އަނބިމީހާއަށްޓަކައި……..
އަނބިމީހާއަށްޓަކައި……..
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ތިބާގެ ޙަޔާތުގައި އަނބިމީހާއަކީ ވަރަށް މުހިއްމު ބައިވެރިއެކެވެ. އެއީ ތިބާގެ ޒިންމާގެ ދަށުގައިވާ ފަރާތެކެވެ. ތިބާގެ އެކަނިވެރިކަން ފިލުވާލުމަށްޓަކައި ﷲ މެދުވެރި ކުރެއްވި ފަރާތެވެ. ތިބާގެ އުފަލާއި،ހިތާމާގައި އަނބިމީހާ ބައިވެރިވާނެއެވެ.ތިބާގެ އުއްމީދުކަމުގައިވާ ދަރިން އުފެދިގެން އަންނަނީ އަނބިމީހާގެ ބަނޑުގައެވެ.
އުފާވެރި ޙަޔާތަކަށް އެދޭނަމަ ތިބާގެ އަނބިމީހާއަށް ކަމޭހިތައި އަޅާލަންޖެހެއެވެ. އެގޮތަކީ އަނބިމީހާ ތިބާގެ ޙަޔާތަށް އެ އަންނަނީ ލޯބިވާ މީހުންނާއި،ގާތް އެންމެން ދޫކޮށްލާފައެވެ. ތިބާއަށް ޚިދުމަތްކޮށްދީގެން ދިރިއުޅުން އާރާސްތުކުރާށެވެ. ދަރިން ލިބޭނެ ކަމާއި އެދަރިން ބެލުމުގެފުރިހަމަ ޒިންމާ އުފުލަން ޖެހޭނެކަން ދެނެހުރެއެވެ.
އަނބިމީހާ ވެއްޓިއްޖެނަމަ ލޯތްބާއިއެކު ނަގާށެވެ. އޭނާ ރޯއިރު ކަރުނަތައް ފޮހެލަދޭށެވެ. އަނބިމީހާ ހިނިތުންވެލާއިރު ބައިވެރިވާށެވެ. ލޯބި ބޭނުންވާ ވަގުތު ގައިގައި ބައްދާލައިގެން ހަދާށެވެ. އަނބިމީހާއަށްޓަކައި ތިބާގެ ހިތުގައި ލޯބިއޮތްކަން ފާޅުކުރާށެވެ.
އަނިބިމީހާއަކީ ތިބާގެ ދިރިއުޅުމުގެ ބައިވެރިޔާއެވެ. ތިބާގެ މަދަދުޤާރެވެ. ތިބާއަށް އުފާހޯދައިދިނުމަށްޓަކައި ރޭނިދި ނަގައިލާން ޖެހުނަސް ފަހަށް ނުޖެހި މަސައްކަތް ކޮށްދޭމީހާއެވެ.ތިބާއަށް ހިތްހަމަޖެހުން ގެނެސް ދިނުމަށްޓަކައި އެންމެކައިރިން މަސައްކަތްކޮށްދޭ މީހާއެވެ.
ކޮންމެ އިންސާނަކީ ތަފާތުމީހެކެވެ. އުނިކަންތައްތައް ހުންނާނެއެވެ. ތިބާގެ އަނބިމީހާގެ ރަގަޅު ސިފަތައް ހިތަށް ގެންނާށެވެ. އުނިސިފަތައް ރަގަޅު ކުރުމަށް ހިއްވަރުދޭށެވެ. ތިބާގެ ޙިމާޔަތް ލިބެނީނަމަ އަނބިމީހާ އިންނާނީ އުފަލުގައެވެ.
އަނބިމީހާއަށް ހެޔޮބަހެއްނޫނީ ނުބުނާށެވެ. އަނބިމީހާއަށް ރަޙުމަތް ލެއްވުން އެދި ގިނަގިނައިން ދުޢާ ކުރާށެވެ. ތިބާ ﷲ މަތިން ގިނަގިނައިން ހަނދުމަ ކުރާށެވެ. އޭރުން ތިބާގެ ޙަޔާތް އުފާވެރިކަމުގެ ނޫރުން ފުރިގެން ދާނެއެވެ.


