Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާ ދިރިއުޅުމެއްގެ ފެށުން -8 (ފަހުބައި)

Tuliplover
Tuliplover Level 1
January 15, 2025 3 Mins Read
7 Comments

ފަނަރަ ދުވަސް ހަމަވެއްޖެވެ. އަހަރެންގެ ސިފައަށް ވެސް ބަދަލު އައިއްސިއެވެ. އުޅުމަށް ވެސް ބަދަލްތަށް އައެވެ. އަހަރެން ރަށަށް ދިއައީ އާއިލާ އެއްވެސް މީހަކަށް ނާންގައެވެ. އަހަރެން ހުރީ ގެއަށް ދެވުންހާ އަވަހަކަށް ޒެއިން އާއި ދިމާކޮށް ކުރަން ބޭނުންވެފައިހުރި ހުރިހާ ޝަކުވާތަކެއް އެއްފަހަރާއި އޮއްސާލަން ބޭނުނވެފައެވެ.
ނަމަވެސް ކަން ދިމާ ކުރިގޮތުން އަހަރެން ގެއަށް ދިއައިރު ޒެއިން ގެއަކު ނެތެވެ. އަހަރެން ދޮންބެ އަށް ގުޅާލިމެވެ.
“ދޮންބެ ގެއަށް އާދެވޭނެތަ؟” އަހަރެން އެހެން ބުނުމަށްފަހު ފޯން ކަޑައިލީމެވެ. ބައި ގަޑި އިރު ވި ތަނާ ދޮންބެ އާއި ދޮންބެ ދައްތަ އެ ގެއަށް އައިއްސިއެވެ.
“އަޒްކާ …..”ދޮންބެ އަށް ހުރެވުނީ އަހަންނާއި ދިމާލަށް ބަލައިން ދެލޯ ބޮޑުކުރެވިފައެވެ. އެހެން ވެސް ވާނެތާއެވެ. މީހާ ދިޔައިރާ އައި އިރު ހުރި ގޮތް ފެނިއްޖެއްޔާ ކޮންމެ މީހަކަށް ވެސްވާނީ ދޮންބެއަށް ވީވަރެވެ.
އަހަންނަށް ބުނެވުނީ ހަމައެކަނި ޒެއިންގެ ނަމެވެ. އަހަރެން މޫނަށް އަދިރި އަރައިން ގައިވަރު ދޫވިއެވެ.މީހާ ބިންމައްޗަށް ވެއްޓުން ކަން އެގެއެވެ. ދެންވީގޮތެއް އަހަންނަކަށް ނޭގެއެވެ.
****************************************
“އަޒް..ޝާ އަޒް ލޯ ހުޅޫވައިފި” އަހަރެން ފުންނިންޖަކުން ހޭލެވުނު ގަޑީ ޒިޔާން ވާހަކަދެއްކި އަޑު އަހަންނަށް އިވުނެވެ. ވަށައިން ބަލައިލީމެވެ. ހިދު ކޮޅަކަށްފަހު އޮތްތަން އަހަންނަށް ރޭކާލިއެވެ. އާއެކެ. މިއޮތީ ހޮސްޕިޓަލް ވާޑްގައެވެ. ކެނުއަލްތަށް ގުޅާލެވިފައެވެ.
“އިޓްސްބީން ދެ ދުވަސް .. އަޒް ޔޫ ގޮޓް އެންޒައިޓީ އެޓޭކް އޯ ޑޮކް ބުނީ”ޝާޔާ އަހަންނަށް އޮޅުން ފިލުވައިދިނެވެ.އަހަރެންގެ ހިތް ދިއައީ ގިސްލާފައި ރޮމުންނެވެ.ޒެއިން ކޮބައިހެއްޔެވެ.އަހަރެން މިހާލުގައި އޮތް އިރުވެސް ނުއެސްއާދެއެވެ. އަހަންނަށް ޝާޔާމެނާއި ވާހަކަ ދެއްކެނީކީވެސް ނޫނެވެ. އެމީހުން އަހަންނަށް ވަރަށް ރަގަޅެވެ. ޒިޔާންވެސް އެކަލަ ދުވަލު ވި ކަންކަމަށް ހިތް ބުރަ ނުކުރާކަމަށްވެސް ބުންޔެވެ.
އެރޭ އަހަރެން ހޮސްޕިޓަލް އިން ޑިސްޗާރޖްވިއެވެ.ދޮންބެ މެން އަހަރެން ފަރުވާކުޑަކަމަށް ޝަކުވާކުރިއެވެ. ބަދަލު ވެއްޖެއްޔޭވެސް ބުންޔެވެ. އަހަރެން އެމީޙުން އެދައްކާވާހަކަށް ދެވެނީ ބީރު ކަންފަތެކެވެ.
ގެއަށް އާދެވުމާއެކު ކާރުން ދޮންބެ އެކީ ފޭބީ މެވެ. “ދޮންބެ .. އަޒް ބުނީ އަޒް ފައިން އެންޑް އަޅުގަޑު ބުނީ ޒެއިން މިހާރު ކޮބައިތަ؟” ދޮންބެ އަހަރެން މޫނަށް އިރުކޮޅަކަށް ފާޑަކަށް ބަލަން ހުއްޓެވެ. ދޮންބެއަށް ވެސް ވެގެން އުޅޭގޮތް ރޭކާލިކަހަލައެވެ. ދޮންބެ ހުރީ ވަރަށް ނުތަނަވަސް ވެފައިކަން ރީއްޗަށް އެގެއެވެ.
“ހީ ޗޭންޖް ގުރަންޑް ފުލޯ އަށް އެންޑް އެހެން ގެއަކަށް ބަދަލު ވާ ވާހަކަ ވެސް ދެއްކި މިމަސް ނިންމާފައި މިބުނީ މާދަން ނޫން އަނެއް ދުވަސް ދޯ މިމަސް ނިމޭނީ ..””ދޮންބެ ވަރަށް ތަފުސީލުކޮށް އަހަންނަށް ކިޔާދިނެވެ.
“ދޮންބެ.. އަޒޫ އަށް ކަމެއް ކޮށްދީބަ…” އަހަރެން އެހެން ބުނުމުން ދޮންބެ ބޯޖަހައިލިއެވެ.އޭރުވެސް ދޮންބެ މޫނުމަތިން ވަނީ އޮތްދާ ހިއްލާފައެވެ.
ދޮންބެ ކައިރީ އަހަރެން އެދުންގޮތަށް ދޮންބެ ފޯން އިން ޒެއިން އަށް ގުޅިއެވެ އަދި ގެއަށް އައިސް ދިނުމަށްބުނުމަށްފަހު ފޯން ކަޑާލިއެވެ.
“ދޮންބެ އެންމެ ރަގަޅު ދިއަޔަސް އަޅުގަޑު ގުޅާނަން ކަމެއް ގޯސްވަންޔާ..އެންޑް އައިހޭވް އަ ޓޯކް ޓޫ ބަޓް މާދަން ތިގެޔަށްގޮސް ދޯ..” ދޮންބެ މޫނު މަތިން ދިޔައީ ދާ ތިކިތަށް ފައިބަމުންނެވެ. ދޮންބެއަށް ކަމެއް އެގެނީބާއެވެ. ދޮންބެ ސުވާލުކުރުމެއް ނެތި ކާރަށް އަރައިން ގެއައްދިއައެވެ.
ތިރީސް މިނިޓްވެއްޖެވެ. އަހަރެން ހުރީ ގަޑި ގުނާލަ ގުނާލައެވެ.ކުއްލިއަކަށް ސައިކަލެއް ބޭރު ޕާކް ކޮށްލި އަޑު އިވުނެވެ. ހަމަރަގަޅަށް ވެސް އެއީ ޒެއިން ނެވެ.
ބޭރުން ގޭގެ ބޮޑު ދޮރު ހުޅުވާލުމައެކު އަހަންނަށް ހުރެވުނީ ދެލޯ ބޮޑުކޮށްލެވިފައެވެ.ޒެއިން އައިސްފައިވާ ބަދަލު ތަށް ފެނި އަޖައިބު ނުވާނީ ކާކު ހެއްޔެވެ. ރީއްޗަށް ކޮށާލެވިފައިވާ ތުބުޅި އެއޮތީ އެގޮތްމިގޮތަށް ދިގުވެފައެވެ.އިސްތަށިގަޑުވެސް އެއޮތީ ދިގު ވެފައެވެ. ދެލޯ ވަޅޫ ހެދިފައެވެ.އަނެއްކާ މީ ޒެއިން ހެއްޔެވެ؟
ޒެއިން އަށް ވެސް ހުރެވުނީ ފާޑަކަށް ބަލަހައްޓައިގެންނެވެ.އެޅި ފިޔަވަޅުމަށްޗަށް ގުޑައިލާންވެސް ނޭގިފައެވެ.
އަހަރެން ދުވެފައިގޮސް ޒެއިން ގައިގައި ބައްދައިލީމވެ.” ޒެއިން ކީއްވެ؟ އެހާބިޒީތަހަމަ؟ ޔޫ ފޮގޮޓް މީދޯ”
އަހަރެން ޒެއިން މޭމަތީ ގޮތްމުށަކުން ޖަހާލީމެވެ.ޒެއިން ޗުޕްވެސް ނުބުނެ ހުއްޓެވެ.އަހަރެން ޒެއިން ގައިގައި ޖެހީމެވެ. ކޮންޓްރޯލުން ނެއްޓޭވަރަށް ރޮވުނެވެ. މިހުރިހާ ދުވަހު ކުރަން ބޭނުންވެފައިވާ ޝަކުވާތަށް އެއފަހަރާ އޮއްސާލީމެވެ.
ރޮއެ ރޮއެ ގޮސް މީހަ ހަމަހޭވެރިކަންގޮސް ވެއްޓުނީ ޒެއިންގެ އަތްދަޑިމައްޗަށެވެ.
ހޭލެވުނީ މޫނުމަތީ ފެންފޮތި ކޮޅެއް ކާއްތާލުމުންނެވެ. އޭރު އަހަރެން އޮތީ އަހަރެންގެ އަމިއްލަ އެޕަޓްމެންޓް ސޯފާގައެވެ. ޒެއިން ކައިރީގައި އިނެވެ. އަހަރެން ހޭލެވުނުކަން ޒެއިން އަކަށް ނޭގެއެވެ.
ޒެއިންގެ މަޑު މަޑު ގިސްލުމުގެ އަޑު އަހަންނަށް އިވުނެވެ.އެއީ ވޭނީ ގިސްލުމެކެވެ. ހީވީ ހިތް ކުދި ކުދި ކޮށްލިހެންނެވެ. ޒެއިން އަށް ވެގެން އުޅޭ ގޮތް ރީއްޗަށް ކިޔާދޭންވީނޫން ހެއްޔެވެ. މި އިންސާނަ އަށް މިހާވަރު ވާންވީ އަޅެކީއްވެގެން ހެއްޔެވެ.
އަހަރެން ހޭލިކަން އެގުމާއެކު ޒެއިން ކަރުނަ ފޮހެ ހަމަޖެހިލިއެވެ. “ޒޭން ޕްލީސް އަމިއްލައަށް ތިހެން އަނިޔާ ނުދީ.. އަހަންނަށްވެސް ކިޔާ ދިނީމަ އަހަންނަށް ވެސް އެހީ ވެދެވޭނީ..” އހަރެން ޒެއިން އަތުގައި ހިފާލީމެވެ.
“ޒެއިން އަށް ބިޓެއްލިބުނީތަ؟” އަހަރެން އެހެން ސުވާލުކުރުމާއެކު ޒެއިން ފުންމައިގެން ތެދުވިއެވެ.
“އަޒްކާ..” ޒެއިން މަޑު މަޑުން އަހަރެން އަތުގައި ހިފާލިއެވެ. އަދި ބޯ ދެކޮޅަށް ހޫރާލިއެވެ.
“މި ވާހަކަ ކިޔާ ދިނުމަށްފަހު އަޒް ޖެހޭނެ އަޅުގަޑަށް ޓަކައި އަޒްގެ ސެލްފް ކެއާރ ކުރަން .. މީހާ ތިހިރަ ހުރީ އަނަރޫފަ ވެފައި” އަހަރެން ހުރީ ހަގީގަތް އެގެން ފެން ބޮވައިގަންފައެވެ. ކޮންމެ ޝަރުތަކަށްވެސް އެއްބަސްވެގެން ހަގީގަތް ހޯދަން ބޭނުމެވެ. އެހެންވެ އަހަރެން ވަގުތުން ވައުދުވީމެވެ.
“އަޒް..ޔޫ ވޯންޓްސީ މައިޑޭޑް..؟” އެހެން ބުނުމަށް ފަހު ޒެއިން ދައްކާލި ފޮޓޯ އާއި އެކު އަހަންނަށް ހީވީ ވަށާފާރު ތަށް އައިސް އަހަރެން ޗިސްކޮށްލިހެންނެވެ.ފައިދަށުން ބިންގަޑު ކަހާލި ހެންވެސް ހީވިއެވެ.
އަހަންނަށް އެކަން ގަބޫލު ކުރަން ދަތިވެ ޒެއިން އެކުރަނީ ސަމާސާ އެއްކަމަށް ހީކުރެވުނެވެ. ނަމަވެސް ޒެއިން ތަކުރާރުކޮށް އެހެން ބުނުމުން އަހަންނަށް މި ހިތި ހަގީގަތް ގަބޫލު ކުރަން ޖެހުނެވެ.
އާއެކެވެ. ޒެއިންގެ ބައްޕައަކީ ހުދު އަހަރެންގެވެސް ބައްޕައެވެ.އަހަންނަށް ގިސްލެވެން ފެށުނެވެ. އަހަރެން ލޯބީގެ ގޮތުން މި ގުޅުނީ ހުދު އަހަރެންގެ ދެބަޑު އެއްބަފާ ބޭބެއާއެވެ.
އަހަރެން އަނެއްކާވެސް މީ ދޮގެކޭ ބުނީމެވެ. ޒެއިން އަހަރެންގެ މޫނު ދެކޮޅު ހިފައި ހަތަރު ކަޅި ހަމަކުރިއެވެ.
“އަޒް..އަޒް އަލްބަމްގަ އެހުރީ ނު ނުދަންނަށް އައިލާ އެކީ ފޮޓޯ ނަގާފައި..އެތާ އަޒް އެހުރީ ޒޭން ގައިގައި ހަގް ކޮށްގެން ދެން އެހުރި ބޭރު އަންހެންމީހާ އަކީ ޒޭންގެ މަންމަ.. ޒޭން މަންމަ ބައްޕަ ނިޔާބވުމާއެކު އެމެރިކާ މީހަކާއި މެރީ ކުރީ … އަހަރެން އަދި..” އެހާހިސާބަ ހުއްޓާލުމަށް ފަހު ޒެއިން ދުރަށް ބަލައިލިއެވެ.
“ޒެއިން .. ވަޓް؟” އަހަރެން ގިސްލެވެނީ އެވެ. ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ.
“ޒިޔާން އަކީ އަހަރެން ޓްވިންސް.. ހީވޯސް ޓޭކެން ބައި ޖެންޑާ ކުޑައިރު .. އަހަންނަށް ޒިޔާން އަކީ އަހަރެންގެ ކޮއްކޮ ކަން އިގުނީ ޒިޔާން ވޯލްޕޭޕާގަ އެއްކަލަ ރޭ ހުރީ ތިފޮޓޯ  … ދެން އިނީ ހޯޕް ޓު ސީޔޫ ޖަހާފައި…” ޒެއިން އަށް އޭރު ގިސްލެވެއެވެ. އަހަރެންގެ ހާލަކީވެސް އެއީ އެވެ.އަހަރެން ދޮންބެ އަށް ގުޅައިންވެސް މިކަން އޮޅުންފިލުވީމެވެ..ދޮންބެ އަށް ވެސް މިކަން އެގެއެވެ.ދޮންބެ އަހަންނަށް މިހާ ބޮޑު ލަޑެއް ދޭނެކަމަށް އަހަނެއް ހިއެއް ނުކިރަމެވެ.އާއިލާ މީހުން އަދި ބައްޕަ ފޮރުވައިން އުޅުނު ސިއްރު ފަޅައި އެރީއެވެ. އަހަރެންއާއި ޒެއިން ފަށަން އޮތް އައު ދިރިއުޅުމުގެ ހުވަފެން ފުޑު ފުޑުވިއެވެ. މިހާރު މިއޮތީ ލޯބި ވި މީހާ އަށް ބޭބެކިޔަން ޖެހިފައެވެ.
އަހަރެން ވަގުތުން މެލޭޝިއާއް ޖޮބް ބަދަލުކުރުމަށް ސިޓީލީމެވެ. އަހަރެން ޒެއިން އަށް ވި ލޮތްބެއް ދުވަހަކުވެސް ހާދާނުން ނުނެތޭނޭވެ.
(ނިމުނީ)

Share Article

Tuliplover
Follow Me Written By

Tuliplover

Level 1

Other Articles

Previous

ރޯލީމޭ ދެވަނަބައި (ސުކޫލުތައް ބަންދަށްފަހު ހުޅުވުން)

Next

ޑައިރީ ( އެ އަންހެން ކުއްޖާ 2)

Next
January 16, 2025

ޑައިރީ ( އެ އަންހެން ކުއްޖާ 2)

Previews
January 15, 2025

ރޯލީމޭ ދެވަނަބައި (ސުކޫލުތައް ބަންދަށްފަހު ހުޅުވުން)

7 Comments!

  1. Your fav bab says:
    January 15, 2025 at 1:09 pm

    what??? dhen mi vee kihineh????
    Her love was her brother????
    Oh my god
    Azoo ge hith halaaku!!!😭😭😭😭😭😭😭😭
    Ehen kurin egunu nama!!
    Those Twins loved just one person which was their sister
    How unfortunate

    1. Tuliplover Tuliplover says:
      January 15, 2025 at 2:40 pm

      Yeeeee 🥺✨

  2. Anonymous says:
    January 15, 2025 at 2:30 pm

    Hamaragalhahves rovihje!
    Heeviey mikahala Kuda kameh ulhey hen!
    I am so sad for them!
    But mashaallah Hama varah reethi vaahaka eh!
    Keep it up!
    And also alhugaduves miulheney site ga vaahaka liyan so pleae kiyaalah chey!

  3. Miaa says:
    January 15, 2025 at 7:49 pm

    Maashaa Allah mi part vx varah varah reethi….
    Heevi ey eyru vx…
    Anonymous kn name eii ga thr vaahaka liyany…
    Eyrakahnu kiyaa leveynh..

    1. Anonymous says:
      January 15, 2025 at 10:20 pm

      Yeahhhhh ❤️

  4. Ghost girl 👻 says:
    January 15, 2025 at 10:41 pm

    Thedheh anonymous!!

  5. cutie girl says:
    January 16, 2025 at 12:02 pm

    mi part ves v reethi masha allah
    curiously waiting for neew story
    keep it uo
    mi part kiyaafa rovijje
    zein and azka vee gothun
    so sad for them

Comments are closed.



All Right Reserved!