މުދައްރިސްގެ އުކުޅު
މުދައްރިސްގެ އުކުޅު
އިސްމާޢީލްޢަލީ ކަނދޮޅުދޫ
| މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ. އަދި މި ލިޔުމާއި ގުޅޭ ވާހަކަ ވަރަށް އަވަހަށް ގެނެސް ދޭނަމެވެ. |
އެއް ދުވަސްވަރެއްގައި،ޕްރައިމަރީ ސްކޫލެއްގައި ޒުވާން މުދައްރިސާއެއް އަލަށް ވަޒީފާއާ ގުޅުނެވެ. އޭނާގެމަސައްކަތް ފެށުމާއިއެކު ދަރިވަރުންނަށް ކިޔަވައިދިނުމަށް ވަރަށް ޝައުޤުވެރިވިއެވެ. އެއްދުވަހަކު ކްލާސްރޫމެއްގެ ކައިރިން ހިނގާފައި ދަނިކޮށް، އޭނާ އަށް ދުވަސްވީ މުދައްރިސާއަކު ދަރިވަރުންގެ ގޭގެ މަސައްކަތް ރަނގަޅުކުރަމުންދާތަން ފެނުނެވެ. އެނާއަށް ފާހަގަ ކުރެވުނީ އެހެން ހުރިހާ މުދައްރިސުން ފަދައިން ރަތް ކުލަ ބޭނުންކުރުމުގެ ބަދަލުގައި، އެ މުދައްރިސާ ބޭނުންކުރަނީ ފެހި ކުލައެވެ. ވަރަށްޙައިރާންވެ ހުރެ، ޒުވާން މުދައްރިސާ ދުވަސްވީ މުދައްރިސާގެ ގާތަށް ގޮސް އޭނާ ރަތް ކުލަ ބޭނުން ނުކުރާ ސަބަބު އެހިއެވެ.
ދުވަސްވީ މުދައްރިސާ ޖަވާބުދިނެވެ، “ކުށްތައް ރަނގަޅުކުރަންޖެހޭ، އެކަމަކު ރަތް ކުލައަކީ އަލިފާނުގެ ކުލައެވެ. އަދި އެ ނުރައްކާތެރި ވެދާނެއެވެ. ތިބާ ރަތް ކުލައިން އެއްޗެއް ދަށުން ރޮނގު ދަމާލާއިރު، އެއީ އިނގިލި ދިއްކުރާ ފަދައިންނެވެ. އަނެއްކޮޅުން، ފެހި ކުލައަކީ ގަސްގަހާގެހީގެ ކުލައެވެ. އެއީ ދިރުވައި އާލާކުރުމުގެ ކުލައެވެ.
އަހަރެން ކުށްތައް ރީތިކޮށް ފާހަގަކޮށް، ދަރިވަރުންނަށް އުންމީދު ދީ، އެމީހުންނަށް އެމީހުންގެ ކުށްތަކުން އުނގެނެވިދާނެކަން ދައްކައިދެމެވެ. ދަރިވަރުން ބޮޑުވާން ބޭނުންވަނީ އުންމީދާއެކު އިތުބާރު އުފެދޭ ގޮތަށެވެ.
ޒުވާން މުދައްރިސް އިސް މުދައްރިސްގެ އުކުޅުން ވަރަށް ބޮޑަށް ޝައުޤުވެރިވެ، އޭނާއަށް އިތުރަށް ތަފްސީލުކޮށްދިނުމަށް އެދުނެވެ. އިސް މުދައްރިސް ކުރިއަށް ގެންދިޔައެވެ. ކުށް ރަނގަޅުކުރުމަކީ ހަމައެކަނި ރަނގަޅު ކުލައިގެ ދެލި ބޭނުންކުރުމެއް ނޫނެވެ. ދަރިވަރުންނަށް އިތުބާރު އުފެދޭ ގޮތަށް، ކުށްތައް މަޑުމައިތިރިކަމާއެކު ރަނގަޅުކޮށްދީ، އެމީހުންނަށް އުންމީދު ދީ، އެމީހުންނަށް އުނގެނެވިދާނެކަން ދައްކައިދިނުމެވެ. ހަމަ ޅަ ގަހަކަށް ބޮޑުވާން ވަގުތު ބޭނުންވާ ފަދައިން، ދަރިވަރުންނަށްވެސް ކުރިއަރަން ބޭނުންވަނީ އުންމީދާއި ހިތްވަރުދިނުމެވެ.
ޒުވާން މުދައްރިސަށް މިކަން ވިސްނުނީ ހަމައެކަނި އާދައިގެ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެއަށްވުރެ މާ ބޮޑު އަދި ފުން މާނައެއް އޮތް ކަމެއްގެ ގޮތުގައެވެ. ދަރިވަރުން ބޮޑުވާން ބޭނުންވަނީ އިޖާބީ ވެއްޓެކެވެ. އިތުބާރު އުފެދޭނެ މާޙައުލެކެވެ.
މުދައްރިސްގެ މި އުކުޅަކީ ހަމައެކަނި ކުލަތައް ބޭނުންކުރުމުގެ ވާހަކައެއް ނޫނެވެ.


