އިހުސާސް 01
މި ވާހަކަ އަކީ އެސްފިޔަ ކިޔުންތެރިންގެ ކޮމަންޓް ތަކަށް ބެލުމަށް ފަހު އެ ކޮމެންޓް ތަކަށް ބެލުމަށް ފަހު ރަގަޅު ކުރެވިގެން ދާނޭ ވާހަކަ އެކެވެ . މި ވާހަކައަށް އެއްވެސް ހިޔާލެއް އިން ނަމަ ކޮމެންޓް ކޮއްލެއްވުން އެދެން . ތިޔަ ފަރާތް ތަކުގެ ކޮމެންޓް ތަކަކީ އަޅުގަނޑުގެ ކުރި އެރުން .
ދުނިޔެ އަކީ ވަގުތީ މަންޒިލެކެވެ . ބައެއް ފަހަރު ހިތްދަތި ކަމާއި އުފާވެރި ކަން ތަހައްމަލް ކުރަމުން އަންނަން ޖެހެއެވެ . ދެރަ ނިކަމެތި މީހާ މާދަމާ ވެސް މުއްސަދި ވެގެން ދެއެވެ . މުއްސަދި މީހާ ފަގީރު ވެގެން ދެއެވެ .
ބައެއް މީހުންނަކީ އެ މީހުން ގެ ދިރިއުޅުމުގައި ވަރަށް ވެސް ނިޔާމަ އަދި އުފާވެރި ކަމުގައި ދިރިއުޅެމުން އަންނަ ބައެކެވެ . އަނެއް ބައި މީހުންނަކީ އެއްވެސް ވަރަކަށް އުފާވެރި ކަމެއް ނުލިބޭ ކަހަލަ ބައެކެވެ . އެ މީހުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ އެ މީހުންނަށް އުފާވެރި ކަން ގެނެއުމަށެއެވެ .
ވާހަކައިގެން ކުރިޔަށް ދާނަމެއެވެ .
ދުވަސް ވަރަކީ ގްރޭޑް 10 ގެ ކުދިން އޯލެވެލް ހަދަމުން ދާ ދުވަސް ވަރެކެވެ . އެކުދިންގެ އެންމެ ފަހު ޓެސްޓް ހަދަމުންދާ ދުވަސް ވަރެއެވެ . އަހަރެން ވެސް ފަތިސް ނަމާދު ކޮއްލައިގެން އަހަރެން ވެސް މަސައްކަތް ކުރަމުން ދިޔައީ މިޔަދު އޮންނަ ޓެސްޓް އަށް އެއްމެ ފަހު ތައްޔާރީތައް ވަމުންނެއެވެ . އެކި މަސައްކައްތައް ކުރެވިގެން ދިޔައީމެއެވެ . ޓީޗަރާ ގުޅައިގެން ނޭންގޭ އެއްޗިހި އޮޅުން ފިލުވައި ހެދީމެއެވެ .
އަހަރެންގެ އެއްބަނޑު އެއްބަފާ 2 މީހުން ތިބޭނެއެވެ . އެއީ އަހަރެންނަށް ތުރެން 3 އަހަރު ތަފާތު ބޭބެ އަކާ އަހަންނަށް ވުރެން ކުޑަ ކޮއްކޮ އެކެވެ . އަހަރުން 3 ބެއިން އަބަދު ވެސް އުޅެމުން އަންނަނީ އުފާވެރި ކަންމަތީގައެވެ . ބައެއް ފަހަރު އަހަރެން ގެ ކޮއްކޮ އާ އުދަނގޫ ކޮށް ލަމެއެވެ . އުދަނގޫ ކޮއްލުމުން އަހަރެން ގެ ކޮއްކޮ ތުން ދަމާފައި އިންނާނެއެވެ .
ޓެސްޓް އަށް ކުޑަ ތައް ވަމުން ދާއިރު އަހަރެންގެ ހިތް ވެސް ބާރު ބާރަށް ތެޅެމުން ދެއެވެ . މިޔަދު ގެ ޓެސްޓް ފަސޭހަ ވާނެ ބާ އޭ އަހަންނަށް ހިތާ ހިތުން ކިޔެއެވެ . މިއީ އަހަރެންގެ ކޮންމެ ޓެސްޓް ގައި ވެސް ވާ ކަމެކެވެ . އަހަރެންގެ މަންމަ ބަދިގެ ތެރެއިން އަހަންނަށް ގޮވާލީ ޓެސްޓް އަށް ދިޔުމުގެ ކުރިން ހެދުނުގެ ނާސްތާ އަށެއެވެ . އަހަރެން އެކަމަށް އާ ބަސް ބުނެ އަހަރެން ހެނދުނުގެ ނާސްތާ ކުރަން ދިޔާމެއެވެ .
މަންމަ : މިހާރު ޓެސްޓް އަށް ތައްޔާރުވީތަ .
އަހަރެން އާ ބަސް ބުނުމުގެ ގޮތުން ބޯ ޖަހާލީމެއެވެ . އަދި ހިތް ބިރު ގަންނަ ވާހަކަ ބުނެލީމެއެވެ . އަހަރެން އަވަސް އަވަހަށް ސައި ބޯލާގެން އަހަރެން ހިގައި ގަތީ ޓެސްޓް އަށް ދާން ތައްޔާރު ވެލާށެއެވެ . ފާޙާނާ ކޮއްލައިގެން އަހަރެން އަނެއްކާ އިށީދުނީ ޓެސްޓް އަށް ކުޑަ މިންވަރެއް ކިޔުމަށެއެވެ ،ޓެސްޓް އޮތީ ހެނދުނު 9:30 ގައި ވުމުން އަހަރެން އަތުކުރި ގަޑި ބަލާލުމަށް ފަހު އިށީދުނީމެއެވެ .
އިމްތިހާނުގެ ހޯލް ތެރެއެވެ . އަހަރެން ހާއްސަ ކުރެވިފައި އިން ގޮޑީގައި އިށީދުނީމެއެވެ . އަހަރެން ކުރިމަތީގައި ފާރުގައި ބައިންދާފައި ގަޑި އެއް އިނެއެވެ . އެ ގަޑިން 9:30 ވުމުން އަހަރެންނަށް ޓެސްޓް ޕޭޕަރ އަތައް ލިބިގެން ދިޔައެވެ . ޓެސްޓް ހަނދަން ފެށީމެއެވެ . އަހަރެންގެ މޫނަށް އުފާވެރި ކަމެއް ގެނުވިއެވެ . ސަބަބަކަ|ށް ވަނީ އަހަރެން ކިޔެވި ތަންތަނުން ސުވާލު ތައް އައީމައެވެ . އަދި މި ޓެސްޓް ފަސޭހަ ކަމާ އެކު ނިމްމާލެވޭނެ ކަން އަހަންނަށް އިހުސާސް ކުރެވިގެން ދާނެތީއެވެ .
އިމްތިހާން ނިމި ޓެސްޓް ހޯލްގައި ތިބި ކުދިން ބޭރަށް ނިކުމެ އެއް ކުއްޖަކާ އަނެއް ކުއްޖަކާ ވާހަކަ ދައްކަމުން ގެދިޔައެވެ . ފަސޭހަ ތޯ ސުވާލު ކުރަމުން ގެންދިޔައެވެ . އަހަރެން ވެސް އެ ކުދިންނަށް ފަސޭހަ ތޯ ސުވާލު ކުރަމުން ގެންދިޔާމެއެވެ . އަހަރެންނަށް މިޓެސްޓް ވީ ފަސޭހަ އެއްޗަކަށެއެވެ .
ދުވަސްތަށް މިގޮތަށް ދިޔައެވެ . މާ ގިނަ ދުވަސްތަކެއް ނުވެ . އޯލެވެލް ނިމިއްޖެއެވެ . އަހަރެން ވެސް ހިންދަމާ ލެވުނެއެވެ . ސަބަބަކަށް
ވަނީ އަހަރެން ކުރި ބުރަ މަސައްކަތް އަހަރެންނަށް ލިބިގެން ދާނެތީއެވެ . އަހަރެން ފޫވި ވެގެން ދިޔައެވެ . ސަބަބަކަށް ވަނީ ދެން އަހަރެން
ހެނދުނު ހެނދުނާ އަހަރެން ސްކޫލް އަށް ދާން ތައްޔަރު ވުމާއި ސްކޫލް މާހައުލުގައި އަހަރުމެން އުޅެމުން ދިޔަ އުފާވެރި ކަން ތަކުގެ މަތިން
ހަދާންތަކެވެ . ނަމަވެސް އެ ދުވަސްތައް ދިޔައީއެވެ . މާޒީ އާ މޮޑެލިވެގެން ދިޔައީ އެވެ .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Dhen episode ga kanneyge adhi rangalhah fesheynee dhoa… heevanee reethi vaanehen. miulhey kudhinge nan thakehves adhi neyge.
btw this hama perfect
when next