Skip to content
އެސްފިޔަ

ވައުދޭ ވެވޭ މީ … 37

ގޮތްނޭނގޭ އިހުސާސްތަކެއް ހިތުގައި އާލާވެ އުތުރި އަރަމުން ދާއިރު އެ އިހުސާސްތަށް ހޭލަނީ ވެސް ޒައިހާ ފެންނަ ހިނދުންނެވެ. ނުވަތަ އެ އަޑު ޖެހުމުންނެވެ. ކޮންމެ ތާކުން ވިޔަސް ޒައިހާ ފެންނަން ވައިރަށް އިއަންގެ ބަނޑުގައި ކޮކާ އުދުހޭ ފަދަ އިހުސާސެއް ކުރުވައެވެ. ހިތް ތެޅިފޮޅެގަންނަނީ އޭގެ މަގާމުން ދޫވެގެން ހިނގައިދާނެހާ ބާރަށެވެ. މިފަދަ އެތަށް ކަމެއް ވަމުން ދާހިނދު އިއަން އަށް ނަފްސު ހަމައަކަށް އެޅުން ވަނީވެސް އުނދަގޫ ކަމަކަށް ވެފައެވެ. ހީވާ ގޮތުގައި އެކަން ކުރެވޭނީވެސް ޒައިހާ އަށް ފަދައެވެ.
އިއަން އަށް ނޭނގުނަސް ޒައިހާ ވެސް ތަހަންމަލް ކުރަމުން ދަނީ އެއްކަމެކެވެ. ހަމަ އެއް އިހުސާސް ތަކެކެވެ. އިއަންގެ ލޯތްބާއި އަޅާލުމަށް އެ ހިތް އެދި ގޮވާ ވަރު ދަންނާނީ ހަމަ އެންމެ ފަރާތެކެވެ.

ތިރީސް ހަތްވަނަ ބައި –

 

ޒައިހާ ސައިލަކަށް އަރާ ހަމަޖެހިލަންދެން އެ ދެމެދުގައި އޮތީ މަރު ފަދަ ހިމޭން ކަމެކެވެ. ދެމީހުންވެސް އެކަކު އަނެކާ އާ ވާހަކަ ނުދައްކާން ހުވާ ކޮށްގެން ތިބި ކަހަލައެވެ. އިއަން ސައިކަލުގެ ލޯގަނޑުން ޒައިހާ ގެ ފަރި ހަރަކާތް ތަކަން ބަލަން ހުރި އިރު މިކަން ރެއަކާ ނުލާ ޒައިހާ އިނީ އިއަން ސައިކަލު ދުއްވާލާނެ އިރަކަށެވެ.

” އަދި އިތުރު މީހަކު އަންނަނީތަ؟..” އޭނާ ސައިކަލަށް އެރުމުންވެސް އަނގައިން ބަހެއް ބުނެނުލާ ތާނގަ ސައިކަލުވެސް ދުއްވާލަން ނޫޅުމުން އެންމެފަހުން ޒައިހާ، ސައިކަލު ލޯގަނޑަށް ބަލައިލާ، އޭނާ އަށް ބަލަން ހުރި އިއަން އާ ސުވާލު ކޮށްލިއެވެ.

” ނު- ނޫނޭ.. ދާންވީ ދޯ…” ޒައިހާ ސައިކަލު ލޯގަނޑުން އޭނާ އަށް ބަލައިލުމުން ވަގު ހިފައިގަތުމުން ތެޅިގަންނަފަދައިން އިއަން ތެޅިގަނެފައި އަޅަ އަޅައިގަންނަމުން ވާހަކަ ދެއްކިއެވެ. ދެމީހުންގެ ނަޒަރުން އެވަގުތު ހަތަރުކަޅި ހަމަވެގެން ދިޔަހިނދުން އިއަންގެ ހިތުގެ ހިނގުން އަވަސް ކުރުވައިފިއެވެ. އަދިވެސް ހިތާ ހިތާ ތައުރީފް ކުރެވެނީ ޒައިހާގެ ރީތި ކަމަށެވެ. އެ ސޫރަ އަށް ބަލާ ފޫހި ނުވާނެހާ ޗާލެވެ. އަމިއްލަ ނަފްސަށް އެހާ ވަރަށް ޒައިހާ އަށް ބެލޭތީ ކުދި ކިޔަމުން އިއަން ސައިކަލު ސްޓާޓް ކޮށްލިއެވެ.

އިއަން އާ ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތުން ފެށިގެން ޒައިހާގެ މޫނުމައްޗަށް ވަނީ ފިޔާތޮށި ކުލަ އިތުރުވެފައެވެ. ދުރަށް ބަލަހައްޓާއިގެން ޒާތަކަށް ހީގަނެގެން އިނދެވުނީ ގަތް ލަދުންނެވެ. ނަމަވެސް ހަށިގަނޑު ތެދުކޮށްލާ ހަމައަކަށް އެޅިލީ އިއަން ސައިކަލު ސްޓާޓް ކޮށްލުމުންނެވެ. އެހެނަސް ކުއްލިއަކަށް އިއަން ވަރަށް ބާރަށް ސައިކަލު ދުއްވާލުމުން ޒައިހާގެ ހަށިގަނޑު އިއަންގެ ގައިގައި ޖެހި ތަތްވެ އިއަންގެ މެދުހަށީގައި އެނާގެ ދެ އަތް އަޅުވާލާ ބައްދާލެވުނެވެ.

އޮޅިގެންނަމަވެސް އިއަން އަށް ސައިކަލުގެ މުއްގަނޑު އަނބުރާލެވުނީ ބާރަށެވެ. އެހެންކަމުން ސައިކަލު ދުއްވާލެވުނީ ވަރަށް ބާރަށެވެ. ނޭނގި ހުއްޓާ ޒައިހާ އައިސް އިއަންގެ ގައިގައި ތަތް ވުމުން އޭނާ ކުޑަކޮށް ސިހޭގޮތްވިއެވެ. ނަމަވެސް ޒައިހާގެ އަތް އޭނާގެ ބަނޑުގެ ވަށައިގެން އެޅުވިފައި ވާކަން އެނގި އިއަންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. އެހެންކަމުން ޒައިހާ އަށް ދުރުވާނެ ފުރުސަތެއްނުދީ އަވަހަށް ސައިކަލު ދުއްވާލިއެވެ. ވަގުތުން ޒައިހާ އޭނާގެ ގައިގައި ވަށާލްވިފައިވި ދެއަތަށް ބާރުކޮށްލާ ދެ ހަށިގަނޑު ދެމެދުގައިވި ދުރުކަން ކުޑަކޮށްލިއެވެ.

ރަށުގެ ބޭރުމަގުން ސައިކަލު ދުއްވަމުންދިޔައިރު ޒައިހާގެ އަތް އަދިވެސް ވަނީ އިއަންގެ ބަނޑުގައި ވަށާލެވިފައެވެ. އޭނާގެ ބޯ އިއަންގެ ކޮނޑުގައި އަޅާލެވިފައިވި އިރު އެ ދެމެދުގައި ވަނީވެސް ހަމަ ހިމޭން ކަމެކެވެ. ދެމީހުންވެސް އެ ވަގުތުކޮޅު އެކަކު އނެކާ އާ އެކު ހޭދަކުރަމުންދިޔަ އިރު ކައިރިން ދާ އެހެން މީހުން ކިޔާ އެއްޗަކަށް އަޅާލުމެއް ނެތެވެ. ބޭނުންވަނީ އުމުރު ދުވަހުވެސް އެކަކު އަނެކަކުގެ އަތުތެރޭ ހޭދަކުރާށެވެ.

ސައިކަލުގައި މުޅި ރަށް ވަށާ އެއްބުރު ޖެހުމަށްފަހު އިއަން ސައިކަލު މަޑުކޮށްލީ ރަށުގެ ނަން މަޝްހޫރު އެއް ޖޫގޯ ވިއްކާ ތަނަށެވެ. ދެމީހުންވެސް ބޯބާ-ޓީ އަކަށް އޯޑާރ ޖެހުމަށްފަހު މޭޒެއް ދޮށުގައި އިށީންދެގެން ތިބީ އެ ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ. އެކި އެކި ވާހަކަ ދެކެވެމުންގޮސް އިއަން އަށް ޒިވާގެ ވާހަކަ ވެސް އަހާލެވުނެވެ. ދަތުރު ދިޔަ ދުވަހަށް ފަހު ޒިވާގެ ވާހަކަ އެކަކުވެސް ނުދައްކާތީއާއި އެކުވެސް މެއެވެ.

 

” މަ އަޑުއެހިން ވިޝާމް އެއްކަލަ މަންޖެ އާ ރައްތެހިވީ ވާހަކަ… އެދެމީހުން މިހާރު އެ **ގެ މަންމަމެންނާއެއްކޮށް އައްޑޫގަޔޯ ވީ… ވަރަށް ފެނޭ ސްނެޕްތަކާ އެއްޗިސް… މަ ހިތަށް އަރާ އެކަމް ބައެއްފަހަރު އޭޏާ ހިތަށް އަޅެ އެކައްޗެއްވެސް ނާރަނީ ބާވައޭ… އެހެންޏަ.. ނުލާހިކު ލޯބިން އުޅެފަ ކުއްލިއަކަށް ފާޑެއްގެ ކ*** އެއް ގޮވައިގެން އައިސް އޭނަގެ ތައްޕާހުގަ އަބަދު… އެ އަންހެނާވެސް އަދި އުޅެނީ ވަރަށް ތުއިވާންވެގެންނޭ… ބ*** ޒިވާ އަށް އެހާވަރުކޮށްފަ އޭނައަށް ހަމަނޭވާލެވޭކަމޭ މަގޭ ހިތަށް އަރަނީ… ދެން ހުރީ އެ އަޔާޝް.. އެއީ އަނެއް *** ސަހާދެއް.. ނައިރާވެސް އޭނަ ފޫބުޑުން ނުފިލަނީ… އިވްކޮ އެ އުޅޭ ގޮތުން މަގޭ ކިރިޔާ ހުރެވޭކަން… އެހެން ނޫނީ ހުވާ އަހަރުން ގެއިން ވެސް އެ *** ނެރޭނަން… ” ޒިވާ ފުރަތަމަ ހަފްތާ އެއްކޮށްހެން އެކައްޗެއްވެސް ކެއުމެއް ބުއިމެއް ނެތި އަބަދު ކޮޓަރީގަ އޮންނަ ވާހަކަ ބުނުމުން އިއަން އަށް ހިތާ ހިތާ އެއްގޮތް ކޮށްލެވުނީ އިވާ އަށާއިއެވެ. ދެމީހުންވެސް ހަމަ އެއްހާލެއް ތާއެވެ. ނަމަވެސް ޒިވާ މިހާރު ގޭތެރެއަށް އަލުން ނިކުމެ އުޅޭ ވާހަކަ ބުނުމުން ކުޑަ ހިތްހަމަ ޖެހުމެއް އިއަން އަށް ވެރިވިއެވެ. އަމިއްލަ ކޮއްކޮގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ނުފެންނާތީ މާޔޫސް ވާގޮތްވެސް ވިއެވެ. މިޒަމާނު ފިރިހެން ކުދިންގެ ގޮތް ބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ. ތަނަކުން ރީތި އަންހެން ކުއްޖަކު ފެނުމާ ހިތް ކިޔުމެވެ. އެކަކާ އެކު ރީތިކޮށް އުޅުމެއް ނުވެއެވެ.

 

ދެންވެސް އެދެމެދުގައި ދެކެވެމުން ދިޔައީ ޒިވާ ވިޝާމް، އަދި އީވާ އާއި އަޔާޝްގެ ވާހަކައެވެ. އިއަން ޒައިހާ އަށް ކުޑަގޮތަކަށް އިވާ އާއި އަޔާޝް އާއި ދެމެދު ކަންތަށް ރަނގަޅު ނޫންކަން އަނގާލަދިނެވެ. ނަމަވެސް އޭގެ ތެދު ހަގީގަތް ފޮރުވާލިއެވެ. މަސްލަހަތައްޓަކައެވެ.

 

” ދެން އޯކޭތާ… ޒިވްކޮވެސް ވިޝާމް ކަހަލަ މީހަކު ކައިރިން ސަލާމަތްވީ… މަވެސް ހިޔެއްނުކުރަން އެއީ އެކަހަލަ މީހެއްކަމަކަށް… ޒިވް ވެސް ނުލާހިކު ޕްލޭގާލްކޮށް އުޅެފަ ވިޝާމް އާ ޖެހުނު ފަހުން ހާދަ ސީރިއަސް ވީއޭދޯ ދެން… އެވަރުވެސް އޭނަ އަށް ނޭނގުނީ… ވިޝާމް އަށް ވުރެން މަށަށް ރަނގަޅު ނާއިފްވެސް.. ” ” ނާއިބެ؟.. ދެޓް ޓޯލް ޑޫޑް ހޫ ސްޓޭޒް އައުޓްސައިޑް އަވާ ހައުސް…؟؟” ” އޭނ؟؟…” އޭނާ ނާއިފްގެ ވާހަކަ ބުނުމުން ޒައިހާ ބުނެލި އެތިން އިއަންގެ އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އެއީ އޭނާއަށް ނޭނގޭކަމެކެވެ. ޝައްކުވެފައިވަނީ ނާއިފް ޒިވާއާއި އުޅޭކަމެވެ. ނަމަވެސް އެގޭދޮށުގައި މުގޯލިއަޅާކަމެއް އެނގިފައެއް ނުވެއެވެ.

” އާނ… ތި ބުނި ޑޫޑް ހުރޭ ވަރަށް ގިނައިން ގެ ކައިރި ބޭރުގަ… އެކަމް ސަމްތިން އައި ނޯޓިސްޑް ވޯޒް ދެޓް ދޮންތި ވޯޒް ކްލޯޒް ޓުހިމް ކުރިން… ބަޓް މިހާރު ދޭ އާރ ސްޓްރޭންޖަރސް.. ” ޒައިހާ ބުނަމުންދިޔަ ކޮންމެ ބަހެއް އިއަންގެ ވިސްނުންތޫނު ސިކުނޑިއަށް ނަގައިގަނެވެނީ ބޮޑު ޕްލޭން އަކަށެވެ. އާނއެކެވެ. ނާއިފް އާއި ޒިވާ ގުޅުވާށެވެ.

” ނާއިފް އެ އުޅެނީ ވަރަށް އަވަހަށް ލާމަށް ދާން… ނައިރާ ހިޔެއް ނުވޭ އެކަމަކު ދާނެ ހެންނެއް.. އަހަންނަށް އިނގޭ އެއްޗަކީ ނާއި ވަރަށް ލައިކް ވޭ ޒިވްކޮ ދެކެ.. ” ”ހިނގަ ދޮންތިވެސް ފޮނުވާލަން ނާއިބެ އާ އެއްކޮށް އޭރުން އެދެމީހުން ކޮންމެވެސް މެޖިކް އެއް ޖަހާ ގުޅިދާނެ އެއްނުން… ” ޒައިހާ ބުނެލީ އިއަންގެ ސިކުނޑީގަ އޮތް ވާހަކަ އެކެވެ.

ދެމީހުންވެސް ދެން ރާވަމުން ދިޔައީ ޒިވާ ނާއިފްއާއި އެއްކޮށް ފޮނުވަން ހަދާނެ ގޮތަކާއި މެދުއެވެ. ދެމީހުންގެ ރޭވުން ކާމިޔާބު ވާނެބާވައެވެ؟ ނާއިފްއަށް އޭނާގެ ހިތް އެދޭ ބާއިވެރިޔާ ލިބިދާނެބާވައެވެ؟ ނޫނީ މި ކުރެވޭ ދަތުރުގައި ޒިވާ ބައިވެރި ނުވެ ދެމީހުން މަންޒިލް ނޭނގޭ ބޮޑު ކަނޑަކަށް ބެހިގެން ދާނީ ބާވައެވެ؟ މި ދެމީހުންނަށް ލޯބީގައި އުފަލެއް ވާނެބާވައެވެ؟

 

~ނުނިމޭ~

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (3)

  1. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Ziva and naaif gulhuvachey
    They both are made for each other
    Ayaash and eavaa dhuru nukurachey
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. Anonymous
      Cutie girl

      Thank you cutiee love you more 💋💋
      Yeah school function eh and ports fiesta freshen ulhunyma busy v.. and I sort of did forget kudakoh bt the story but handhan v ma avahah upload kohlee insha Allah dhen oih Bai ves kiyaalan libeyne 😙

  2. kiyuntherieh

    Dhen oiyy bai avahah up kohdheeba

Comments are closed.