Skip to content
އެސްފިޔަ

ތި ހިތް ހިބައިން މަށަށް ދޭނޭ

ތި ހިތް ހިބައިން މަށަށް ދޭނޭ

ނެތީމާ ޖާގައެއް ކުޑަވެސް މަށަށް ތިހަޔާތުގައި ދޭނޭ
އޮތީ ނިމުމެއް ނުވާ ރިހުމާ ވެވުނު ލޯބީގެ ހިތި ވޭނޭ

ތި ދެ ލޮލުން ލޯބި އުތުރޭތީ ދުށީ މެންދުރުގެ އިރު ފަދައިން
މި ދެލޮލުން ދުށް ހަގީގަތަކީ ފެނުނު ހުވަފެންތަކެއް ނޫނޭ

ނޭތޭ ދުނިޔޭން އެދޭ އުފަލެއް ތިހިޔަނީގައި ނިދުން ނޫނީ
ނެތޭ އެކަމެއް ލިބެން އެހެނަސް އެނގޭ ހިނދު މޮޔަ މިހިތް ރޯނޭ

ދެ ރޭ ފެނިފައި ދަމުން ސިއްރުން ހިތާހިތް ކުރި އެ ރީތި ވައުދު
މިރޭ ބޭކާރު ކޮށްލީތީ ޒަމާން އުފަލުން ވަރަށް ހޭނޭ

މި ދުނިޔޭގައި ވިޔަސް ބާކީ ތި ދިން ހިތް ގެންދިޔަސް އަނބުރާ
އެ ދުނިޔޭގައި ތިބާ ދެއަތުން ތި ހިތް ހިބައިން މަށަށް ދޭނޭ

Comments (6)

  1. Kuthoo

    Varah reeti 😀

    1. Ashm
      Kuthoo

      ޝުކުރިއްޔާ!

  2. ؟؟؟؟؟؟

    ވާހަކައައް ފޮޓޯ ލަނީ ކިހިނެއް ތަ؟؟

    1. Anonymous
      ؟؟؟؟؟؟

      ކަމުނުދަނީ ތޯ؟

    2. Ashm
      ؟؟؟؟؟؟

      .އެސްފިޔައިގައި އިންނަ ފީޗަރ ބޭނުންކޮށްގެން

  3. Kamana

    soooo beautiful. masha Allah

Comments are closed.