Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ސަލާންޖެހި ޒުވާނާ

EXO
EXO Level 210 Stories100 Login
January 9, 2025 2 Mins Read
3 Comments

ސަލާންޖެހުމަކީ މިއަދު މުޖުތަމައުގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ހާއްސަކޮއް ޒުވާން ކުދިން ނުކުމެ ފެޝަނަކަށްވެސް މޮޅުވާހަކަ ދައްކައިގެން އެތައް ދޮގެއް ހަދައިގެން ސަލާން ޖަހައެވެ. ތިމާ ގައިގާ ވަރުހުރި ދުވަހު އަތުން ފައިން މަސައްކަތެއްނުކޮއް ގޮސް މިސްކިތްތައް ކައިރީ ނަމާދެއްނުކޮއް މީހުން ނަމާދުން ފައިބާ ގަޑީގައި ސަލާންޖަހަނީ މަދު ބަޔެއްނޫނެވެ.

އުމަރުއަކީ މިފަދަ ޒުވާނެކެވެ. އޭނާއަކީ ސަލާން ޖަހައިގެން ކައިބޮއެހަދާ ޒުވާނެކެވެ. މީހުންނަށް އޮޅުވާލައިގެން އެތައް ދޮގެއް ހަދައިގެންވެސް ފައިސާ ހޯދައެވެ. ބައެއްފަހަރު މީހުންނަށް އުނދަގުވާ ހިސާބަށްވެސް އުމަރުގެ ކަންތައްދެއެވެ. އޭޓީއެމްއަށް ކާޑު ޖަހާލައި ފައިސާ ނަގަން ތިބޭ މީހުން ކައިރިއަށްގޮސްވެސް ފައިސާދޭން ކިޔައެވެ. މިކަމުގެ ސަބަބުން އުމަރަށްވަނީ އިންޒާރުދެވިފައެވެ. ބޭންކްގެ އެއްވެސް އިމާރާތެއްގެ އެތެރެއަށް ވަދެއްޖެނަމަ ކަމާބެހޭ ފަރާތާ ހަވާލުކުރެވޭނެކަން އަންގާފައެވެ. ހޮޓާތަކަށް ސައިބޯން ވަންނަ މީހުންނަށްވެސް އުމަރުގެ އުނދަގޫ ވަކި ކުޑައެއްނޫނެވެ. ފަހަރަކު މޭޒެއްކައިރިއަށްގޮސް އިށީނުމަށްފަހު ކާނެ އެއްޗެއް ނުވަތަ ސަޔެއް ދިނުމަށް ފަހަރަކު މީހަކު ކައިރީ އާދޭސްކުރެއެވެ. ބައެއްފަހަރު މިހެން އުޅުމުގެ ތެރޭގައި މީހުން އޭނާއަށް ލަނޑުވެސްދެއެވެ. ސައިދީފައި ބިލް އަމިއްލައަށް ދައްކާށެބުނެ ސައިދޭމީހާ ގަދަ ދައްކާލުމުން އުމަރު ޖެހެނީ ފިލަން މަސައްކަތްކުރާށެވެ. ނަމަވެސް ގިނަފަހަރު ވޭޓަރުންގެ އަތުވެ އެތައް އަނިޔާއެއް ލިބެއެވެ.

އެއްދުވަހެއްގެ މެންދުރެވެ. މީހުންތައް މިސްކިތުން ނަމާދުކޮއްގެން ފައިބަނިކޮއް އުމަރު އޭނާގެ މަސައްކަތް ފަށައިގަތެވެ. މިސްކިތް ދޮރުމަތީ ހުއްޓިހުރެ ދާ ކޮންމެ މީހަކަށް އަތްދިއްކުރެއެވެ. މިގޮތުގައި ހުއްޓާ މީހުންތައް ހުސްވެއްޖެއެވެ. ހަމަ ހިލާ އެންމެ ރުފިޔާއެއްވެސް ނުލިބުނެވެ. މިސްކިތްކައިރިން ދާންވެގެން އެންބުރުނުއިރު ކުރިމަތީގައި ހިނިތުންވެފައިހުރި ޒުވާނަކު ހުއްޓެވެ. އުމަރު އޭނާގެ މަސައްކަތް ވަގުތުން ފަށައިގަތެވެ. ހެދުނު ދޮގެއްހަދާ ފައިސާއެއްހޯދަން މަސައްކަތްކުރިއެވެ. އެޒުވާނާ އުމަރުގެ ވާހަތައް އަޑުއެހުމަށްފަހު އޭނާއާއެކު ނަމާދަށް އައުމަށް ދައުވަތުދިނެވެ. ނަމަވެސް އުމަރު އެކަމާ ދެކޮޅުހަދަން ފެށުމުން ޒުވާނާއާއެކު ނަމާދުކޮއްފިިނަމަ އުމަރުއަށް އެހީއެއްދޭނެކަމަށް ބުނިއެވެ. ފައިސާއަށް ދަހިވެތިވެފައިވާ އުމަރު ޒުވާނާއާއެކު ނަމާދަށްއަރާ އަވަސްއަރުވާލާފައި ނަމާދުކޮއް ފައިބާ ޒުވާނާގެ އިންތިޒާރުގައި ދޮރުކައިރި މަޑުކުރިއެވެ. ޒުވާނާ ނަމާދުން ފައިބާފައި ފަސްރުފިޔާ ޖީބުންނަގާ ދިއްކޮލިއެވެ. އަދި އުމަރު އޭގައި ހިފުމުން އުމަރު ކުރާ ކޮންމެ ނަމާދަކަށް ފަސްރުފިޔާދޭން އެޒުވާނާ ވައުދުވިއެވެ. ޒުވާނާގެ ބަސްކޮޅު އަޑުއިވިފައި އުމަރު ހައިރާންވިއެވެ. އަދި އެދުވަހަށް އަލްވަދައުކިޔާ ދެމީހުން ވަކިވިއެވެ.

ކޮންމެ ދުވަހަކުވެސް މިސްކިތްދޮށުގައި އުމަރު އެޒުވާނާގެ އިންތިޒާރުގައިހުރެއެވެ. ކޮންމެ ނަމާދަކަށްވެސް އަރައި އުމަރު އެޒުވާނާ ދޭ ފައިސާގައި ހިފައެވެ. މިގޮތަށް މަސްދުވަސް ފާއިތުވެއްޖެއެވެ. އުމަރު ފަހަކަށް އައިސް އެޒުވާނާ ދޭ ފައިސާގައި ނުހިފައެވެ. ޒުވާނާ ފެނުމުން ލަދުން އެތަނަކުން ދުރަށްދެއެވެ. މިކަމާ ޒުވާނާ އުމަރުއާ އެއްދުވަހަކު ސުވާލުކޮއްލިއެވެ. އުމަރު ކަރުނަ ބާލާހާލުގައި ވެގެން އުޅޭގޮތް ކިޔާދިނެވެ. ޒުވާނާ އަތުން އޭނާ ނަގާ ފައިސާ ނެގުމަކީ ރަނގަޅުކަމެއްނޫންކަމަށް އޭނާއަށް އަމިއްލައަށްފެނުނީ ނަމާދުގެ މުހިންމު ކަމުންނެވެ. ނަމާދުކުރަންފެށުމުން އުމަރުގެ ހިތް މުޅިން ބަދަލްވި ވާހަކަ ބުނިއެވެ. އެންމެ ފަސްރުފިޔާއާ ނަމާދުން ލިބޭ ސަވާބު އަޅާވެސް ނުކިޔޭތީއެވެ. ނަމާދުކުރަން ފެށުމުން މިއަދު އަމިއްލަ ދެއަތުން މަސައްކަތްކޮއްގެން ހަލާލް އާމްދަނީ ހޯދުމަށް ހިތްވަރު ލިބިއްޖެކަންވެސް އުމަރު ބުނެލިއެވެ. ޒުވާނާ މިކަމާ ވަރަށްވެސް އުފާކުރިއެވެ. އިތުރަށް އުމަރަށް ހިތްވަރުލާދިނެވެ. މިއަދު އުމަރުވަނީ އޭނާގެ ފަރާތުން އުނދަގޫފޯރި އެންމެންގެ ކިބައިން މައާފް ހޯދަން ނުކުމެފައެވެ. އަދި އަމިއްލަ މަސައްކަތްފަށާ ދާ އޮހޮރައިގެން ހަލާލް ފައިސާ ހޯދަން ފަށާފައެވެ. އުމަރަކީ މިއަދު ކިތަންމެ ބުރަކޮއް އުޅޭމީހަކަސް ވަގުތަށް ނަމާދަށްދާ މީހެކެވެ.

– ނިމުނީ –

 

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ސެކިޔުރިޓީ ގާޑް

Next

އާ ދިރިއުޅުމެއްގެ ފެށުން -5

Next
January 9, 2025

އާ ދިރިއުޅުމެއްގެ ފެށުން -5

Previews
January 9, 2025

ސެކިޔުރިޓީ ގާޑް

3 Comments!

  1. Saamy24 says:
    January 9, 2025 at 1:16 pm

    މުޖުތަމަޢު އަށްވަރަށް މުހިއްމު ެސެޖެއް ތިޔަ ދިނީ. ވާހަކަ ވަރަށް ރީތި. ވާނެ

  2. Saamy24 says:
    January 9, 2025 at 1:17 pm

    . އިންޝާ ﷲ .މުޖުތަމަޢު އަށްވަރަށް މުހިއްމު ެސެޖެއް ތިޔަ ދިނީ. ވާހަކަ ވަރަށް ރީތި. ވާނެ

  3. u will KNOW says:
    January 11, 2025 at 8:32 am

    I Love THis STORYYYYYYYYYYYYYYYY
    SOOOOOOOOOOOOOOOOOOOOOO
    CUTEEEEEEEEEEEEEEEEEEEEEEE
    KeeeeeeeeeeeeeeeeeeeeeeeeeP it UPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPP

Comments are closed.



All Right Reserved!