި ބޭބީ އެއް ލިބިއްޖެއްޔާމުން ” ރައުޝާން” ރައުނާ އެހެން ބުނެލުމުން ނުކްޝާން ވެސް އެންމެ ރަނގަޅޭ ބުނެލިއެވެ. ”

7އަހަރުފަސް

“ޑެޑީ..ޑެޑީ އަވަސް މިހާރު 5 ވަނީއޭ” 7 އަހަރުގެ ރައުޝާ ތުންކޮޅު ދިގުކޮއްލަމުން ކިޔަންފެށިއެވެ.”ދަރިފުޅޫ ޑެޑީ މިއަންނަނީއޭ ދޫނި ކޮބާ މަންމި..” ކޮޓަރިތެރޭގައި ހުރެފައި ނުކްޝާން އަހާލިއެވެ.”މަންމި ހުރީ ކޮއްކިގެ ބޫޓަށް އަރުވަން”.”ހިނގާދާން” ނުކްޝާން ކޮޓަރިން ނުކުތުމާއެކު ރައުނާ ބުނެލިއެވެ.ނުކްޝާން ވެސް އާއެކޭ ބުނެލުމަށްފަހު ރައުނާ ގަޔާ ކައިރި ކޮއްލަމުން ރައުޝާގެ އަތުގާ ހިފާލަމުން ދާން ހިގައިގަތެވެ. ނުކްޝާން އާއި ރައުނާ ތިބީ ރަސްފަންނުގައި ހުރި ގޮނޑިތަކެއްގައި އިށީންދެގެންނެވެ. ތަންކޮޅެއް ދުރުގައި ސަކަރާތް ޖަހަންތިބި ރައުޝާ އާއި ރައުޝާން އަށް ބަލާލަމުން ނުކްޝާން ރައުނާ އަށް ބަލާލަމުން އެ އަތުގައި ހިފާލީ “ދުވަހަކުވެސް ވަކިވުމެއް ނޭދެން ހުވާ ” މިހެން ކިޔާލަމުންނެވެ.

ނިމުނީ

Insha allah vrh avahah alhugandhuge ehn vhk eh “badhaluvegen magey hayaathey” kiyaalan libeyne …adhi mihaathanah alhugandhuge vhk ah support dhehvi hurihaa kiyuntherinah vrh bodah shukuru adhaa kuran

Comments (5)

  1. Your fav bab

    I thought this would be much longer !!!
    Anyways this story is the best
    Hope to see your stories
    Sav!!!!

    1. Sav
      Your fav bab

      Thank you your fav bab🫶
      Insha allah vrh avavaha ehn vhk eh genesdheynan

  2. cutie girl

    mi part ves v reethi masha allah
    curiously waiting for next story
    keep it up
    nuk and rau varah gulhey
    they both are made for each other

    1. Sav
      cutie girl

      Thank you cutie girl🫶
      Insha allah vrh avavaha ehn vhk eh genesdheynan

  3. Sav

    Sav ge vhk thakah support dhehvaa hurihaa kiyuntherinnah vrh bodah shukuriyya 🫶

Comments are closed.