Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ


އުފެއްދުންތެރި ލިޔުން

ހިނިތުން ވުން

blackshadow eddie
blackshadow eddie Level 210 Stories
October 5, 2024 2 Mins Read
0 Comments

ަރިފުޅާ އެ ! ދަރިފުޅު ތިޔަ ހަގުރާމަ ކުރަނީ ބޮޑު އިމްތިހާނަކާއެވެ . މީގެއިން ފާސް ވެއްޖެ ނަމަ ދަރިފުޅު މަންމަ މެންނާ އެކު އަބަދު ވެސް ވެގެން ދާނެއެވެ .ދެރަވާ ކަންތައްތައް ކުރިމަތި ކުރުވާނެއެވެ . އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވިގެން ވެސް ދާނޭ . އެކަމަކު . ދަރިފުޅު އެކަން ކަމަށް ޖެހޭނީ ކެއްތެރި ކަމާއެކު ކުރިމަތި ލާށެއެވެ . މަންމަ ގެ އެއްމެ ފަހު ގެ ވަސިއްޔަތަކީ މިއީ އެވެ . މަންމަ ނެތް ދުނިޔެ އަކު ވެސް މަންމަ ބުނި ބަސް އަޑު އަހާ ކިޔަމަން ވާނެ ކަމަށް ހީކުރަމެވެ .

އަހަރެން އެ ސިޓީ ކިޔާ ނިމުނު އިރު އަހަރެން ގެ 2 ލޯ ވަނީ ކަރުނުން ފުރިފައެވެ . އަހަންނަށް ދެން ހަދަން ވީ ގޮތެއް ހުދު އަހަންނަކަށް ނުމެ އިގެއެވެ . ރޯންވީ ކަމެއް ނުވަތަ މަންމަ ގެ އެ ބަސް ތައް އަޑު އެހުމަށް ފަހު  ކުރިޔަށް ހިގައި ގަންނަށް ވީ ކަމެއް އަހަރެންނަށް ނޭންގުނެއެވެ .

އަހަރެން ހަމަ ބިމަށް އާދެވުނީ އަހަރެންގެ ފުރަގަހުން  އަހަރެންގެ ކޮޑުގައި އަތް ބާއްވާ ލުމުންނެއެވެ .  އަހަރެންނަށް ފަހަތް ބަލާލި އިރު އެއީ އަހަރެން އެންމެ ލޯބިވާ އަނބިމީހާ އެވެ . އަހަރެންގެ 2 ދަރިން ގެ މަންމަ އެވެ .

އަހަންނާ މުހާތަބު ކޮށް އަހަރެންގެ އަންހެނުން ސުވާލު ކުރިއެވެ . ” ކިހިނެއް ވެފާ ”   އެހިސާބުން އަހަރެންގެ ލޮލަށް ޖަމާ ވެފައި ހުރި ކަރުނަ ތައް 2 ލޮލުން ފާއްދާ ލެވުނެއެވެ .

އަހަރެން އަޑު ކުރިކިފައި ހުރި ގޮތަކަށް އަހަންނަށް ބުނެވުނެއެވެ .  ” އަހަރެން އެންމެ ލޯބިވާ މަންމަ މިޔަދު ހުރިނަމަ އަހަރެންނަށް ކިހާ އުފާ ވީހެއެވެ . އަދި އަހަރެންގެ  މަންމަ އަށް ކިހާ އުފާ ވީސް ”  އެ ވަގުތު އަހަރެންގެ އަންހެނުން އެ އަށް ޖަވާބު ދިނެއެވެ . ” ލޯބިވާ ފިރިމީހާ އެވެ . އަބަދަކު މީހުންނެއް ދުނިޔެގައި ނުތިބޭނެއް ނޫން ހެއްޔެވެ . އަހަރުމެންނަށް އޮތީ މަންމަ އަށް ދުޢާ ކުރުމެނުން ހެއްޔެ . ؟ ” ކަރުނަ ފޮހެލަމުން އަހަރެންގެ އަންހެނުން ޖަވާބު ދިނެއެވެ .

މި ވީ 3 އަހަރު ތެރޭގައި އަހަރެންގެ އަންހެނުން ގެ ހިތް ވަރު ލިބިގެން ދިޔައެވެ . ނަމަވެސް އަހަރެންނަށް އެ ހަނދާން ތަކާ ދުރަކަށް ނުދެވުނެއެވެ . އެއީ އަހަރެންނަށް ހުރި ކަމެއް ބާ ވައެވެ . އެކަނި ވާ ހިނދު އަހަރެންގެ މަންމަ މަތިން  ހަދާން ވެއެވެ . ނަމަވެސް އަހަރެން ގެ މަންމަ އެއް މި ދުނިޔެ އަކު ނެތެއެވެ . މި ވެސް ތަޤުދީރެއެވެ . މި ދުނިޔެ އަކީ އިމްތިހާނުގެ ގޮއިއްޗެއް ކަން އަހަރެންނަށް ގަބޫލް ކުރެވެއެވެ .

އެއްދުވެހެއްގެ ހެނދުނުގެ ވަގުތެއެވެ އަހަރެންނަށް ނިދިން ހޭލެވުނީ އަހަރެންނަށް ހުވެފެނުން އަހަރެން މަންމަ އަހަންނަށް ގޮވަނި ކޮށެއެވެ.  އަހަރެންނަށް ކޮންމެ ވެސް ކަމެއް ކުރިމަތި ވާ ކަމުގެ ނިޝާނެއް ދައްކަމުންނެއެވެ .  އެއީ ކޮން ކަމެއް  އަހަންނަކަށް ނޭންގެއެވެ ، އަހަރެންގެ މަންމަ  އަހަންނަށް ގޮވީ ވަރަށް ވެސް އުފަލުން ނެއެވެ . އަހަރެންނަށް ހޭވެރި ކަން ވީ އިރު އަހަރެންގެ ލޯބިވާ އަންހެނުން ހުއްޓެއެވެ . އަދި އަހަރެންގެ އަންހެނުން ހުރީ ނުލާހިކު ހިނިތުން ވެފައެވެ . ދުވަހަކު ވެސް  އެ މޫނު މަތިން ހިނިތުން ނުވާ ކަހަލައެވެ .

އަހަރެންގެ އަންހެނުން ބުނެލިއެވެ . 3 ވަނަ ކުއްޖަކަށް ބަނޑު ބޮޑު  ވާހަކައެވެ . އެ ވާހަކަ އަހަރެންގެ ކަންފަތައް އިވުނު އަޑު ޖެހުމާ އެކު އަހަރެންނަށް އިގިގެން ދިޔައީ އަހަރެންގެ މަންމަ ބުނަން އުޅުނު އެއް ވާހަކަ އަކީ އެއީ ބާ ވައެވެ . އަދި އެ އުފަލުގައި އަހަރެންގެ މަންމަ ވެސް ބައިވެރި ވީ ކަމުގެ އިހުސާސް ކުރެވިގެން ދިޔައެވެ .

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

މާޒީ

Next

ހަނދުވަރު ދިން އެރޭ …5

Next
October 6, 2024

ހަނދުވަރު ދިން އެރޭ …5

Previews
October 5, 2024

މާޒީ

Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ