Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައި ވިޔަސް… (5)

writer Level 310 Stories100 Comments
December 2, 2015 5 Mins Read
5 Comments

އެނދުގައި އޮށޯވެލައިގެން ސީލިންގްގައި ހަރުކުރެވިފައިވާ ފަންކާއަށް ބަލަހައްޓައިގެން އޮތް ފާރިލް ވަނީ ފުން ހިޔާލަކަށް ގެއްލިފައެވެ. އެ މޫނުމަތިން ފެންނަމުން ދަނީ ނުތަނަވަސްކަމެވެ. އެތަށް ދުވަހެއް ވަންދެން ކުރި އިންތިޒާރަށް ފޮނި ނިމުމެއް އަންނަންވީ ވަގުތު ކުޑަތަންވެފައި އޮއްވައި މިވީ ކިހިނެތް ހެއްޔެވެެ. ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިވީއެވެ.

ކިތަންމެ ވަރަކަށް ނަކީލް ދިން އިންޒާރާއި މެދު ނުވިސްނަން މަސައްކަތްކުރި ކަމުގައި ވިޔަސް އެކަމަށް ކުޅަދާނަވެގެން ނުވާކަހަލައެވެ. ނަކީލް އެގޮތަށް ކަންތައް ކޮށްފިނަމަ ހުރިހާ ދެރައެއް ލިބޭނީ މާޔާއަށް ކަން ފާރިލްއަށް އެނގެއެވެ. ނަތީޤް އާއި ނުލައި ދިރިއުޅެން މާޔާއަށް ކުޅަދާނަ ނުވާނެކަން ދަނެއެވެ.

މިއަދުވެސް މާޔާގެ ހަރަކާތްތަށް ހުރިގޮތުން އެކަން ހާމަވެއެވެ. މާޔާ ނަތީޤް ގެނެސްދިނުމަށް އެނދި ކުރަމުންދިޔަ އާދޭސްތަށް ކަންފަތުގައި ގުގުމާފައިވާކަހަލައެވެ. ފާރިލް ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލީ އެންމެ ފަހު ނިންމުން ނިންމުމަށްފަހުގައެވެ.

……………………………………………………………………………..

އާދުވަހަކަށް އިރު ދުނިޔޭއާއި މަރުހަބާ ކީ ބައެއް މީހުންގެ ހިތްތަށް ޒަހަމުކުރުވަމުންނެވެ.

ސިޓިން ރޫމް ސޯފާއި އެއްވެސް ހަރަކާތެއް ނެތި މާޔާ އިން އިރު ހީވަނީ އެއްވެސް ކަހަލަ ދިރުމެއް ނެތް މީހެއް ހެންނެވެ. ރޭ ހަތަރުދަމު ރުއިމުގެ ސަބަބުން މޫނު ވަނީ މިލާފައެވެ. ދެ ލޯ ރަތްވައިވާއިރު ލޯވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އެއްވެސް ތަރުތީބެއްނެތި އިސްތަށިގަނޑު ހޭވިފައެވެ.

މާޔާ މަންމަ އާރިފާގެ ހާލަކީވެސް ހަމައެއީއެވެ. އެހެންނަމަވެސް މާޔާއަށް ހިތްވަރުދޭންޖެހޭތީ އާރިފާ ހުރީ ކެތްކޮށްލައިގެންނެވެ. މާޔާ މިހާލުގައިވާތަން ބަލަން އާރިފާއަށް ވަނީ ބޮޑު ވޭނަކަށް ވެފައެވެ. ފުރާނަ ފަދައިން ލޯބިން ބަލައި ބޮޑުކުރި ހަމައެކަނި ދަރިފުޅަށް މިހެން ވުމުން ކެތްވާނީވެސް ކިހިނެތް ހެއްޔެވެ.

” ދަރިފުޅު އަވަހަށް މި ޖޫސްތަށިން އެތި ފޮދެއް ނަމަވެސް ބޯލަބަ… ހަވީރުން ފެށިގެން އެކައްޗެއްވެސް ނުކައެއްނު ތިހުރީ…” އާރިފާ ޖޫސްތައްޓެއް ހިފައިގެން އައިސް މާާޔާގެ މަގަތުގައި އިށީންދެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ.

އާރިފާ ދެއްކި އެއްވެސް ވާހަކައެއް މާޔާއަށް އަޑުނީވޭ ކަަހަލައެވެ. އާާރިފާ ދެވަނަ ފަހަރަށް ބުނުމުން މާޔާ ޖޫސް ތަށީގައި ހިފިއެވެ.

“އައްސަލާމް އަލައިކުމް”

މާޔާ އިސްއުފުލާ ބަލާލީ ފާރިލްގެ އަނޑު އިވުމުންނެވެ. ފާރިލް ފެނުމުން މާޔާގެ އަތުން ޖޫސްތަށި ދޫވިއެވެ. އެހިނދު ބިއްލޫރި ތަށި ތެޅި މުޅިތަނަށް  ބުރައިގެންދިޔައެވެ. އާރިފާ މާޔާ ކައިރީ ނުތެދުވަން ބުނި ކަމުގައިވިޔަސް މާޔާ  ތެދުވެ ފާރިލް އާއި ދިމާލަށް ދުއްވައިގަތީ ނަތީޤްގެ ހަބަރެއް ލިބޭތޯއެވެ. މާޔާގެ ފިޔަވަޅުތަށް ރަތްކުލައިން ހާމަވާން ހުރިއިރު އޭނގެ އިހްސާސެއްވެސް މާޔާއަށް ނުކުރެވޭކަހަލައެވެ.

” ކޮބާ… ނަތީ…ކޮބާ… ކީއްކޭ ކީލް ބުނީ… ކޮބާ އަހަރެންގެ ދަރިފުޅު…ކޮބާ…” މާޔާ ރޮއެ ރޮއެފައި ވާހަކަ ދައްކަމުން ދިޔައިރު މޮޔަވެފައިވާ މީހަކުފަދައެވެ.

މާޔާ ހުރި ހާލު ފެނުމުން ފާރިލްގެ ހިތުގައި އުފެދިފައިވާ ރިހުން އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ފާރިލް މާޔާ ގޮވައިގެން ގޮސް ސޯފާގައި ބޭންދުމަށް ފަހު ހަމަޖެހިލުމަށް ބުންޏެވެ. އަދި މާޔާގެ ފައިތިލައިގައި ޒަހަމްވެފައި ހުރި ތަންތަނުގައި ބޭސްއަޅައި ދިނެވެ.ފާރިލް މާޔާ ކައިރީ  ބޭރަށް ދާން ތައްޔާރުވާން އެނދުމުން މާޔާ ސުވާލުން ފުރިގެން ވާ ނަޒަރަކުން ބަލާލީއެވެ.

މާގިނަ އިރެއް ނުވެ މާޔާ ތައްޔާރުވެލައިގެން އައެވެ. މާޔާ ކައރީގައި އެވާހަކަ ބުނާނެ ގޮތެއް ފާރިލްއަކަށް ނުވިސްނުނެވެ. އެކަމަކު އެ ވާހަކަ ބުނުން މުހިއްމެވެ.

” މާޔާ އިށީންދެބަ… ފައިގަ ވެސް ރިއްސާނެއެއްނު…ނަސީބެއް އެހާ ފުންކޮށް ހެރިފައި ނެތްކަންވެސް…. ދެން އިށީން ދެބަ… އާރިފާއްތަ ވެސް…” ފާރިލް ވާހަކަ ދައްކަމުން ގެންދިޔައީ އޯގާތެރިކަމާއި އެކުގައެވެ.

މާޔާ ފާރިލް ކައިރީ އިށީނުމުން ފާރިލް މާޔާގެ އަތް ގެނެސް ފާރިލްގެ އަތުގެ ތެރެއަށް ލާ ބޮޑިކޮށްލިއެވެ.

” މާޔާ… އަހަންނަށް މާފްކުރޭ…” ފާރިލް އިސްޖަހާލައިގެން ކުށްވެރިއަކު ފަދައިން ބުނެލިއެވެ.

” އަހަންނަކަށް ނެތް މިކައިވެނި ކުރެވޭކަށް… އަހަރެން ބޭނުމެއް ނޫން މާޔާ އާއި އިންނާކަށް… މާޔާގެ ދަރިއެއްގެ ބައްޕައަކަށް ވެގެން އަަހަންނަކަށް ނޫޅެވޭނެ… ކައިވެންޏަށް ދެތިން ދުވަހަަށް ވެފައި އޮށްވާއި މިހެން ބުނަން ޖެހުނީތީ މާފަށް އެދެން… އެކަމަކުވެސް މިކަމެއް ދެން ނުވާނެ…” ފާރިލްއިސްޖަހައިގެން ހުރެ ވާހަކަ ދައްކަމުން ގެންދިޔައީ އެކަކަށްވެސް ބަލާނެ ހިތްވަރެއް ނެތުމުންނެވެ.

މި ނިންމުމާ ގުޅިގެން އެތަކެއް ދުވާލުތަކެއް ކުރިމަތިވާނެ އެނގޭއިރުވެސް މެއެވެ. މިއީ މާޔާއަށް އެންމެ ރަގަޅު ގޮތް ކަމަށް ގަބޫލުކުރެވޭތީވެސް މެއެވެ. އެކަމަށް ޓަަކައި ހުދު މާޔާގެ ނަޕްރަތާއި ކުރިމަތިލާން ޖެހުނަސް ފާރިލްއަށް ހެވެއެވެ.

” އެކަމަކު ކިހިނެތް ކުއްލިއަކަށް…ކައިވެނި ކުރަން ބޭނުން ނުވި ނަމަ ވެސް މިއަދު ނޫނަސް ތިވާހަކަ ބުނެވުނީ ހެއްނު.. އެފަކީރު މިހާރުވެސް އެއް ހިތާމައިން ސަލާމަތް ނުވެވިގެން އެއުޅެނީ…” އާރިފާ އަށް ފާރިލްގެން ނިންމުމާއި މެދު ހިތްހަމަ ނުޖެހުނެވެ. އެއަށް ވުރެ ބޮޑަށް ހިތްހަމަ ނުޖެހުނީ އެވާހަކަ ބުނަން ދިމާކުރި ދަޑުވަޅެވެ. އާރިފާގެ ހިތް ފާރިލް އާއި މެދު ނުބައިވެގެން ދިޔަކަހަލައެވެ.

” ފާރިލް ބޭނުން ނުވަންޏާ އަަހަރެންގެ ވެސް އެއްވެސް މައްސަލައެއް ނެތް..އެއީ ނުވާކަމަކަށް ހަދަމާ… ” އާރިފާ ކިތަންމެ ސުވާލެއް ކުރަން ބޭނުންވި ނަމަވެސް ހުއްޓާލެވުނީ މާޔާ މިހެން ބުނެލި އަޑަށެވެ. އެއަޑުގައި އރކުލެވިގެން އަސަރުތަށް ކިތަންމެ ރަަގަޅަށްވެސް އާރިފާއަށް ފާހަކަވިއެވެ.

“އުއްމީދު ކުރަން އަހަންނަށް މާފުކުރާނެ ކަމަށް… އަަހަރެން މިއުޅެނީ އަންނަ ހަފްތާ ރާއްޖެއިން ބޭރަށް ފުރަން.. ކިޔަވަން.. ކުއްލިއަކަށް ހަމަޖެހުނީ… ރިއަލީ ސޮރީ..” ފާރިލް އަޑުގައި ވާ މާޔޫސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ.

” ބެސްޓް އޮފް ލަކް..” މާޔާ ކުރަކި ވެފައި ވާ އަޑަކުން ބުނެލިއިރު ހިތުގައި ފާރިލް އާއި މެދު އެތަށް ޝަކުވާތަކެއް އުފެދިފައިވެއެވެ. އެންމެ ބޭނުންވި ވަގުތު އެކަނި ކޮށްލަނީ ހެ މާޔާ ހިތަށް އަރަމުން ދިޔަނަމަވެސް ދުލާ ހަމައަކަށް ނައެވެ.

ފާރިލްގެ އެނދުމުގެ މަތިން މާޔާ ފާރިލްއާއި އެއްކޮށް ބޭރަށް ދިޔައެވެ. ކާރުގޮސް މަޑުކޮށްލީ ގެސްޓް ހައުސް އެއްގެ ކުރިމަށްޗަށެވެ. މާޔާ ކާރުން ފޭބުމަށް ފަހު ފާރިލްގެ ފަހަތުން ގެސްޓްހައުސްއަށް ވަންނަން ދިޔައިރު ހިތުގައި ވަނީ އެތަށް ސުވާލުތަކެއް އުފެދިފައެވެ. ފާރިލް މާޔާ ގޮވައިގެން މިތަނަށް އައުމުގެ ބޭނުމަކީ ކޮބައިހެއްޔެއެވެ. ދެމީހުންގެ ދެމެދުގައި ކުއްލިއަކަށް އުފެދިފައިވާ ދުރުކަމުގެ ސަބަބުން މާޔާ ހިތަށް އުދަނގޫކުރުވަމުން ދިޔަނަމަވެސް މާޔާ އެކަން މާ ބޮޑު ކަމަކަށް ނަހަދައިވޭތާ މަސައްކަތް ކުރަމުން ދިޔައެވެ.ފާރިލް ކޮޓަރީގެ ދޮރު ހުޅުވުމަށް ފަހު މާޔާ ކައިރީ އެތެރެއަށް ވަނުމަށް އެނދުނެވެ.

ތެޅިތެޅި އޮތް ހިތަކާއި އެކު މާޔާ ކޮޓަރިއަށް ވަންގޮތަށް ފިޔަވަޅުތަށް ގަނޑުވިކަހަލައެވެ. އެނދުގައި ނަތީޤް ނިދާފައި އޮތް އިރު ކައިރީގައި ނަކީލް އޮތެވެ. މާޔާއަށް ވަގުތު ދެމުން ފާރިލް އެތަނުން ނިކުމެގެން ދިޔައީ ލޮލަށް ޖަމާވާން ފެށި ކަރުނަތަކަށް ފުރުސަތު ދެމުންނެވެ. އަވިއައިނުން ނިވާކޮށްލަމުން ގޮސް ކާރަށް އަރައި ސްޓާޓް ކޮށްލީ ދާނެ ވަކި މިސްރާބެއް އޮވެގެން ނޫނެވެ.

” ދޮރު ލައްޕަބަ…” ރުންކުރު ގޮތަކަށް ނަކީލް ބުނެލީ މާޔާއަށް ބަލައިވެސް ނުލައެވެ.

ނަކީލް އިރުއިރުކޮޅާ ނަތީޤްގެ ބޮލުގައި ފިރުމާ ހަދާގޮތުން ހީވަނީ ހުރިހާ ލޯތްބެއް އެއްފަހަރާ ދޭން ބޭނުންވާ ހެނެވެ. މާޔާ ދޮރު ލެއްޕުމަށް ފަހު އައިސް ނަކީލް ކައިރީ ގައި ހުއްޓުނެވެ.

” އަހަރެންގެ ދަރިފުޅު އެއްވެސް ހުއްދައަކާއި ނުލައި މިގޮތަށް ގެނައުުމުގެ އެއްވެސް ހައްޤެއް ކީލް އަކަށް ނޯންނާނެ… ” ނަތީޤްގެ ބޮލުގައި ފިރުމަން ނެތި އަތް ދުރުކޮށްލަމުން މާޔާ ބުނެލީ ރުޅިވެރިކަމާއި އެކުގައެވެ.

އެ ހިތުގަިއ ފުނިޖެހިފައި ހުރި ހުރިހާ ޝަކުވާތަށް ބޭރުކޮށްލަން ބޭނުންވާ ފަދައެވެ.

” ނުވަ މަހާއި ދިހަ ދުވަސް ބަނޑުގަ އަޅާ ވިހެއީ… އޭގެ ކުރިންވެސް ފަހުން ވެސް ކީލްގެ ހަބަރެއް ވީކީއެއްނޫން.. ހުރިހާ ބުރައެއް ހުރިހާ ވޭނެއް އެކަނި ތަހައްމަލް ކުރީ… ކޮންތާކު އޭރު ހުރީ…ތި ލޯބި ދޭން..”

” މަޑުން ވާހަކަ ދައްކަބަ… ދެންމެ އޭ އެ ނިދީ…”ނަކީލް ހިތްހަމަ ނުޖެހުނެވެ. އަދި ވެސް އެއްފަހަރު ނަތީޤްއަށް ބަލާލުމަށްފަހު ނަކީލް ކޮޅަށް ތެދުވެ މާޔާ ކައިރިއަށް ޖެހިލިއެވެ.

” ދެން ކިޔާބަ ތި ކިޔާ އެއްޗެއް…” ނަކީލް މާޔާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

މާޔާ ކިތަންމެ ޝަކުވާއެއް ކުރަން ބޭނުންވިނަމަވެސް މާޔާގެ ދޫ ހަރަކާތެއް ނުކުރާކަހަލައެވެ. ނަކީލްގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީ ފުންކަނޑެއްގެ ތެރެއަށް ގެއްލިފއެވެ.

” ދަރިފުޅު ވިހެއުން އެއީ މާޔާގެ ކަމެއް ދޯ… ތި ހުރިހާ ހާލެއް ޖެހިގަތީވެސް އަމިއްލައަށް…އަހަރެން ބޭނުންނަމަ މާޔާއަށް އެންމެ ފަހަރަކުވެސް ނަތީޤް ދައްކާނުލައި މިތަނުން ފުރަގެން ދެވުނީސް…އެކަމަކު އަހަރެން މިއީ މާޔާއެއް ނޫން… ދެ އަހަރު ވަންދެން އަހަރެންގެ ދަރިފުޅާއި ދުރުކޮށްފަ ތި ބެހެއްޓީ…ދެ އަހަރު…” ނަކީލް ވާހަކަ ދައްކަމުން ދިޔައީ މަޑުން ކަމުގައި ވިޔަސް  އެއަޑުގައި އެކުލެވިގެން ވަނީ ރުޅިވެރިކަމެވެ.

“މާޔާ އަށް ކުރެވުނު ހާވެސް ކަމަކީ އަހަންނަށް އޮޅުވާލުން… މަކަރާއި ހީލަތް ހެދީ އޭރުވެސް… މިހާރުވެސް ..”  މާޔާގެ ގިސްލުމުގެ އަޑު އިިވި ނަކީލްގެ ރުޅީގަނޑު މައިތިރިވި ކަހަލައެވެ.

ފުރަތަމަ ފަހަރަަށް މާޔާއަށް ހުރި ހާލު ނަކީލް އަށް އަންދާޒާ ކުރެވުނެވެ. މާޔާ ހީވަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ. މަޑުމަޑުން ކަކޫމައްޗަށް ތިރިވެ ރޮމުން ގެންދިޔަ އިރު ނަކީލް މާޔާގެ ކަރުނަތަށް ފޮހެދޭން ބޭނުންވިއެވެ. އެހެންނަމަވެސް އެހާ އަވަހަށް މާޔާ ކުރިމަތީ ބަލިގަބޫލުކުރާކަށް ނަކީލް ބޭނުމެއް ނުވެއެވެ.

” ދެން ނުވާ ކަންތަން ތި ފެށީ… ތީ ބަލަ ނުވިސްނޭ ކުޑަކުއްޖެއްތަ… ބޭބީ އޮތީ ނިދާފައޭ.. ތިވައްތަރަށް އުޅުނީމަ ހޭލަފާނެ އޭ…އަހަރެންގެ މޮޔަކަން މާޔާ މިތަނަށް ގެނެވުނުކަން…ދެން އެންމެ ރަގަޅު މާޔާ ދިޔަޔަސް..” ނަކީލް އެދާ ދިމާލަށް ދާން ނެނގި ފިޔަވަޅު ހުއްޓުނީ މާޔާ ނަކީލްގެ ފައިގައ ހިފުމުންނެވެ.

” ޕްލީޒް… އަހަރެންގެ ދަރިފުޅު އަހަންނަށް ދީ.. ހެޔޮނުވާނެ… އަހަރެން މޮޔަވެދާނެ… ބަދަލުގައި ނަކީލް އެނދޭ ކޮންމެ ކަމެއް އަހަރެން ކުރަން ތައްޔާރު… ހެޔޮނުވާނެ.. އަހަންނަށް ނަތީޤްއާއި ނުލައި ނޫޅެވޭނެ … ” މާޔާ ގިސްލަގިސްލާފައި އާދޭސް ކުރަމުން ދިޔައެވެ.

ނަކީލްއަށްވެސް ގުޑިލަންވެސް ނުކެރިފައި ހުރެވުނީއެވެ. ލޯ މަރާލެވުނީ ހިތަށް އިހްސާސްކުރެވެމުން ދިޔަ ވޭނުގެ ސަބަބުންނެވެ. ތަންކޮޅެއް ބާރަށް ފައި ނަގާ މާޔާއާއި ދުރައް ޖެހިލީ  މާޔާއަށް ފުރަގަސް ދީ ހުރެއެވެ.

” އެންމެ ރަަގަޅު… އަހަރެން ކުރިންވެސް ބުނި ފަދައިން އަހަރެން މިއުޅެނީ ނަތީޤް ގޮވައިގެން ފުރަން…މާޔާ އަށް ވެސް ދަރިފުޅު ކައިރީ ހުރެވިދާނެ..” ނަކީލް ހިތަށް އައި ހިޔާލަކުން ތުންފަތުގައި މާނަވީ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އިސްޖަހައިގެން އިން މާޔާ ކޮޅަށް ތެދުވެ މޫނު ފޮހެލީ ނަކީލް ބުނި ޖުމްލަ ޤަބޫލުކުރަންވެސް ދަތިވެފައެވެ.  މާޔާ އަށް ހިނިތުން ވެވުނީ ބޭއިހްތިޔާރުގައެވެ.

” އެކަމަކު ” ނަކީލް މާޔާ ވީ ފަރާތަށް ކުރިމަތިލީ މާޔާގެ މޫނު މައްޗަށް އަރާ ފައިބަމުންދާ ކުލަވަރު ދެކިލުމުގެ ނިޔަތުގައެވެ. މާޔާ ހިތާ ހިތުން އެ ބަސް ތަކުރާރު ކޮށްލިއެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެތްބާއެވެ. ކުރިމަތި ވާން މިއުޅެނީ ކޮންކަހަލަ ޝަރުތެއް ބާވައެވެ.

” އަހަންނާއި އެކު ކޮރެއާ އަށް ދާންވީ…. އަހަރެންގެ އަންހެނުންގެ ގޮތުގައި… ވާނެތަ..” ނަކީލް މާޔާއަށް ނަޒަރުހުއްޓާލައިގެން ހުރެ ބުނެލިއިރު މާޔާގެ ޖަވާބު ނަކީލްއަށް އެނގޭ ފަދައެވެ. ނަކީލް ކުއްލިއަކަށް ބުނެލި ޖުމްލައިން މާޔާ މޫނުމަށްޗަށް ވެރިވި ހިނިތުންވުން ފަޑުވިކަހަލައެވެ. ގަބޫލުކުރަން ދަތިވެފައި ނކީލްއާއި ދިމާލަށް ބަލަން ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ހުވަފެނެއްބާ؟ (1ވަނަ ބައި)

Next

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (6)

Next
December 2, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (6)

Previews
December 1, 2015

ހުވަފެނެއްބާ؟ (1ވަނަ ބައި)

5 Comments!

  1. writer says:
    December 2, 2015 at 5:24 am

    vaahaka lahun genesdhevunythy kiyuntheringe arihun maafah edhen… adhi ehaa dhuwas kohfa mihaa kurukoh genesdheveythy ves maafah eden.. vaahaka nugenesdhevi dhuwas thakeh v writerge exam dhuwas varu v ma maa bodah bxy v thy.. dhn upload kuran liyefa huri baithah delete vefa hury alun liyaane time eh libunu haa avahakaa mi genesdhiny… very sorry for the inconvenience … thank you

  2. Thaathu says:
    December 2, 2015 at 7:02 am

    Vaahaka varah varah reethi…. ekamaku liyumuga massala ebahuri… husnoonu hunnan nujehey thanthaa husnoonu liyefa ebahuri

  3. me says:
    December 2, 2015 at 10:01 am

    avahah genesdhimyma alhe faafa veri vanytha..? varah foohi vey

  4. aish says:
    December 7, 2015 at 5:21 pm

    Adi.ves.exam.dhuvas varu tha me
    Noony result dhuvas varu vegen tha vaahaka up nukureveny

  5. writer says:
    December 21, 2015 at 3:52 pm

    Exam dhuwasvaru mee… exams nimeny dec 30 ga… i mbbs study abroad ga.. ehnve raaje ge exams aa thafaathu vaane eh nu dhw… exams nimunu haa avavah vaahaka liyan fashaanan… thankyou mistakes faahaga kohdheythy… and sorry for inconvenience

Comments are closed.

Next Episodeދުރުގައި ވިޔަސް… (6)←


All Right Reserved!