Skip to content
އެސްފިޔަ

ގޮތެއް ނޭގުނު ތިހިތް ރުއްސާ

ހިތެއް އޮތުމުން މިހަށިގަނޑުގައި ތަދާ އަދި ވޭނުގައި ރިއްސާ
އެތައް ގޮތަކަށް ބަލާވިސްނަން މަ ހުއްޓާ ލީ އެރޭ ކައްސާ

ތި ނިޔަނެތި ޝާއްބަކަން ފެނުމުން ތަލިން ކުޅު ހިކި މަގޭ ދިއުމުން
ކަނިވި، ލޯބީގެ ހުޅުކޮޅުގައި މި ނިކަމެތި ހިތް ތި ލީ ފިއްސާ

ހިގަން އޮތް މަގު ޔަގީން ނުވުމުން އުދާސްކަން ވެރިވެ ހަފަރާތުން
ނަގަން ފެށި ބޯ ކެރީގެ ތެރޭ ހަޔާތް އެކުގައި ލަނީ ބައްސާ

ހިތުން ބަންޑުންވި އިހްސާސްތައް ބަޔާން ވާނޭ އިބާރާތެއް
ފޮތުން ހޯދައި ބަލއިގެންވެސް ގޮތެއް ނޭގުނު ތިހިތް ރުއްސާ

ސަލާން ޖެހުމީ ތިލޯއްބަށް އެދި ލިބޭ ޝަރަފެއް ކަމަށް ދެކެމޭ
ހިލާ އެހެނަސް ކަލާ ނޭދުނު ހިތުގެ ހާލަތު ކުރަން ހިއްސާ

ނެތޭ އިތުރަށް ހެދޭނެ ގޮތެއް، ނިވާވާނޭ އެހެން ހިޔަލެއް
އޮތީ ކެކުޅުން ތަކާއެކުގައި ލުމޭ ތި ހިޔަނި ހިތުން ލުއްސާ

Comments (1)

  1. Anonymous

    !ވަރަށް ރީތި! ހާދަ ތަފާތު ނިންމުންތަކެކޭ

Comments are closed.