Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އަޅާލުމާއި އޯގާތެރިވުން

Saamy24 Level 110 Stories100 Login
December 24, 2024 One Min Read
3 Comments

އަޅާލުމާއި އޯގާތެރިވުން

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

މިއީ  އަޅާލުމާއި އޯގާތެރިވުމާ ބެހޭ ގޮތުން، ސްކޫލް ދަރިވަރަކު އެސެމްބްލީގައި ވާހަކަ ދެއްކުމަށް އަޅުގަޑު ލިޔުނު ވާހަކަ ކޮޅެކެވެ.

 

ހުރިހާ އެއްޗަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅު ތަނަވަސް ވެގެންވާ ކަމަށްޓަކައި ﷲ  އަށް ހަމްދާއި ޝުކުރު ކުރަން ( .) ޢާލަމަށް ރަޙުމަތެއްކަމުގައި ފޮނުއްވި މިއުއްމަތުގެ މާތް ނަބިއްޔާއަށް ސަލަވަތާއި ސަލާމް ލެއްވުން އެދި ދުއާ ކުރަން ( .)

މި ސަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލް އަސްޙާބުން ޝާމިލް ކުރަން ( .)

ޢިއްޒްތްތެރި ޕްރިންސިޕަލް ލިޑިން ޓީޗަރުން އެންމެހައި ލޮބުވެތި މުދައްރިސުން އެކުވެރި ކިޔަވާކުދިން ( .)

އައްސަލާމް އަލައިކުމްވަރަހުމަތުއް ﷲވަބަރަކާތު ( .)

މިއަދު އަޅުގަޑު ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ އެކަމަކަށްޓަކައި ހުރިހާ އެންމެންވެސް ބެނުންވާ އަދިއެކަމައި ނުލައި ދިރިއުޅޭން އުނދަގޫވާނެ ކަމަކާއި ބެހޭގޮތުން. އާދެ އެއީ އަޅާލުމާއި އޯގާތެރިވުން( .)

ތިބާއަށް ޢަމަލުކުރަން ބޭނުންވާ ގޮތަށް އެހެން މީހުންނާމެދު ޢަމަލުކުރާންވާނެ  ( .)

އޯގާތެރިކަމާއި އަޅާލުން އަބަދުވެސް ބޭނުންވާނެކަން ހަނދާންކުރާންވާނެ ( .)

މީހަކަށް އެހީވުން،އެއީ އާދައިގެ  ކުޑަކުޑަ ކަމެއްގައި ހީވިނަމަވެސް އެކަމުން، އެމީހެއްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ

އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަން މަސައްކަތްކުރާށެވެ އަދި .އެމީހުންގެ ޙާލާ މެދު ހަމްދަރުދީ ވާންވާނެ ( .)

. އަބަދުވެސް  “ޝުކުރިއްޔާ” އަދި “މަޢާފުކުރައްވާ” ބުނާށެވެ – މި ބަސްތަކުން ދައްކުވައިދެނީ އިޙްތިރާމާއި އަޅާލުން( .)

މީހަކު ކިތަންމެ ކުޑަ ހެޔޮކަމެއް ކޮށްދިން ކަމުގައިވިޔަސް އެކަމަށް ޝުކުރުވެރި ވުމަކީ ރަގަޅު އާދައެކެވެ. ޖަޒާކައްﷲ ޚައިރް މިހެން ކިޔަން އާދަކުރާށެވެ.ކުރެވޭ ކުށްތަކަށް މަޢާފްކުރައްވާށޭ ބުނަން ޖެހިލުން ނުވާށެވެ.( .)

ބޭނުންޖެހިފައިވާ މީހުންނަށް އަޅާލާށެވެ.އެކުގައި ކިޔަވާން އުޅޭކުދިން ދަތިހާލުގައި އުޅެނީނަމަ އެހީވާންވާނެ ( .)

ޖަނަވާރުތަކާއި ގުދުރަތީ ގޮތުން އުފެދިފައިވާ ތަކެތި ޙިމާޔަތްކޮށް އަޅާލާށެވެ، އެއީ އަޅުގަނޑުމެންގެ ދުނިޔޭގެ ބައެއްކަމުގައިވާތީ ( .) އަމިއްލަ ނަފްސަށް އަޅާލުމަކީވެސް އެހާ މުހިއްމުކަމެއް ( .) މިގޮތުން ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ބާރުއެލުމާއި،ހަށިގަޑަށް ގެއްލުންވާފަދަ ޢަމަލުތަކުން ދުރުވުމާއި،ފައިދާ ކުރަނަވި ޢިލްމެއް އުނގެނުމާއި،ހަރުދަނާ އަޚްލާގުން ޒީނަތްތެރިވުން ހިމެނޭ ( .)

މި އުސޫލުތަކާއި އެއްގޮތަށް ކޮންމެ ކުއްޖަކުވެސް ޢަމަލު ކުރަމުން ދަނީނަމަ މި މުޖުތަމައަ އަކީ އުފާވެރި އެކަކު އަނެކަކަށް އޯގާތެރިވެ އަޅާލާ ބަޔަކަށް ވެގެންދާނެ ( .)

އަޅުގަޑުމެން އެންމެންނަކީ އެކަކު އނެކަކަށް އަޅާލާ އޯގާތެރި ބަޔަކު ކަމުގައި ލައްވާށި ( .) އާމީން

ވައްސަލާމް އަލައިކުމްވަރަހުމަތުއް ﷲވަބަރަކާތު ( .)

 

 

Share Article

Follow Me Written By

Saamy24

Level 110 Stories100 Login

Other Articles

Previous

ބެސްޓް ފްރެންޑް

Next

ޙަޤީޤަތް ހޯދުމޭ 42

Next
December 25, 2024

ޙަޤީޤަތް ހޯދުމޭ 42

Previews
December 24, 2024

ބެސްޓް ފްރެންޑް

3 Comments!

  1. Your fav bab says:
    December 25, 2024 at 7:59 pm

    Is this a speech??
    So ru a teacher?

  2. Saamy24 says:
    December 26, 2024 at 2:47 pm

    You are correct. I am an elderly teacher. Let me know who you are. I am 60 years old man living Hulhumale phase 2.

  3. Your fav babe says:
    December 26, 2024 at 4:17 pm

    Whaaaaah
    My jaws fell!!!!
    I have common sense so I can guess I guess???

Comments are closed.



All Right Reserved!