Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

އެދުރުގެ

Tuliplover
Tuliplover Level 1
December 13, 2024 5 Mins Read
0 Comments

މިރޭ ވެސް އަހަންނަކަށް ނުއެއްނިދުނެވެ.އެކަންތަށް ވެނިމިގެން ގޮއްސިތާ 15 އަހަރުވެއްޖެވެ. އަހަރެން އެދުން ތެދުވެ ފާހަނައަށް ވަދެމޫނު ދޮވެލީމެވެ.އޭރު ގަޑިން ދޭއްޖަހަނީއެވެ. ފާހަނައިން ނުކުމެ ނިދޭތޯ އެދަށް އަރާއޮށޯވެލީމެވެ. ނިދިން މަހުރޫމަވެފައިވާ މީހެއްކަހަލައެވެ.މީގެ ފަނަރަ އަހަރު ކުރިން ވެސް އަހަރެން އުޅުނީ މިކަހަލަ ހާލެއްގައެވެ. އެބުރެމުން ދާ ފަންކާހަށް ބަލާލައިން އޮވެވުނެވެ..
އީސާހިތަކު މާޒީގެ ފުން ހަދާންތަކަށް އަހަރެން ގެބިގެން ދިޔައެވެ. އަހަރެންނަކީ އޭރު މަންމައާއި ބައްޕައަށް ލިބިފައ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.ކިތަންމެ ފަގީރުކޮށް އުޅުނަސް އަހަރެން އުޅުނީ ޕްރިންސެސް އެއްފަދައިން އުފަލުގައެވެ.މިއުފާވެރިކަމުގެ ދުވަސްތަކަށް ބަނަ ވިލާތަށް ހަދާފައިވާކަމެއް އަހަންނަކަށް ނޭގެއެވެ.
އެއީ އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެން ތެދަކަށް ވެގެންދިޔަދުވަހެވެ. އަހަންނަށްވުރެ އެއް އަހަރު ބޮޑު ބޭބެ އާއި އެކު ބޮޑު ކުދިން ދާސްކޫލަށް ދެވުނު ދުވަހެވެ.އުފަލުން ހެވިފައި ސްކޫލަށް ދިޔައިމެވެ. އާމޫނު ތަށް އާރައްޓެހިން ތަށް އެދުވަހު ލިބުނު ދުވަހެވެ. ސްކޫލް ނިންމާފައި އައިސް މުޅި ދުވަހު ސްކޫލްގައި ވި ހުރިހާ ކަމެއް މަންމަ އަށް ކިޔާދިނީމެވެ.މުޅި ދުވަހުހެން ސްކޫލް ގެ ވާހަކަތަށް މަންމަ ކައިރީދެކީމެވެ. މަންމަ އަހަރެން ގެ ހުރިހާ ވާހަކައެއް ހެން ހިނިތުން ވެލައިން ހުރެ އަޑުއެހިއެވެ.އަހަރެންނަށް ހުރެވުނީ އަނެއްދުވަހު ސްކޫލަށް ދާހިތުން ކެތްމަދުވެފައެވެ.
ދުވަސްތަށް ފާއިތުވަމުން ގޮސް އަހަންނަށް ފިރިހެން ކޮއްކޮއެއްވެސް ލިބުނެވެ.އަހަރެން ބޭބެ ދާ ގުރުއާން ކުލާހަސްވެސް ލެވުނެވެ.މަންމަ ކުރިން ދޭ ހާ ސަމާލުކަމެއް އަހަނަށް މިހާރު އެވަރަކަށް ނުލިބެއެވެ. ކޮއްކޮއެއް ލިބުމުން ވީގޮތެއްކަމަށް އަހަރެންގެ ޅަ ސިކުޑިއަށް، އަހަރެން ވިސްނުވާދިނީމެވެ.
އަހަރެން ގުރުއާން ކުލާސް އެދުރުބެ އަހަރެންނަށް ވަރަށް ރަގަޅެވެ. މެޓާރ ދެއެވެ. އެހެން ކުދިންނަށް ދޭވަރަށް ވުރެ ގިނައިންނެވެ. އަހަރެންގެ ދޮންކަމަށް އަބަދުވެސް ތައުރީފް ކުރެއެވ. އަހަރެން މިކަމާ އޭރު ވަރަށް އުފާވެއެވެ.އަހަންނަށް ބޭބެއަށް ލިބޭވަރަށް ވުރެ ގިނައިން މެޓާލިބޭތީ ބޭބެ އަހަރެން ދެކެ ރުޅި ބައެއް ފަހަރު އާދެވެ.
އެއީ ނުބަލާ ފިލާ ކިޔާދުވަހެވެ. އެދުވަހު ބޭބެ ހުންއައިސްގެން ކިޔަވާގެއަށް ނުދެއެވެ.އަހަރެން ކިޔަވާގެއަށް ދިޔައީ ފިލާވަޅު ދަސް ނޮކޮށެވެ.އެހެންކަމުން އަހަރެން ޖެހުނީ މަޑުކުރަންށެވެ. ނުބަލާ ކިޔުމަށްފަހު ކުދިން ގެއަށް ދަމުން ދަމުން ގޮސް ހުރިހާ ކުދިން ހެން ގޮސްސިއެވެ. އަހަރެން ނޫނިއްޔާއެވެ.އެދުވަހު އެދުރުބެ އަހަންނަށް އަދަބުދިނުމަށް ލޮލުގައި ފޮތިގަޑެއްއެއްސިއެވެ. ފަލަމަސްގަޑުގައި ހިމަ ދަޑިން ޖެހިއެވެ.އަހަރެން ނަށް ރޮއެގަނެވުނެވެ.ވަގުތުން އެދުރުބެ އަހަރެން ލޮލުން ފޮތި މޮހާލުމަށްފަހު ކާށިމެޓަލެއްދީ މަންމަ ކައިރީ ނުބުނުމަށް އަދި އަނެއްދުވަހު އެގޭ ޓީވީން ކާޓޫން އަޅުވާދޭނެކަމަށް ބުނެ ގެޔަށް ފޮނުވާލިއެވެ. އަނެއް ދުވަހު ކާޓޫން ބެލޭނެ ވަހަކަ ބުނުމުން އަހަރެން އަވަހަށް އުފަލުން ގެއަށް ދިއައީމެވެ. ބަލާދާ ގަޑިއަސްވުރެ މާ އަވަހަށް އެކަނި ގެއަށް އައުމުން މަންމަ އެކަމާ ނުރުހުން ފާޅުކުރިއެވެ
އަނެއް ދުވަހަށް އިރުއެރިއެވެ. ސްކޫލް ނިމިގެން އައިސް އަވަހަށް އެއްޗެހި ބަދަލުކުރުމަށް ފަހު އެދުރުގެއަށް ދިއުމަށް ފިލާ ނެގީމެވެ.އަހަރެން ފިލާގައި އިން ސޫރަތް މުތާލިއާކުރީމެވެ.އޭރު ބޭބެ ގުރުއާން ކުލާހަށް ނުދާންވެގެން ބޮޑާ ހާކަމުން ދިއައެވެ.އެދުރުގެއިން ސަޕްރައިޒްއެއް ލިބޭނެ ވާހަކަ އަހަރެން ބޭބެ ކައިރީ ސިއްރުން ބުނީމެވެ.މި ސަޕްރައިޒްއަކީ އަހަރެންގެ މުޅިހަޔާތް އެފުއްމިފުށަށް ޖަހާލަނެ ސަޕްރައިޒެއްކަމެއް އަހަންނަށް ފަހުމެއް ނުކުރެވެއެވެ. ބޭބެ ވެސް ސަޕްރައިޒް ލިބޭ ވާހަކަ ބުނުމުން އަވަހަށް ކިޔަވާގެއަށް ދާން ތެޅުނެވެ.މަންމަ އަހަރެން ދެމީހުން އެދުރު ގެއަށް ލާދޭން ކޮއްކޮ އުރުޖަހައިން ދިއައެވެ. ބޭބެ ގުރުއާން ކުލާހަށް ވަނުމުން މަންމަ އަހަރެން އަތުގައި ހިފާލައި ނުބަލާ ރަގަޅަށް ކިއުމަށް ބުނެ ޓާރޓާރ ކިޔުމަށްފަހު ގެއަށް ދިއައެވެ.އަހަރެން އެންމެ ފުރަތަމަ ފިލާ ނުބަލާ ކީމެވެ.އަހަންނަށް ތިން މެޓާލިބުނެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަރެން ސިއްރުން ކާރޓޫން ގެ ވާހަކަ ކައިރީ އިން ކުއްޖާ ކައިރީ ބުނީމެވެ.އެކުއްޖާއީ އަގަ ހިރުވާ ކުއްޖެއްކަމެއް އަހަންނަކަށް ނޭގެއެވެ.ވަގުތުން އަގަ ފަޅާލިއެވެ.އެދުރުބެ އަހަންނަށް ކާޓޫން ދައްކުވަން މަޑުކުރުވާ ވާހަކަ ބާރު ބާރަށް ބުންޔެވެ. އަދި އަހަރެން މީ އެދުރުބެގެ ފެވަރައިޓް އޭ ބުނެ ވާހަކައަށް އިތުރު އަސައިމިރުން އަޅައި އޭނާ އެވާހަކަ ހޫނު ކޮށްލިއެވެ. ކާޓޫން ދައްކަން އުޅޭވާހަކަ އަކީ އަހަރެން ދެއްކުމަށް މަނާ ކޮށްފައިވާ ވާހަކައެކެވެ.މަޑު މަޑުން އެދުރުބެއާއި ދިމާލަށް އަހަރެން ބޯ އަބުރާލީމެވެ.އެމޫނު މަތިން އަލީފާން ދެ ބޯޅަކަހަލަ ދެލޯ ފެނުމުން އަހަރެން ބިރުން ރޮވުނެވެ. އަހަރެން ރޯތަން ފެނުމުން ކައިރި އިން ކުއްޖާ އަހަރެން މަސަލަސް ކުރިއެވެ.އެންމެ ފަހުން އެދުރުބެއަށް މަޖުބޫރުވީ ގުރުއާން ކުލާސް ހުރިހާ ކުދިންނަށް ކާޓޫން ދައްކަންށެވެ.
އެދުރުބޭގެ އަދިރި ކޮޓަރިއަށް ހުރިހާ ކުދިން ވެއްދިއެވެ. ޓީވީ ހުޅުވައި އެދުރުބެ އެއްޗެއް އަޅުވާލިއެވެ. އެއީ ކާޓޫނެއްނޫނެވެ. އެއީ ސަންތިމަރިޔަބު ބިރުވެރި ފިލްމެވެ. އަހަރެން ބިރުން ރުއީމެވ. އަހަރެން ކައިރީ އިން އަންހެން ކުއްޖާވެސް ރުޔެވެ.އެޔާ ޖެހިގެން އިން ފިރިހެން ކުއްޖެށް ވެސް ރުއެވެ.އަހަރެމެން ރޯތަން ބަލައި އެދުރުބެ ހުނެވެ. .
ކުއްލިއަކަށް އަހަރެން ސިއްސައިން ދިޔައީ ކައިރީ އޮތް ފޯން އެލާމް ވުމުންނެވެ. އަހަރެން ގަޑި ބަލައިލީމެވެ.، ހައެއްޖަހައިފިއެވެ.ވަގުތުދިޔަ ގޮތެށްވެސް އަހަންނަކަށްނޭގެއެވެ. އަވަހަށް ވުލޫ ކުރުމަށް ފާހަނަޔަށް ވަނީމެވެ. ދެންމެ ދެންމެ ސަންތިމަރިޔަބު ލޯގަޑުން ފެނިދާނެކަހަލަ އިހުސާސް ވެސް އަހަންނަށް އެވަގުތު ކުރެވުނެވެ.އެތޫނު ދަތްތަކެވެ. އެދުރުބެ ގެ އެބިރުވެރި ހުނުމެވެ. ހިތުން ދުވަހަކުވެސް ފިލައިގެންނުދާނެވެ. އަހަރެން އަވަހަސް ވުލޫ ކުރުމަށްފަހު ފަތިސްނަމާދުކުރީމެވެ.އެމާޒީ ހިތުން ފިލައިގެން ދޭތޯ ދުއާކުރީމެވެ.
ނަމާދުކުރުމަށް ފަހު އަހަރެން އެދަށް އަނެއްކާވެސް އެރީމެވެ. މިއަދު މެންދުރު ޑިއުޓީ އޮތުމާއެކު ނިދޭތޯ އެވެ. ނަމަވެސް ކަންފަތް ބީރު މީހަކަށް ކަންފަތުން އަޑު ނީވޭނެ ފަދައިން ނިދިން މަހުރޫމަވެފައިވާ އަހަރެންނަށް ނިދޭނެ ހެއްޔެވެ؟ ނުނިދުނެވެ. ނިދޭތޯ މޫނު މަތީ ބާލީސް އަޅާ ބާރު ކޮށްލީމެވެ. އެވަގުތު މަޑު މަޑުން އަހަރެންގެ ލޮލުން ކަރުނަ ފީއްދާލިއެވެ.
މާޒީގެ ސަފްހާ އުކެން ފެށުނެވެ.އެދުވަހަކީ އަހަރެން ގުރުއާން ކުލާހަށް ނުދިއުމަށް ބޮޑާ ހޭކި ދުވަހެވެ.ބޭބެ ދާތީ އަހަރެން ވެސް މަންމަ އެކީ ގުރުއާން ކުލާހަށް ދިޔައީމެވެ. ބޭބެ ކުލާހަށް ވަދެ ބޭބެގެ ރައްޓެހި ކުއްޖެއްކައިރީ ގޮޑިއަޅައިން އިށީނެވެ.އަހަރެން ކުލާހަށް ނުވަނަން ބޮޑާ ހޭކީމެވެ.ނަމަވެސް މަންމަ އަހަރެން ރުއްސައި ހަވީރު ބައްޕަ ދަޑުސަރަހައްދަށް ގެންގޮސް ދޭނެކަމަށް ބުންޔެވެ. އަހަރެން އަބަދުވެސް އެތަނަށް ދާހިތްވެއެވެ.ބައްޕަ ތަރުކާރީ އާއި މޭވާ ހައްދާތަން ބަލާހިތްވެއެވެ. އެހެން ކަމުން އެއްވެސް ޝަކުވާއެއްނޮކޮށް އަހަރެން އެތެރެއަށް ވަނީމެވެ.އަހަރެން ވަންނަން އުޅުން ގަޑީއެކަނި ގެއަށް ނައުމަށް އަދި ބޭބެ ކައިރީ އަހަރެން ގޮވައިގެން މަންމަ އަންނަންދެން މަޑުކުރުމަށް ބުނުމަށްފަހު ދިއައެވެ.އަހަރެން ބޯޖަހާލުމަށްފަހު އެތެރެއަށް ވަދެ އިށީނީމެވެ.ކިޔަވާ ހިތް ނުވާ ދުވަހަކަށް ވުމުން ފިލާ ކިޔޭވަރެއް ނުވެއެވެ. އިރު އިރު ކޮޅާ އެދުރުބެގެ އޮނުދަޑިން ފަލަމަސްގަޑަށް އެތިފަހަރެއް އަރައެވެ.އެ ޖަހާ ކޮންމެ ފަހަރަކު ލޮލުން ފެން ކޯރުތަށް ހެދެއެވެ. އަހަރެންނަށް ފިލާވަޅު ހިތުދަހެއް ނުކުރެވުނެވެ.ފަލަ މަސްގަޑުން ދިލަނަގާ ވަރުން ކަމެއް ނޫނީ ކިޔަވާހިތްވެފައި ނުވުމުން ކަމެއް އަހަންނަކަމަށް ނޭގުނެވެ.އެގޭއެއްޗަކީ މިއަދު ނުބަލައި ނުކިޔައި ސަލާމަތް ނުވެވޭނެކަމެވެ.ބޭބެ ނުބަލައި ފިލާ ކިއައިފިއެވެ. ދެން ބާކީ އެދުރުގޭގައި އިނީ އަހަންނާއި ބޭބެގެ ބެސްޓްފުރެންޑެވެ. ބޭބެ މަޑުކުރިއެވެ.،އަހަރެން ނޫން އަނެއްކުއްޖާވެސް ފިލާ ކިޔައިފިއެވެ.ދެން އިނީ އަހަރެން އެކަނިއެވެ.ބޭބެ ކައިރީ އެކުއްޖާ މަޑުކުރިއެވެ.އެދުރުބެ އެ ދެމީހުން ކައިރީ އެގެއާއި އިންވެގެން ހުރި ގޭގެ ކުންނާރުގަހުން ކުނާރު ބިންނަން ދިއަޔަސް ރަގަޅުކަމަށް ބުނިއެވެ.އަހަރެން ނުދިއުމަށް އެދުނީމެވެ.އެ ދެމީޙުން އުފަލުން ނުކުތެވެ.އަހަރެން ވެސް ދާން ބޭނުމެވެ.އެކަން ފިލާ މިއަދު ހަމަ ދަސް ކުރާހިތެއް ނެތެވެ.އެގަޑީ ކުލާސްގައި ތިބީ އަހަންނާއި އެދުރުބެ އެކަންޔެވެ.މަންމަ އަވަހަށް އަންނާނެ ނަމައޭއަހަރެން ހިތަށް އެރިއެވެ. ފޫހިވެފައި އަހަރެން ފިލަޔަށް ބަލައިލީމެވެ.
އެވަގުތު ކުއްލިއަކަށް އެދުރުބެ ފުންމައިގެން އައިސް އަހަރެން ބޮލުގައި ކުކިން އޮއިލް ހުސްކުރި ހަންބުރި އަޅުވައލިއެވެ. އަހަރެން ބިރުން ރޮއެ ގަންނަން އުޅުނީމެވެ.ނަމަވެސް ކަރުތެރެއިން އަޑެއްނުނުކުތެވެ.ހަޔާތުގައި އެންމެ ފުރަތަމަ ފަހަރަށް ޕެނިކް އެޓޭކް ޖެހުނެވެ.މީހާ ނޭވާ ހާސްވިއެވެ. ނޭވާ ކުރުވިއެވެ. މުޅި އަތްފައި ފިނިވެ ފިނި ދާތިކި ޖަހަންފެށިއެވެ.އަހަރެން ލޯމަތްޗަށް ސަންތިމަރިޔަބުގެ ތޫނުދަތްތަށް ސިފަވިއެވެ. އަހަރެންގެ އެ ބޮޑު އަޑު އަރުތެރޭ ތާށިވިއެވެ..މަންމައަށް ގޮވާލެވުނީ ކިރިޔައެވެ.އެދުރުބޭ އަހަރެން އޭނަގެ އެއަދިރި ކޮޓަރިއަށް ގެންދިއައެވެ. އަހަރެން ނުދާން އުޅުމުން އިސްތަށިގަޑުގައި ހިފައި ދަމާފައެވެ.އަހަރެންގެ ދެއަތް އައްސާލިއެވެ.އަހަރެން އޭނާގެ ޖާލީގައި ތާށިވިއެވެ. ދެން ވެގެން ދިއައީ ދުވަހަކުވެސް އިހުސާސްނުކުރާ ވޭނެކެވެ.އާދޭސްކުރީމެވެ.އަޑުނުކުނަނީ ކިރިޔައެވެ.ފޫޅުން ތިރި އައްސިވެފައިވާ ކަހަލައެވެ.އޭނާ ހުއްޓާކަށެއް ނޫޅޭއެވެ.އެވޭން އަހަރެން ގެ ކުޑަ ހަށިގަޑަށް ކެތްނުވެ އަހަރެން ހޭނެތުނެވެ..

އަހަރެން ހޭލެވުނީ އޭނާއަހަރެން މޫނުގައި ފެން ހާކާލުމުންނެވެ.އަހަރެން އޮތީ އެދުރު ކުލާސް ޖޯލީގައިއެވެ..އަހަރެން އޮތީ ހެއްދެވިގޮތަށެވެ.އަހަރެން ބޮލުގައި އެޅިފައިވާ އިއްފަތްތެރިކަމުގެ ތާޖު ނެތްކަން އެކަންޔެވެ.އަހަރެން ހަށިގަޑު ފޮރުވާލުމަށް މުޅިގައިގައި އަތް އޮޅާލީމެވެ.އޭނާ އަހަންނަށް އަހަރެންގެ ހެދުން ދިނެވެ.އަދި މަންމަ ކައިރީ ނުބުނުމަށް އަދި ކުލަމެޓާ ލިބޭނެކަމަށް ބުންޔެވެ.އަހަރެން ދެންދުވަހަކުވެސް މިގެޔަކަށް ނާންނާނަމެވެ. ގުރުއާން ކިޔަވަން ފޫހިވިއެވެ. ދަސް ނުކުރުމުން މިހާ ބޮޑު އަދަބެއް ލިބެންޖެހޭ ހެއްޔެވެ؟ އަހަރެންނަށް އެގަޑީ ހީކުރެވުނީ އެއީ ފިލާ ދަސްނުކުރުމުން ދިން އަދަބެއްކަމަށެވެ. އަހަރެން އެއްފާރުން އަނެއްފާރުގައި ހިފަމުން ގެއަށް ދިޔައީމެވެ.ދެފައިން ހޯސްލާފައި ލޭފައިބައެވެ. މަންމަގެ ރައްޓެއްސަކަސްވެސް މިތަން ފެނުނެވެ.ސުވލުކުރިއެވެ. އަހަރެން ހީކުރީ ފައި ބުރިވެފައިވާތީ ލޭ އަންނަނީކަމަށެވެ. އެހެންވެ އަހަރެން އެހެން ބުނީމެވެ.ގެއައް ދިޔަ އިރު މަންމަ ގެއަކު ނެތެވެ. މަންމަ ތިޔައީ އަހަރެން ބަލައެވެ. އަހަރެން ޝޯޓްކަޓް ނަގާފައި ގެއަށް އައުމުން މަންމައައި ދިމާ ނުވީއެވެ.ފާހަނައަށް ވަދެ ހީސް ލާން އުޅެ އުޅެ ހީސް ނުލެވުނެވެ.މުޅިން ދިލަނަގަނީއެވެ. އަހަރެންނަށް ރޮވެވުނެވެ.ތަދުވާވަރުންނެވެ.

އަހަރެން ހުރީ ބޭބެ ގެއަށްއައުމުން ޝަކުވާކުރާށެވެ. ބޭބެ އަހަރެން ބަހައްޓާފައި ކުންނާރު ތަޅަން ދިއުމުން ރުޅިއައިސައެވެ. މަންމަ ގެޔައް އައެވެ. ބޭބެ ވެސް ގޮވައިންނެވެ .އެކަނި ގެއަށް އައުމުން އެކަމާ މަންމަ އަހަންނާ ދިމާލަށް ހަޅޭލެވިއެވެ.ބޭބެ ކައުންސިލް އިދާރާ ގަސް ތެޅިކަން އެގުމުން މަންމަ ހުރީ ސަތޭކާގައެވެ.
ހަވީރުވެއްޖެވެ. ބައްޕްގެ ދަޑު ސަރަހައްދު ސަފްކރުމަށް އާއިލާ ގިނަ މީހުން ދަތީ މަންމަ އަހަރެން ތިން ބެއިން ގޮވައިން ގެއިން ނައްޓާލިއެވެ. އަހަރެން ނަށް ހިގެނީފާޑަކަށެވެ.ލޭ އަންނަވަރުން އަހަރެން ދިޔައީ ތިން ޖަންގިޔާލައިގެންނެވެ.އަހަރެން ފާޑަކަށް ހިގާތީ މަންމަ އަހަރެންކައިރީ ސުވަލު ކުރިއެވެ.އަހަރެން އެ ވާހަކަ ބުނެފިއްޔާ އަނެކާވެސް ސަންތިމަރިޔަބު ފިލްމް ބަލަން ޖެހިދާނެތީ އަހަރެން ދޮގު ހެދީމެވެ.ވެއްޓިގެން ފަޔަށް ތަދުވާތީކަމަށް ބުނެލީމެވެ.
އަހަރެން ހުރީ ވަގުތު ނުލިބިފައެވެ. މަންމަ ބައްޕަ ކައިރިއަށް ދިއުމާއެކު އަހަރެން ބޭބެ ކައިރީ ޝަކުވާ ކޮށް ލީމެވެ. ބޭބެމެނަށް ބިދެވުނީ ކިތަށް ކުންނާރު ތޯ އެހީމެވެ.އަދި އަހަރެން ފިލާ ނުބަލާ ނުކިޔުމުން ލިބުނު އަދަބުގެވާހަކަވެސް ބުނީމެވެ.އަދ ބޭބެ ފިލާ ދަސް ނުކޮށް ނުދިއުމަށް ބުނީމެވެ.މި ލިބުނު އަދަބު އެއީ އަދަބެއް ނޫންކަމާއި ކަމުގެ ސީރިއަސް ކަން ބޭބެ ގެ ޅަހިތަށް ވިސްނުވައެ ނުގަނެވުނެވެ.ނަމަވެސްކައިރީގަި ހުރި އާއިލާ ދައްތައަކަށް މިވާހަކަ އަޑު އިވި ވަގުތުން ކައުންސިލަށް ގުޅައި އެންގިއެވެ. އަދި މަންމަމެނަށް އެވާހަކަ ކިޔާދިނެވެ. އަހަރެން ހުރީ އެ ދައްތަ ދެކެ ރުޅި އައިއްސައެވެ. އަހަރެން ސަންތިމަރިޔަބު ފިލްމް ބަލަންޖެހިދާނެތީ ބިރުންނެވެ.އެކަމަކު އަހަރެންނަށް ފެނުނީ މަންމަ އަދި ބައްޕަ ލޮލުން ކަރުނައެވެ. އަހަރެން ބައްޕަ ލޮލުން ކަރުނަ ފެނުމުން ދެރައެއް ނުވިއެވެ.އަހަރެން އޭރު ވަނީ ފިރިހެނުން ދެކެ ނަފްރަތު ކޮށްފައެވެ.އަމިއްލަ ބޭބެ އަދި ފިރިހެން ކޮއްކޮ ދެކެވެސް މެވެ.އަހަރެން އެމެޖެންސީކޮށް ހޮސްޕިޓަލަށް ގެންދެވުނެވެ. ބައިވަރު ޕޮލިސް ދައްތަށް އަދި ބޭބެ އިން އައެވެ. .އަހަރެން އެޑްމިޓްކުރިއެވެ.އަހަރެން މަންމަ ކައިރީ ހުން ނާންނަކަމަށް ވެސް ބުނީމެވެ. އަހަންނަށް އަޑު އިވުނެވެ. ޑޮކްޓާރ ބުނިއަޑެވެ.”ޝީ ގޮޓް ރޭޕް”؛
.
ކުއްލިއަކަށް އަހަންނަ ހޭލެވުނީ ފޯން އިން ބަންގި ގޮވި އަޑަށެވެ. މެންދުރު ބަންގިވެސް އެގޮވީއެވެ.ނުނިދި މިހެން އޮށްވައެވެ. އަހަރެން ވުލޫކުރުމަށް ފާހަނަޔަށް ވަނީ މެވެ.އަހަރެން މޫނު ބަލާލޯގަޑުން މޫނަށް ބަލައިލީމެވެ.އަހަރެންގެ އެ ދޮންކަމަށް އެ ޖަނަވާރު ތައުރީފް ކުރި ބަސްތަށް ހަދާން އައެވެ.މުޅިގައިގައި ލޭ ހުރި ހެން ހީވެއެވެ.އަހަރެން ލޮލުން ކަރުނަ ތިއްކެއްވެއްޓުނެވެ.މި ދުނިޔެއަކީ ރުފިޔާ އަށް ހެއްލޭތަނެކެވެ.އަހަންނަކަށް އިންސާފެއް ނުލުބުނެވެ.ނަމަވެސް އޭނަ ރަށުގައި އުފަލުން އުޅެއެވެ.އެތަން ބަލަން ކެތްނުވާތީ އަހަރެން ރަށުން ދުރުން ވަޒީފާ ހޯދީމެވެ. އަދި އޭނާ އަށް އާހިރަތުގައި ހައްގު އަދަބު ލިބުމަށް އެދި ދުއާކުރީމެވެ..
(ނިމުނީ)..

Share Article

Tuliplover
Follow Me Written By

Tuliplover

Level 1

Other Articles

Previous

ހަނދުވަރުގެ އަލިން ބައްދާލުން

Next

ވާނަމޭ އުމުރަށް އެކީ ޖާނާ…….7

Next
December 13, 2024

ވާނަމޭ އުމުރަށް އެކީ ޖާނާ…….7

Previews
December 13, 2024

ހަނދުވަރުގެ އަލިން ބައްދާލުން



All Right Reserved!