ރޯލީމޭ ދެވަނަބައި (ސުކޫލުތައް ބަންދަށްފަހު ހުޅުވުން)
ފަޅުރަށަށް ދަތުރު ދެވޭ ގޮތްނުވީ ކުއްލިއަކަށް ވިއްސާރަވުމުގެ ވުމުގެ ސަބަބުންނެވެ. ކަނޑު ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ރޭޑިއޯ އާއި ޓީވިއިން މެދުނުކެނޑި ގޮވަމުން ދިޔައެވެ. އުތުރުން ދެކުނަށް އޭރު އޮތީ ރީނދޫ ސަމާލުނެރެފައެވެ.
އެކި ބޭނުންތަކަށް މާލެ އާއި އެކި ޤައުމުތަކަށް ދިޔަ އާއިލާތައް އެތަންތާ ތާށިވިއެވެ. ސުކޫލުގެ ކިޔެވުން ފެށުނު އިރު އާދެވޭ ގޮތެއްނުވިއެވެ. ރާއްޖޭން ބޭރުގެ މުދައްރިސުން ތައް ވެސް ރަށަށް ނާދެވި މާލެގައި މަޑުކުރަން މަޖުބޫރުވިއެވެ.
މިއީ ޗާލު ޗާލު “އައްޑޫ ސިޓީ”އެވެ. ގުދުރަތީ ގޮތުން ރީތި އަތޮޅެކެވެ. ޗުއްޓީ ހޭދަކުރަން ގިނަބަޔަކު އަންނަށް އަތޮޅެކެވެ. ފަތުރުވެރިކަމުގައި މަޝްހޫރު މަންޒިލެކެވެ. ރަށުގެ ކުޅީގައި ހެދިފައިވާ ” ގުދުރަތީ ޕާކަ”ކީ ގިނަ ބަޔަކު އަންނަށް ހިތްވާ އެއް ސަބަބެވެ. ޗަކަފެންގަނޑުގައި ފަތާލާ ތަސްވީރެއް ނަގާލަށް އަންނަށް ކުދިން ވެސް މަދެއްނުވާނެވެ. އައްޑޫ ބޮޑިއަކީ މުޅި ރާއްޖެއަށް މަޝުހޫރު ފޮނިއެއްޗެކެވެ.
އައްޑޫ އިރުޝާދިއްޔާ ސުކޫލުގެ ތުއްތު ކުދިންނަށް އުނގަންނައި ދޭ އަފާއަކީ ކުޑަކުދިން ދެކެ އިންތިހާ ލޯބިވާ “އަންޓީ”އެކެވެ. އެންމެނާވެސް ގުޅޭ މުދައްރިސެކެވެ. ކުދިން ތަފާތުނުކޮށް ކިޔަވައިދިނުމަކީ އަފާގެ އަޒުމެވެ. އެކި ކަހަލަ ފަންތީގެ ކުދިން އުޅޭކަން އަފާ އަބަދުވެސް ހަނދާން ކުރެއެވެ .
އެއް ކުލާހުން އަނެއް ކުލާހުން ނިހާދު ތަޖުރިބާ ހޯދަމުން ދިޔައެވެ .” ގުރޭޑު” 01 އަކުން 04 ކަށެވެ. ނިހާދު ހާއްސަވަނީ އިނގިރޭސި ހިސާބު އަދި “ސައިން”ސަށެވެ .
ވިއްސާރަ އަލިވެ މޫސުން ރީތިވި އިރު އޮތީ ސުކޫލުގެ އަހަރީ ދުވަސް ބޯމަތިވެފައެވެ. ފެބުރުއަރީ 11 އަކީ އިރުޝާދިއްޔާ ސުކޫލުގެ އަހަރީ ދުވަހެވެ . ކުރިއަށް އޮތީ ފެބުރުއަރީ މަހެވެ. މިއީ ސުކޫލަށް އަންނަށް އެންމެ ހާއްސަ އެއް ދުވަހެވެ.
ތަފާތު ހަރަކާތްތަކެއް މިއަހަރުވެސް އަހަރީ ދުވަހާ ގުޅުވައިގެން އޮއްނާނެއެވެ.
އިރުޝާދިއްޔާ ހިނގާލުމާ މުދައްރިސުންގެ ދިވެހިކެއުމާ ދަރިވަރުންގެ ހަވީރެއްގެ އިތުރުން ޚާއްސަ ޖަލްސާއެއް އޮންނާނެއެވެ .
ކުޑައިރުން ފެށިގެން އަފާގެ ހުވަފެނަކީ މުދައްރިސަކަށްވުމެވެ. ސުކޫލު ނިމުމުން އޭލެވެލް ހެދުމެންނެތި އަފާ ބޭނުންވީ ކޯސް ހަދާށެވެ. ރަށުގައި އެ ފުރުސަތު ފަހިކަމުންނެވެ. “ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް”އިން އަފާ ކިޔެވުން ފުރިހަމަކުރި އެވެ . މައިންބަފައިން ގާތުހުރެއެވެ. މިފަދަ ނަސީބެއް ލިބޭނީ ވަރަށް މަދު ކުއްޖަކަށެވެ. ހުރިހާ ރަށެއްގައި ކޮލެޖުތައް ޤާއިމްވެފަނުހުނާތީއެވެ.
ހަފްތާ ބަންދު ވެސް ދިޔައީ ވަރަށް ބުރަކޮށެވެ. ހިންދެމިލާނެ ވަގުތު ކޮޅެއްވެސް ނުލިބިއެވެ. ފެހި ނަލަ ސުކޫލު ޕޮރުގުރާމު ފެށިގެން ގަސް ހެއްދުންް ވެސް އޭރު ކުރިއަށް ދިޔައެވެ.
ހުކުރު ހުތުބާއަކީ މުސްލިމު އަހުންނާއި އުޚުތުންނަށް ދެވޭ ދަރުހެކެވެ . ފިލާވަޅެކެވެ . ދީނުގެ ކަންކަން ބުނެދީ ހަނދާން އާކޮށް ދިނުމުގެ ގޮތުންނެވެ. އެތައް ގޮތަކުންވެސް ހުކުރު ޚާއްސައެވެ. އެގޮތުން އާއިލާ އެންމެން މެންދުރު ކުކުޅު ކެއުމަކީ ހުރިހާ ގެއްގެވެސް އާދައެކެވެ. ހަވީރު ހިނގާލަން ގޮސްލާ ކުދިން ވެރިން ގޮވައިގެން ޕާކަށް ގޮސް ލުމަކީ ހިތްހަމަޖެހޭ ކަމެކެވެ. ވަޒީފާ ބުރަކަން ފިލާ ހިތް އުފާކޮށްދޭ ކަމެކެވެ. ކުޑަކުދިން މަޖާކޮށް ހަދާއިރު އެއީ ބަލާ ފޫހިނުވާ މަންޒަރެކެވެ . ރޯލިޔަސް ހީލިޔަސް ހަމަ އެހާ ހިތަށް ހަމަޖެހުން ގެނުވާނެއެވެ.
އެންމެ ފަހުގެ ތައްޔާރީތަކަށް މުދައްރިސުން ބައިބަޔަށް ބެހިއެވެ. އިއްތިފާޤުން އަފާ އާއި ނިހާދު ދިޔައީ އެއްބަޔަށެވެ. އެކި މަސައްކަތްތައް ހަވާލު ކުރެވުނު އިރު އަފާމެންނަށް ޖެހުނީ ފިނިފެންމާ ހެދުމާއި އާއި އަހަރީ ކޭކު ހަދާށެވެ.
“ކޭކު” އެޅުމާ މާ ހެދުމަށް ނިންމީ އަފާގެ ގޭގައެވެ. އަފާގެ ދޮންތައަކީ ކޭކު އެޅުމުގެ ފައްނުގައި މަޝްހޫރު މޫނެކެވެ. ފާއިނާގެ ކުލަ ކޭކަކީ މުޅި ރާއްޖެއަށް އެނގޭނެ ނަމެކެވެ.
މާ ހެދުމަކީ ނިހާދު ވަރަށް ކުރާ ކަމެކެވެ. ނިހާދުގެ ހުނަރުވެރިކަން ފެނި އެންމެން ތިބީ އާޝޯހުވެފައެވެ . ފިރިހެނަކު ފަރިތަކޮން މާ ހަދާތީއެވެ. ” ނިހާދު މާ ހަދަން ހާދަ މޮޅޭ” އަފާ ނިހާދުއަށް ތައުރީފު ކޮށްލިއެވެ. ” އަފާ ލަވަކިޔާ ހާ ރީއްޗަށް މަލެއް ނުހެދޭނެ” ނިހާދު އަފާއާއި ދިމާކޮށްލިއެވެ. “ލަވަ ބާޒީ ކުޅެންވީ އެއްނު” “ޔަސްފާ މިސް” ސުވާލުކުރިއެވެ. ފޮނިވެލާފައި ތިކަން ކުރަންވީ އޭ އަފާ ބުނެފިއެވެ. ފަހަރަކު މީހަކު ލަވަކިޔަމުން ގޮސް ނިހާދަށް ޖެހުނީ ތ އެވެ.” ތިޔަ ކަޅިރަވައިން ޒަޚަމް ނުވި ހިތަކީ، އެއީ ދުނިޔޭން ވަރަށް ބަދު ނަސީބު ހިތެކޭ
ތިޔަ އަސަރުގައި މަސްތު ނުވިނަމައީ، އެވެސް ދެން ހާދަ ނާކާމިޔާބު އަޅެކޭ” ނިހާދު ގެ ލަވަ އަމާޒުވީ އަފާއަށެވެ. އެކަން އެންމެން ވެސް ޤަބޫލު ކުރެއެވެ. ދެން ޖެހުނީ އަފާ އަށެވެ. ނިހާދުގެ ލަވަ ނިމުނީ ކ އަކުންނެވެ.
“ކަލާޔަށް މި ހިތް ލޯބިވީތީ ދެވިއްޖޭ
އެހީއެއް އަހަންނަށް ދެވެން ހަމަ ނެތީހޭ 2*
ހޯ… ކަލާޔަށްޓަކައި ހިތް މަގޭ ދޫކުރަންހޭ
ހިމާޔަތް އަހަންނަށް ކަލާ ދޭނު ހެއްޔޭ ” އެ ރީތި އަޑު ދިޔައީ ތީރުތަކެއް ފަދައިން ނިހާދުގެ ހިތަށް ހެރެމުންނުވެ.
އެމަންޒަރުތައް ބަލަން ފަހަތުގައި އަފާގެ މަންމަ ހުރި ކަމެއް އެކަކަށް ވެސް ނޭނގެވެ. އަފާއަށް ނިހާދު ލިބުން އެދި ހިތާ ހިތާ ދުއާ ކޮށްލިއެވެ. އެއީ އަފާއަށް އެންމެ ރަނގަޅު ބައިވެރިޔަކަށް ވާނެއެވެ. އެއީ ސައްކެއްވެސްނެތް ކަމެކެވެ. ހުލުޤު ހެޔޮ ދީންވެރި އަހުލާޤު ރަނގަޅު ކިޔަމަންތެރި ކުއްޖެއްގެ ހުރިހާ ސިފަތަކުން ނިހާދު ވަނީ އަތަރުލާފައެވެ. އުމުރުން ދުވަސްވީ މީހުންނަށް ނިހާދު ދޭ އަހައްމިއްޔަތުކަން އަބަދުވެސް ފާހަގަކުރާހިތްވެއެވެ. ވަގުތަށް ނަމާދު ކުރުމަކީ ނިހާދުގެ އާދައެކެވެ. މިއީ ނިހާދުގެ ފުށުން ފެންނަށް ހުސް ރީތި އާދަތަކެވެ. އަފާގެ އާއިލާގެ ކޮންމެ މީހަކަށް ނިހާދު އިހްތިރާމް އަދާކުރެއެވެ. ޝުކުރުވެރިވެއެވެ. މިފަދަ ޒަމާނެއްގައި ހިލޭ މެހެމާނު ދާރީ އަދާކޮށްދޭނީ ކާކު ހެެއްޔެވެ؟
ވިޔަފާރި ކުރަން ހިތަދޫއަށް ދެވުނު ދުވަހެކެވެ . ” އޭ ނިހާދޫ “ރެބަނު”ގައި މާހަދަން އެނގޭނެތަ” ނިހާދު ޖަވާބު ގައި ބޯޖަހާލިއެވެ. “އެހެންވީމާ “ރެބަން”ވެސް ގަންނަށް ވާނެ” އަފާ އެންމެނަށް އެންގިއެވެ. ކޭކު ފިހުމަށް ބިހާއި ތަފާތު އެކި އެއްޗެހި ގަނެވުނެވެ . މާހެދުމަށް ކުލަ ކުލައިގެ ރެބަނާ ކަރުދާހުގެ އިތުރުން ތިނޯހާ ބަރަނިވެސް ގަތެވެ.
ފިނިފެންމާ ހެދި އިރު ނިހާދުގެ ނަޒަރު މަދުމަދުން އަފާ އަށްދިޔައެވެ. ވަގުވަގަށް ބަލާ ހެދިއެވެ. އެހެން އުޅުމުގެ ތެރޭގައި ހަތަރުކަޅި ހަމަވެއްޖެއްވެ. އެތަންވަޅު ގުރޫޕު އެހެންކުދިން ގެ ފޯނުގައި ރައްކާކުރިއެވެ. ފަހުން ފެނުމުން ލަދުގަންނާނެ ކަހަލަ އެއްޗަކަށް ވާނެތީއެވެ. އެހެން މާގިނައިރަކު ނުނިތެބުވެނެވެ. އަފާގެ ލޮލުން ސަބުނަމުގެ ތިިކިތައް ވިދަން ފަށަފިއެވެ.
10 ފެބްރުއަރީގެ ރޭނގަނޑު އަފާމެން “ކޭކު” އަޅާއި “އައިސިން” އުގުޅާ ހެދިއެވެ. ކޮންމެވެސް ވަރަކަށް ކޭކު އެޅުމުގެ ހުނަރު އަފާގެ ވެސް ހުރެއެވެ. “އައިސިން”ކޮޅެއް އަފާ ނިހާދުގެ ކޮލުގައި އުނގުޅާލިއެވެ. ނިހާދުވެސް ބަލާކަށް ނުހުރެ އަފާގެ މޫނުގައި އުނގުޅައިފިއެވެ. އޭރު މުޅި ތަނުގައި ވަނީ ހޭ އަޑު ގުގުމާފައެވެ. އެކަކު އަނެކަކުގެ ގައިގަ ” އައިސިން” އުނގުޅަމުން ދިޔައިރު ހީވަނީ ކުޑަކުދިން ތަކެއް ހެންނެވެ.
04 ފިނިފެންމަލުން މާ ބޮޑިތަން ތައްޔާރުކުރީ ސުކޫލުގެ ރަސްމީ ކުލައިންނެވެ. ކޮންމެ މަލެއް ވެސް އިނީ އެހާ ރީތިކޮށެވެ. އެމަލެއްގެ މަގާމުގައެވެ. ވަރަށް ލޯބި ލޯބި ކޮންނެވެ. އެ މާތަކަކީ ޝަރަފުވެރިންނަށް ދޭން ތައްޔާރުކުރެވުނު ހަދިޔާ އެވެ. ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް އޮތީ އެދުވަހަށް އަންނަށް ގޮތަށް ނިންމާފައެވެ.
ރޭނގަނޑު ވެ އަނދިރި ވުމުން ސުކޫލުގެ ގަސްތަކާ އެއްކޮށް ވިދާ ބަބުޅަށް ފަށައިފިއެވެ. ހިވަނީ ރާއްޖޭން ބޭރުގެ ސިޓީއެއްހެންނެވެ. އެކި ކުލަތަކުން ޖަރީވެފައިވާ ސުކޫލުގެ ފާރުގައި 27 ހިސާބު އަކުރުން ޖަހާފައިނެވެ. އެއީ ފިރިހެން މުދައްރިސުންގެ ބުރަ މަސައްކަތެވެ.
އިރުޝާދިއްޔާ ސުކޫލު ހުޅުވުނީ 11 ފެބްރުއަރީ 1990ގައެވެ. މިއަދު ފުރިގެން މިދަނީ 27 ވަނަ އަހަރެވެ.
ރަތާއި ފެއްސާ ހުދުގެ ދިވެހި ވަންތައް ގޮތަކަށް ވަންނަށް ދޮރާއި ފާރުތައް ހެދީ އަންހެން މުދައްރިސުންނެވެ. ވަންނަށް ދޮރުގައި ބޮޑު 03 ރާބަދި ފެހި ރެތް ހުދުގެ އެލުވާފައި ވާއިރު ފާރުގައިހުރީ ފަން ޖަހާފައެވެ. ފަނުގައި ފެހިކުލަޔާއި ހުދުކުލަޔާއި ރެތްކުލަ ހުރީ އުނގުޅާފައެވެ. ސުކޫލަށް އޮތީ ކުޑަ ވަރެއްގެ އީދެއް އައިސްފައެވެ. ސުކޫލުގެ އަހަރީ ދުވަހާ ގުޅުވައިގެން ކިޔަވައިދިނުން ވެސް އޮތީ ޤައުމީ ހެދުމަށް ބަދަލުކޮށްފައެވެ.
އަތޮޅުގެ އެންމެނަށް ހުޅުވައިލައިގެން އިރުޝާދިއްޔާ ހިގާލުން ބޭއްވި އެވެ. ވަރަށް ކާމިޔާބު ކަމާއެކު ދިޔަ މި ހަރަކާތް އިންތިޒާމު ކުރުމުގެ މޭސްތިރިއަކީ “ޕުރިންސިޕަލް” އެވެ. “ޕުރިންސިޕަލް “ގެ ދުރު ވިސްނުމާ ހިޔާލުފުޅެވެ. އެއީ މުރާލި ހިންގުންތެރިއެކެވެ. ކަންކަން ކުރަން ދަންނަށް ޤާބިލު ވެރިއެކެވެ. ސުކޫލު ހޯދަމުން އަންނަށް ރަންވަނަތަކުގެ ހަޤީޤީ ބައިވެރިޔާ އެވެ.
ހުނަރު ދައްކާލުމަށް ދަރިވަރުންގެ ހަވީރުގައި ފުރުސަތު ހުޅުވާލިއެވެ. އޭގެތެރެއިން ހުނަރު ހުރި ކުދިންތަކެއް ވަނީ ފާހަގަ ކުރެވިފައެވެ. މި ހަރަކާތް ވެސް ނިމިގެން ދިޔައީ ވަރަށް ވެސް ފުރިހަމައަށެވެ. އަހަރީ ބޮޑު ޖަލްސާ އޮތީ އެދުވަހުގެ ރެއެވެ. ފެހިކުލައިގެ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ގެ ފަރާތުން ނައިބު ރައީސްއެވެ. ރާއްޖޭން ބޭރަށް ދާންޖެހުމުގެ ސަބަބުން ޖަލްސާގައި ބައިވެރިވެވޭ ގޮތްނުވީއެވެ. މިކަމަށް ނައިބު ރައީސް ވަނީ ފަށްފަށުން މާފަށް އެދިފައެވެ. އެހުރިހާކަމަށް ސުކުލޫގެ ފަރާތުން ވަނީ މާފުދީފައެވެ. އެހެން ހަފްލާއަކަށް ދައުވަތު ރައީސްއަށް އަރުވަމުންނެވެ. ކުރިިއަށް އޮތް އިނާމު ދިނުމުގެ މެހެފިލަށް ވަޑައިގަތުމަށް އެދި ރައީސްއަށް ސިޓީއެއް ލިޔެވަނީ ނައިބަށް އަރުވާފައެވެ. އިރުޝާދިއްޔާގެ ހަޔާތުން މިވެސް ތާރީޚީ ރެއަކަށްވާނެވެ. އެންމެ ފަހު ކަމަކަށް އޮތީ ރޭވިފައި ދިވެހި ކެއުމެވެ.
ކަސަބުން ބޯވަޅު އެޅި ރެތް ލިބާހުގައި އަފާ ހީވަނީ ޕަރީއެއް ހެންނެވެ. އެހާވެސް ރީއްޗެވެ. ގަދަ ރަން ކުލައިގެން ބުރުގާ އަފާގެ އޮމާން ދޮން މޫނާ ނުހަނު ގުޅެވެ. މަޑު މަޑު މޭކަޕެއް އަފާ ކޮށްފައި ހުރިއިރު އެހާވެސް ހިތްގައިމެވެ. ރަންކުލައިގެ ފަންޓަރުބައި ވިދަމުންދިޔައެވެ. އަތުގައި އޮތް ތަނޑިގަނޑު ހެލޭއިރު ހީވަނީ އެހެންފަދަ ކަމެއް ހެންއެވެ.
ފޭލީގައި ހުރި ނިހާދު ހިވަނީ އިހުޒަމާނުގެ ރަސްކަލެއްހެންނެވެ. ބޮލުގައި އޮތް ފޮތިކޮޅު ވިހުރިލާ ވިހުރިލާ އިނެވެ. ލައިގެން ހުރި ހުނދު ކުލައިގެ ގަމީސް އެހާވެސް ނިހާދުއާ ގުޅެއެވެ. އެހެން ރޭ ތަކާ ހިލާފަށް މިރޭ ނިހާދު ތަފާތެވެ.
ކޮޓަރިން ނިކުއިން އިރު އަތުގާ ކަޅު ކޮތަޅަކާއި 34 ފިނިފެންމަލުގެ މާބޮޑިއެތް އޮތެވެ. އަފާ ހުރީ ހައިރާންވެފައެވެ. ސުކޫލަށް ކެއުމަކަށް ދާ މީހަކު ރަތް ފިނިފެންމާ ބޮޑިއެއް ގެންގުޅޭތީއެވެ. މިވާން އުޅޭ ގޮތަކީ ކޮބައިބާއެވެ. އަފާގެ ސިކުނޑީގައި އެނބުރެން ފެށީ ނިހާދުގެ އަތުގައި އޮތް މާ ބޮޑިއެވެ. އަނެއްކާ ނިހާދު ކުއްޖަކަށް ލޯބި ހުށައަޅަން އުޅެނީ ހެއްޔެވެ؟
ނުނިމޭ
4 Comments!
Comments are closed.






mi part ves v reethi masha allah
curioously waiting for next part
keep it up
afaa and nihaad gulhuvachey
they both are made for each other
nihaad eulheni afaa ah loabi hushalan kanneyge
Thank you 🥰
Kuri ah oh thy afaa and nihaadh ge loabii ge feshun
Yup nihaadh e elhuny propose kuran sheyyyy!!!!!
When next??
Thank you 🥰
Next part varah avahah kiyaalan libeyne IA 🤗