Skip to content
އެސްފިޔަ

އަވާމެންދުރު ފެނުމުން

ވަރަށް އަނިޔާހިތަށް ލިބިގެން އެއިން ފުން ޒަޚަމުތަށް ހެދުމުން
ވަރަށް ކުޑަ ލުއިކަމެއް ލިބުނޭ އެޅުނު ކެތްތެރިކަމުގެ މަލަމުން

ހަނދާނުގެ ދޮރުގެ ހިންމިތަކުން ކަލާ ބޯދީ ބަލާލީމާ
އާނދާ މިހިތުގެ ގިނީގެ ކަނޑަށް ދަނީ ތެޔޮ ނޭގިހުރެ އޮހެމުން

ނެތޭ ބޭނުން ދުށުން އަލިކަން ނުފެންނާތީ ކަލާ މިލޮލުން
ނެތޭ ލިބުމެއް މެޔަށް ފިނިކަން އަވާމެންދުރު މިހެން ފެނުމުން

އަރުން ދިރިދާ އެ ފެންފޮދުގައި ލަނީ ބާކީ ވުމުގެ ހިތި ރަހަ
ކަރުން ހިތިކަން ފިލާނޭހެ؟ ތި ދިން ޝަރުބަތު މިހެން ބޮވުމުން

މަގޭ ބާރެއް ނުފޯރުވުނޭ މަގޭ މޭގައި މިވާ ހިތަކަށް
މަގޭ ލޭ ނާރުގައި އިޝްގުން ފަވާ ތިޔަނަންކަނޑާ ނެގުމުން

ކަފުންކޮށް ހިތް ބިމުގެ ދާނަށް އެކަނި ދޫކޮށް މިއަދު މިދަނީ
އުފާވެރިކަން ދެ ދުނީޔޭގައި ކަލާޔަށް ދެއްވެވުން އެދެމުން

Comments (4)

  1. Your fav bab

    Varah reethi!!!!!!!
    Hama shaaireh!!!!!!!
    Stories nuliyan dhw?

    1. Ashm
      Your fav bab

      Shukran. vaahaka liyaavarah vagutheh nulibey.

  2. kamana

    Varah dhuvas vejje inthizaaru kuraathaa. keeve New ehcheh nufennanee?

    1. Ashm
      kamana

      IA. Varah avahah fennane:)

Comments are closed.