Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދުނިޔެއިން ނިމިދިޔަ ޔަސް……..

Queen Level 1
November 29, 2015 5 Mins Read
25 Comments

ދުނިޔުއިން ނިމިދިޔަ ޔަސް……
ދުނިޔެއަކީ ވަގުތީ ތަނެކެވެ. އިމްތިހާނެކެވެ. ދުވަހަކަށް ތައްޔާރުވުމަށް ލިބޭފުރުސަތެކެވެ. ނަމަވެސް ހިތާމައަކީ ބައެއް މީހުންނަށް ހީވާގޮތުން މީ އުފާކޮށްލާ މަޖާކޮއްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެއީ އަދި ރަނގަޅު ގޮތެއް ނޫނެވެ. މީ ދުވަހެއް ރަނގަޅު ގޮތުގައި ކަމިޔާބު ކުރުމަށް ލިބޭ ވަގުތު ކޮޅެކެވެ. އެއީ އަބަދަށް މެ ދެމިގެންވާ އުފާވެރި ދިރިއުޅުމަކަށެވެ. މީ ވަގުތީ ދިރިއުޅުމެކެވެ.
އަހަރެންވެސް ދިރިއުޅެމުން ދިޔައީ މީން އެއްވެސް ކަމެއް މީ ވާން އޮތް ކަމެއްކަމަށް ވެސް ވިސްނާނުލައެވެ. މިހެން އުޅެމުން 16 އަހަރުވީ އިރުވެސް އަހަރެން އުޅުނީ ބުރުގާ ނާޅާ ނިވާކަން ކުޑަ ހެދުން ލައިގެނެވެ. ނަމަވެސް ކިޔެވުމަށް ފަރުވާބަހައްޓަމެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމުން ތޫނުފިލި ވިސްނުމެއް ދެއްވާފައިވެއެވެ. އެހެންވެ ރާއްޖޭގެ ގަދަ ދިހައަކުން އެއްވަނައިގައި ހިމެނުނެވެ. މި އުފާވެރި ހަބަރު ލިބުމުން އަހަރެންގެ މައިންބަފައިން ތިބީ އުފަލުން އަހަރެން ބޭނުންވި ކޮންމެ ކަމެއްވެސް ކޮއްދޭށެވެ. އަހަރެން ކުރިކަމަކީ މީހުނަށް ދެއްކުމަށް އަގުބޮޑުއެއްޗެހި ގަތީ އެވެ. އެފައިސާ ބޭކާރުގޮތުގައި ހޭދަކުރީ އެވެ. ބައެއް މީހުން ހަސަދަ ވެސް ވެއެވެ. ފައިސާގެ ތަނަވަސްކަން ލިބުމުން އަހަރެން ޝުކުރުވެރި ވުމުގެ ބަދަލުވީ ބޮޑައެވެ. ޤުދުރަތުން އަހަންނަށް ލިބުނު ރީތި ކަމަށް ވެސް އަހަރެން ބޮޑާ ވެގަތީއެވެ.
ގްރޭޑް 10 އެއް ނިންމުމަށް ފަހު ފުރަތަމަ ފަހަރަށް އަހަރެން ކުއްޖަކާ ލޯބީގެގޮތުން ގުޅުމަށް ނިންމީމެވެ. ސްކޫލުގައި އުޅެމުންވެސް އަހަންނަށް ބައިވަރު ކުދިން ލޯބިވެސް ހުށަހެޅިއެވެ. އެދުވަސް ވަރު ކުއްޖަކާ ނުގުޅުނީ މަންމަ މެން މަނާކޮށްފައިވާތީއެވެ. އަހަންނަށް ލިބުނު ހުށަހެޅުންތަކުން އެންމެ ކަމުދިޔައީ ކެންޒީގެ ހުށަހެޅުމެވެ.
ކެންޒީއަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ބަލާލަން ވަރަށްވެސް ރީތި ޒުވާނެކެވެ. އޭރު ކެންޒީގެ އުމުރުން 18 އަހަރެވެ. އޭނަ އަކީ ބޮޑީ ބިލްޑް ކުރާމީހެކެވެ. އެހެންވެ އެންމެންގެ މެދުގައި އޭން މަޝްހޫރު ވެފައި ވަނީ “ހޮޓީ” ގެ ނަމުންނެވެ. އޭނަ އަކީ އެއް މަލުން ފޮނި ބޮއެފައި އަނެއް މަލުން ފޮނިބޮއެފައި އުޅޭ މާބުރެކެވެ. އޭރު އަހަންނަށް މިކަން ނޭންގުނީއެވެ.
އަހަރެމެންގެ ގުޅުން ފެށުނު އިރު އެހާ ގައި ގޯޅިކޮށް ނޫޅުނަސް އޭނަ އެގޮތަށް ބޭނުން ނުވާތީ އަހަރެންވެސް އެއްބަސް ވީމެވެ. ފުރަތަމަ ފެށުނީ ބޮސްދިނުންތަކުންނެވެ. އޭރު އެންމެންވެސް އެގޮތަށް އުޅޭތީ އަހަރެންނަށް އެއީ މާބޮޑު ކަމެއް ކަމަކަށް ނުހަދަމެވެ.
އެއްދުވަހަކު އަހަރެމެން ބައަދަލުކޮށް އޭނަ މާބޮޑަށް ގައިގޯޅިވާން އުޅުނެވެ. އެދުވަހު އަހަރެން އެކަން މަނާކުރުމުން ފުރަތަމަ ފަހަރަށް އޭނަގެ އަސްލު ސިފަ ފެނުނެވެ. ރުޅިއައިސްގެން އެއްޗެހި ކިޔާފަ އެވަރުން ނުވެގެން ކޯމަތީ ޖެހި ޖެހީ ނުން ތުންފަތްވެސް ފަޅާލިއެވެ. އެދުވަސް އެއީ ފުރަތަމަ ފަހަރަށް މީހެއް އަހަރެން ގައިގައި ޖެހި ދުވަހެވެ.
ދެން އޭގެ ފަހުން ފެށުނީ އަހަރެންގެ ހަޔާތުގެ އެންމެ ކަޅު ދުވަސްތަކެވެ. އޭނަ އަނިޔާ ކޮއްފައިވެސް ފަހުން އައިސް މައާފަށް އެދީފަ ދުވަސް ކޮޅަކު ރީއްޗަށް އުޅެވެއެވެ. އަހަރެން ވެސް އެކަންތަކުގެ މަތިން މާބޮޑަށް ނުވިސްނަނީ ކެންޒީދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނަ ފިޔަވާ އެހެން މީހެއް ނުވާފަދައެވެ. އަހަރެންވީ ތެދުވެރި ލޯތްބެވެ. ނަމަވެސް އޭނަ ވީ ލޯތްބަކީ ކޮބާ ކަމެއް އޭރު އަހަންނަކަށް ރޭކާ ވެސް ނުލައެވެ. އަހަރެން ގެ ދިރި އުޅުމަށް އަންނަން އޮތް ތޫފާނުގެ ހަބަރެއް ވެސް ނުވެ އެވެ.
މަންމަ މެންވެސް އެދުވަސްވަރު ރަށަކު ނޫޅެއެވެ. އެއީ މަންމަ ބަލިވެގެން ދުބާއީ އަށް ގޮސް ވީ ދުވަސްތަކެވެ. ގޭގައި އުޅުނީ ގެ ސާފުކޮށް ކައްކާ ހަދާ މީހާ އާއި އަހަރެން އެކަންޏެވެ. މުޅިގެ އަހަންނަށް ހިތަކަށް ލިބުނު ފަދައެވެ. ގޭގައި އުޅޭމީހާއަށް ނޭންގޭނެ ގޮތަށް މިހާރު ކެންޒީ އަހަރެންގެ ކޮޓަރިއަށްވެސް ގެންނަމެވެ. ނަމަވެސް އަހަރެންގެ އިއްފަތްތެރި ކަން ރައްކައުކުރީ މެވެ. އެންމެ ބޮޑު ކަންތައް ފިޔަވައި އެހެން ހުރިހައި ކަމެއް އަހަރެމެން ކުރަމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކީއްވެ ކަމެއް ނޭންގެއެވެ. އޭރު އެކަންތައް ފިޔަވައި އެހެން ކަންތަށް ކުރަން އަހަރެން ފަހެއްނުޖެހެ އެވެ.
އެއީ ކެންޒީގެ އުފަން ދުވަހެވެ. އަހަރެން އުޅުނީ ސަޕްރައިޒެއް ދޭށެވެ. އަހަރެންގެ ކޮޓަރި ހުދު ކުލައިގެ ފުއްޕާހަމުން ޒީނަތް ތެރި ކުރީމެވެ. ގަތް ބޮޑު ޗޮކްލެޓް ކޭކުގައި އައިސިން އިން ހަދާފައި އިންނާނީ އޭނަ އާ އަހަރެން އެކުގައި ނަގާފައިވާ ފޮޓޯ އެކެވެ. އަދި ޕްރޮޖެކްޓާރ އިން އަހަރެމެން އެކުގައި ނަގާ ފައިވާ ފޮޓޯތައް ދައުރުވަމުން ދެއެވެ. ހުރިހާކަމެއްވެސް ވަރަށް ފުރިހަމައެވެ.
ކެންޒީވެސް އަހަރެންގެ ކޮޓަރިއަށް ވަދެފައި ހުރީ އާޝޯހުވެފައެވެ. އަހަރެން ގޮސް އޭނަ ގައިގައި ބައްދާލާފައި ތުންފަތުގައި ބޮސްދެމުން އުފަންދުވަހުގެ ތަހުނިޔާކީމެވެ. ދެމީހުން ގޮސް ކޭކު ފަޅާފައި ކޭކު ކައިގެން ޖަހާފައި ވާ މަޑުމައިތިރި ހިތްގައިމު ލަވައަށް ނަށަން ފެށީއެވެ. އޭނަގެ އަތް އަހަރެންގެ މުޅި ހަށިގަނޑުގައު މަސްތީ ގޮތަކަށް ހިނަގަމުން ދެއެވެ. އަހަރެން ގައިގައި އަތްލައިގެން ނުވާނެ ތަންތަނުގައިވެސް އަތް ހިންގަމުން ދިޔައެވެ. އަހަރެންގެވެސް ފުރާވަރު ދުވަސް ކަމުން އެ މަސްތީ ކަމުގެ އަވައިގައިޖެހި އަހަރެންގެ ނަފްސުގެ މައްޗަށް ބާރެއް ނުފޯރުނެވެ.
އަހަރެން ގެ ސިކުނޑީ ކަނަކުން މިވަނީ ރަނގަޅު ގޮތެއް ނޫންކަމުގެ ސިގްނަލް ދިނީ އަހަރެން ލައިގެން ހުރި ހެދުމުގެ ޒިބް ކެހިގެން ދިޔުމުންނެވެ. އެހިސާބުން އަހަރެން އޭނަ އާ ދުރަށް ޖެހި އަދިމީ ރަނގަޅު ގޮތެއް ނޫންކަމަށް ބުނެ އޭނަ ގާތު ދިޔުމަށް އެދުނީމެވެ. އޭރުވެސް އޭނަ އަހަންނާ ކައިރިވާން މަސައްކަތް ކުރަނީއެވެ. އޭނަގެ ކަންފަތަށް އެވެސް އަޑެއް ނީވޭ ފަދައެވެ. އެންމެފަހުން ހެދުން ބާލުވަން އުޅުމުން އަހަރެން އޭނަ ކޯމަތީގައި ޖެހީމެވެ.
މައްސަލަ ގޯސްވީ މިހިސާބުންނެވެ. އޭނަ އަކީ އަވަހަށް ރުޅިއަރާ މީހެއްކަމުން އަހަރެން އެކުރިކަމަކުން އޭނަގެ ‘އީގޯ’ އަށް ‘ހާރޓް’ ވީ އެވެ. އޭނަ އައި ރުޅީގައި އެންމެ ފުރަތަމަ ހެދުން ވީދާލީއެވެ. އަހަރެން ކޮންމެގޮތަކަށް އުޅުނަސް ދުވަހަކުވެސް އޭނަ އަށް މިކަހަލް ކަމަކަށް ދައުވަތު ދީފައެއް ނުވާނެއެވެ. އެހެނަސް އެރޭ…………………………
އަހަރެން ކުރީ އާދޭސް އަޑުނީވޭ ފަދައެވެ. ލޮލުން އޮހުރުނު ކަރުނަ ނުފެނުނު ފަދައެވެ. ތުންފަތުގައި ބޮސްދެމުންގޮސް ތުންފަތް ހަލާކުވެ ލޭ އެރިއެވެ. އަހަރެން ރޮއެއާދޭސް ކުރުމުންވެސް އެއަޑުނީވޭފަދައެވެ. ފެންބޮވައިގެން ފައިވާ ސިންގާއެކޭ އެއްފަދައެވެ. އޭނަ އެންމެ ފަހުން ކުރި ކަމަކުން އިރުކޮޅަކަށް ނަމަވެސް ދުނިޔެ ހުއްޓުނު ކަހަލައެވެ. ދަށްބަނޑުގައި އެޅިވޭނަށް ވުރެ އެގަޑީ ހިތަށް ކުރި އަސަރުމާ ބޮޑެވެ. އަހަރެން އެވަރަކުން ރައްކައު ކުރި ހަޒާނާ ބީވެގެން ދިޔައީއެވެ. ދެކުނު ހުވަފެންތައް ވިއްސި ވިހާލިވެގެން ދިޔައީއެވެ. އޭރު ކަމެއް ވާހެންވެސް ހީނުވެއެވެ. ރޯންބޭނުންވިޔަސް ރޮވޭގޮތެއްނުވިއެވެ. އޭރު ކެންޒީ އޭނަގެ އެދުންފުއްދައި އެނދުމަތީގައި ފާޑަކަށް އޮތެވެ.
އޭރު އަހަންނަށް ކުރެވެމުން ދިޔައީ ބުނަން ނޭންގޭ ފަދަ އިހްސާސެކެވެ. ދުނިޔޭން އެންމެ ލޯބިވި ފަރާތް ހަމަ މިފަދަ ރަހުމެއްނެތް ހާލެއްގައި ޖައްސާފާނެހެއްޔެވެ. މިއީ ހަމަ ލޯބިވާ މީހާ ޖައްސާފާނެ ހާލެއް ހެއްޔެވެ. ހިތް ކުދި ކުދި ވެގެން ފައިބާ ފަދައެވެ. އިރުކޮޅަކުން ކެންޒީ ތެދުވެ އެއްޗެހިލަމުން ކޮންމެވެސް އެއްޗެކޭ ކީހެން ހީވިއެވެ. ނަމަވެސް އެހިނަދުކޮޅު ލޯމަތިން ސިފަވީ ފުސް މަންޒަރެއް ފަދައިންނެވެ. ދެން ވީ ގޮތެއްނޭންގެއެވެ.
އަނެއްދުވަހު ހޭލެވުނު އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. ކައިރީ މަންމަ އާއި ބައްޕަ ތިއްބެވެ. ދެމީހުންގެ މޫނު މަތީގައިވެސް ވަނީ ހިތް ހަލާކުވާފަދަ އަސަރެކެވެ. އެންމެ ފުރަތަމަވެސް އަމާޒުވީ ސުވާލަކީ ކާކު ކުރި ކަމެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް އެހާދިސާ ވަނުމުން ރޮވެން ފެށުނެވެ. ނަސީބަކުން މަންމަ މެން ވެސް ދެން އިތުރަށް ސުވާލެއް ނުކުރިއެވެ.
މަހެއް ފާއިތުވެގެން ދިޔައިރުވެސް މަންމަ މެންގެ ސުވާލަށް ޖަވާބެއް ނުދެމެވެ. މާގިނައިން ހޮޑުލެވިފައި ބޯއަނބުރާތީ ހޮސަޕިޓަލަށް ގޮސް ޓެސްޓް ހެދިއިރު އަހަރެން ބަލިވެ އިންކަމުގެ ހަބަރު ލިބުނެވެ. ހިތާމައިގެ ކޮޅެއްނެތްފަދައެވެ. މީހުނަށް ހަބަރު ލިބިދާނެތީވެ އަހަރެމެން ދުބާއީއަށް ބަދަލުވީއެވެ. އެހާ ޅަ އުމުރެއްގައި ބަލިވެ އިނުމުން އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. ހޮސްޕިޓަލް ގައި ބާއްވާފައި އޮތް ދުވަހެކެ. 8 މަސް ފަހުން ފުރަތަމަ ފަހަރަށް ކެންޒީ ގުޅީ އެދުވަހު އެވެ. ފޯނު ނެގިއިރުވެސް ލިބޭނީ އުފާވެރި ހަބަރެއް ނޫންކަން އެނގެއެވެ. ވީ ވެސް އެހެންނެވެ. އޭނަ މައާފަށް އެދިފައި ބުނީ ދުވަހަކުވެސް އަހަރެން އަހަން ބޭނުންވި އެއްޗެއް ނޫނެވެ. ބުނީ އޭނަ ލޯބިވީ އަހަރެން ދެކެއެއް ނޫނެވެ. އަހަރެންގެ ހަށިގަނޑުދެކެއެވެ. ބޭނުންވި ކަންތައް ވުމުން ދޫކޮށްލީ ކަމުގައެވެ. އޭގެ ފަހުން އަހރެންގެ ހިތާމަދެގުނަވީ ފަދައެވެ. ނަތީޖާ އަކަށްވީ އަހަރެން ދުވަސް ނުފުރާ ބަނޑުގައި އޮތް ދަރިފުޅު ނެގުމަށެވެ.
އެކުޑަ ކުޑަ ލޯބި ފުރާނަ އަހަރެންގެ ހަޔާތަށް ދިރުން ގެނެސްދިންފަދައެވެ. ދިރިއުޅުމުގެ މަގްސަދެއް ލިބުނުފަދައެވެ. އަހަރެން ދިމާވި ހާދިސާ ހަނދާން ނައްތާލާ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ނިންމީމެވެ. ނަމަވެސް އެ ލޯބި ފުރާނަ އެއީ އެހާދިސާ މަތިން ހަނދާންކޮއްދޭ އަދި އެހިތާމަ ލުއިކޮށްދޭ ފަރާތެވެ. ނަމަވެސް އަހަރެން ވީ ލޯބި ދުވަހަކުވެސް ނުފޮހެވޭނެއެވެ. ކީއްވެކަމެއް ނޭންގެއެވެ. އަދިވެސް އެ ލޯބި ލިބޭތޯ ހިތްއެދިގޮވައެވެ. ކެންޒީ އަކަށް ނަފްރަތެއް ނުކުރެވެއެވެ. އެއީ އަހަރެން ވީ ތެދުވެރި ލޯބީގެ ހެއްކެކެވެ.
ދުވަސްތަށް ފާއިތުވަމުން ގޮސް އަހަރެން ކުރީގައި އުޅެމުން ދިޔަ ދިރިއުޅުން ބަދަލުކޮށް ސާލިހު އަމަލު ކޮށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރަމެވެ. އަހަރެންގެ ލޯބި ލޯބި ކުޑަ ޒިކާން މިހާރު ހަތަރު އަހަރުވީއެވެ. ދުވެލާފައި އަތިރިމަތީ ވެއްޔާ ކުޅެން އުޅޭއިރު ހާދަ ލޯތްބެވެ. އާއެކެވެ. 5 އަހަރު ފަހުން އަހަރެން ރާއްޖެ އައީ އެވެ. އަހަރެންގެ ދަރިފުޅަށް ބައްޕްއެއްގެ ލޯބި ބޭނުންވާނެކަން އެނގެއެވެ. އަހަރެންގެ އެހާ ހިތްވަރު ނެތީ އެވެ. އަހަރެންގެ މޫނުމައްޗަށް އާރޯކަން ގެނެސްދޭ ފަރާތަކީ އަހަރެންގެ ފުރާނަފަދައިން ލޯބިވާ ދަރިފުޅެވެ. އެހެންވެ އެދަރިފުޅަށް ހުރިހާ އުފަލެއް ދޭން ބޭނުމެވެ،
އަހަރެން އަބަދަށްމެ ކެންޒީދެކެ ލޯބިވާނަމެވެ. އެ ލޯބި ނުލިބުނަސް ހެވެ. މުޅި އުމުރަށްވެސް ވާނަމެވެ. ފުރަތަމަ އަދި ދުނިޔެއިންވެސް އެންމެ ލޯބިވި މީހާލިބޭނީ މަދު މީހަކަށެވެ. މުހިންމުވާނީ އެންމެ ލޯބިވި މީހާ ލިބުމެއްނޫނެވެ. ތިމާދެކެ ލޯބިވާ އަދި ތިމާވެސް އެމީހެއްދެކެ ލޯބިވާ މީހެއްލިބުމެވެ. ލޮލުން ކަރުނަ އޮހޮރޭ ހާލު ރޭތައް އިންތިޒާރުން ގުނަމެވެ. ތިބާގެ ލޯބިނުލިބުނަސް އަބަދަށްމެ ލޯބި އަހަރެން ވާނަމެވެ. އެނގެއެވެ. ކެންޒީ އެއް އަހަރެންގެ ކަރުނަ ފޮހެދޭކަށް ނާންނާނެއެވެ. އަހަރެންގެ އިންތިޒާރަށް ނިމުމެއް ނުގެނެސްދޭނެކަންވެސް އެނގެއެވެ. އެހެނަސް އެއްދުވަހަށް ވުރެ އަނެއް ދުވަހު އަހަރެންގެ ހިތުގައި އޭނައަށް ވާ ލޯބި ވަނީ އިތުރެވެ. މިދުނިޔޭން ނިމިގެން ދިޔަޔަސް ލޯބި އަހަރެން ވާނަމެވެ.
މަރުވިޔަސް ކަލާގެ ނަން މިހިތަކުން ނުފިލާނެޔޭ
ގިސްލަމުން ރޮއެފާބުނަން ކެހި ދިނީ ފަހެ ކީއްވެހޭ
އޭރުކުރިހާ ހުވާ ހަނދުމަ ނެތްހޭ ކަލާ
ދޮގުހުވާކޮށް މަގޭ ހިތް ވަނީ އަދު މޮޔަވެފާ
ލޯބި ނުލިބި ދުނިޔެއިން މިއަދުވީ ބާކީ ވެފާ
ލޯބި ލޯބިން ދެމީހުން ހީސަމާސާ ކޮށް ހެދިން
ފިރުމަދީފައި ކަލާ ބޭވަފާ ތިޔަވީ ފަހުން
އޮއްނަމޭ ރޭދުވާ ނޭންގިފާ ނިކަމެތި އަޅާ

Share Article

Follow Me Written By

Queen

Level 1

Other Articles

Previous

އެހަނދާންތައް………

Next

..ހާދައޭ ބޭނުމީ ކަލާ.. ( އަށްވަނަ ބައި )

Next
November 29, 2015

..ހާދައޭ ބޭނުމީ ކަލާ.. ( އަށްވަނަ ބައި )

Previews
November 29, 2015

އެހަނދާންތައް………

25 Comments!

  1. Queen says:
    November 29, 2015 at 1:23 am

    Hey. Here is a new story. Hope u like it.

  2. Ryn says:
    November 29, 2015 at 1:31 am

    woww!! vrhhh salhi… 🙂 n vrh touchin… gd lck. miss u

    1. Queen says:
      November 29, 2015 at 1:35 am

      Thanks. Miss you two. Glad u liked it.

    2. Queen says:
      November 29, 2015 at 2:45 am

      Owh alhey. ?. Sooo happy you loved it.❤

  3. jboat says:
    November 29, 2015 at 1:45 am

    loabi loabin dhemyhun hee samaasaa koh hedhin…… firumadhyfaa kalaa beyvafaa thiyavee fahun….. onnamey reydhuvaa neygifaa nikamethi alhaa….maruviyas kalaage nan mihithakun nufilaaneyey….gislamun roefaa bunan kehi dhiny fahe kyhvehey….. 🙂 i love this story. good job queen 😉

    1. Queen says:
      November 29, 2015 at 1:50 am

      Hehehe. Thanks jai. Glad u loved it. And thanks for telling me the mistake. 😉 .

  4. Naani says:
    November 29, 2015 at 10:23 am

    Masha’Allah!! Warah reethi mivaahaka… Queen haadha molheyy… Kiriyaaa nurovuneee…

    1. Queen says:
      November 29, 2015 at 12:06 pm

      Jazakillah kahairan naani. thank u v much for reading this story. Im really glad u liked this story.

  5. Shabee says:
    November 29, 2015 at 10:55 am

    anehkaa vx queen ge story eh 😉 😮 😉 gadha ingey queen…hehe 😛 mi story vx vrh habeys…..nd mifaharu dheynee like eh 😀 all da bs 🙂

    1. Shabee says:
      November 29, 2015 at 10:56 am

      oops bs ehnoon ingey…bst* mistake eh 😉

    2. Queen says:
      November 29, 2015 at 12:04 pm

      hehe. thanks shaby. thnks for reading n comnting. gald y gave a like.

    3. Queen says:
      November 29, 2015 at 12:04 pm

      you**

  6. Ahmed Ammu says:
    November 29, 2015 at 12:53 pm

    V Reethi. Waiting foe your next story. 😉

    1. Queen says:
      November 29, 2015 at 1:45 pm

      Thanks ammu. Next story liye nimuny ma up kuraanan. Thanks for reading.

  7. maakanaa says:
    November 29, 2015 at 3:44 pm

    Wow.v v v salhi ingey.i love this story

    1. Queen says:
      November 29, 2015 at 4:49 pm

      thanks a lot. im glad u loved this story. 🙂

  8. Hannah says:
    November 29, 2015 at 3:48 pm

    varah reethi vaahaka.. 🙂
    waiting for your next story.. 😀

    1. Queen says:
      November 29, 2015 at 4:50 pm

      thanks hannah.

  9. Kiyuntheriyaa says:
    November 29, 2015 at 3:59 pm

    Varah reethi asarugadha vaahakeh.. mifadha ehen vaahakeh kuriah oi thanugai fennane kamah ummeedh kuran. 🙂 🙂 🙂

    1. Queen says:
      November 29, 2015 at 4:50 pm

      thanks a lot. in sha allah genes dheveytho balaanan. 😉

  10. kudu says:
    November 30, 2015 at 6:41 pm

    Aslu v gina firihenun anhenun na hadhaalaa goy hama thee v nyc story

    1. Queen says:
      November 30, 2015 at 8:38 pm

      Hmm dw. But girls vs mihaaru ehn ulhey dw. ?. Thanks for reading and for commenting.??

  11. kudhy says:
    November 30, 2015 at 7:48 pm

    Ufalakafahu hithaamae dw

    1. Queen says:
      November 30, 2015 at 8:40 pm

      Hehe. Hmm. Not every one can get happiness dw.??.. thanks for reading.. ?

  12. ivy says:
    December 11, 2015 at 12:42 am

    Heart touching story. Keep it up..

Comments are closed.



All Right Reserved!