Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ދުވަހަކު ވަކިވުމެއް ނޭދެން ހުވާ 2

Konmeves kuhje
Konmeves kuhje Level 110 Stories100 Login
January 15, 2025 2 Mins Read
6 Comments

~ ރައުނާގެ ނަޒަރުން ~

” ނުކްޝާން އަހަރެންނަށް މިހާ ރަނގަޅަށް ކަންތައް ކޮށް ދެނީ ކީއްވެބާއެވެ.” ސުވާލުތަކުން ސިކުނޑި ފުރި ބާރުވަމުންދާތީ އަހަރެން ނިންމީ ބެލްކަންޏަށް ނިކުމެލުމަށެވެ.އެހެން ހިތަށް އެރުމާއެކު އަވަސް އަވަހަށް ފެންވަރާލުމަށްފަހު އަލަމާރިހުޅުވާލީމެވެ. އެއަށްފަހު ރަތް ކުލައިގެ ހޫޑީއަކާއި ކަޅު ކުލައިގެ ކާގޯ ޕޭންޓްސް އެއް ނަގައި ގަޔަށް މަހާލީމެވެ.

***********2 ވަނަބައި

ބެލްކަނީގައި ހުރި ކުޑަ ކޮފީ މޭޒުދޮށުގައި އިށީދެ ލަވައެއްގެ ތެރެއަށް ފީނާލީމެވެ

“ލޯމަރާލަން ބޭނުމޭ                      އޮވެ ތިއުގުގާ ބޯއަޅާ                އުޅެލަދޭނުހެ ލޯބިވާ                       ދެރަނުވާށޭ ދެން ކަލާ ”

“ޖަންނަތެއްވޭ އެކުމަށާ                    ކެތް ކުރާށޭ ލޯބިވާ                  ވާނުތޯއޭ ގާތުގާ                        ރޭދުވާ އެކުގާ ތިބާ”

އަހަރެން ލަވަ ކިޔަން އިންދާ ސިއްސައިގެން ދިޔައީ ނުކްޝާންގެ އަޑުންނެވެ. “ނުކްޝާންވެސް ލަވަ ކިޔަންތަ¿”. އަހަރެން އެހެން އަހާލީ އަހަރެން ކީ ލަވައިގެ އަނެއް ބައި ނުކްޝާން ކިޔާލުމުންއެވެ. “ޔެސް.. ތި ލަވަ ތީ ބުނަންޏާ ނުކްގެ ފޭވް..”. “އޯކޭ.. ރައު ވެސް ދެން ކިޔާނީ ނުކް އިގޭ”.. ރައުނާ ހެމުން ހެމުން އެހެން ބުނެލުމާއެކު ނުކްޝާން ވެސް އެންމެ ރަގަޅޭ ބުނެލިއެވެ.” ހިނގާ ކާން ދާން އަދި ނުވެސް ކަމެއްނު.. މިދުވަސް ކޮޅު ރައު ވާނެ އެއްނު ވަރަށް ބަލައިގެން އުޅެން” ނުކަޝާން އެހެން ބުނުމާއެކު ރައުނާ ވެސް ބަސްއަހާ ކުޑަކުއްޖެއް ފަދައިން ބޯޖަހާލިއެވެ. އެއަށްފަހު ނުކަޝާން މަންމަމެން ގެ ބަޔަށް ގޮސް ކައިގެން ހަވީރުން ބޭރަށް ދާން ތައްޔާރު ވިމަށް ބުނެ ނުކްޝާން ވަނީ އޭނާގެ ކޮޓަރިޔަށެވެ.

“ހައި..” ނުކްޝާން ކޮޓަރިން ނުކުތް ވަގުތުވީ ރައުނާވެސް ކޮޓަރިން ނުކުތް ވަގުތަށެވެ. ގަޔަށް މަހާލެވިފައިވާ ހުދު މެކްސީގައި ރައުނާ ފެންނަލެއް ނުހަނު ރީއްޗެވެ. ނުކްޝާންވެސް ހުދު ކުލައިގެ ސްވެޓަރ އަކާއި ކަޅު ކުލައިގެ ޖޯގާޒ ޖިންސެއްގައި ހުރިއިރު ފެންްނަ މީހުންގެ ހިތްތައް ކަތިލެވޭނެކަން ގައިމެވެ. ” ހިނގާ ދާން” އަހަރެން އެހެން ބުނެލުމާއެކު ރައުނާ ބޯޖަހާލިއެވެ.

އަހަރެމެން ދެމީހުން ދިޔައީ އައިސްކޯން ގަނެގެން އާޓިފިޝަލް ބީޗަށެވެ. އެކިއެކި ވާހަކަ ހިއްސާކުރަން ތިބުމަށްފަހު ނުކަޝާންމެން ގެއަށް ދާން ހިނގައިގަތީ އިރުއޮއްސި 6 ޖެހުމުންނެވެ. އެވަގުތު ރައުނާގެ އަތުގައި ފަހަތުން މީހަކު ހިފެހެއްޓިއެވެ.އަދި ވާހަކަ ދައްކަންފެއްޓި އެވެ.” ރައު.. ޕްލީޒް އަހަންނަށް މަޢާފް ކުރޭ… އިގޭ ރައު އާ ދޭތެރޭ އަހަރެންނަށް ކަންތައްކުރެވުނީ ރަނގަޅަކަށް ނޫންކަން.. ޕްލީޒް ރައު އަހަންނަށް އަދި އެއް ފުރުސަތު ދީ” އެ ފިރިހެން މީހާގެ ވާހަކައިން އެއީ ރައުނާގެ ކުރީގެ ފިރިމީހާކަން އެގެވެ. ނުކްޝާން ހުރީ ރައުނާ ބުނާ އެއްޗެއް އަޑު އަހާށެވެ.”ނޫން އިޝާމް އަހަރެން އިޝާމް އަށް 2 ފުރުސަތު ދިނިން…އެކަމް އޭގެން ކޮންމެ ފަހަރަކު އިޝާމް އަހަންނަށް އަނިޔާ ކުރީ..އެކަމަކުވެސް އަހަރެން ކެތްތެރިވީން.. ކޮންމެ ފަހަރަކު ވެސް އިޝާމް އަހަރެން ދޫކޮށްލާފަ ދަނީ..ދެން އިޝާމް އަށް ފުރިސަތެއް ދޭކަށް ނެތިން…އެކަމަކު އަހަރެންގެ ބަނޑުގައި މިއޮތީ އިޝާމްގެ ދަރިއެއް އެހެންވީމަ އަހަރެން މި ކުއްޖާ ވިހުމަށްފަހު އިޝާމް އަށް އާދެވޭނެ މި ކުއްޖާ އާއި ބައްދަލު ކޮށް އެއްކޮށް ވަގުތު ހޭދަކުރަން”..އެހެން ބުނުމަށްފަހު ރައުނާ ގޮސް ނުކްޝާންގެ އަތުގަހިފާލުމަށްފަހު ގެއަށް ދާން ބޭނުންވާ ވާހަކަ ބުނެލިއެވެ .. ނުކްޝާންވެސް އިތުރަށް ދެކޮޅުހެދުމެއްނެތި ރައުނާގެ އަތުގާ ރަނގަޅަށް ހިފާލުމަށްފަހު ދާން ހިގައިގަތެވެ.އެވަގުތު އިޝާމް އަނެއްކާވެސް ބުނެލިއެވެ.”ރައު އަށް އުފާވެރި ދިރިއުޅުމަކަށް އެދެން” ބަދަލުގާ ރައުނާ ލުއި ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Konmeves kuhje
Follow Me Written By

Konmeves kuhje

Level 110 Stories100 Login

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 47

Next

ލޯބީގެ ކުރި ދަތުރު 9

Next
January 15, 2025

ލޯބީގެ ކުރި ދަތުރު 9

Previews
January 15, 2025

ޙަޤީޤަތް ހޯދުމޭ 47

6 Comments!

  1. Konme vx meeheh says:
    January 15, 2025 at 10:11 am

    Mi bai vx vrh reethi masha Allah
    Curiously waiting for next part

    1. Konmeves kuhje Sav says:
      January 15, 2025 at 1:28 pm

      Thank you konme vx meeheh 🫶

  2. Your fav bab says:
    January 15, 2025 at 12:53 pm

    Very nice
    Good thing that her ex left her wishing her good
    Nuk and rau gulhuvacheyy!!!!
    When is the next

    1. Konmeves kuhje Sav says:
      January 15, 2025 at 1:29 pm

      Thank you you fav bab 🫶
      Mihaaru next part liyamun midhany insha allah vrh avahah submit kohladheynan 😊

  3. Aysh says:
    January 15, 2025 at 2:49 pm

    Masha Allah❤️❤️❤️ vvvv reethi keep it up 🫶🥰😘 So proud of you 👏👏👏🥰🫶

    1. Konmeves kuhje Sav says:
      January 15, 2025 at 8:32 pm

      Thank you Aysh🫶

Comments are closed.

Next Episodeދުވަހަކު ވަކިވުމެއް ނޭދެން ހުވާ 3(ފަހުބައި)←


All Right Reserved!