ފިނި ހިތް 17
އެއަޑަށް ބާކީ ތިބި މީހުން ދުވެފައި އައި އިރު ސިޓިންރޫމް ސޯފާގައި އިން ޔާކިން ފެނުމާއެކު އެ އެންމެނަށް ވީ ގޮތް ނަގައިގަނެވުނެވެ.”ދަރިފުޅު ކޮން އިރަކުން އައީ؟ޙަބަރެއްވެސް ނުވޭ.ކިހިނެތް ގެޔަށް ވަނީ؟”ޔަޝްމާ ޔާކިން ކައިރިން އެހެން އެ އެހީ އޭނާ އިއްޔެ ގެއިން ނުކުތް އިރު ގޭގެ ދޮރޯށި ތަޅުލިގޮތައް އައި އިރުވެސް ތަޅުލާފައި ހުރުމުންނެވެ.ޖަވާބު ދިނުމުގެ ބަދަލުގައި ޔާކިން ދައްކާލީ އޭނާގެ އަތުގައި އޮތް ގޭ ދޮރޯށީގެ ޑަބަލް ތަޅުދަނޑިއެވެ.”ޔޫލް އިއްޔެ ގުޅާަފަ އޯވަރނައިޓަކަށް ގޮސް އުޅޭ ވާހަކަ ބުނީމަ އަހަންނަށް އިނގުން މިއަދު ގޭގަ އެއްވެސް މީހަކު ނޫޅޭނެކަން.ދެން އަހަރެން އައިސް ވަދެފަ އެތެރެއިން ދޮރޯށި ތަޅުލީ ތި އެންމެނަށް ސަޕްރައިޒެއް ދޭންވެގެން”ޔާކިން ޔޫލް އުރާލަމުން ބުންޏެވެ.
“ޕިސް.ޕިސް ދެން ދޮންބޭ….ފަހުން ތި ވާހަކަ ދައްކާނީ.މިދަނީ ފެންވަރަން ވަރަށް ވަރުބަލި”ޔަޝްފާ މިހެން ބުނެ ސިޑިން މައްޗައް އަރައިގެން ދިއުމާއެކު ޝަރާ އާއި ޔޫވިންވެސް އޭނާގެ ފަހަތުން ދިޔައެވެ.ލިހުވާން ލަޔާން އާއި ކިރާ ޔާކިންއަށް ތަޢާރަފްކޮށްދިނުމަށް ފަހު އޭނާއާއި ޔަޝްމާވެސް ގޮސް އެ މީހުންގެ ކޮޓަރިއަށް ވަނެވެ.ޔާކިންއަށް އެގެއިން ކިރާ ފެނުމުން ހައިރާންވީ ނަމަވެސް އެކަމެއް ނުދައްކައެވެ.”ބައްޕާ.މިއީ ޔޫލް ބުނި ބޭބެ.ލަޔާންބެ ވަރަށް މަޖާ”ކުޑަ ކުޑަ ޔޫލް ލަޔާންއަށް އިޝާރާތް ކޮށް ބުނުމާއެކު ޔާކިން އެހެންހެއްޔޭ ބުނެ ލަޔާން އާއި ސަލާމްކޮށްލުމަށްފަހު ދެ އާކިޓެކްޓުން ދެމީހުން ނިންމަމުންދާ ޕްރޮޖެކްޓުގެ ވާހަކަތައް ދައްކަން ފެށިއެވެ.ކިރާ ވެސް އިތުރަށް މަޑުނުކޮށް ދިޔައީ ވަރުބަލިވެފައި ހުރުމުންނެވެ.
އެރޭ ރޭގަނޑު ކެއުމަށްފަހު ޝަރާ ފިޔަވައި ހުރިހާ އަންހެންވެރިން އައިރާ ކިޔާވަރުން ސައިކަލު ބުރަކަށް ދިއުމާއެކު ލިހުވާން،ލަޔާން އަދި ޝަރީފް ދިޔައީ އެ މީހުން ގެސްޓުހައުސްތައް އެޅުމަށްޓަކައި ޙިޔާރުކޮށްފައިވާ ބިންތައް ބެލުމަށެވެ.ޝަރާ ނިދާފައި އޮތުމުން ޔޫލް ނިންދެވުމަށްފަހު ޔާކިން ކޮޓަރިން ނުކުތެވެ.ސިޓިންރޫމުން ޓީވީގެ އަޑު އިވެމުން ދިޔައިރު އޭނާ ބެލްކަނިން ބޯ ގުދުކޮށް ތިރި ބަލައިލިއިރު ސޯފާގައި ރިމޯޓު އަތައް ލައިގެން އިން ޔޫވިން ފެނުނެވެ.ޔާކިން މަޑު ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ގޮސް ޔޫވިން ގާތުގައި އިށީނެވެ.ޓީވީއަށް ގެއްލިފައި އިން ޔޫވިންއަށް ކައިރީގައި މީހަކު އިންކަން އިހުސާސްނުވުމުން ޔާކިން އޭނާގެ ސަމާލުކަން ހޯދުމަށްޓަކައި ރިމޯޓު ނަގައި ޗެނަލް ބަދަލުކޮށްލިއެވެ.އެޔާއެކު އެއްލިގެންދިޔަ ޔޫވިން ދެބުމަ ގާތްކޮށްލަމުން ތިއީ ކޮން ސަކަރާތެއް ހެއްޔޭ އަހައިލިއެވެ.
“ޔޫން.ކިރާ ކިހިނެތް މި ގޭގަ؟”ޔާކިން ހަވީރުއްސުރެ އޭނާގެ ހިތުގަައި އުފެދިފައިވީ ސުވާލު ޔޫވިންއާއި ކޮށްލިއެވެ.އެޔާއެކު ޔޫވިން ސޯފާގެ މައްޗައް ދެފައި އަރުވައިގެން އިނދެ ކަރުކެހިލަމުން ވާހަކަ ދައްކަން ފެށިއެވެ.”ފުރަތަމަ ސަބަބު،އެއީ އައިރާގެ ބެސްޓް ފްރެންޑް އެންޑް ޝަރީފްބެ އާއި އައިރާގެ އިންވައިޓަށް އެ އައީ އައިރާގެ ވެޑިންގްއަށް.ދެވަނަ ސަބަބު،ބައްޕަ ގެނައި އާކިޓެކްޓް ލަޔާން އެއީ ކިރާއާއި ދެބެއިންގެ ދެދަރި ކުއްޖެއް.ދެން ލަޔާން ،މަންމަ އަދި ބައްޕަ ވެސް ބޭނުމެއް ނުވި ކިރާ އެހެން ގެއެއްގަ މަޑުކުރާކަށް.ތިންވަނަ އަދި އެންމެ މުހިއްމު ސަބަބު،ކިރާއަކީ އޭ.ކޭ ޓްރެވަލްސް ގެ ސީ.އީ.އޯ.އެ ކުންފުނިންވެސް އަހަރެމެންގެ ޕްރޮޖެކްޓުތަކުގަ އެބަ އިންވެސްޓްކުރޭ.ނައު ގިވް ދަ ރިމޯޓް ބެކް”ފަހު ޖުމްލައާއެކު ޔޫވިން ޔާކިންގެ އަތުން ރިމޯޓު ޖަހައިގަނެ ކުރިންވެސް އޭނާ ބަލަން އިން ޗެނަލަށް ބަދަލުކޮށްލިއެވެ.ޔޫވިންގެ ވާހަކަތައް އިވިފައި ޔާކިންގެ އަނގަަައިން ކުޑަ ހިނދުކޮޅަކަށް އިނީ ބަސް ހުއްޓިފައެވެ.ދެލޯ ނާއްޓެއްހައި ބޮޑުކޮށްގެން ހިލައިން ހަދާފައި އިން ބުދެއްހެން އޭނާ އިންނަން ފެށުމުން އޭނާގެ ޙަބަރެއް ނުވުމުން އެ ދިމާލަށް ބަލައިލި ޔޫވިން ހޭންފެށިއެވެ.އެޔާއެކު ޔާކިންއަށް ހަމަބިމަށް އާދެވުނެވެ.
“ބަޓް އައި ތޯޓް ދެޓް ވޯޒް އަ ގަވަރމެންޓް އޯންޑް ކޮމްޕެނީ”ޔާކިންވެސް ޖަވާބުދިނީ ލިހުވާންވެސް ފުރަތަމަ އެ ވާހަކަ އިވުމުން ބުނި ގޮތަށެވެ.”ނާ.ލަޔާން ބުނީ ޝީ ވޯންޓްސް ޓު ބީ ލޯ ޕްރޮފައިލް އޯ ސޯ ގަސްތުގަ ފަތުރާލި ދޮގު ޙަބަރެކޯ އެއީ.މަށަށްވެސް އެނގުނީ ކައިގެ ފަރާތުން.އެ އޮފީހުގަ މަސައްކަތް ކުރާ މުވައްޒަފުންނަކަށް ވެސް ނޭނގެ ކިރާއަކީ ކާކުކަމެއް”ޔޫވިން އެ މީހުން މީޓިންގް ބޭއްްވި ދުވަހު ކަންތައް ވީ ގޮތް ޔާކިންއަށް ކިޔައިދިނެވެ.”އެހެންތަ.އެކަމަކު ޔޫންއަށް އޯކޭތަ ކިރާއާއި އެއްކޮށް ވޯކް ކުރަން؟އެނގިއްޖެދޯ މި ބުނި އެއްޗެއް”ޔާކިން ކަންބޮޑުވެފައި ޔޫވިންގެ ހަރަކާތްތަކަށް ބަލަން އިނދެ ބުންޏެވެ.”އޮފް ކޯސް.މިހާރު އަހަރެމެން ދެމީހުންގެ ދެމެދުގަ އެކަހަލަ އެއްވެސް ގުޅުމެއް އޮތީކީއެއް ނޫނެއްނު”ޔޫވިން ހިތި ހިނިތުންވުމަކާއެކު ބުންޏަަސް އެކަން އެގޮތުގައި އޮވެދާނެކަމާއިމެދު ޔާކިންގެ ހިތުގައި ޝައްކު އުފެދުނެވެ.ނަމަވެސް އޭނާ އެކަމާއިގެން އިތުރަށް ވިސްނަން ނަހަދާ އެތަނުން ތެދުވީ އެ ދެމީހުންނަށް ޓަކައި ހެޔޮ ދުޢާ ކުރަމުންނެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުންގޮސް ކިރާމެން އެ މީހުން އެ ރަށުގައި ކުރަން އައި މަސައްކަތާއިގެން ކުރިއަށް ދިޔައިރު އެ ހަފްތާ ނިމުމާއެކު އައިރާމެން ރަންކިޔުމުގެ ހަފްލާ ބޭއްވިގެން ދިޔައެވެ.
އިރުއޮއްސެމުން ދިޔަ ވަގުތެވެ.ކިރާ ބޭރު ޖޯލީގައި އިންދާ ޔާކިން ޔޫލް ސްކޫލް ފުޓުބޯޅަ މެޗެއް ކުޅުމަށް ފަހު އޭނާ ގޮވައިގެން އައިސް ގެޔަށް ވަނެވެ.ލަޔާން އާއި ޔޫވިން މި ދުވަސްކޮޅު ގިނަ ވަގުތު ހޭދަކުރަނީ ގެސްޓްހައުސްތައް އަޅަމުންދާ ދިމާލުގައި ކަމުން ޔޫލް މިހާރު އަބަދު އުޅެނީ ޔާކިން ފަހަތު އަޅުވާލައިގެންނެވެ.ޖޯލީގައި އިން ކިރާއަށް ނަޒަރެއް ދެމުން ޔާކިން ޔޫލް ގާތުގައި އެތެރެއަށް ވަނުމަށް ބުނެ ގޮސް ކިރާއާއި ޖެހިގެން އެއް ޖޯލި ދޫކޮށްފައި އިށީނެވެ.”ޔޫވިން ކިރާގެ ވާހަކަ އަހަންނަށް ކިޔައިދިން”ޔާކިން މިހެން ބުނުމާއެކު އަނެއް ފަރާތުގައި އިން ކިރާ ސިހިގެން ގޮސް އޭނާއަށް ބަލައިލިއެވެ.
“އަހަންނަށް އިނގޭ ޔޫވިން ކަންތައް ކުރީކީ ރަނގަޅަކަށް ނޫންކަން.ޔޫވިން ދެކެ ކިރާ ލޯބިވީވަރު އޭނާއަށް އިޙުސާސްވީ މާ ފަހުން.އޭނަ ބުނީ ކިރާ ހުރީ އޭނާއާއި ދެ އަނތްބަށް ވެސް އިންނަން ތައްޔާރަށްކަމަށް.އެކަމަކު އަމިއްލަ މޮޔަކަމުން އޭނާއަށް ކިރާ ދޫކޮއްލެވުނީ ކަމަށް އޭނަ އެއްބަސްވި.ކިރާ ދިޔަފަހުން އޭނަ ޝިރުވާއާއި އިނީ އެކަމަކު އެ ކައިވެނި ދަމަހައްޓާކަށް ޝިރުވާ މަސައްކަތެއް ނުކުރޭ.ކައިވެނީގެ މަތީގައި ހުރެ ޝިރުވާ ޔޫވިންއަށް ބޭވަފާތެރިވީ”ޔާކިންގެ ވާހަކަ މިހިސާބަށް ދިއުމާއެކު ކިރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.ޔޫވިން އެ ރަށުގައި ހުރެ ބުނި ފަށުވި އިބާރާތްތަކުގެ މާނަ އޭނާއަށް އެ ދޭހަވީ އަދި ކިރިޔާއެވެ.”އަސްލުވެސްތަ؟އެކަމަކު ޔޫވިން އޭނައާއި ހެދި އުޅުނުވަރުން އަހަރެން ހީކުރީ އެ ވަރުގެ ރަނގަޅު އަންހެނެއް މި ދުނިޔެމަތީގަ ނެތީހެން”ކިރާ ހަމްދަރުދީ އެކުލެވިގެންވީ އެހެންނަަމަވެސް މަލާމާތުގެ ރާގަކަށް ބުންޏެވެ.
“ހިހި.އަހަންނަށްވެސް އަސްލު ޝިރުވާ ކަމުނުދިޔަ.ފުރަތަމަ އޭނާއާއި ބައްދަލުވީ ދުވަހުވެސް އޭނާގެ ފަރާތުން ފެނުނު ބޮނޑާކަމާއި ކިނބުރުވެރިކަމުގެ ސިފަތަކުން އޭނާ ދެކެ ވަރަށް ފޫހިވި.ތެދައް ބުނާނަމަ މި އާއިލާ އެކަކަށްވެސް އޭނާ ކަމެއްނުދިޔަ.އެކަމަކު ޔޫވިންގެ އުފަލަށް ހުރަސް އެޅިދާނެތީވެ މަންމައާއި ބައްޕަ އެ ކައިވެންޏަށް އާނބަސް ބުނީ.ކައިވެނި ކޮށްގެން މި އާއިލާގެ އާދަކާދައާއި އެއްގޮތްވާ ގޮތުގެ މަތީން މަންމަ އެދުނީ ފުރަތަމަ 2 މަސްދުވަސް ފިރިމީހާގެ އާއިލާގެ ގާތުގައި ހޭދަކުރަން.އެއީ ފިރިމީހާގެ އާއިލާއާއި އަނބިމީހާއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އަހަރެންގެ ހޫރު ކާފައިންގެ ޒަމާނުއްސުރެ މި އާއިލާ ތެރޭގައި ކަނޑައެޅިފައި އޮންނަ އުސޫލެއް.އެ ދުވަސްވަރު އަހަރެމެންނަށް އޭނަގެ އަސްލު ސިފަ ދައްކާލީ.މަންމަ އާއި ޝަރާއަށް ބަދިގޭތެރޭ ކަންތަކުގައި އެހީތެރިއެއް ނުވާނެ.ދެން މަންމަ އެކަމާއިގެން ހިތްހަމަ ނުޖެހިގެން އެއްޗެކޭ ބުންޏަސް މާ އިނަސެންޓް ކަމަށް ހެދިގެން ޔޫވިންގެ ކައިރީ ޝަކުވާކުރާނެ.ދެން ޔޫލް އޮޅިގެންވެސް ޔޫވިންގެ ކޮޓަރިއަށް ވަދެއްޖެއްޔާމުން އޭތި ނަގައިފިޔޭ މީތި ނަގައިފިޔޭ ކިޔައި އެ ސޮރާއި ދިމާލަށް ބަވާލާނެ.ދެން ފަހުން ބައްޕަ ހިތްހަމަ ނުޖެހިގެން މަސްދުވަސް ހަމަ ނުވަނީސް ޔޫވިންއަށް އެންގީ އެ ކައިވެނި ދަމަހައްޓަން ބޭނުންވާނަމަ އޭނަ އެދޭގޮތައް އޭނަ ގޮވައިގެން މާލެ ދިއުމަށް”
“މާލެ ގޮސް އެމީހުން އުޅުނީ ޝިރުވާގެ މައިންބަފައިން އޭނާއަށް ހަދިޔާކުރި އެޕާޓްމެންޓެއްގަ.އެ ދުވަސްކޮޅު ޔޫވިންއަށް ލިބުނުހާ އެއްޗެއް އިންވެސްޓުކުރަމުންދިޔައީ ވައި.ފްލައި ކުރިއެރުވުމަށްޓަކައި.ދެން ޝިރުވާގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ބައެއް ފަހަރު އަހަންނާއި ބައްޕަގެ އަތުންވެސް ލޯނުގެ ގޮތުގައި ރުފިޔާ އަތުލާނެ.ދެން އެހެން އުޅެނިކޮށް އަހަރެއް ވީތަނުން އޭނާގެ ކުންފުނި ވަރަށް ފުޅާ ދާއިރާއެއްގައި ކުރި އަރައިގެން ދިޔަ.އެރޭ ޝިރުވާ ގާތުގައި އެ ވާހަކަ ބުނަން އައި ޔޫވިންއަށް ފެނުނީ ޝިރުވާ އެހެން މީހަކާއި އެއްކޮށް އެ މީހުންގެ ކޮޓަރީގައި….ނަމަވެސް ޔޫވިން އޭނާއަށް މަޢާފްކޮށް އެ ވާހަކަ ބުނެފަ ދެން ވެސް ބެލީ ޝިރުވާއާއި އެއްކޮށް އުޅެވޭތޯ.އެފަހުން ޝިރުވާއާއި ދެމީހުން ކުއްޖަކު ހޯދުމުގެ ކުރިން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި ޔޫވިން އަކީ ދަރިބަފައި ނުވާ މީހެއް.
“އެކަން އެނގުނީމަ ޝިރުވާ ވަގުތުން ވަރިއަށް އެދި ގޮވަންފެށީ.ޔޫވިންގެ ސަބަބުން އޭނާގެ ދިރިއުޅުން ހަލާކުވާން ބޭނުން ނޫންކަމަށާއި ދަރިއަކު ނުލިބޭ މީހަކާއެއްކޮށް އުޅުމުގެ ބޭނުމެއް ނެތްކަމަށް ބުނެ އޭނާ ވަރިވާން ފޯމު ނެގީ.ދެން ޔޫވިންއަށް ދަރިން ނުލިބުން އެއީ އޭނާގެ އަމިއްލަ މައްސަލައެއްކަން އިޙުސާސްވެ ޝިރުވާ ދޫކޮށްލީ އޭނާއަށް އުފާވެރި ހަޔާތަކަށް އެދި ދުޢާ ކުރާ ހާލު.އެފަހުން އޭނާ ރަށަށް އައިސް ހުރި ވަރަށް ގިނަ ދުވަސްވަންދެން.އެ ދުވަސްކޮޅު ތެރޭގައި އޭނަ ޓެރަސްގައި އެކަނި ވާހަކަ ދައްކަން ހުންނަ ތަން އަހަންނަށް ވަރަށް ފެނޭ.ދެން އެހެން ވާހަކަ ދައްކާއިރު ވަރަށް އަޑު އިވޭ “ކިޓީއާއި އިނދެވުންނަމަ މިހެން ނުވީސްއޭ ޝިރުވާއަށް ޓަަކައި ކިޓީ ދޫކޮށްނުލެވުނު ނަމައޭ” ކިޓީގެ ނަން ޔޫވިންގެ ދުލުން މާ ގިނައިން އިވޭތީވެ އެއްރޭ އަހަރެން ޔޫވިން އެ ގޮތުގަައި ހުއްޓާ ގޮސް އެހީ “ކިޓީ” އެއީ ކާކުހެއްޔޭ.ދެން ޔޫވިން އޭނަގެ މާޒީ ކިޔައިދިނީ.އަހަންނަށް ކިރާއަކީ ކާކުކަން އެނގުނީ އެ ހިސާބުން”ޔާކިން ބުންޏެވެ.
“އަހަންނަށް ހީވަނީ ޔާންބެ މިހާރު ތި ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަންނޭނގެ.ޔޫވިންއަކީ ކުރީގެ ޔޫވިންއެއް ނޫން.އަދި މި ކިރާއަކީވެސް ކުރީގެ ކިރާއެއް ނޫން.މިހާރު ތި ވާހަކަތައް ދެއްކުމަކުން ބަދަލުވާނެ އެއްވެސް ކަމެއް ނޯންނާނެ”ކިރާ ހިތި ހިނިތުންވުމަކާއެކު ބުންޏެވެ.
“ރަނގަޅު.ޔާންބެވެސް ޤަބޫލުކުރަން މިހާރު މި ވާހަކަތައް ދެއްކުމުގެ މާ ބޮޑު ބޭނުމެއް ނެތްކަން.މާޒީގައި ހިނގާދިޔަ ކަންތައް އެއީ ނުވާކަމަކަށް ނެހެދޭނެ.އެކަމަކު ދެންމެ ތިބުނިގޮތުން ވެއްޖެއްޔާމުން އެތައް ކަމެއް ވަނީ ބަދަލުވެފަ.ޔޫވިންއަކީ ކުރީގެ ޔޫވިންއެއްވެސް ނޫން.އަދި ކިރާއަކީވެސް ކުރީގެ ކިރާއެއް ނޫން.ތި ދެމީހުންނަކީ މިހާރު ކުރިއަށްވުރެ ތަޖުރިބާކާރު ސިކުނޑިތަކެއްގެ ވެރި ދެމީހުން.އެހެންވީމައި ކުރިން ހެދުނު ގޯސްތަކެއް ދެމީހުން ކުރެ މީހެއްގެ ފަރާތުން ތަކުރާރުވެގެނެއް ނުދާނެ.ބުނަން މިއުޅޭ ވާހަކަޔަކީ ތި ދެކުދިން އަލުން ގުޅުނަސް ކުރިން ވަކިވާން ޖެހުނު ކަހަލަ ސަބަބުތަކެއް މެދުވެރިއެއް ނުވާނެއޭ.ކުރިން ތި ދެމީހުން ވަކިވާން ޖެހުނީ ޔޫވިންގެ ނުވިސްނުންތެރިކަމާއި ނުބައި ނިންމުންތަކުގެ ސަބަބުން.އެކަމަކު މިއަދު އަނެއްކާވެސް ތަޤުދީރު ނިޔާކުރިގޮތުން ތި ދެ ކުދިން ތި ތިބީ އަލުން ބައްދަލުވެފަ.ތިމާއާއި އެންމެ އެކަށީގެންވާ މީހާއާއި ނުބައި ވަގުތެއްގައި ދިމާވުން އެއީ ވެދާނެ ކަމެއް.މާޒީގައި ފަހަރެއްގައި ވެދާނެ އެއީ ތިކުދިން ގުޅެންވީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށް.ކިޓީ ވިސްނާލައިފިއްޔާމުން އިނގޭނެ މިހާރު ތި ދެކުދިންނަށްވެސް ދިރިއުޅުމުގައި އޭރު ނޭނގޭ އެތައް ކަމެއް މިހާރު ވާނީ ދަސްވެފައިކަން.ދިރިއުޅުމުގައި ދިމާވާ ކޮންމެ އިމްތިހާނަކާއި ހިތްވަރާއެކު ކުރިމަތި ލުމުގެ ޤާބިލްކަން މިހާރު ދެކުދިންގެ ވެސް ހުންނާނެކަމަށް ޔާންބެއަށް ޤަބޫލުކުރެވެނީ.އެހެންވީއިރު ކޮންމެ ފަދަ ކަމެއް ދިމާވިޔަސް ކެތްތެރިކަމާއެކު ދެކުދިންނަށްވެސް އުފަލުގައި އުޅެވޭނެހެން ބޭބެއަށް ހީވަނީ”ޔާކިން އެ ހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު އޭނާއެކޭ އުމުރުން ދުވަސްވީ ކާފައެކޭ އެއްވަރެވެ.ހުދު ކުލައިގެ ގަމީހަކާއި މުންޑެއް ލައިގެން އަޅިކުލައިގެ އިސްތަށިގަނޑެއް އަޅައިގެން އިން ނަމަ ކާފައަކާއި ވަކިވެސް ނުވާނެއޭ ކިރާގެ ހިތައް އެރުމާއެކު އޭނާއަށް އެތެރެއަށް ހީލެވުނެވެ.
“ޔޫވިން ނުބުންޏަސް އެ ހިތުގައި އަދިވެސް އޮތީ ކިރާގެ ނަންކަން ޔާންބެއަށް އިނގޭ.ޝިރުވާއާއި ދެމީހުން ވަރިވީފަހުން އޭނާ އުޅުނު ގޮތް ދެކުނީ އަހަރެންގެ ދެލޮލުން.އަހަރެން އެ ދުވަސްކޮޅު އޭނަ އެކަނިކޮށްނުލާންވެގެން އެ ކޮޓަރީގައި ނިދި އިރު ޔޫވިން ނިދީގައި އޮވެ ވެސް ކިޓީގެ ނަން އެވަރަށް ގޮވާނެ.ތިނަދޫއަށް ގޮސްގެން އެހާވަރަށް ހޯދަންވެސް އުޅުނު.އެންޑް ޝިރުވާ ވަރިކުރިފަހުންވެސް އޭނާގެ ހަޔާތައް އެހެން އަންހެނަކު ނުގެންނަން އެހެރީ ކޮންމެހެން ޝިރުވާ ދެކެ ލޯބިވާތީކީއެއް ނޫން.ނޫނީ ދަރިބަފައި ނުވާތީކީ އެއްވެސް ނޫން.އެހެންނޫނަސް މި ޒަމާނުގައި ތަނަވަސްކަން ހުރި މީހަކަށް ރާއްޖެއިން ބޭރަށް ގޮސް އެކަމަށް އެކަށީގެންވާ ފަރުވާ ހޯދުމަކީ އުނދަގޫކަމަކަށް ނުވާނެ.ޔޫވިންގެ ފައިސާގެ ދަހިވެތިކަމުގަވެސް އޭނާއާއި އިންނާނޭ އެތައް އަންހެނުންނެއް ވާނެ.ނަމަވެސް ޔޫވިން އެ އުޅެނީ ކިރާ ނުލިބުނީމަ އެކަމުގެ ހިތާމައިގަ.މިއަދު ޔޫވިންއަށް ވިސްނޭނެ ކިރާ އޭނާ ދެކެ ވީ ލޯބި އެހެން އަންހެނަކަށް ދުވަހަކުވެސް ނުވެވޭނެކަން.ދެން އެފަދަ ލޯތްބެއް ނުލިބޭނޭކަން އެނގިހުރެ އެ ލޯތްބައްޓަކައި އޭނާގެ މުޅި އުމުރު ހުސްކޮއްލަންވެސް ތައްޔާރަށް އެ ހުރީ” ޔާކިން ނުހަނު އަސަރާއެކު އޭނާގެ ވާހަކަ ނިންމާލިއިރު ކިރާ ފެންކަޅިވެގެން ދިޔައެވެ.އިތުރަށް ދައްކާނެ ވާހަކައެއް ނުވިސްނުމުން ކިރާއަށް ނެގިމަޑުވެފައި އިދެވުނެވެ.
“ޔާންބެ އުއްމީދުކުރަން ކިރާ މި ދެއްކި ވާހަކަތަކާއި މެދު ވިސްނާނެކަމަށް”ކިރާގެ ފަރާތުން ޖަވާބެއްް ނައުމުން ޔާކިން ޖޯލިން ތެދުވެ ކިރާގެ ބޮލުގައި ފިރުމާލުމަށްފަހު އެތެރެއަށް ވަނެވެ.ޔާކިން ދެއްކި ވާހަކަތަކާއި މެދު ވިސްނަން އިން ކިރާއަށް ކުއްލި ސިހުމެއް ލިބުނީ އޭނާގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ.ސްކްރީނަށް އަރާފައި އިން ނަންބަރު ފެނުމުން އޭނާގެ ހިތް ތެޅިގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ.އެއީ ކަމެއް ގޯސްވެގެން ނޫނީ އެ ނަންބަރުން އޭނާއަށް ނުގުޅާނެކަން އިނގޭތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Kira and yoovin gulhuvachey
Yaakin e ebunee rangalhu vaahaka eh yoovin ah dhevana chance eh dheyn fehnani
Anehka kaaku baa e gulhee
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍