ވެވުނު ލޯތްބަކުން 1
ލީނާ ފަހީމް ވަނީ ސްޕާކްވޭވް އެޑްވަޓައިޒިންގައި ކްރިއޭޓިވް ޑަރެކްޓަރުގެ މަގާމަށް ޕްރޮމޯޓް ވެފައެވެ. ނުވަތަ އޭނާގެ އެކުވެރިން ބުނާގޮތުން “ކިހިނެތް އޭނާ އަށް މި ވަޒީފާ ލިބުނީ” އެކުންފުނި މަޝްހޫރުވީ ދެކަމަކާ ގުޅިގެންއެވެ. އެއީ އެންމެ ފަހު ވަގުތު ކުރިމަތިވާ ކްރައިސިސްޓްތަކާއި ސައިންސްގެ ތަޖުތިބާއެއް ފަދަ ބްރޭކްރޫމް ފްރިޖެވެ.
އެދުވަހުގެ ހެނދުނު އޮފީހަށް ވަދެގެން ދިޔައިރު ލީނާއަށް ހީވީ ބާޒާރެއް ތެރެއިން ދެވުނުހެންނެވެ. މިއަދު އޭނާ ސާބިތުކޮށްދޭނީ ފޮނިތޮށިގަނޑެއް ފަޅާނުލައި (ނުވަތަ ސަޕްލައި ކްލޯސެޓްގައި ރޮއިގެން) ޓީމެއް ލީޑް ކުރެވޭނެ ކަމެވެ. އޭނާގެ ފޯނުގައި ޕިން ކޮށްފައިވަނީ “ބިގްސްޓް ކްލައިންޓް އެކައުންޓް ގުޑް ލަކް!”
“އެއްގޮތަކަށްވެސް ޕްރެޝަރެއް ނެތެވެ.” ހިތާހިތުން ލީނާ ބުނެލިއެވެ. އެއަށްފަހު ލީނާ ވަނީ އޯޕެން ޕްލޭން އޮފީހަށްށެވެ.
ލީނާ ވަނީ އޯޕަން ޕްލޭން އޮފީސް ސްކޭންކޮށްފަ އެވެ. މާޒީގެ ކެމްޕޭންތަކުގެ ޕޯސްޓަރުތަކުގައި ފާރުތައް ޕްލާސްޓަރުކޮށް، ބައެއް ވަނަތައް ހޯދި، ބައެއް ކާރިސާތައް، މުއްދަތު ހަމަވެފައިވާ މެޔޮނައިސްގެ ވަސް ދުވާ “ސޮގީ ސެންޑްވިޗް ވީކް” އިޝްތިހާރުތައް ފަދަ ތަކެތި ޕްލާސްޓަރުކޮށްފައިވެ އެވެ.
ލީނާގެ ލޯ އޭނާގެ އާ ޓީމަށް ޖައްސާލިއެވެ. ގޮނޑިއެއްގައި ފައި ހުރަސްކޮށް އިށީނދެގެން، “ވޯލްޑްސް ބެސްޓް ކޮޕީރައިތާރ” ޖަހާފައި ހުރި މަގެއް ހިފައިގެން ހުރި އަދީލް އޭނާ މަޖައްލާއެއް ފަޅާލަމުން ދިޔައިރު، ކްލައިންޓުގެ އެތައް މިލިއަން ޑޮލަރެއްގެ ކެމްޕޭނަކީ ސަމާސާއެއް ކަމުގައި ހީވިއެވެ.
“މޯނިންގް ބޮސް” އަދީލް މޫނު މައްޗަށް ބަލާލުމެއް ނެތި ގޮވާލިއެވެ. “ރެޑީ ޓު މޭކް ހިސްޓޮރީ؟”
ލީނާ ބުމަ އުފުލާލިއެވެ. “އެއީ ފައިދާހުރި ތާރީޚަކަށް ހަދަން މަސައްކަތް ކުރަން ރެޑީ؟”
އަދީލް ހީނލިއެވެ. “ދެޓްސް ދަ ސްޕިރިޓް”
އޭނާގެ ފުރަތަމަ މަސައްކަތަކީ ހެނދުނުގެ ބައްދަލުވުމުގައި މެލްޓްޑައުން އެއް ނުކޮށް ދިރިހުރުމެވެ. އަދި ފަހަރެއްގައި، ހަމަ ފަހަރެއްގައި، އަދީލް ކެމްޕޭން ސްޓޭންޑް އަޕް ރޫޓިންއަކަށް ބަދަލު ނުކޮށް ބެހެއްޓުން.
އާންމުކޮށް ޝައްކުކުރެވޭ މީހުން ފުރިގެ ލީނާ ތެދުވެ، ކަރު ސާފުކޮށްލަމުން ފެށިއެވެ. “އޯލްރައިޓް ޓީމް، މި ކްލައިންޓް ބޭނުންވަނީ ބޮލްޑް އައިޑިއާސް، ފާސްޓް. ވީ ޑެލިވަރ، އޮރ ވީ އާރ އައުޓް.”
“އެއްވެސް ޕްރެޝަރެއް ނެތް.”އަދީލް ވިންކް ކޮއްލަމުން ބުނެލިއެވެ.
ލީނާގެ ހިނިތުންވުން ރެނދުލިއެވެ. ފަހަރެއްގައި މި ހަލަބޮލިކަން ކޮންމެ ގޮތެއްވިޔަސް އެހާ ގޯހެއް ނުވެދާނެއެވެ. ބަލްގިޝް، އެކްސެލް އިން މަރާލެވޭނެ ސްޕްރެޑްޝީޓް ކުއީން؛ ކެފެއިން އާއި އުނދަގޫ ކަމުގެ މައްޗަށް ދިރިއުޅުއްވި އިންޓަރން ކަމަށްވާ ތައީބް؛ އަދި އެއް ޒަމާނެއްގައި އޭނާގެ ޕެޓް އިގުއާނާ ލީޑް ރޯލުން ފެނިގެންދިޔަ ކޮމާޝަލް އެއް ޕިޗް ކުރި އެ އޮފީހުގެ އަމިއްލައަށް “ކްރިއޭޓިވް ޖީނިއަސް” ކަމަށް ބުނާ މައެއައު އެވެ.
މީޓިން ނިންމާފައި ލީނާ އަމިއްލަ އޮފީހަށް ގޮސް ޑޮކިއުމެންތް ތައް ކިޔަން ފެށިއެވެ. އެދުވަހައް ވާވަރަށް މަސައްކަތް ކޮށްފައި ލީނާ އޮފީހުން ނިކުތް އިރު ހަވީތު 4 ޖަހާ ބޮޑުވެއްޖެއެވެ. މަޑުމަޑުން ހިންގަމުން ގޮސް ލީނާ ހުއްޓުނީ ބަސް ސޮޓޮޕް އާއި ދިމާލުގައެވެ. ބަސް އަންނާނެ ވަގުތަކަށް އިންތިޒާތި ކޮށް ކޮށް ހުރި ލީނާ މާ ދުރު ނޫން ހިސާބެއްގައި ހުރި އަދީލް ލޮލުގައި އަޅައިގަތެވެ. ނަމަވެސް އަދީލް ލީނާ އާއި ހަމަ އަށް ދިއުލުގެ ކުރިން ލީނާ ބަހަށް އަތާ އިށިނެވެ.
ބަސް ގޮސް ހުއްޓުނީ ރަސްފަންނު ކައިރީގައެވެ. ބަހުން ފޭބުމަށް ފަހު ލީނާ މަޑުމަޑުން ހިންގާފައި ގޮސް ގެއަށް ވަނެވެ. އެވަގުތު ލީނާގެ މަންމަ ލައިސާ ހުރީ ގަސް ތަކަށް ފެން ދޭށެވެ. ” އަހަނ ދަރިފުޅު އައީތަ؟ އަވަހަށް ދޭ ފެންރާލާގެން ކާން ނިކުންނަން މަންމަ ހުންނާ ނެ ދަރިފުޅުގެ ފޭވްރިޓް ހަދާދީފަ” ލައިސާ ހިނިތުން ވެލާފައި ބުނެލިއެވެ. ” އަޅޭ މަންމާ އައި ލަވް ޔޫ ސޯ މަޗް” ލީނާ ގޮސް ލައިސާ ގައިގައި ބައްދާލަމުން ބުނެލިއެވެ.
އުދިހިފައި ދިޔަ މާބުރެއް ފަދައިން ލީނާ ގޮސް ކޮޓަރިއަށް ވަނެވެ. އަދި ދަބަސް ސްޓަޑީ ޓޭބަލް މަތޯގައި ބާއްވާލިއެވެ. އަދި ގޮސް އެނދުމަތީގައި އޮށޯވލިިއެވެ. “ހައު ވިލް އައި ވޯކް ވިތް ދެމް؟” ހިތާ ހިތުން ލީނާ ސުވާލު ކުރިއެވެ. އަދި އެނދުން ތެދުވެ ތިވާލި ހިފައގެން ފާހަނާ އަށް ވަނެވެ. ފްރެޝް ވެލައިގެން ނިކުމެ ޓްރަކްސޫޓް އަކާއި ގަޔަށް ދޫ އަތް ދިގު ޓީށާޓެއް ލުމަށް ފައު ކާގެއްށް ގޮސް ލީނާ ބަނޑު ފުރޭ ވަރަށް ކާން ފެށިއެވެ.
ހިތް ފުރޭ ވަރަށް ކެއުމަށް ފަހު ލީނާ ދިޔައީ ކުޑަކޮށް ނިދާލާށެވެ. ކޮޓަރިއަށް ވަދެ އެނދުމަތީ އޮށޯވެލާފައި ލީނާ ފޯނުން ގްރޫޕް ޗެޓް ހުޅުވާލިއެވެ.
“ހައި ގާއިސް ޓުމޯރޯ އާފްޓާރނޫން ވީ ހޭވް ޓު ވޯކް އޮން ދިސް ޕްރޮޖެކްޓް” ލީނާ ޓައިޕް ކުރިއެވެ.
“އިޒިންޓް އިޓްޑިއު ނެކްސްޓް މަންތް؟” ބަލްގިޝް ރިޕްލައި ދިނެވެ.
“ޔެސް ބަޓް ދިސް އިޒް އަ ބިގް ޕްރޮޖެކްޓް ވީ ޑޯންޓް ހޭވް އިނަފް ޓައިމް ޓު ވޭސްޓް ވީ ނީޑް ފްރެޝް އައިޑިއާސް ޓުމޯރޯ” ލީނާ ބުނެލިއެވެ.
“ޔެސް މެޑަމް” އަދީލް އާއި ތާއިބް ބުނެލިއެވެ.
ފޯނު އެއްކާރީ ގައި ހުރި ކަބަޑް މަތީ ބޭއްވުމަށް ފަހު ލީނާ ގައިގައި ރަޖާ އަޅާލިއެވެ. އަދި ނިންޖަށް އޭގެ ބާރުކަން ދިނެވެ.
-ނުނިމޭ-
