Skip to content
އެސްފިޔަ

ނިކަގަސް

ރޭގަނޑުގެ ވަގުތެކެވެ. އުޑުމަތިން މަދުފަހަރަކު ނޫނީ ދަތުރު ކުރާވިލާކޮޅެއް ވެސް ނުފެނެއެވެ. ހަނދުވެސް މެދުއުޑުގައި ރަސްކަން ކުރަމުން ދިޔައެވެ. އަދި ވަށާގެން ޖަވާހިރުތަކެއްހެން ތަރިތަށް ފިޔަޖަހަމުންދިޔައެވެ. ހަމައެއާއެކު ޖެހޭ ފިނިވާރޯޅީގެ ސަބަބުން މި ހިއަފަސޭހަ ރޭގަނޑަށް އިތުރު ފުރިހަމަ ކަމެއްދެޔެވެ. އަހަންނާއި އަހަރެންގެ އެކުވެރި ލިއަމް ކުޅެނިންމާގެން ގެއަށް ދާން ހިގާގަތީމެވެ. ގެއައް އާމުކޮށް ދާންއޮންނަމަގުގާ ތާރަ އަޅާތީވެ ވަނީ ބަންދުކޮއްފައެވެ. އަހަރެމެން ދެމީހުން ދުވަހަކުވެސް ރޭގަނޑަކު ބޭނުންނުކުރާ ފަޅު މަގަކުން ހިނގާފައި ގެއައް އަންނަން ޖެހުނެވެ.

އެމަގުގާ ހީވާގޮތުން ވީޔާމު 2000 އަހަރު ވެފައިވާ ބޮޑު ބިޔަ ނިކަގަހެއް އިނެވެ. ވާަހަކާގައި ތިއްބާ އެގަހާ ހިސާބަ އަރާހަމަވެއްޖެއެވެ. އެތާ ކާރީގަ އިށީންނާނެ ޖޯއްޔެއް ފެނުމުން ކުޑައިރުކޮޅަކު އެތާވާހަކަދައްކަން އިށީނާނަމޭހިތާ ލިއަމް ކާރީ އަހަރެން އަހާލީމެވެ. ލިއަމް އާއެކޭބުނުމުން އަހަރެން ގޮސް އިށީންނީމެވެ ނަމަވެސް ލިއަމް އިށީންނާކައް ނާދެއެވެ. ލިއަމް ދިޔައީ ނިކަގަހުގެ އަޅޯ ތަކުގާ އެލޭށެވެ. ކުޑައިރުކޮޅެއް ނުވެ ލިއަމް ވެއްޓިއްޖެއެވެ.

އަހަރެން ލިއަމް ނަގަން ދާން ތެދުވީމެވެ. ނަމަވެސް އެއައްވުރެއްކުރިން ލިއަމް ތެދުވެ އަނެއްކާވެސް އެލެން ފެށިއެވެ. ދެން އަހަރެން ލިއަމް ގެ މޫނައް ބަލާލިއިރު ލިއަމް ހުރީ ވަރަށް ހުޝިއާރުކަމާއެކު ނިކަގަހާދިމާ އަށް ބަލާށެވެ. އަހަރެން އިނީ ގަހައް ފުރަގަސް ދީގެނެވެ. އަހަރެން އަނެއްފަޅިއައް އެބުރެ ބަލާލޅމެވެ. އެއްވެސް އެއްޗެއް ފެންނާކައްނެތެވެ. ނަމަވެސް ލިއަމް ގެ ކަޅި ގުޑާނުލާ އިނީ އެދިމާއައް ބަލާށެވެ.

ދެން ލިއަމް އިނގިލިދިއް ކޮފާ އެހެރެ ރީތި އަންހެން ކުއްޖާފެނޭތޯ އެހިއެވެ. އަހަރެން އެހީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ. ލިއަމް ބުނި އެއްޗަކުން އަހަރެން ގެ މޭގަނޑު އަތައް  އާކަހަލައެވެ. ރަތް ކުލާގެ ރީތި ދިގު ހެދުމެއްގާހުރި ޒުވާން ކުއްޖެކެވެ. އިސްތަށިގަނޑުވަނީ ނާއްސާ ދޫކޮލާފައެވެ. މުނުމަތިން އެހާމެވެސް ފުރިހަމައެވެ. ބާރބީ ޑޯލް އެއް ފަދައިންނެވެ. އަހަރެން އަނެއްކާ ވެސް މީހަކު އެގަސްދޮށުގާ ހުރިތޯބަލަން އެނބުރެލީމެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން އެއްވެސް މީހަކުނެތެވެ.

އަހަރެންގެ ހިތައް ބިރުވެތިކަން ވަނެވެ. އަހަރެން ލިއަމް ގެ އަތުގާހިފާގެން ދުއްވާގަތީމެވެ. 5 ވަރަކައް މިނިޓު ދުވެފައި ހުޓުނީމެވެ. ނަސީބަކުން ސީދާގޭ ގެ ދޮރުމައްޗައްށެވެ. ލިއަމް ދިރިއުޅެނީ އަހަރެމެން ގޭގަ އިންނަ ހުސް ކޮޓަރީގައެވެ. ދެމީހުން ގެއައް ވަން އިރު  އެކަކުވެސް ފެންނާކައް ނެތެވެ. އަހަރެމެން ދެމީހުން ފެންވަރާގެން ކާން ބަދިގެއައް ދިޔާމެވެ. އަހަރެމެން ކާން ހުރީ ނޫޑުލީހެވެ. ނަމަވެސް ލިއަމް ބުނީ ކާހިތްނުވާކަމަށެވެ.

އެރޭ ދަންވަރު 1 ޖެހީއެވެ. ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑައް އަހަރެންނަށް ހޭލެވުނެވެ. އަހަރެން ކޮޓަރިން ނިކުތް އިރު ލިއަމް ބަދިގޭގައި އުޅޭތަން ފެނުނެވެ. އަހަރެން ގޮސް ބަދިގެއަށް ވަންނިއިރުފެނުނީ ލިއަމް ފުރިޖުކާރީ ގުދުވެގެން އިންތަނެވެ. އަހަރެން މަޑުމަޑުން ލިއަމް ކާރީ ކީކުރަނީތޯ އަހާލީމެވެ. ލިއަމް ޖަވާބުގައި ކަމެނުކުރަމޭ ބުނުމުން އަހަރެން މާބޮޑުއެއްޗެއް ހިތައްނާރުވާ ގޮސް ކޮޓަރިއައް ވަނީމެވެ.

އޭގެ އަނެއްދުވަހެވެ. މަންމަ އަހަރެން ނަށް ވަރަށް ބާރަށް ގޮވާއަޑުއިވުނެވެ. އަހަރެން އެދުމަތިން ފުންމާގެން ތެދުވީމެވެ. މީހުން ގެހަޅޭ ކުގެ އަޑު މަގުމަތިން އިވެމުން ތިޔައެވެ. ވާނުވާބަލާލަން ނިކުތީމެވެ. އަހަރެން ހުރިތަނަށް ގަނޑުވީއެވެ. ލިއަމް ގެ ލޭތަކުން  މުޅިމަގުމަތި ވަނީ ފުރި ފައެވެ.  މީހުންތައް ރޯހޭރޭ ތަން ފެނުނެވެ. ނަމަވެސް އަހަންނަކަށް ގުޑައެނުލެވުނެވެ. އަހަރެން ގަޔު ނެތް ހިތްވަރެލާފައި ލިއަމް ގެ ހަށިގަނޑު ބަލާލަން ދިޔާމެވެ. އަހަރެން ގެ ގައިން ހީބިހި ނަގަންފެށިއެވެ. ހީވާގިތުން ލިއަމް ވެއްޓުނީ ކޮޓަރީ ބެލްކަނީއިންނެވެ.

ލިއަމް ގެ ދެލޯވަނީ ކޮނެލާފައެވެ. މޫނުގެ އެއްފަޅީގެ ހަންގަޑުނުވެސް ނެތެވެ. މުޅިހަށިގަންޑުވަނީ ވަކައަޅުވާ ވީދާލާފައެވެ. ލިއަމް ގެ މައިންބަފައިން އެތާގަހުރެ އަހަރެން ނާދިމާއައް ކަރުނާގެ ދެލޮލުން ވާހަކަދައްކަން ފެށިއެވެ. އަދި ރޭގައި ވިގޮތް އެހިއެވެ. އަހަރެން ތަފްސީލާއެކު ކިޔާދިނީމެވެ. ނަމަވެސް ހިތުގެ އަޑިން އަހަރެން ބިރުން ތުރުތުރު އަޅނީއެވެ. ލިއަމް ގެ މަންމަ ގިސްލަގިސްލާފައި ރޮނީއެވެ. ލިއަމް ގެ ހަށިގަނޑުވަޅުލުމުގެ އިންތިޒާމުތައް ކުރިއައް ދެއެވެ. ލިއަމް ވަޅުލާން ހަމަޖެހިފައިވަނީ އެދުވަހުގެ މެންދުރުނަމާދައް ފަހުއެވެ.

މީހުންތަށް އަދިވެސް ލިއަމް މަރުވި ގޮތާމެދު ސުވާލުއުފައްދައި އެކިކަހަލާގެ ތިއޮރީތައް އުފައްދާ ހަދައެވެ. ނަމަވެސް އަހަރެންނަށް ވީގޮތް މިހާރު ފާޑަކައް ގެޓުވެއްޖެއެވެ. ލިއަމް ވަޅުލާވަގުތު އައިސް ޖެހުނީއެވެ. އަހަރެން ލިއަމް ގެ ސަންދޯއް އުފުލަން އެހިވީމެވެ. އަދި ލިއަމްގެ ހަށިގަނޑުވަޅު ލިމެވެ. އަހަރެން ގެ އެންމެ ގާތް އެކުވެރިޔާ މިކެހިވެރި ދުނިޔެއައް އަލްވަދާއު ކިޔާފައި އެދިޔައީ ހާދަ އިހާނާތް ތެރިކޮއްމަރުވެފައެވެ.

 

– ނިމުނީ –

Comments (12)

  1. Ghost girl 👻

    Masha Allah 😍 vrh reethi mi story ❤️🔥
    Keep it up 💪🏻 🥳

    1. lauheeee
      Ghost girl 👻

      thanks

  2. pumpkin

    masha allah vrh reethi mi vhk vs
    can’t wait lauheeee ge ehn vhk akh
    ❤️

    1. Anonymous
      pumpkin

      thanks for all of u guys ge support makes me very happy

  3. No one007

    Masha Allah very reethi vhk eh
    When is your next story I can’t wait to read another beautiful story from you

    1. lauha
      No one007

      inshaa allah next week
      and thanks love the support

  4. laiba

    varah fahkaaa ingey lauhee keep it up

    1. lauheeee
      laiba

      thanks laitte

  5. Random Person

    Biru ganehje-
    That was so good Masha Allah

    1. lauheeee
      Random Person

      thank you

  6. Anonymous

    Love the vaahaka keep it up

  7. Shaina

    Love the vaahaka keep it up

Comments are closed.