Skip to content
އެސްފިޔަ

މޮޅެއް ނެތް

 

ނަމަޔަކުން ނުކެކޭނެ ރިހައެއް، ހަމަޔަކުން ގޯހެއް އެގެން ނެތް
އަމަލުކުން ނޫނީ ވެވޭ ހެޔޮ މޮޅުގޮތެއް އަމުދުން ވުމެއް ނެތް
ދަތުރުކުރި މަގު ދެކަފިވީމާ ހިތް އުދާސް ވެ ސުވާލު ކުރިޔަސް،
ހިތުގެ މިސްރާބަށް އެކަނިކޮށް ދަތުރު ނިންމުމުގައި މޮޅެއް ނެތް
އަޒަލުގައި އަހުރެންގެ ހާލަތު މާކުރީގައި ލިޔެވި އޮތުމުން
ނަޒަރު ތޫނު ލޮލުން ތިފޮނުވާ ތީރަކުން ރެކެވޭ ކަށެއް ނެތް
ބަދަލުނުވި ތިޔަ ހިތި ހަނދާނުން ޒަޚަމުތަކުގައި ލޮނު އަޅާތީ
އަދަދު ނުވި ހުވަފެންތަކާއެކު ކުރިއަރައި ދާނޭ މަގެއްނެތް
ނާހައޭ މިހިތެއް މަގޭ ބަސް، ނޭދެޔޭ ތިޔަނޫން އަމާޒެއް
އާހުގައި އޮހެމުންމިދާ ހިތި ކަރުނަތަކުގައި ވެސް އަގެއްނެތް
ބާ ނުވާ މިހިތާމަ ތަކުގައި، ރޭގަނޑާއި ދުވާލު އުޅުނަސް
ވާނުވާ ނޭގޭ މިހާލަތު ގައި މިހެން ނިމެވޭކަށެއް ނެތް
މެކުނު ފުމުނަސް ގަހަކަޔަކަށް ފުމެ އެރޭނެ ގޮތެއް މިތާ ނެތް
އެކު އަރައި އިންނަން ގަލެއް ނެތި އުދުހުމެއްގައި މާ މޮޅެއް ނެތް

Comments (4)

  1. Anonymous

    Varah reethi. Furathama kadi varah salhi!

  2. Your fav bab

    Shaaireh dhw??
    Very nice

  3. Saamy24

    good job Ashm.

  4. ކިއުންތެރިއެއް

    “މޮޅެއް ނެތް” ނަމަވެސް ޅެމެއް މޮޅު އިނގޭތޯ ދޮގެއްވާ ނޫނެ މިބުނީ ދުލުން އަޅު އިނގޭތޯ”

Comments are closed.