Skip to content
އެސްފިޔަ

ފިރުމާލުމަށް އެދެމޭ…

ފިރުމާލުމަށް އެދެމޭ

ހިތުގައި ނިކަން ރަކި ފާޑަކަށް ވިންދެއް ޖަހައިފިޔެ ހަރު އަޑުން،
އަތުގައި ހިމޭން ފިނި ތުރުތުރެއް އުފެދިއްޖެޔޭ މާ މަޑުމަޑުން
ނުވެޔޭ ދިމާ ދެލޮލާ ދެލޯ، މަސްތުގެ ކަނޑަށް ގެނބުމުން ދެ ހިތް
ހެވެމުން އެ ސަކަ ވައިރޯޅިތައް، ނާނާ ކިޔާލީ ވައި އަޑުން
ނުފޮޅޭ މަލާމެލި ފޮޅުވަމުން، ވައުދާ ހުވާ މަންމަން ބަހުން،
ހަފޮޅުން އެތެރެވީ ހަނދުވަރަށް ސިއްރުންކުރީ މުޅި ހަށިގަނޑުން
ފެނުމުން އެވާ ގޮތް ނުބުނެދޭން ދުށުމަށް ދެލޯ އެދުނަސް ހިތަށް
ހަނުހުރުމަކީ މޮޅުގޮތް ކަމަށް ސިކުނޑިން ބުނީ މާ ހަރު އަޑުން
ނުލިބޭނެކަން ކަށަވަރު ތިއީ ހަދިޔާއެކޭ ބޭނުން ވިޔަސް
ބަލި ހިތްވެ ނުދަނީސް އެއްފަހަރު ފިރުމާލުމަށް އެދެމޭ މަޑުން

Comments (2)

  1. ކިއުންތެރިއެއް

    .ޖާޒުބީ ޝުޢޫރުތަކުން، ފަށުއި ޝާޢިރީ ގަލަމަކުން އަމުނައިލެވިފައިވާ ކުލަ ރީތި ވަސްމީރު މާފައްޗެއް

  2. Anonymous

    ވަރަށް ހިތްގައިމު
    ހިތަށް ވަރަށް އަސަރުކޮށްފި

Comments are closed.