Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ސިއްރު
އެހެނިހެންލޯބި

ސިއްރު

little pupkin Level 1
August 18, 2024 3 Mins Read
1 Comment

އަހަަރެން ގެޔަަށް އައިސް ވަނީ ދެރަވެ ހާސް ވެފައި ހުރެ އެވެ. މުޅި އުމުރައް އެންމް ލޯބިވި ބައިވެރިޔާ މުޅި އުމުރައް ވަކި ވެ ދިޔައީ ކަމުގެ ހިތި އިޙުސާސް ވާތީވެ އެވެ. އަދި ޙާއްސަކޮއް ދެމީހުންގެ ކައިވެނި މީގެ ދެ ދުވަސް ފަހުން ކުރުމައް ހަމަޖެހިފައި އޮއްވައެވެ. ގެޔައް ވަނީ ހާސްވެ ތުރުތުރު އަޅާ ހާލުގައެވެ. ޓީވީ ބަލަން އޮތް އަހަރެންގެ މައްމަ ވެސް ސިހި އަހަންނާ ދިމާލައް ބަލައިލީ ބާރަކައް ދޮރު ހުޅުވައިލި އަޑަށެވެ.އަހަރެން ދިޔައީ ސީދާ ކޮޓަރިޔަށެވެ. މައްމަ ކިހިނެއްވީ ހޭ ކިޔަ ކިޔާ އޮއްވާ އަހަރެން ކޮޓަރިޔައް ވަދެ ބަން ކިޔާފަ ދޮރު ލެއްޕީމެވެ. އަހަންނަކީ ދުވަހަކުވެސް އެގޮތައް މައްމަގެ ބަސް ނާހާ ދިޔަ މީހެއް ނޫނެވެ. އެހެން ނަމަވެސް މިޔަދު އަހަރެން މިހުރީ އެޔައްވުރެން މާ ބޮޑައް ހިތްދަތި ވެފައެވެ.

ކޮޓަރިޔައް ވަދެ އައިސް ހުރި ރުޅީގެ ރޯޅި ބޭލުނީ ކޮޓަރީގައި ވީހާ ފަރުނީޗަރު ތަކަށާއި ކަބަޑާއި ކޮޓަރީގައި ވާހައި ތަކެއްޗަށެވެ. އެންމެ ފަހުން ގޮސް އަހަރެންގެ އަރު ތެރެއިން އެ ނަން ނުކުތެވެ. “ޝިރާ…” ލޯމަރާ އަހަރެން ދެން ތަގުޅި ކޮއްލީ ލިބި ފައި ހުރި ވޭނަކައް ދެން އިތުރައް ކެތް ނުކުރެވޭނެތީވެ އެވެ. އެވަގުތު ވީ މައްމަ އައިސް ދޮރު ހުޅުވި ވަގުތަށެވެ.

“އިޒާން! ކިހިނެއް ވީ؟ ކޮން ކަމަކާ ރުޅީ؟ ޝިރާ އާ ދެ މީހުން މައްސަލަ ޖެހުނީތަ؟” މައްމަ ކޮޓަރީގެ ދޮރު ހުޅުވުމާއެކު ބުނެލި އެވެ. “ކޮން ރުޅި އެއް ބާލާފަ މިޔޮއް ހުރީ؟” މައްމަ އަނެއްކާވެސް ބުނެލި އަޑު އިވުނެވެ.

ވަގުތުން އަހަރެންގެ ދެލޯ ފުސް ވިއެވެ. ލޮލައް ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަޤާމް ދޫކޮއް ހިގައްޖެ އެވެ. އަހަރެންގެ ކޯތާފަތް މަތީ ބޮސް ދެމުން ދިޔަ ކަރުނަތައް ފެނި މައްމަ އަނެއްކާވެސް ދެންމެ ކުރި ސުވާލު ތަކުރާރު ކޮއްލި އެވެ. އެހެންނަމަވެސް އަހަރެންގެ ސަމާލު ކަމެއް އެޔަކު ނެތެވެ. އަހަރެން ހުރީ އެޔައް ވުރެން މާ ބޮޑައް ދެރަވެ ހާސް ވެފައެވެ.

“މާލޭ ފްލެޓެއްގައި މި ވަގުތު އަންހެން ކުއްޖަކު ފުންމައިގެން އުޅޭ…” ރަނގަޅައް ނުލެއްޕި ހުރި ދޮރުން ޓީވީ އިން އެންމެ ފަހުން ގެނެސްދޭ ޚަބަރު ތަކުން ޚަބަރެއްގެ ސުރުޚީ ކިޔާލި އެވެ. އެހެން ނަމަވެސް އަހަރެންގެ ކަންފަތައް އެ ޖުމްލަ އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އަނެއްކާވެސް އަހަރެންގެ ލޮލުން ހޯސް ލާފައި ކަރުނަތައް ވެރުނެވެ.

“ޝިރާ… މައްމާ ޝިރާ… އެ ފުންމާލީ… ބެލްކަނީ އިން… މައްމާ… އަހަރެންގެ ޝިރާ… އެކަހަލަ… މޮޔަ ކަމެއް… ކަމެއް ނުކުރާނެ…” ދެން އަހަންނައް ރޮއި ގަނެވުނީ މާ ބާރަށެވެ. އެއިރު މައްމަ ވެސް ތަންކޮޅެއް ދުރުގައި އަހަންނާ ދިމާލައް ހަމްދަރުދީއާ އެކީ ބަލަހައްޓައިގެން ހުއްޓެވެ.

އަހަރެން ދެން ސިހިގެން ދިޔައީ މީހަކު އައިސް އަހަރެންގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފުމުންނެވެ. ބަލާލި އިރު އެއީ އަހަރެންގެ އެންމެ ކުޑަ އިރުން ފެށިގެން ވެސް އެއްކޮއް އުޅުނު އެކުވެރިޔާއެވެ. “އައްޒާމް…” އޭނާގެ ނަމުން ގޮވަމުން އަހަންނައް ރޮއި ގަނެވުނެވެ. ބަލާކައްނުހުރެ އައްޒާމް އައިސް އަހަރެން މަތަ ކުރެވޭތޯ އުޅުނެވެ. އެއިރު ވެސް އަހަރެންގެ މައްމަ ހުރީ ލިބުނު ޚަބަރަކުން ކަންތައް ކުރަންވީ ގޮތެއް ނޭގިފައެވެ.

އެހެން އިރު ކޮޅަކައް އޮވެފައި އަހަރެން އަނެއްކާ ވެސް މާލޭގެ ހަލަބޮލި މަގުތަކައް ނުކުތީ ޝިރާ ގާތައް ހޮސްޕިޓަލައް ދިޔުމަށެވެ. އައްޒާމްގެ ކާރުގައި މައްމައާ ތިން މީހުން އެކައް ދިޔައީ ޝިރާ ފުމި ކަމައް އެބުނާ ހޮޓެލް ކައިރިންނެވެ.

ޕޮލިސް ޓޭޕް މުޅި އެ ސަރަހައްދުގައި ވަށާލެވިފައިވާ އިރު މުޅި އެ ސަރަހައްދު ވަނީ ނޫސް ވެރިންގެ ކެމެރާތަކުގެ އަމާޒަކައް ވެފައެވެ. އަދިވެސް ޕޮލިސް ޓޭޕް ދަމާފައި ވާ އެސަރަހައްދު ގައި ލޭ ހުއްޓެވެ. ފުލުހުން އެތާ ހަރަކާތް ތެރި ވަމުން ދިޔަ އިރު އާމުން ވެސް އެއްވެ ތިބީ މަދައްކޮށެއް ނޫނެވެ.

އަަހަންނައް މިކަންތަކުގެ ޚަބަރު ދިނީ ޝިރާގެ ދައްތަ އެކެވެ. ފިހާރައަކުން ގެޔަައް އައި މަގުމަތީގައި ޝިރާގެ ދައްތައެއް ފުނުވި ދެތިން ފޮޓޯއާއި މެސެޖްތައް ކިޔުމުން ދެން އިތުރައް އަހަންނައް ކެތް ނުކުރެވުނެވެ.

އަހަރެން ގޮސް ހޮސްޕިޓަލައް މަޑު ކުރުމާއެކީ އަވަހައް މިސްރާބު ޖެހީ ޝިރާގެ ޢާއިލާ މީހުން ތިބި ދިމާލަށެވެ. އެއިރު ޝިރާގެ ޢާއިލާގެ ގިނަބަޔަކު ތިބީ ހޮސްޕިޓަލުގައެވެ. އެންމެންވެސް ގިސްލަ ގިސްލާފައި ރޮމުން ދިޔަ އިރު އަހަންނައް ވެސް ކެތް ނުކުރެވުނެވެ. ފިރިހެނަކަސް ކެތް ވާނީ ވަކި ވަރަކަށެވެ.

އެހެން ހުއްޓާ ޑޮކްޓަރެއް އައެވެ. ޝިރާގެ ބޭބެ ޑޮކްޓަރު ކައިރިޔައް ދިޔަ އިރު ޝިރާގެ މައްމަ ހޭ ހުސްވެގެން އެހެން ކޮޓަރިޔަކައް ގެންދެވުނެވެ. ޑޮކްޓަރު ދިޔުމާ އެކީ އަހަންނާ ޝިރާގެ ދައްތައް ދުވެފައި ކަހަލަ ގޮތަކައް ޝިރާގެ ބޭބެ ކާރިޔައް ދިޔައީމެވެ. އެއިރު އެ ދެލޯ ކަރުނުން ފުރި ބާރު ވަނީއެވެ.

“ކީކޭ… ކީކޭ ޑޮކް ބުނީ؟” އަހަރެން ކުރަކި ވެފައިވާ އަޑަކުން ސުވާލު ކޮއްލީމެވެ.

“ޝި… ޝިރާ އޮތީ ގެނައި އިރުވެސް… އިރުވެސް… މަ…” އިތުރަކައް ޝިރާގެ ބޭބެގެ އަގައިން އެންމެ ބަހެއް ވެސް ބޭރު ނުވެވުނެވެ. އަހަރެން ވެސް އެ ބަސް އަޑުއަހާކައް ނެތީމެެވެ. އޭގެ ބަދަލުގައި އަހަަންނައް ރޮވުން ނޫން ކަމެއް ނުކުރެވުނެވެ.

ޢަޞުރު ނަމާދައް ޝިރާ ވަޅުލުމައްފަހު އަހަރެން ގެޔައް ދިޔައީ މައްމައާ އެކީގަ އެވެ. ގެޔައް ވަދެ ވެސް އަހަރެން ގޮސް ވަނީ ކޮޓަރިޔަށެވެ. މައްމަ ވެސް ގޮސް ވަނީ މައްމަގެ ކޮޓަރިޔަށެވެ.

ޝިރާގެ މަރައް ހަަފްތާއެއް ވޭތުވެ ދިޔައިރުވެސް އަހަންނަކައް އެދުވަހުގެ ހަނދާ ތަކާ ދުރަކައް ނުދެވުނެވެ. ކާއެއްޗެއް ކެވެނީ ނޫނެވެ. އެއްވެސް ކަމެއް ކުރާ ހިތް ނުވާ ތާނގައި ބޭރައް ވެސް ނުދަމެވެ. އަބަދުމެ އޮންނަނީ ކޮންމެވެސް ވިސްނުމެއްގައެވެ. މައްމަ މިކަމާ ޝަކުވާ ކުރިޔަސް އަހަރެން އަޅައި ނުލަމެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ޝިރާ އެހާ މޮޔަ ކަމެއް ނުކުރާނެއެވެ. އަދި މިކަމުގައި އެހެން މީހަކު ވެސް އެބަ އުޅެއެވެ. މިކަން ހެކި ދެނީ ޝިރާ ފުމީ ޝިރާގެ ގޭގެ ފްލެޓް އަކުން ނޫނެވެ. ފުމި ފަންގި ފިލާ އެއްވެސް އިގޭކައް ނެތެވެ. ޝިރާގެ ޢާއިލާއިން ވެސް ޝިރާ އަމިއްލައައް ފުމީ ކަމުގައި ބުނެ ކޭސް ނިންމާލީ އެވެ. ނަމަވެސް އަހަރެން މައްސަލަ ޖެއްސީމެވެ. އެކަމަކު ފުލުހުން ވެސް މިހާރު މާ ފަރުވާ ކުޑަވީ އެވެ. ޝިރާ އަމިއްލައަައް ފުމީ ކަމުގައި ބުނެ ކޭސް ނިންމީއެވެ.

ނުނިމޭ

Share Article

Follow Me Written By

little pupkin

Level 1

Other Articles

Previous

ތެމި ވާރޭގައި ވީމޭ 33

Next

މަލަކާ

Next
August 18, 2024

މަލަކާ

Previews
August 18, 2024

ތެމި ވާރޭގައި ވީމޭ 33

One Comment

  1. Cutie girl says:
    August 18, 2024 at 12:43 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Mi part kiyaafa rovijje
    Siraa ah vee gothun
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh
    Alhugandu ge support Abadhuves libeyne insha Allah

Comments are closed.



All Right Reserved!