ފިނި ހިތް 16
ޔަޝްމާ އޭނާގެ މާޒީ ކިޔައިދެމުން ދިޔައިރު ކިރާ އިނީ ކަނުލާ އަޑުއަހާށެވެ.އޭނާގެ މޫނުމަތިން ޝަޢުޤުވެރިކަން ފެންނަން ހުރި އިރު އެއީ އޭނާއަށް އަލަށް އަޑުއިވުނު ވާހަކަތަކެއް ނޫންކަން އެ މޫނަށް ބަލައިލި މީހަކަށް ނަގައެއްްނުގަނެވޭނެއެވެ.ޔޫވިންގެ ފަރާތުން އެ ވާހަކަތައް ކުރިން އެނގިފައިވުމުން ޔަޝްމާ އެ ދެއްކި ވާހަކަތަކުގެ ތެރެއިން ބައެއް ވާހަކަތަކަކީ އޭނާއަށް އާ ވާހަކަތަކެއް ނޫނެވެ.
ލަޔާންގެ ފަހަތުން ގަސްގަނޑުގެ ތެރެއަށް ވަދެގެން ދިޔަ ޔޫވިންއަށް އޭނާ އެ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ކޮންމެވެސް ވަރަކަށް ފަހުމް ވިއެވެ.ނަމަވެސް އެއްޗެކޭ ނުބުނެ ހުރީ ލަޔާން އަމިއްލަޔަށް ވާހަކަ ދައްކަންދެނެވެ.ހިމޭނުން ހުރެ ހިނގަމުން ގޮސް ލަޔާން ހުއްޓުނީ ގަސްތަކުގެ ތެރޭ އިށީނދެވޭ ގޮތައް ހަދާފައި އިން ބެންޗެއް ކައިރީއެވެ.ބެންޗުގައި އިށީންނަމުން އޭނާ ޔޫވިންއަށް އިޝާރާތްކޮށްލުމާއެކު އޭނާވެސް އިށީނެވެ.”އިނގޭ ދޯ އަހަންނަކީ ކިރާގެ ކާކުކަން؟”ލަޔާން ރަޝިއާ ބަހުން ބުނުމާއެކު ޔޫވިން ބޯ ޖަހައިލިއެވެ.”އާނ.އެންޑް އައި ނޯ ތިއީ ކިޓީގެ ހުރިހާ ސިއްރެއްވެސް އިނގޭ މީހެއްކަން”ޔޫވިން ބުންޏެވެ.”ކިރާ އެ ޑައިރީ ލިޔުނު އިރު އޭނަގެ ހާލަތު ހުރިގޮތް އިނގޭތަ؟އެއިރު އޭނާ އެއީ ދުވަހަކު އުފަލެއް ލިބުނު މީހެއް ހެނެއް ހިޔެއް ނުވޭ.ނަރވަސް ބްރޭކްޑައުން ވެގެން ތި ދެމީހުންގެ ދަރިފުޅު އެބޯޓްވި ދުވަހު ކިރާ ހާދަވަރަކަށް ރުޔޭ.އެފަހުން ވަރަށް ސީރިއަސް ޕެނިކް އެޓޭކްތަކާއި އެންޒައިޓީ އެޓޭކްތައް ވެސް ޖެހޭނެ.އަހަރެން އޭނާ ބެހެއްޓީ އަހަރެންގެ މަންމަ އާއި ބައްޕައަށް ވެސް ނޭނގި މޮސްކޯގަ ހުރި އަހަރެންގެ ޕެންޓަހައުސްގަ.އެއީ ކިޓީ ރަޝިއާަގަ ހުރިކަން އެނގިއްޖެނަމަ އަހަރެންގެ މަންމަ އާއި ބައްޕަ ކިޓީ އަހަރެމެން ގޭގައި ބަހައްޓަން މަސައްކަތް ކުރާނެތީ .އެއިރު ކިޓީ ހުރީކީ އެއްވެސް މީހަކާއި ކުރިމަތިލެވޭނޭ ވަރުގެ ހާލަތެއްގައެއް ނޫން.އިޓް ޓޫކް ހަރ އަ ލޮޓް އޮފް ވޯކް ފޯރ ހަރ ޓު ގެޓް ޓު ވެއަރ ޝީ އިޒް ނައު އެންޑް ރަނގަޅު ވެގެން މި ދިޔަ އަހަރު ހުޅުމާލެ ބަދަލުވީ މަންމަ ކިޓީއަށް އެ އެޕާޓްމެންޓް ކޮމްޕްލެކްސް 23 އަހަރު ފުރިގެން ހަދިޔާއަކަށް ދިނީމަ. ދެން އެފަހުން ޗުއްޓީއަށް ރަޝިއާއަށް ގޮސް ހުއްޓާ އަހަރެންގެ ބައްޕަ މަރުވީމަ އަނެއްކާ ސަކަރާތް ވީ”
“ކިޓީ ވޯޒް ލައިކް އަ ޑޯޓަރ ޓު މައި ޕޭރެންޓްސް.އެސްޕެޝިއަލީ މައި ޑޭޑް.އެންޑް ޑޭޑް ގެ އެންމެ ފަހުގެ ވަސިއްޔަތަކީ މޯމް އެންޑް ކިޓީ ވަރަށް އުފަލުގަ ގެންގުޅުން.އެއްރޭ ކިޓީ ރޯތަން ޑޭޑްއަށް ފެނުނީމަ ވަރަށް ދެރަވެފަ އެ ވާހަކަ ދެއްކީ.އަހަރެންގެ މަންމައާއި ބައްޕަގެ ކުރިމަތީގައި އިހުސާސްތައް ކޮންޓްރޯލްކުރަން ކިޓީ ވަރަށް މަސައްކަތް ކުރި އެކަމަކު ބައެއްފަހަރު ކޮންޓްރޯލުން ނައްޓާނެ.އެންޑް އެ ދުވަހު ޑޭޑްއަށް އެނގުނީ ކިޓީ ކްލިނިކަލް ޑިޕްރެޝަންއަށް ޑައިގްނޯޒް ކުރެވިފަައިވާކަން.އެކަން ސިއްރުކުރީތީ އަހަރެން ދެކެވެސް ހުރީ ހިތްހަމަ ނުޖެހިފަ.އަހަރެން ބައްޕަ ކައިރީ ބުނީ އެއީ ކިޓީ މާ ބުރަކޮށް މަސައްކަތް ކުރާތީކަމަށް އަދި އަހަރެމެން ކޮލެޖުގަ ކިޔަވަން އުޅުނު މީހަކާއި ކިޓީ ރައްޓެހިވެފަ ބްރޭކް އަޕް ވީ ކަމަށް ހަދާލީ.ނަސީބަކުން ހީ ބިލީވްޑް އިޓް އެންޑް ޓޯލްޑް ހަރ ޓު ވެއިޓް އެޓް ރަޝިއާ.ދެން އެހެން ހުއްޓާ ކުއްލިއަކަށް ސްޓްރޯކެއް ޖެހިގެން ޑޭޑް މަރުވީ.އެ ޙަބަރު ލިބުމުން މަންމައަށް ހާޓް އެޓޭކެއް ޖެހުނީމަ ކިޓީ އަށް ކިރިޔާ އެންޒައިޓީ އެޓޭކެއް ނައީ އެކަމަކު ކިޓީ ވަރަށް މަސައްކަތްކުރި އަހަރެމެންނަށް ޓަކައި ހިތްވަރުކުރަން.އަހަރެންގެ މި ދެލޮލުން ދުށީ ޔޫވިން އޭނަ ދޫކޮށްލުމުން ކިޓީ އުޅުނު ހާލު.އެފަހުން ކިޓީ ރަނގަޅުވީ ވަރަށް މަސައްކަތުން.އެހެންވީމަ އަހަރެން ބޭނުމެއް ނޫން ޔޫވިންގެ ސަބަބުން އަހަރެންގެ ކޮއްކޮގެ ލޮލުން އިތުރަށް އެންމެ ކަރުނަތިއްކެއްހާ ހިސާބުވެސް ވެއްޓޭތަން ބަލާކަށް”ލަޔާން ބެންޗުން ތެދުވަމުން ބުންޏެވެ.
“ސޯ ރަނގަޅުވާނީ ކިޓީ އާއި ވީހާވެސް ދުރުން އުޅުނިއްޔާ.މިހާރު ތި ދެމީހުންގެ މެދުގަ އެއްވެސް ގުޅުމެއް އޮތިއްޔާމުން އޮންނާނީ ވިޔަފާރީގެ ސަބަބުން.އެންޑް އަހަރެން އުއްމީދުކުރަން މިއަދު ދޯނިން ފޭބިއިރު ފެނުނު ކަހަލަ މަންޒަރެއްް ޔޫވިންގެ ފަރާތުން ދެން ނުފެންނާނެ ކަމަށް”ލަޔާން ބުންޏެވެ.
”އައި އަންޑާސްޓޭންޑް އެންޑް އައި ރެސްޕެކްޓް ޔުއަރ ވޯޑްސް ބިކޯޒް ޔޫ އަރ އޯލްޑަރ ދޭން މީ.އެކަމަކު އަހަރެން ދޮގެއް ނަހަދާނަން.އައި ލަވް ކިރާ.އައި އޯލްވޭސް ޑިޑް.ލަޔާންއަކީ ވެސް ފިރިހެނަކަށް ވީމަ އަހަންނަށް ހީވަނީ އަހަރެން މި ބުނީ ކީކޭކަން ގެޓު ވާނެހެން”ޔޫވިން އެންމެ ފަހުން ބުނި ޖުމްލަ އިވިފައި ލަޔާންގެ ނިތައް ރޫގިނަވެގެން ދިޔައެވެ.”ބަަލަ 4 އަނބިން ހުއްދައޭ ކިޔާފަ އޭގެ މާނައެއްނޫންދޯ އެ ތަނުން އެކަކުގެ ދިރިއުޅުން ހަލާކުވާހެން އުޅުން.އަހަރެންވެސް ޤަބޫލުކުރަން ފިރިހެނުންގެ ޡޮބީޢި ސިފައެއް ވީމަ އެކަކަށް ވުރެ ގިނަ އަންހެނުންދެކެ ލޯބިވެވުމަކީ ވެދާނެ ކަމެއްކަން.އެކަމަކު އެ އެންމެންގެ ތެރޭގައި ޢަދުލު އިންސާފު ޤާއިމު ކުރެވުމަކީ ނާދިރު ކަމެއް.ޔޫވިން ބުނެބަ ޔޫވިންގެ ހިތުން ޝިރުވާއަށް ދެވުނު މަޤާމް ކިރާއަށް ދެވުނުތަ؟ތި ދެމީހުން ރައްޓެހިވެގެން އުޅުނު އިރު ކިރާއަށްވެސް ޔޫވިންގެ ޖީ.އެފްގެ ދަރަޖަ ލިބުނުތަ؟ޝިރުވާ ދެކެ ލޯބިވީވަރަށް ކިރާ ދެކެ ލޯބިވިންތަ؟”ލަޔާންގެ ސުވާލުތައް އަހާފައި ޔޫވިން އިސްޖަހާލިއެވެ.
“އަހަންނަށް ކިރާ ޔޫސްކުރެވުނީ.އަހަންނަށް އިނގުން ކިރާ އަބަދުވެސް އަހަރެން ދެކެ ލޯބިވާކަން.އަހަރެން ބުނިހާ ކަމެއްް ބުނި ވަގުތަކު ކޮށްދޭނެ.އަހަންނަށް ޓަކައި އެތައް ރެއެއްގެ ނިދިވެސް އޭނަ ނަގާލި.އަހަރެން އޭނާގެ އެތައްހާސް މެސެޖަކަށް ޤަރުނެއް ފަހުން ރިޕްލައި ދިނަސް އަހަރެންގެ މެސެޖުތަކަށް އޭނާ ވަގުތުން ރިޕްލައި ކުރާނެ. އަހަރެން ވާހަކަ ދައްކަން ބޭނުންވާހާ ހިނދަކު ބިޒީ ނަމަވެސް އަހަންނަށްޓަކައި ވަގުތު ހުސްކުރާނެ.އަދި އެހާ ކެތްތެރިވެފައި ހިތްހެޔޮ ވެސް ވާނެ.ކިރާގެ ފަރާތުން މެދުކެނޑުމެއްނެތި މި ފަދަ ސިފަތައް ފެނިގެން ދިއުމުން އަހަރެން ހީކުރީ އޭނާގެ ހިތުގައި އަހަންނަށް ޓަކައި އޮތް ލޯބި ދެގޮތެއް ނުވެ ދެމިއޮންނާނެކަމަށް.އެހެންވެ އަހަރެން ކިރާއާއިގެން އެހާ ވަރުން ނޫޅުނީ އޭނާއަށް ކޮންމެފަދަ ގޮތެއްވިޔަސް އަހަރެން ދޫކޮށްލާފައި ދާން ނުކެރޭނޭ ކަމަށް ހީކޮށް.
އެޔާ ޙިލާފަށް ޝިރުވާ އެއީ ކިރާގެ އިދިކޮޅު.ޝީ ވޯޒް ގުޑް ބަޓް ކިރާގެ ފަރާތުން އަހަންނަށް ލިބުނު ލޯތްބާއި އަޅާލުމެއް އަހަރެން އޭނައާއި ރައްޓެހިވެގެން އުޅުނު އިރުވެސް ނުލިބޭ.އެހެންވެ އަހަރެން ބިރުގަތީ އޭނަ ގެއްލިދާނެކަމަށް އެހެންވީމަ ކިރާއަށް ވުރެ ބޮޑަށް އަހަންނަށް އޭނައާއި މެދު އަޅާލެވުނީ އެއީ އަހަރެންގެ ފަރާތުން އޭނާއަށް ލިބޭ އަޅާލުމާއި ލޯބި އިތުރުވެއްޖެނަމަ އޭނަ އަހަރެން ދޫކޮށް ނުދާނޭހެން އަހަންނަށް ހީވުމުން.އެހެން އުޅުމުގެ ތެރޭގަ އަހަންނައް އިނގުން ކިރާގެ ހިތައް އަނިޔާވަމުން ދިޔަކަން އެކަމަކު އޭނަ އެކަމެއް ނުދައްކާ.އަހަރެން ދެކެ ލޯބިވީވަރުން ދެ އަނތްބަށް އިންނަންވެސް އެއްބަސްވީ.ދެން ކިރާ ޕްރެގް ވީ ފަހުން ކަންތައް ވެގެން ދިޔަ ގޮތް އިނގެއެއްނު.އައި ލެފްޓް ހަރ ސޭއިންގް ދެޓް މައި ހޯލް ލައިފް ވިލް ބީ ރުއިންޑް.އަހަރެން 20 އަހަރު ވީތަނުން ޝިރުވާއާއި އިނިން ބަޓް ޝީ ޗީޓެޑް އޮން މީ.އެ ދުވަހު އަހަންނަށް އިޙުސާސްވީ އޭނާއާއި ކައިވެނި ކުރުން އެއީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯސްކަން.އެކަމް ދެންވެސް އަހަރެން ބެލިން އޭނައަށް މަޢާފްކޮށް އޭނައާ އެއްކޮށް އުޅެވޭތޯ ބިކޯޒް ރައްޓެހިވެގެން އުޅުނު އިރު އައި ވޯޒް އޯލްސޯ ޗީޓިންގް އޮން ހަރ ވިތް ކިރާ ބަޓް…..”ޔޫވިންގެ އަޑު ކުރެހުނެވެ.
“އޭގެ އިތުރުން އަހަންނަކީ މިހާރު ދަރިބަފައި ނުވާ މީހެއް.އެހެންވީމަ އަހަރެން ވަރަށް ހިތާމަކުރިން ކިރާއާއި އަހަރެންގެ ދަރިފުޅު ގެއްލުނީމަ.ކިރާ ނޫން އެހެން މީހަކު އިޙުތިޔާރުކުރެވުނީތީ މިއަދު އަހަރެން ދެރަވޭ.އަހަންނަށް މަޢާފް ކުރޭ”ޔޫވިން އިސްޖަހައިގެން އިންގޮތައް އިނދެ ބުނުމުން ލަޔާންގެ ހިތުގަައި ޔޫވިންއާއި މެދު ހަމްދަރުދީ އުފެދުނެވެ.ޔޫވިންގެ ހަރަކާތްތައް ހުރިގޮތުން އޭނާ އެ ހެދީ ދޮގެއް ނޫންކަން ލަޔާންއަށް ޔަޤީންވިއެވެ.ނަމަވެސް ދެވަނަ ފަހަރަށް ޔޫވިން ކިރާގެ ހަޔާތައް އައިސިއްޔާމުން އަނެއްކާވެސް ކަމެއް ގޯސްވެދާނެ ކަމުގެ ބިރު އޭނާގެ ހިތުގަައި އޮތެވެ.އެހެންވެއްޖެނަމަ ދެން ކަންތައް ވެގެންދާނެގޮތް އަންދާޒާ ކޮއްލަންވެސް ދައްޗެވެ.
“އަހަރެން ޔޫވިންއަށް މަޢާޕް ކުރާނީ ކިރާ ޔޫވިންއަށް މަޢާފް ކުރި ދުވަހަކުން.ކިރާ އަހަރެންގެ ކޮއްކޮއަށް ވިއެއްކަމަކު ނުބުނާނަން އެކަމުގައި ކިރާގެ ކުށެއް ނެތޭ.ކުރިކަމެއް ކުރީ ތި ދެމީހުން ވެގެން.އެކަމަކު ޔޫވިން ކިރާގެ ހިތް ހަލާކުކޮށްލާފަ އަދި ނުވީތާކަށް ޔޫވިންގެ ދަރިއަކަށް ބަލިވެ އިންދާ އެ ދެމައިން އެ ހާލަށް ދޫކޮށްލީމަ ޔޫވިންއަށް އެ ކަންތައް ކުރެވުނީކީ ރަނގަޅަކަށް ނޫން.ދޫކޮށްލިއިރު ދޫކޮށްލީވެސް އެހެންމީހަކަށްޓަކައި.ކިރާ ޔޫވިންއަށް މަޢާފް ކުރޭތޯ ދުޢާ ކުރޭ”ލަޔާން މިހެން ބުނެ އިތުރަށް މަޑުނުކޮށް އެމީހުން އައިކޮޅަށް ހިނގައިގަތެވެ.އެއިރު ޔޫވިން އަދިވެސް އެ އިން ގޮތައް ގަބުވެފައި އިނެވެ.
ޖެހިގެން އައި ދުވަހު އެންމެ ފުރަތަމަ ހޭލެވުނީ ޔަޝްފާއަށެވެ.އޭނާ އަންހެންވެރިން ނިދާފައި ތިބި ކޮޓަރިން ނުކުމެ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހިއިރު ފިރިހެންވެރިން ތިބި ކޮޓަރީގެ ދޮރު ހިންމިއަކަށް ހުޅުވައިގެން އެ މަންޒަރު ބަލަން ހުރި ލަޔާން ސިއްރު ފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުމެގެން ގޮސް ޔަޝްފާއަށް ނޭނގި އޭނާގެ ފަހަތުގައި ޖެއްސިއެވެ.އެ ވަގުތު ކޮފީ ގިރަން ފެން ހޫނުކުރަން ހުރި ޔަޝްފާ އަނެއް ފަރާތައް އެނބުރުމާއެކު ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ.ނަމަވެސް އޭގެ ކުރިން ކުރިމަތީގައި ހުރި ލަޔާން އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ.”އާހް.ގޯޑް ވަރ ޔޫ ސްޕައިންގް އޮން މީ؟ގާލްފްރެންޑެއް ހުއްޓާ އެހެން އަންހެނުން ފަހަތުން އައުން އެއީ ރަނގަޅު ކަމެއް ނޫން.ކިރާއަށް އެނގިއްޖެއްޔާ ރުޅި އަންނާނެ”ލަޔާން އޭނާ ހަމަޖެހުމުން އަނގަމަތިން އަތް ނެގުމާއެކު ޔަޝްފާ ލޯ ހަނިކޮށްލަމުން ބުންޏެވެ.އެޔާއެކު ލަޔާން މިއޮތް ހުރިހާއިރު ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ.”ބަލަ ދެލޯފުޅާ.ކިރާ އެއީ މަގޭ ޖީއެފް އެއް ނޫނޭ.ދެޓްސް މައި ފަސްޓް ކަޒިން.ކާކު ރަށުތެރޭ ފަތުރަައިގެން އުޅޭ ދޮގު ޙަބަރެއްތަ އެއީ؟ހަމަ ގައިމުވެސް އަހަންނެއް ނުބުނަން އެއްވެސް މީހެއް ކައިރީ އެއީ މަގޭ ޖީ.އެފް އޭ” ލަޔާން ހުނުން މަތަކުރަން މަސައްކަތް ކުރަމުން ބުންޏެވެ.ނަމަވެސް ޔަޝްފާ ހުރިގޮތުން އޭނާއަށް އިތުރަށް ހެވުން ނޫން ކަމެއް ނުވިއެވެ.ޔަޝްފާ އެއް އަތް ދަތްދޮޅީގައި ވިއްދައިގެން ހުރެ ދެކޮޅު ދެކޮޅަށް ހިނގަމުން ހަމައެކަނި އޭނާއަށް އިވޭވަރަށް އެއްޗެސްތަކެއް ކިޔަމުން ދިޔައެވެ.ހަޤީގަތުގައި އޭނާ ވިސްނަމުން ދިޔައީ އެ ދެމީހުން އުޅެނީ ރައްޓެހިވެގެންހެން ހީވާންވީ ސަބަބުތަކާއި މެދުއެވެ.
“ދެން އެހެން ވީއިރު ވައި އާރ ޔޫ ގައިސް ލަައިކް ކްލޯޒް؟އައި މީން އަންހެން ކަޒިންއަކަށް ވެފަ ޔޫނޯ ވަޓް އައި މީން؟”ޔަޝްފާ އެހެން އެހުމާއެކު ލަޔާން މޫނުމައްޗަށް ސީރިއަސްކަން ގެންނަމުން ވާހަކަ ދައްކަން ފެށިއެވެ.”ކިރާ އިޒް މައި އޮންލީ ލިޓްލް ސިސް.އަނެއްހެން ބުނާނަމަ އަހަރެންގެ ފެމެލީގަ ހުރި ހަމަ އެކަނި އަންހެންދަރިފުޅު.އަހަރެންގެ ބައްޕަ އަކީ ބައްޕަ ހަނދާންހުންނަން ފެށީއްސުރެވެސް ރަޝިއާގެ ޔަތީމުޙާނާއެއްގަ އުޅެ ބޮޑުވި މީހެއް.އެހެންވީމަ ބައްޕަ ފަރާތު އާއިލާގަ އެއްވެސް މީހެއް ނުހުރޭ ނޫނީ ނޭނގޭ ހުންނަކަމެއްވެސް.ދެން ބައްޕަ އަކީ މަައި މޯމް އާއި ދިމާވަންދެން ކްރިސްޓިއަންއެއް.ހީ ސެއިޑް ދެޓް ހީ މެޓް މައި މޯމް ފްރޮމް ތިނަދޫ ހޫ އިޒް ކިރާގެ އާންޓް ވެން ޝީ ވެންޓް ޓު ސްޓަޑީ އާރކިޓެކްޗަރ އެޓް ދަ ސޭމް ކޮލެޖް ހީ ވޯޒް އިން.އެއް ކޯހެއް ދެމީހުންވެސް ހެދީ.ސޯ ޔޫނޯ…ދެން ދެމީހުން ރައްޓެހިވީ އިރުވެސް އިނގޭނެދޯ ދެ ދީނެއްގެ ދެމީހުން ކަން.އެކަމަކު ދެމީހުންވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވީ އެހެންވެ ދެމީހުން އެކަކު އަނެކަކާ އެއްކޮށް ދެމީހުންގެ މުސްތަޤުބަލް ބިނާކުރަން ބޭނުންވި.ދެން ޑޭޑް މޯމްއަށް ޕްރޮޕޯސް ކުރީ.ޕްރޮޕޯސް ކުރީމަ މޯމް ފުރަތަމަ ރުއީ އެންޑް ސެއިޑް ޝީ ކާންޓް މެރީ ހިމް ކަޒް ހީ އިޒް އަ ކްރިސްޓިއަން އެންޑް މުސްލިމް އަންހެނަކަށް ޢައިރު މުސްލިމް ފިރިހެނަކާ ނީނދެވޭނެއޭ.ދެން ޑޭޑް ވަރަށް ވިސްނާފަ ބުނީ އިސްލާމްވާން ބޭނުމޭ ދެން މޯމް ޝަހާދަތް ލައިދީ ހުރިހާ ކަމެއް ކުރީ.ދެން ބައްޕައަށް މަންމަ ދިން ނަމަކީ އުސްމާން.މަންމަ ފަރާތު ފެމެލީގަ ހަމައެކަނި ހުންނާނީ ތިނަދޫގަ އުޅޭ މަންމަގެ އެއްބަޑު އެއްބަފާ ކޮއްކޮ މައި އަާންޓް އަމްނާ އެންޑް ހަރ ހަޒްބެންޑް ކައިޔަން.ކިރާ އެއީ އަމްނާ އާންޓް އެންޑް ކައިޔަން އަންކަލްގެ ދަރިއެއް.ކިރާގެ ފެމެލީގަ ވެސް އަހަރުމެން ފިޔަވާ ދެން ތިބޭނީ ކައިޔަން އަންކަލް ގެ ތިމާގެ މީހުން.މަންމަ ފަރާތު ބަޔަކަށް ތިބޭނީ އަހަރުމެން އެކަނި ސޯ ޝީ އިޒް ލައިކް އަ ޑޯޓަރ ޓު މައި ޕޭރެންޓްސް ބިކޯޒް ދޭ ނެވަރ ހެޑް ވަން.ޝީ ވޯޒް މޯރ ކްލޯޒް ޓު މައި ޕޭރެންޓްސް ދޭން މައި އާންޓް އެންޑް އަންކަލް ސޯ ޝީ އިޒް މޯރ ލައިކް އަ ސިބްލިންގް ޓު މީ ދޭން އަ ކަޒިން”
ލަޔާންގެ ވާހަކައިން ޔަޝްފާގެ ހިތައް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.ކިރާ އެއީ ހަޤީގަތުގައިވެސް ލަޔާންގެ ލޯބިވެރިއާ ކަމަށް ހީކުރެވުމުން އަމިއްލަ ނަފްސާއި ދިމާލަށް އަޑުލެވުނެވެ.”ޔަޝްފާއަށް ކިތައް އަހަރު؟”ލަޔާން ޖޯޑަކަށް ޔަޝްފާ ކެއްކި ފެންއެތިން ފެންއަޅަން ހުރެ އެއްސެވެ.”މި އަހަރު 20 ވާނެ.ލަޔާންއަށް ކިތައް އަހަރު؟”ޔަޝްފާ ބުންޏެވެ.”ޔަޝްފާގެ އުމުރަށް އަދި 6 އަހަރު އިތުރުކޮށްލާ”ލަޔާން ސަކަ ގޮތަކަށް ބުނުމާއެކު އޭނާއަށް މިއީ 26 އަހަރުކަން ޔަޝްފާއަށް ދޭހަވިއެވެ.”ލަޔާންގެ މަންމައެއް ނޭނގެ ބަޓް ޑޭޑްގެ ވާހަކަ އަހަރެންގެ ބައްޕަ ވަރަށް ދައްކާނެ.އުސްމާންބެ މިހާރު ކޮބާ؟”ޔަޝްފާ މިފަހަރު ކުރި ސުވާލުން ލަޔާންގެ ތުންފަތްމަށްޗައް ވެރިވީ ހިތި ހިނިތުންވުމެކެވެ.”ޑޭޑް މިހާރު ނެތް މި ދުނިޔެއަކު.ހީ ޑައިޑް ލާސްޓް އިޔާގަ ސްޓްރޯކެއް ޖެހިގެން”ލަޔާން ފުންނޭވައެއް ދޫކޮށްލަމުން ޖަވާބު ދިނެވެ.”އޯ މައި ގޯޑް އައި އޭމް ސޯ ސޮރީ”ލަޔާންގެ ޖަވާބު އިވިފައި ޔަޝްފާ އެ ސުވާލުކުރެވުނީތީ ދެރަވިއެވެ.”އިޓްސް އޯކޭ.ކޮންމެ މީހަކަށްވެސް އަންނާނޭ ދުވަހެެއްނު”ލަޔާން މިހެން ބުނުމާއެކު ޔަޝްފާ ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.
އެ ދުވަހު ހެދުނުން ފެށިގެން ހަވީރާއި ޖެހެންދެން އެ މީހުން ތިބީ އެ ރަށުގައެވެ.ހަވީރު އަތައް އެޅުމުން އެންމެން އެއްކޮށް މޫދައް އެރި މަޖާ ކުރުމަށްފަހު އެ ރަށުން ފުރީ 4 ޖެހިއިރުއެވެ.އެނބުރި ފަރެސްމާތޮޑާއަށް އާދެވުމާއެކު ކިރާމެން ޔޫވިންގެ ގެޔަށް ދިޔައިރު އައިރާ އާއި އާރާޝްމެންވެސް އެ މީހުންގެ ގެތަކަށް ދިޔައެވެ.
ޕިކަޕުގައި ގެޔަށް އާދެވުމާއެކު އެންމެ ފުރަތަމަވެސް ގޭ ދޮރޯށިން އެތެރެވީ ޝަރާއެވެ.ކުރިއެކޭ އެއްފަދައިން ދޯނިން ފޭބުމާއެކު ބޯއަނބުރާހެން ހީވާތީވެ އޭނާ ބޭނުންވީ ވީ އެންމެ އަވަހަކަށް ގޮސް ފެންވަރައިގެން ނިދާލާށެވެ.ނަމަވެސް ސިޓިންގް ރޫމުގެ ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Kira and yoovin v gulhey
They both are made for each other
Yasfa and layaan gulhuvachey
Anehka Kon kahala manzareh baa fenuni
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciateyour hard work
Kithamme lahun kiyaalan libunas Shakuvaa eh
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍