Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފިނި ހިތް 15

-----queen----- Level 1
August 23, 2024 6 Mins Read
1 Comment

ނޯޓް:ވާހަކައިގެ ޑައިލޮގުތައް އިނގިރޭސިން ގެނެސްދީފައި ހުންނާތީ ކިޔުންތެރިންގެ ފާޑުކިޔުންތަކުގެ ސަބަބުން ވާހަކައިގެ މި ބައިން ފެށިގެން އަޅުގަނޑަށް ވީ ވަރަކުން ޑައިލޮގުތައް ދިވެހިން ގެނެސްދެވޭތޯ މަސަތްކަތްކުރާނަން އިންޝާ الله.އަސްލު އަޅުގަނޑަށް ދިވެހިބަހުން ޑައިލޮގްތައް ގެންނަން އުނދަގޫވާތީވެ އެހެން ގެނެސްދީފަހުރީ😅

އިރުކޮޅެއް ފަހުން 4 ޒުވާނުންވެސް ބޮޑެތިމީހުންނަށް އަންގާލުމަށްފަހު ރަށުތެރެއަށް ވަދެގެން ދިޔައެވެ.އާރާޝް ކުރީގައި ހުރެ ވާހެދިފަައިވާ މަގުތަކުން ކުރިއަށް ދިޔައިރު ޔޫވިން މީގެ ކުރިން އެ ގަސް އެތަނެއްގައެއް ނުހުންނާނެއޭ އެހެރަ ރުއް ވަރަށް ކުޑަވާނެއޭ ކިޔައި އެ މީހުން ކުޑަ އިރު އެ ރަށް އޮތް ގޮތާއި މިހާރު އޮތްގޮތާއި އަޅައި ކިޔަމުން ދިޔައެވެ.އާރާޝްވެސް ޔޫވިން ދައްކަމުން ދިޔަ ވާހަކަތަކާއި އެއްބަސްވަމުން ދިޔައިރު ކިރާމެން ތިބީ އެހެން ހެއްޔޭ ކިޔާލަ ކިޔާލައެވެ.

އާރާޝް ރަށުގެ މެދު ކަމަށް ބުނި ކުޅިއާއި ހިސާބަށް އާދެވުމުން އައިރާ ލަދުން ހުރެ ޕްރައިވެސީ ބޭނުންވާ ވާހަކަ ބުނުމުން ކިރާ އާއި ޔޫވިން ވެގެން އެ ދެމީހުންނާއި ދިމާކުރަން ފެށިއެވެ.”މިއޮތްފަދަ ތަނުގަ ޕްރައިވެސީ އޯ.އަނެއްކާ ހަންޑިއަކަށް ނުފެންނައްޗޭ.ބޫ”ޔޫވިން އެހެން ބުނުމާއެކު ކިރާ އެޔަށް ތާއިދުކުރިއެވެ.”އާނ.ވަޓް އިފް….ސަމް ސްޕިރިޓް ފޯލްސް އިން ލަވް ވިތް ވަން އޮފް ޔޫ؟”ކިރާ ދެލޯ ބޮޑުކޮށްލަމުން ބުނުމާއެކު އިވުނީ ތިން މީހުންގެ ހުނުމުގެ އަޑެވެ.”ހޫނ.ދެން ގޯސްޓެކޭ ސްޕިރިޓެކޭ ނުކިޔާ ކަލޭމެން ދެމީހުން އައުޓް” އާރާޝް އޭނާގެ އަތުގައި އޮތް ގަސްތައް ހާވަން ގެންގުޅުނު ދަނޑިބުރިން ކިރާ އާއި ޔޫވިންގެ ގައިގައި ބޮނޑިއެއް އަޅާލުމާއެކު އެ ދެމީހުން ހިނގައިގަތީ އެނބުރި އައި ކޮޅަށެވެ.

ދިޔައިރު ކިރާ ދިޔައީ ޔޫވިންއަށް ވުރެ ކުރިންނެވެ.އަދި ޔޫވިން އޭނާގެ ފަހަތުން އަންނަކަން އެނގި ހުރެ ކިރާ ގަސްތުގައި އޭނާގެ ހިނގުން ބާރުކޮށްލިއެވެ.”އޭތް.އިނގޭނެތަ އެކަނި ދާން ތިހާ ބާރަށް ތި ދަނީ؟”ކިރާއާއި ފަސް ވަރަކަށް ފޫޓު ފަހަތުގައި ހުރި ޔޫވިން އޭނާއަށް އަޑުއިވޭ ވަރަށް ބުންޏެވެ.ނަމަވެސް ކިރާ ޖަވާބެއް ނުދެއެވެ.އެހެންކަމުން ޔޫވިން ދުވެލާފައި އައިސް ކިރާއާއި އަރައި ހަމަކުރިއެވެ.އެޔަށްފަހު ކިރާގެ ކުރިމައްޗައް އެރިއެވެ.”ވަޓް ޑޫ ޔޫ ވޯންޓް؟”ކިރާ ހިތްހަމަނުޖެހިފައި ބުންޏެވެ.”ޔޫ ޝުޑް ނޯ ވަޓް އައި ވޯންޓް”ޔޫވިން ކިރާގެ އަތުގައި ހިފާލަމުން ބުންޏެވެ.އެޔާއެކު ކިރާ ވަގުތުން އަތް ދަމައިގަތެވެ.”ގޯ ޓަޗް ޝިރުވާ އެންޑް ސްޓޭ ދަ ފަ* އަވޭ ފްރޮމް މީ”ކިރާ މިހެން ބުނެ ކުރިއަށް ހިނގަައިގަތް އިރުވެސް ޔޫވިން ހުރި ފިޔަވަޅު މަތީ ގަނޑުވެފައި ހުއްޓެވެ.

“ޝިރުވާ އެންޑް އައި.ވީ އަރ ޑިވޯސްޑް” ޔޫވިންގެ ޖުމްލައިން ހިނގަހިނގާ ހުރި ކިރާގެ ފައިގައި ކަސްތޮޅު އެޅުވިގެން ދިޔަކަހަލައެވެ.އޭނާ ފަހަތައް އެނބުރި ޔޫވިންއަށް ބަލައިލީ އެ އިވުނު އަޑު ޤަބޫލުނުކުރެވިފައެެވެ.ޔޫވިން ކުރިންވެސް ޝިރުވާއާއި އިންނާނޭކަމަށް ހީކުރެވިފައި އޮތުމުން އޭނާ ހުރީ އެފަދަ ކަމަކަށް ތައްޔާރުވެގެން ނަމަވެސް އެ ދެމީހުން ވަރިވެދާނެކަން ވީ އޭނާއަށް ޤަބޫލުކުރުން ދަތި ކަމަކަށެވެ.”ވަައި؟”ކިރާ އެއްވެސް އަސަރެއް ނެތް ގޮތަކަށް އެހުމާއެކު ޔޫވިން އޭނާއަށް ހަދިޔާކޮށްލީ ހިތި ހިނިތުންވުމެކެވެ.”ލެޓްސް ޖަސްޓް ސޭ.އަހަރެންގެ މޮޔަކަމުން ލިބެން އޮތް ޖަވާހިރުގެ ބަދަލުގަައި އެއްވެސް އަގެއްނެތް ހިލަގަނޑެއް އިޙްތިޔާރުކުރެވުނީއޭ”ޔޫވިން އެ ބުނި މާނަފުން ލަފްޒުތަކާއި މެދު ވިސްނާލަން ކިރާއަށް މަޖުބޫރުވިއެވެ.ނަމަވެސް އެ ބުނީ ކީކޭކަން ނަގައިގަނެވޭ ވަރަށް ވުރެ އޭނާގެ ސިކުނޑީގައި އުފެދިފައިވީ ހައިޖާނުގަނޑު މާ ބޮޑެވެ.ޅަ އުމުރުގައި ޔޫވިން ކިރާ ދޫކޮށްލީ އޭނާގެ ދަރިއަކަށް ބަލިވެއިންދައެެވެ.އެވެސް ޝިރުވާއަށްޓަކައެވެ.ޔޫވިން އޭނާ ޝިރުވާއަށްޓަަކައި ދޫކޮށްލާނީ ވަރަށް ލޯބިވާތީވެ ކަން ކިރާއަށް އޭރު ވިސްނުނެވެ.އަދި އޭނާ ހީކުރިގޮތައް އެ ދެމީހުން ވަނީ ކައިވެނިކޮށްފަައެވެ.ދެންމެ އެ ބުނި ގޮތުންނަމަ ވަރިވެސް ވެފައެވެ.ޝިރުވާ ދިއުމުން ދެން މިހާރު ޔޫވިން އަނެއްކާ އެ އުޅެނީ އޭނާ އަނބުރާ އެ ހަޔާތައް ގެންނަން ހެއްޔެވެ؟ޝިރުވާ ނެތްތާނގައި އޭނާއަކީ އަދިއަދަށް ދާންދެންވެސް ޔޫވިން ބޭނުންކުރަން ހުރި ކުޅޭއެއްޗެއް ހެއްޔެވެ؟އެއް އަތުން ފިރުމާލުމަށްފަހު އަނެއް އަތުން ދުރުކޮށްލަން ހުރި މީހެއް ހެއްޔެވެ؟އެފަދަ ޙިޔާލުތައް ސިކުނޑިއަށް ވެރިވާން ފެށުމާއެކު ކިރާގެ ގާތައް ރުޅިއައެވެ.

“ލިސެން ޔޫވިން.އައި ހޭވް ނޯ އިންޓްރެސްޓް އިން ޔޫ އެނީމޯ.އަހަރެމެން ދެމީހުންގެ މެދުގަައި އޮތް ގުޅުމެއް ވެއްޖެއްޔާ އެ ވާނީ ބައިގެންދިޔަ އަހަރެންގެ ދަރިފުޅާއި އެއްކޮށް ނިމިގެންގޮސްފަ.ސޯ ޝިރުވާ ވަރިކޮށްފީމޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އަހަރެން އެނބުރި ތި ހަޔާތައް އަންނާނެ ކަމަށް އުއްމީދު ނުކުރޭ “ކިރާ ޔޫވިންއާއި ގާތައް ފިޔަވަޅެއް އަޅާލަމުން ބުނީ ސީދާ ޔޫވިންއާއި ހަތަރު ކަޅި ހަމަކޮށްގެން ހުރެއެވެ.”ކިޓީ ޕްލީޒް.ޔޫ މިސްއަންޑަސްޓޫޑް.އޭރު އަހަންނަށް ނުވިސްނުނީ.ޤަބޫލުކުރޭ މިދިޔަ ތިން އަހަރުތެރޭ އެންމެ ދުވަހެއްވެސް ނުދާނެ އަހަރެން ކިޓީގެ ހަނދާންނުވާ.ހުވަފެނުންވެސް އެވަރަށް ފެނޭ.އެންޑް އައި އީވެން ޓްރައިޑް ޓު ފައިންޑް ޔޫ އެންޑް ޓޯކް ޓު ޔޫ އެގެއިން ބަޓް ޔޫ ބްލޮކްޑް މީ އެންޑް އަހަންނާއި ގުޅުމެއް އޮތިއްޔާ އޮތްހާ އެންމެންވެސް.އެހެންވެ އެކަން ކާމިޔާބުނުވީ.އަހަރެން ތި ރަށަށް ގޮސް ތި ރަށު އަހަރެންގެ ބައެއް ރައްޓެހިން ކަައިރިން އޮޅުން ފިލުވަން އުޅުނީމަ އެކި މީހުން ޖަވާބު ދިނީ އެކި ގޮތްގޮތައް.ކިޓީ ހުރީ ރާއްޖޭގަ ކަމެއް ނުވަތަ ނޫންކަމެއް ވެސް ޔަޤީނެއް ނުކުރެވުނު.އައި ޓްރައިޑް ޓު ފޯގެޓް ޔޫ ބަޓް އައި ކުޑެންޓް.އެހެން ހުއްޓާ ކައި އާއި އަހަރެން ދިމާވީ ބިޒްނަސް ޓްރިޕަކަށް ކައިގެ ރިސޯޓަކަށް ގޮސް އުޅުމުގެ ތެރެއިން.އައި އޯލްސޯ މެޓް ޔުއަރ ޑޭޑް ތްރޫ ހިމް އެންޑް އިނގޭދޯ ކިޓީ ޑޭޑްއާއި ވަރަށް ވައްތަރުކަން.އަހަންނަށް އޮތީ ޝައްކުވެފަ އެކަމްވެސް އަހާކަށް ނުކެރޭނެ ދޯ.އަހަންނަށް ކައިގެ ކޮއްކޮއެއް ހުންނަކަން އެނގުނީމަ އެހާވަރުން ހޯދަން ނޫޅުނީ އެއީ ކިޓީއަށް ވެދާނެ ކަމުގެ ޔަޤީންކަމެއް ނެތީމަ.އައި ފީލް ސޯ ގިލްޓީ ކިޓީ.އައި އޭމް ސޮރީ.އައި ވިޝް އައި ޑިޑިންޓް ލެޓް ޔޫ ގޯ”ޔޫވިން އެ ހުރިހާ ވާހަކައެއް ދައްކައި ނިމުން އިރު އޭނާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.ކިރާވެސް ހުރީ ފެންކަޅިވެފައެވެ.

ހިތްއެދުނީ ވަގުތުން ގޮސް ޔޫވިންގެ ގަައިގައި ބައްދާލަމުން އެ ކަރުނަތައް ފޮހެލަދިނުމަށެވެ.ނަމަވެސް ޔޫވިންގެ ސަބަބުން އޭނާ އަށް ދިމާވި ހިތްދަތި ދިރިއުޅުމުގެ ހަދާން އާވުމާއެކު އެއީ ނުވާނެ ކަމެއްކަން އޭނާ އަމިއްލަ ހިތައް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.ހަޤީގަތަކީ މާޒީގައި ޔޫވިން ކޮންމެފަދަ ގޮތަކަށް ކަންތައް ކުރިނަމަވެސް އެ ހިތް އަދިވެސް އެދި ގޮވަމުން ދަނީ ޔޫވިންއަށްކަމެވެ.ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު ދުވެފައި ގޮސް އެ އަތު ތެރެއަށް ވަންނަން އޭނާ ބޭނުންވެއެވެ.ނަމަވެސް ޔޫވިން އެތައްހާސްފަހަރަކު އޭނާގެ ގާތުން މަޢާފަށް އެދުނަސް އެ ހަނދާންތަކާއި އޭނާއަށް ދުރަށް ދެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ޔޫވިން މިއަދު ކޮންމެ ފަަދަ ކަމެއް ކުރިއަސް އެއްއިރެއްގައި އެ ދެމީހުންގެ މެދުގައި އޮތް ގުޅުން އަލުން އިޔާދަ ވުމަކީ ނުވާނެ ކަމެއްކަން ކިރާ ދަނެއެވެ.

“ޖަސްޓް ފޯގެޓް އިޓް އޯލް ޔޫވިން.ޔޫވިންގެ ލޯބިވެރިޔާގެ ގޮތުގައި ކިރާ ތި ދިރިއުޅުމަށް އައިކަން ހަނދާން ނައްތާލާ.ޔޫވިންގެ ކުރިމަތީގަައި މިހުރި ކިރާއާއި 3 އަހަރު ކުރީގެ ކިރާ ވަރަށް ތަފާތުވާނެ.މިހާރު މިހުރީ ބިޒްނަސްވުމެން އެއް.ނޮޓް ދަ ގާލް ހޫ ވޯޒް އަ ސްޓޫޑެންޓް.އޭރު ކަޅުކޮށް ކުރުކޮށް ސިފަހުތުރުކޮށް ހުރި ކިރާއެއް ނޫން މިއަދު ޔޫވިންގެ ކުރިމަތީ މިހިރީކީއެއް.މިހާރު މިހިރީ އެއިރު ޔޫވިން ކައިރީ ދޫކޮށްނުލުމަށް އެެދި ސަލާންޖެހި ކިރާއެއްވެސް ނޫން.އައި އޭމް މޯ މެޗުއަރ ދެން ދެޓް ނައު.ސޯ މޫވް އޮން،ފޯގެޓް އެބައުޓް ދަ ޕާސްޓް ބިޓްވީން އަސް އެންޑް ފޯކަސް އޮން ބިޒްނަސް”ކިރާ މިހެން ބުނެ ވަލުތެެެރެއިން ނުކުންނަން ހިނގަައިގަތުމާއެކު މާޔޫސްވެފައިވާ މޫނަކާއިގެން ޔޫވިންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.ހިނގަމުން ދިޔައިރު ކިރާ ދިޔައީ ރޯންފެށިދާނެތީ އަނގަމަތީގައި އަތްތިލަ އަޅައި ބާރުކޮށްލައިގެންނެވެ.ޔޫވިންގެ ކުރިމަތީ އޭނާ ފިޑިވާކަށް ބޭނުމެއް ނޫނެވެ.

ރޭގަނޑުގެ ވަގުތެވެ.ޔޫލް މޫދަށް އެރުމުން ވަރުބަލިވެފައި ހުރުމުން އޭނާ ތަންކޮޅެއް އަވަހަށް ނިދަައިފިއެވެ.އެޔާއެކު ޝަރާ ކޮޓަރިން ނުކުމެ ކެއްކުމާއިގެން އަވަދިވެގަތް އިރު ޔަޝްމާވެސް ތައްޓަކަށް ފިޔަައި ކޮށަން ބަދިގެ ކަައިރީ ހުރި ޖޯއްޔެއްގައި އިނެވެ.ޔަޝްފާ،ލަޔާން އަދި އައިރާއާއި އާރާޝް ތަންކޮޅެއްް ދުރުގައި ވެލިގަނޑުމަތީ ތާސްކުޅެން ތިބިއިރު ފިރިހެންވެރިން އުޅުނީ ކައްކައި ނިމެންވާއިރަށް ދެކޮޓަރީގައި ނިދޭވަރަށްވުރެ ފުދޭވަރަކަށް މީހުން ގިނަވުމުން ޓެންޓުތައް ޖެހުމުގައެވެ.އެ ތިންބައިގައި ވެސް ނުހިމެނޭ ބަޔަކަށް އުޅުނީ ކިރާއާއި ޔޫވިންއެވެ.ކިރާ ލެޕްޓޮޕް ހިފަައިގެން މަސައްކަތްކުރާ ކަމަށް ހެދިގެން އިނެއްކަމަކު އިނގިއްޔެއް ހަލުވާނުލައި އެ އިން ގޮތައް އިންނަތާ ބައި ގަޑިއިރު ވެއްޖެއެވެ.ޔޫވިން މޫދުކައިރީ ބީޗުގައި ދެކޮޅުދެކޮޅަށް ހިނގަމުން އަތުގައި އޮތް ކުރެދިގަނޑަކުން ވެލިގަނޑުމަތީ އެއްޗެސްތަކެއް ކުރަހަމުން ދިޔައިރު ކިރާއަށް ދޭތެރެއަކުން އެ ދިމާލަށް ބަލާލެވެއެވެ.އެ ދެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވެ އިން ލަޔާން ތާސްބައި ބޭއްވުމަށްފަހު އެބަ އަންނަން ކަމަށް ބުނެ އެތަނުން ތެދުވީ ކިރާ ލެޕްޓޮޕް ހިފައިގެން ކޮޓަރިއަށް ދިއުމުންނެވެ.އޭނާ ދިޔަގޮތަށް ގޮސް ހުއްޓިލީ ރާޅުޖަހާ ފަށުގަައި ހުރި ޔޫވިން ކައިރީއެވެ.”މޭން.ވީ ނީޑް ޓު ޓޯކް”ލަޔާން ޔޫވިންގެ ކޮނޑުގަައި އަތް ބާއްވާލަމުން ބުނުމާއެކު ޔޫވިން ބުމަ އަރުވައިލީ ކީކޭހެއްޔޭ އަހާ ފަދަ ގޮތަކަށެވެ.

އިރުކޮޅެއްފަހުން ކޮޓަރިތެރޭ އޮންނަން ފޫހިވުމާއެކު ކިރާ ބޭރަށް ނުކުމެލީ ކަމެއް ނުކޮށް އެހެން އޮންނަންވެއްޖެއްޔާމުން އޭނާއަށް އިތުރަށް ކަންކަމާއި ދޭތެރޭ ވިސްނޭނީކަން އިނގޭތީއެވެ.ބަދިގެ ފަރާތައް ގޮސް ފްރަައިޑް ރަައިސް ހެދުމަށް ތައްޔާރުވަމުން ދިޔަ ޝަރާ ގާތުގައި ސަކަ ގޮތަކަށް ކުރާނެ މަސައްކަތެއް ނެތްތޯ އެއްސެވެ.އެޔާއެކު ޝަރާ ކޮށާދިނުމަށް އެދި ކިރާ އަތައް ލީކްސް އަޅާފަައި ހުރި ދޮލަނގެއް ދިނުމުން ކިރާ އެއާއި ވަޅިއެއް ހިފަައިގެން ގޮސް ޔަޝްމާއާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ.ކިރާ އައިސް ޖައްސާލުމާއެކު އެއްޗެކޭ ނުބުނެ އިންނަން ޔަޝްމާއަށް އުނދަގޫ ވުމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“އެކޮޔާއި ލަޔާން އުޅެނީ ރައްޓެހިވެގެންތަ؟މިހެން މި އަހަނީ ދައްތައަށް ދެކުދިން ވަރަށް ގާތްކޮށް އުޅޭތަން ފެންނާތީވެ”ޔަޝްމާ މިހެން ބުނުމާއެކު ކިރާއަށް ހެވުނެވެ.”ނޫން ދައްތާ.އަޅުގަނޑަކީ ލަޔާންއާއި ދެބެއިންގެ ދެދަރި ކުއްޖެއް.ލަޔާންގެ މަންމަ އަކީ އަޅުގަނޑުގެ މަންމަ ފަރާތު ބޮޑުދައިތަ”ކިރާ ކިޔައިދިނުމާއެކު ޔަޝްމާ އެހެންހެއްޔޭ ބުނެ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.”ލަޔާންގެ މަންމަ އަކީ ތިނަދޫ މީހަކަށް ވަންޏާމުން އެކޮއެ ތިއީ ކާކުގެ ދަރިއެއް؟”ޔަޝްމާ ބުންޏެވެ.އެޔާއެކު ކިރާ ޔަޝްމާ އޭނާއަށް ބަލާލުމަށްފަހު ވައްތަރުވީ ކާކާއިތޯ ދިމާކުރުމަށް ބުންޏެވެ.އަދި އޭނާގެ ތިމާގެ މީހަކާއި ޔަޝްމާއާއި މީގެ ކުރިން ދިމާވެފައި އޮތުން އެކަށީގެންވާކަމަށް ބުންޏެވެ.ޔަޝްމާ އިރުކޮޅެއްވަންދެން ކިރާގެ މޫނަށް ފުންނަޒަރަކުން ބަލަން އިނދެފައި އޭނާއަށް ހީވާ ގޮތް ބުންޏެވެ.”ކައި…ކައިޝާން އާއި ވަރަށް ވައްތަރުގޮތެއް އެބަހުރި”ކަައިޝާން އާއި އެކި ފަހަރު މަތިން ދިމާވެފައި ހުރުމުން އަދި ކައިޝާން ކިރާއާއި ވައްތަރުގޮތެއް ހުރިކަން ފާހަގަވުމާއެކު ޔަޝްމާ ޖަވާބުދިނީ އޭނާއަށް އެންމެ ހީވިގޮތަށެވެ.

“ލައްބަ.ދައްތައަށް ތި ހީވީ ހަމަ ރަނގަޅަށް.އަޅުގަނޑަކީ ކައިޝާންގެ އެއްބަޑުއެއްބަފާ ކޮއްކޮ”ކިރާ ހިނިތުންވެލަމުން ބުންޏެވެ.”އެހެންތަ މާޝާ الله އެ ސޮރު ބުނީ ތެދެއް އެކޮއެ ވަރަށް ރީތި.އެންމެ ފުރަތަމަ ދިމާވި ދުވަހު ބުނި ކޮއްކޮއެއް ހުންނާނެއޭ ކައި އާއި ވައްތަރު ވީމަ ވަރަށް ރީތިވާނެއޭ.އެ ސޮރު ކަައިވެނިކޮށްގެން ދިޔަފަހުން އަދި މިކޮޅަށް ނާދޭ ދޯ.ދައްތަމެންނަށްވެސް ދަޢުވަތު ދިން އެކަމަކު އެ ދުވަސްކޮޅު ދައްތައާއި ބޭބެ ތިބީ އިންޑިއާގަ އެތާ އުޅޭ ބޭބެގެ ތިމާގެ މީހަކު ވަރަށް ބޮޑަށް ބަލިވެގެން.ދެން ޔަޝްފާ އެއިރު އޮންލައިންކޮށް އެ ނަގާ ސައިކޮލޮޖީ ކްލާސްތަކުގެ ޓެސްޓު ދުވަސްކޮޅުވީމަ އޭނާ އެކަނި ކޮއްފަ ނުދާންވެގެން ޝަރާ އާއި ޔޫލް ނުދިޔައީ.ދެން ޔާކިން އަކީ އަބަދު އާކިޓެކްޗަރ ކަންތަކުގައި ރަށުން ބޭރުގައި އުޅޭ މީހެއް.މިހާރުވެސް ވީ އައްޑޫގަ ކޮންމެވެސް ޕްރޮޖެކްޓެއް ނިންމަންގޮސް.ކައިޝާންގެ ދެމަފިރިންނަށް ފާގަތި މުސްތަޤުބަލެއް މިންވަރުކުރަށްވާށި”ޔަޝްމާ ބުންޏެވެ.”ޔޫވިންއަށް ވީ ގޮތް ނުވިއްޔާ ކިތަންމެ ހާވެސް ރަނގަޅު.މީގެ 3 ވަރަކަށް އަހަރު ކުރިން އޭނަ ޝިރުވާއާއި އިނީ.އިނދެފަ އަހަރެއް ވީތަނުން ވީ ނުވީއެއް ނޭނގި ވަރިކޮށްލީ.އަހަރެން އަހައި އަހައިވެސް އެ ސޮރު ސަބަބެއް ނުކިޔައިދިން.އެކަމަކު ދައްތައަށް ބޮޑަށް ހީވަނީ ޝިރުވާއަށް ފުރިހަމަ ގޮތުގައި އަނތްބެއްގެ މަޤާމު އަދާނުކުރެވުނީހެން.ނޫނީ އެކަކު އަނެކަކަށް ވަގުތު ނުދެވުންހެން.ޔޫވިން އެ ދުވަސްކޮޅު އުޅުނީ އެ ކުންފުނި ކުރި އެރުވުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރުމުގަ.އަހަންނަށް ހީވަނީ އެފަދަ ދަނޑިވަޅެއްގައި ކައިވެނި ކުރެވުމުން ކަންނޭނގެ.ޝިރުވާ އޭނާ ދޫކޮށްދިޔަތާ މިހާރު މިވަނީ ވާވަރަށް ދުވަސްވެފަ.ދެން އަހަރެމެން މަޑުކޮށްގެން މި ތިބެނީ އޭނާ އެހެން މީހަކާ އިންނާނޭ ދުވަހަކަށް.ކައިޝާން،ޔާކިން،ޝަރާ އަދި ދައްތައާއި ބޭބެވެސް ޔޫވިން ގާތުގައި ދޭތެރެ ދޭތެރެއިން އެ ވާހަކަ ދައްކަން.އެކަމަކު އޭނާގެ ފަރާތުން މާ އެދެވޭ ޖަވާބެއް އަދިއަކު ނުލިބޭ.ކައިވެންޏެއް ވީމާ ގަދަކަމުން ކުރުވައިގެން ވާނެ ފައިދާއެއް ނޯންނާނެ.އަދި އަމްދުން މި ޒަމާނުގައި ކޮންމެދުވަހަކު މީހަކާއި އެއްކޮށް އެއް އެނދެއްގައި ނިދާފަ ނުތެދުވާހާ ހިނދަކު އެމީހެއްގެ ގޮތެއް ނޭނގޭނެ”

“ޔޫވިންެގެ އަސްލު ބައްޕައަކީ ފުވައްމުލަކު މީހެއް.އަހަރެން އޭނައާއި އިނީ ވަރަށް ލޯބިވާތީ.އެއްކޮށް އުޅެމުން އައިސް ކަައިވެންޏަށް އަހަރެއް ފުރެން ގާތްވެފައި އޮއްވައި ޔާކިން ލިބުނީ.ދެން ދުވަސްތައް ފާއިތުވަމުން ގޮސް ދައްތައަށް ފާހަގަ ވާންފެށީ އޭނާގެ އުޅުމަށް ބަދަލުތަކެއް އަންނަކަން.ދެން އެނގުނީ މިއޮތް ހުރިހާ ދުވަހު އިނދެގެން މި އުޅެވުނީ ޑްރަގް ލީޑަރަކާ ކަން.އޭނަގެ އުޅުން އިސްލާހު ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރިން.ޔާކިންއަށް ޓަކައި އޭނައާއި އެއްކޮށް އުޅެމުން ދަނިކޮށް 5 އަހަރު ފަހުން ލިބުނީ ޔޫވިން.އެއީ އަދިވެސް އެ ކައިވެނީގެ މަތީގައި ދެމިހުންނަށް މަޖުބޫރުކުރުވި އިތުރު ސަބަބެއްކަމަށް އަހަންނަށް ދެކެވުނީ.ދެން އޭނަގެ ބައްޕަގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކުގެ ސަބަބުން އަހަރެން އޭނަ ދެކެ އައި ރުޅި ބޭލެން ފެށީ ޔޫވިންއަށް.ޔޫވިންއަށް 4 އަހަރު ފުރުނުތަނާ އަހަރެން އޭނަގެ ގާތުން ވަރިވީ އަހަރެންގެ މައިންބަފައިންނަށް އޭނާގެ ހަޤީގަތް ފަޅައިއެރުމުން.އެއިރު ޔޫވިން ހުރީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން ބަލިކަށިވެފަ.ޔާކިންވެސް އެފަހުން ވަރަށް ނެގިމަޑުވެފަ ރުންކުރު ގޮތަކަށް ހުރީ.

ތިރީހުން މައްޗައް ގޮސްފައި ވުމާއެކު އަދި ނުވީތާކަށް ދެދަރިން ތިބުމުން އަހަރެން ހީކުރީ ދެން އަހަންނާައި އިންނާނޭ މީހަކު ނުވާނެކަމަށް.ދެން އަހަރެން މިރަށު ކައުންސިލުގަައި ވަޒީފާ އަދާކުރަންފެށީ މައިންބަފައިންނަށް ބުރަޔަކަށް ނުވެ އެ ދެ ކުދިންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި.އެހެން ހުއްޓައި ލިހުވާން އާއި ދިމާވީ އޭނާ މާލެއިން މިރަށު ކައުންސިލުގެ ރައީސާއި ބައްދަލުކުރަން އައި ދަތުރެއްގަ.އޭރު އޭނާ އަކީ ޒުވާން ތަނަވަސް ވިޔަފާރިވެރިއެއް ވީމައި މިރަށު ގިނަ އަންހެންކުދިން ތިބީ އޭނާގެ ހިތުން ޖާގަ ހޯދުމަށްޓަކައި ކުރެވުނުހާ ކަމެއް ކޮއްގެން.އަހަންނަށްވެސް އޭނާ ކަމުދިޔަ އެހެން ނަމަވެސް އެކަމެއް ނުަދައްކަން.އެއްދުވަހު އަހަންނަށް ލިބުނީ އަހަރެން އުއްމީދުވެސް ނުކޮށް ހުރި ވަރުގެ ހަދިޔާއެއް.ލިހުވާން އަހަރެންގެ ބައްޕަ ކަައިރިން އަހަރެންގެ ކައިވެންޏަށް އެދުނީ.ބައްޕަ އޭނާއަށް އަހަންނާއި ބެހޭގޮތުން ހުރިހާ އެއްޗެއް ކިޔާދިނުމަށްފަހު އޭނާ ކުރެން އެހީ އަދިވެސް އަހަންނާައި އިންނަން ބޭނުން ހެއްޔޭ.ބުނީމަ އޭނަ ބުނީ އަހަރެންގެ ބައްޕައާއި މި ވާހަކަ ދައްކަނީ އެ ހުރިހާ ކަމެއް އެނގިހުރެ ކަމަށް.އަދި އަހަންނާއި ދެދަރިންގެ ވެސް ޒިންމާ ނަގަން އޭނާ ތައްޔާރު ކަމަށް.އަހަރެން އާނއެކޭ ބުނީ ލިހުވާންގެ ދެލޮލުން އޭނާގެ ބަސްތަކުގެ ތެދުކަން އަހަންނަށް ފެނުނީތީ.ދެން ލިހުވާން އާއި ކައިވެނިކުރިފަހުން ވަރަށް އުފަލުގަ އުޅުނީ.އަހަންނާއި އެ ދެކުދިންނާއި މެދު އޭނާ އަޅާލާ އެ އަޅާލުން އަދި އަދަށް ދާންދެން ވެސް އެއޮތީ ދެގޮތެއް ނުވެ.އާއިލާގެ އުފާވެރިކަން ދެގުނަވެގެންދިޔައީ ޔަޝްފާ ލިބުނު ފަހުން.ޔަޝްފާ ލިބުނެއްކަމަކު އަނެއް ދެކުދިންނާއި އޭނާއާއި މެދު ލިހުވާން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ.އެ ދެ ކުދިންނަށް ނުދޭ އެއްޗެއް ޔަޝްފާއަކަށްވެސް ނުދޭނެ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ތެމި ވާރޭގައި ވީމޭ 34

Next

ސްޓްރޭންޖާރ ..ދި ލަވް އައި ލޮސްޓް ފޯރ މައިސެލްފް .. ބަޓް ނެވަރ ޑައި އިން މައި ޝޯލް….

Next
August 23, 2024

ސްޓްރޭންޖާރ ..ދި ލަވް އައި ލޮސްޓް ފޯރ މައިސެލްފް .. ބަޓް ނެވަރ ޑައި އިން މައި ޝޯލް….

Previews
August 22, 2024

ތެމި ވާރޭގައި ވީމޭ 34

One Comment

  1. Cutie girl says:
    August 23, 2024 at 10:43 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Kira and yoovin v gulhey
    They both are made for each other
    E kudhin gulhuvachey
    Mi part kiyaafa rovijje
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

Comments are closed.

Next Episodeފިނި ހިތް 16←


All Right Reserved!