Skip to content
އެސްފިޔަ

ހިނިތުން ވުން 2

ކޮންމެ ހިނިތުންވުމެއްގެ ފަހަތުގައި ކޮންމެވެސް ސިއްރު ތަކެއް އެކުލެވިގެން ވެއެވެ . ކޮންމެ ރުއިމެއްގެ ފަހަތުގައި ކޮންމެ ވެސް އުފާވެރި ކަމެއް ވެގެން ދެއެވެ . މިއިން ކޮންމެ ކަމަކުން ވެސް އިބްރަތެއް ލިބިގެން ވެއެވެ .  ރޭގައި އެސްފިޔަ އަށް އަޕްލޯޑް ކުރި އެޕިސޯޑް  އަދި ނުނިމޭ ވާހަކަ ދަންނަ ވާލަމެއެވެ . މިއިން ކޮންމެ  ބަޔަކުން ވެސް ކޮންމެ ވެސް އިބްރަތްތެރި ކަމެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރަމެއެވެ .ވާހަކައިގެން ކުރިޔަށް ދާނަމައެވެ .

އާ ދުވަހަކަށް އިރު އެރީ އަހަންނަށް ވަރަށް ވެސް އުފާވެރި ކަމެއް ގެނުވަމުންނެއެވެ . އެއީ އަހަރެން 3 ވަނަ ކުއްޖާ އަށް ބައްޕަ ކިޔުމުގެ ފުރުސަތު އަހަންނަށް ލިބިގެން ދާތީ އެވެ . މި ކުޑަ އާއިލާ އަށް އިތުރު މެމްބަރެއް އިތުރުވެގެން ދާތީއެވެ .

ކޮންމެ އާއިލާ އަކަށް ވެސް ކޮންމެ 2 މަފިރި އަކަށް ވެސް  ހިނިތުވުން ގެނުވަނީ ކުޑަ ލޯބި ދަރިން ތަކެއް ލިބުމުންނެއެވެ . އަދި ހެޔޮ ގޮތުގައި ދަރިން ބޮޑެތި ކޮށް އެދަރިން ހެޔޮ މަގު ދައްކުވައި ދެވޭތީއެވެ . ދުނިޔެގައި މައިންބަފައިން ތިބި ކަމުގައި ވެއްޖެ ނަމަ އެ މީހުން ގެ ފަރާތުން ވެސް ހިތިނުން ވުން ގެނުވައެވެ .

މި ދުނިޔޭގައި އަހަރެންގެ އަންހެނުން ނަކީ ހުރިހާ ވެސް އެއްޗެކެވެ . ހުރިހާ އުފަލެއްގައި އަހަރެންގެ އަންހެނުން އަންނަނީ ބައިވެރި ވަމުންނެއެވެ . އަދި ކޮންމެ ހިތާމަ އެއްގައި ވެސް އަހަންނަށް އެއްބާރު ލުން ދީ ހުރިހާ ކަމެއް ވެސް ކުރަމުން އާދެއެވެ .

9 މަހާ 9 ދުވަސް ފުރިގެން ހިގައްޖެއެވެ . އަހަރުންގެ ދެ މަފިރިންނަށް 3 ވަނަ ކުއްޖެއް ލިބިގެން ދިޔައެވެ . އަހަންނާ އަހަރެންގެ އަންހެނުން ގެ މޫނު މައްޗައް ނުހަނު އުފާވެރި ކަމެއް ލިބިގެން ދިޔައެވެ . މިއިން ކޮންމެ ކުއްޖެ ލިބިގެން ދިޔަ އިރު ވެސް އަހަންނަށާއި އަހަރެންގެ އަންހެނުންނަށް އުފާވެރި ކަން ގެނުވައެވެ .  ސަބަބަކަށް ވަނީ މި ދުނިޔޭގައި  އަހަރުން 2 މީހުން ނެތް ކަމުގައި ވިޔަސް ހެޔޮ ދުޢާ ކުރާނޭ ކުދިން ކޮޅެއް ލިބުނީތީ އެވެ . ހެޔޮ ލަފާ ޖީލެއް ބިނާ ކުރެވެން ފެށުނީތީ އެވެ. .  3 ވަނަ ކުއްޖާ ވައްތަރު ވެގެން ދަނީ އަހަރެން ގެ މަންމަ އާއެވެ . އަހަރެންނަށް އަހަރެންގެ މަންމަ ހަނދާން ވެގެން ދިޔައެވެ . އަހަރެން ހިތާ ހިތުން ކިޔާ ލެވުނެއެވެ .  ދުނިޔެ އަކީ ހާދަހާ އެހެން ކަހަލަ ތަނެކެވެ . ހީ ވެސް ނުކުރާ ތަނެކެވެ

ހީ ވެސް ނުކުރާ އެތަކެއް ކަމެއް  ހިގައި ދާނެއެވެ . އުއްމީދު ނުކުރާ އެތަކެއް ކަމެއް ދުނިޔެ މަތިން ހިގައި ގޮސްދާނެއެވެ . މިއީ އިމްތިހާނުގެ ގޮއިއްޗެއެވެ . މި ތަނުން ފާސް ވެގެން ދިޔުމުން އަހަރެން މައިންބަފައިންނާ ބައްދަލު ވެގެން ދެއެވެ . އެއީ ވެސް އަހަރެން ރަގަޅަށް އުޅުމުންނެވެ .  ނިމުނީ

Comments (1)

  1. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up

Comments are closed.