Skip to content
އެސްފިޔަ

އާ ދިރިއުޅުމެއްގެ ފެށުން -7

“ޒެއިން ކީއްވެފަ؟”
ދުވަހަކުވެސް ޒެއިން އެހެން ވެފައި ހުރިތަނެއް އަހަންނަކަށް ނުފެނެއެވެ. އަބަދުވެސް ހިނިތުން ވުމަކުން ފެވިފައިވާ އެމޫނު މަތިން ކަމެއް ގޯސް ވެއްޖެކަމުގެ ސިގްނަލްދެއެވެ.ދެލޯ ހުރީ ދުޅަވެފައެވެ. ވަރަށްގިނައިރު ރޮއެފައިވާ ހެން ހީމެއެވެ. އަނެއްކާ ޒެއިން އާއިލާ މީހާކަށް ކަމެއްވީ ބާއެވެ. ނޫނީ އަހަރެން ދާތީ ހިތާމަކުރަނީބާއެވެ. ޖަވާބު ބޭނުން ވެފައިވާ އެތަށް ސުވާލުތަކެވެ.
“އައި ޑޯން ނޯ އަޒް އަށް ކިޔާދޭކަށް؟” ޒެއިން ބުނެލީ ހަމައެކަނި އެހެންނެވެ.
އަހަރެން ހުރީ ރޮވޭވަރުވެފައެވެ. އަނެއްކާ ޒެއިން އަށް އެހެން އަންހެންކުއްޖެއް ދެކެ ލޯބި ވެވުނީ ބާއެވެ. އެހެންނުވަނެވެ. ޒެއިން އަހަރެން ދެކެ ލޯބިވެއެވެ. އަހަރެން ހިތު ތެރޭ އެތަށް ސުވާލެއް އެބުރެން ފެށިއެވެ.
“ޒޭން ވަޓްއިޒް ގޮއިން އޯން..” ޒެއިން އަތުގައި އަހަރެން ގެ ފިނިވެފައިވާ ދެއަތުން ހފައިލީމެވެ.
“އެވެރީތިންގް .. ހުރިހާކަމެއް އަޒް ދިޔާމަ ބަދަލް ވާނެ..އައިގޮނާ މިސްޔޫ.. އައިވިލް އޯލްވޭސް ލަވްޔޫ އަޒް…ތެންކިއު ފޯދަ އޯލް ގުރޭޓް ޑޭސް” ޒެއިން ވާހަކަ ދެއްކި ގޮތުން ހީވަނީ ވަދާއީ ސަލާންކިއާހެންނެވެ.
“ޒެއިން.. އަޅުގަނޑު މިދަނީ.. ހަމަ އެންމެ ފަނަރަ ދުވަހަށް..ޒެއިން ތިހާމިސްވަންޔާ ކެންސަލްވެސް ކޮށްލަފާނަން މިދަތުރު.. ބަޓް ޒެއިން ތިގޮތަށް ރޯތަން ބަލާކަށް އަޅުގަނޑަށް ކެތެއްނުވާނެ ހަމަ އަސްލަށްވެސް” އަހަރެން ޒެއިން ގައިގައި ބައްދާލީމެވެ. ޒެއިން އަހަރެން ދުރުކޮށްލިއެވެ. ނަމާދުކުރަން ދާކަމަށް ބުނެ ކޮޓަރީދޮރު ލައްޕައިލިއެވެ.
ޒެއިން އަހަރެން ދެކެހާދަ ލޮތްބެއް ވެޔެވެ. އަހަންނަށް ޒެއިން ލިބުނީތީ ޝުކުރުއަދާކޮށްލީ ދެން ވާނެ ގޮތެއް އަންދާޒާވެސް ކޮށްނުލައެވެ.
ދޮންބެ ގުޅައިން އަހަރެން ދިއައީ އެގެއަށެވެ. މެލޭއަށް ދާތީ އާއިލާ މީހުނަށް ބައްދަލު ކޮށްލަން ޖެހިފައިވުމާއި އެކުވެސްމެއެވެ.
ދޮންބެ ދައްތަ ރަށު ހަދިޔާ ދިނެވެ. މެލޭ ކުދިންނަށް ދިނުމަށް ހާއްސަކޮށް އެއް ކުޅި ކާޖާ ޑަބިއައެވެސް ދިނެވެ. އަހަރެން ދޮންބެ ލައްވައި ހުރިހާއެއްޗެއް ޕެކް ކުރީމެވެ.
ހަވީރު ހަތަރެއް ޖެހި އިރު އަހަރެން އާއިލާ އެންމެނާއި ބައްދަލުކޮށްލީމެވެ. ބޮޑު ދައިތަވެސް ހުރި އަހަރެން ދާތީ ވަރަށް ދެރަވެފައެވެ. މާމަވެސް ހުރީ އެހާލުގައެވެ. އަޅެ އަހަރެން މިދަނީ މުޅި އުމުރަކަށް ނޫނޭވެސް އެނެމެން ކައިރީ ދެތިން ފަހަރު ބުނެވިއްޖެވެ.
ނަމާދު ކުރުމަށާއި އަދި އެއްޗެހި ކޮޅެއް ޕެކް ކޮށްލަން ޖެހިފައި ހުރުމުން އަހަރެން ގެއަށް އަބުރައި ދިއައީމެވެ.
“ހެލޯ .. ޒެއިން” އހަރެން ގެއަށް ވަންއރަކު ޒެއިން ގެއަކު ނެތެވެ. ރަގަޅަށް ވިއްޔާ ޑިއުޓީއަށް ދިއައީއެވެ. އަހަރެން ހަމަޖެހިލައިގެން ނަމާދުކޮށްލާފައި ސިޓިންރޫމަށް ނުކުމެލީ ޝާޔާމެނަށްވެސް ގުޅަން ވެފައި އޮތުމުންނެވެ.ނަމަވެސް ސިއްސައިން ދިއައީ ޒެއިން ކާމޭޒު ދޮށުގައި އިނުމުންނެވެ. މީހާ އިނީ ވަރަށް ބޮޑު ހިޔާލެއްގައި ގެއްލިފައެވެ.
އަހަރެން ސިއްރު ސިއްރުން ޒެއިންގެ ފަހަތުން ގޮސް ބައްދައިލީމެވެ. ޒެއިންދިޔައީ ރަގަޅަށް ވެސް ސިއްސައިންނެވެ.
“ޒޭން ތިވަރުވާކަށް ނުވޭ އަދި… މިހާރު މީހާ އަނަރޫފަވެ ދެލޯ ވަޅު ހެދިފަ ތިހުރީ ޑިޕްރެޝަންއަށް ގޮސް .. އެންމެ ފަނަރަ ދުވަސް ކެތް ނުކުރެވޭތަ މިލޯބި ހިތަށް” އަހަރެން ހުރީ ވަރަށް މަޖާވެފައެވެ.
ޒެއިން ވެސް ގަދަކަމުން ހީލިއެވެ. ” ޒެއިން އަޒޫ ކޯލް ކުރާނަން އެންޑް މެސެޖް ވެސް ކުރާނަން .. ޕްލީސް ދެރަނުވެބައަޅެ” ޒެއިން ރަގަޅަށް ވެސް ފެންކަޅި ވިއެވެ. އަދި މަޑު މަޑުން ބޯޖަހައިލިއެވެ. އަހަރެން ޒެއިން ކޮލަށް ދޮނެއް ދިނީމެވެ.
ބޭގް ޕެކް ކުރުމުގައި ޒެއިން އަހަންނަށް އެހީ ވިއެވެ. ޒެއިން އެހެންޔާ ސަކަރާތް ޖަހާ މީހާ މިއަދު އެހުނަނީ މަޑު މަޑުންނެވެ.
“ޒޭން އަޅުގަޑުވެސް ބޭނުން ޒޭން ގެ ފެމިލީ ފޮޓޯއެއް ބަލއިލަން .. އަދި މޯމްއިންލޯ ނުއެސް ފެނޭ.. މެރީ ކުރަން ކައިރިވާއިރު..އައިހޯޕް އަޒޫ ބައްޕަހެން ބަޑެއްލާފަ ޔޫ ޑޭޑް ހުންނާނެކަމަށް…”އަހަރެން ހިނިގަޑެއް ޖަހައިލީމެވެ.ޒެއިން ހުރީ ހޭންވެސް ނޭގިފައެވެ.
“އަޅެ އަޒޫ.. ދެން.. މިބުނީނު ނެތޭ ފޮޓޯ އެއް ބަޓް އަޒޫ މެލޭ ގޮއްސައް އަންނަން ދެން ހޯދާނަން އައި ޕްރޯމިސް..” އަހަރެން ބޮޑާހާކާލުމުން ޒެއިން ކުޑަކޮށް ބާރަށް ބުނެލިއެވެ.
ޒެއިން އަހަރެން ކޮލުގައި ހިފަލިއެވެ.ވަރަށް ލޯބިން ބޮލުގައި ފިރުމާލުމަށްފަހު އަވަހށް ނިދުމަށް އެންގުމަށްފަހު ބުރެއްޖަހަން ދަނީކަމަށް ބުނެ ނުކުތެވެ.
ޒެއިން ބަދަލުވާހެން ހީވެއެވެ. މިބަދަލު އަންނަން ޖެހުނީ ކީއްވެ ކަމެއްއަހަންނަކަށް ނޭގުނެވެ.މި ބަދަލު އަންނަން ޖެހުނު ސަބަބު ހޯދަން ކިތަށްމެ ބޭނުންވި ނަމަވެސް އަހަރެން އަތަކު ވަގުތެއް ނެތެއެވެ. އެހާ ބޮޑު ހަރަދު ދީފަ މެލޭޝިއާޓްރިޕް ކެންސަލް އެއވެސް ކުރެވޭކަށް ނެތެވެ. އެހެން ކަމުން ކަމެއް ވާން އޮތީވެސް މެލޭޝިއާ ގޮސް އައިސްސެވެ.
އަހަރެން އެކި ހިޔާލުތަކުގައި ހުރެ ކޮޓަރިއަށް ވަނީމެވެ.
އަނެއްދުވަހު އިރު އަރައިފިއެވެ. ހޭލައި ފޯން ބަލައިލި އިރު ޒެއިންގެ މެސެޖް އިތުރުން ދޮންބެގެ މެސެޖްއެއް އައިސް އޮތެވެ. ޒެއިންގެ މެސެޖް ހުޅުވާލުމާއެކު ފެންކަޅިވިއެވެ. ޒެއިން އެމެޖެންސީ ކޮށް ޑިއުޓީ އަކަށް ދާންޖެހިގެން ޑިއުޓީއަށް ދިޔަކަމަށް އަދި ފުރުވަން ނުދެވޭވަހަކަ ބުނެފައިވެއެވެ. އަހަރެން ދޮންބެ މެސެޖް ބަލައިލީމެވެ. ދޮންބެ އިނީ ލޯންޗްޓިކެޓް ފޮނުވާފައެވެ.
އހަރެންނަށް ހޭލެވުނީ މެލޭށިއާ އެއާޕޯޓަށް ފްލައިޓް ޖައްސާލުމުންނެވެ. ހަތަރު ގަޑިއިރު ދަތުރަކަށް ފަހު މަންޒިލަށް އާދެވިއްޖެވެ. އަހަރެން ފޯނުބަލައިލީ މެސެޖެއް އައިސް ފައި އިންތޯ ބަލާލުމަށެވެ. ނެތެވެ. އަހަރެން ކެތްކޮށްލީމެވެ. ޒެއިން ބިޒީއީކަންނޭގެއެވެ.
ދުވަސްތަށް ފާއިތުވަމުން ދިއައެވެ. އަހަރެން ހުރީ ފަނަރަ ދުވަސް ދާލެއް ލަސްވެފައެވެ. އަހރެންގެ އުޅުމަށް ބަދަލު އައިސް ފައިވުމުން މެލޭ ރައްޓެހިން ވަރަށް ސުވާލް ކުރެއެވެ. ވާނީވެސް އެހެންތާއެވެ. ޒެއިން ފޯނަކަށް އަރަނީއެއް ނޫނެވެ.ނުވީތާ މެސެޖްވެސް ނުކުރެވެ. އަހަންނަކަށް  ނުއެއްކެވެއެވެ. މީހާ އެއްކޮށް ބަލިކަށި ކޮށްލައިފިއެވެ.ހިމަވެ ގޮސް ރާއްޖެއިން ގެނައި ހެދުންތަށްވެސް ދޫވެ އާހެދުން ގަންނަަވަރުވިއެވެ.އަހަރެން ބަލިވެ ހޮސްޕިޓަލްގައި އެޑްމިޓް ވެސް ކުރަންޖެހުނެވެ. ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    azkaa and zein dhuru nukurachey
    they both are made for each other
    alhe zein ah khinebaa evee

    1. Tuliplover
      cutie girl

      Uploaded but still on pending .. 💗🫶🏼🥺

  2. Your fav bab

    Dude!!!
    Zein meeehaku dheke loabi vi kamah very SUS!!!!
    Ekm azoo fakeerah evaru nukurey!!!
    When next??

    1. Tuliplover
      Your fav bab

      You will know soon 🫶🏼🫶🏼🫶🏼💗

  3. Ellie

    Zein ah kihineh tha vee dp ah dhiyaee!
    Varah reethi!
    Keep it up!

    1. Tuliplover
      Ellie

      Soon will know 🤍🥺❤️

Comments are closed.