އައުޅެން
އިންސާނާއާއި ކޮކާ
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ކޮކާލަށް ރީތިކުލަތައް ލިބިފަވާތީ ހަސަދަވެރި ވެވުނެވެ.
މިނިވަންކަމާއިއެކު އުދުހި އުޅޭތީ ފާރަލާ އުޅުނީމެވެ.
ކުލަކުލައިގެ މާމަލުން ފޮނިބޮއި އުޅޭތީ އާޝޯޚުވެވުނެވެ.
ކޮކާލުގެ ދުވަސްކުރުކަމާއި،ވަގުތުމަދުކަމެއް ނުވިސްނުނެވެ.
ﷲ ދެއްވި ގުނާ އަދަދު ނުކުރެވޭފަދަ ނިއުމަތްތައް ނުވިސްނުނެވެ.
ހުވަފެން ދެކުމަށާއި، ދަތުރުކުރުމަށް ނުހަނު ގިނަ ފުރުޞަތު އޮވެއެވެ.
ކޮކާލާ ޚިލާފަށް އަހަރެމެންގެ ދިރިއުޅުމުގައި އުފާވެރިކަން ވެއެވެ.
އެންމެ ފުރިހަމަގޮތުގައި އިންސާނާ ހެއްދެވީތީ ޝުކުރުވެރި ވެވޭތޯއެވެ.
އަހަރެމެން ބިމުގައި ހިނގައި، އަމިއްލަ ދުވަސްތައް ބައްޓަންކުރަމުއެވެ.
ބުއްދީގެ ބޭނުން ހިފައި ތެދުމަގުގައި ސާބިތުވެ ތިބެމުއެވެ.
ކޮކާލުގެ ރީތިކަމާއި ޢުމުރުކުރުކަމުން ފިލާވަޅުތަކެއް ދަސްވެއެވެ.
ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިރްޝާދު ލިބިދެއެވެ.
ފަނާވެ ނެތިދިއުމުގެ ކުރިން އެދުވަހަށް ތައްޔާރުވާން ޖެހޭކަމެވެ.
ދުވާލާއި ރޭގަނޑު ﷲއަށް ޝުކުރުކުރާ ބަޔަކަށް ވަމާ ހިގާށެވެ.
4 Comments!
Comments are closed.



Varah reethi!!!!
Mashaa allah!!!!
ޖަޒާކަﷲ ޚައިރަން
I love it a lot it was amazing
I love how the story whent it was amazing I love it a lot keep it up I believe in u never give up