Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަކުރުވާހަކަކުޑަކުދިންގެއުފެއްދުންތެރި ލިޔުން

މެހެމާނު

ޒައިނުލްޢާބިދީން ޔޫސުފް
August 10, 2024 2 Mins Read
2 Comments

ރަށުތެރޭގައި އޮތީ ހަމަހިމޭންކަމެވެ. ރާޅު ޖަހާ އަޑާއި ގަސްގަހުގެ ފަތްތައް ތެޅޭ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއްނީވެއެވެ. ވައިވެސް ހުރީ ފުދޭވަރެއްގައެވެ. 14 ވިލޭރޭގެ ހަނދުވަރުގެ އަލިން މަގުމަތި އޮތީ ދިއްލާލައިފައެވެ. ރަށުގެ ބަނދަރުމަތީގައި ދިއްލާފައި ހުރި ފުޅި ބައްތީގެ އަލި ފިޔަވައި އެހެން އެއްވެސް އައްޔެއް ރަށުތެރެއަކުން ނުފެނެއެވެ. ފުޅިބައްތި ދިއްލާފައި އިން އިމާރާތުގެ ތެރޭގައި ގޮނޑިއެއްގައި އިށީނދެގެން އިނީ އަހުމަދެވެ. އޭނާ އިނީ ޤުރުއާން ކިޔަވާށެވެ. އަހުމަދާއި އޭނާގެ ގާތް ރަޙްމަތްތެރިޔާއަކީ ރަށް ބަލަހައްޓާން ބައިންދާފައި ތިބޭ ދެ މީހުންނެވެ. އެމީހުން ކުރަން ޖެހޭ ކަމަކީ އެމީހުން ޑިއުޓީ އަދާކުރާ ވަގުތު ރަށުގެ ބަނދަރުން ފުރާ އޮޑިފަހަރާއި އަންނަ އޮޑިފަހަރު ނޯޓުކުރުމެވެ. މީގެ އިތުރުން ފަތިސްވަގުތު ކައިރިވުމުން ރަށުގެ ހުރިހާ ގެއަކަށް ކަރަންޓު ދޫކުރުމާއި ރޭގަނޑު 9 ޖަހާއިރު ހުރިހާ ގެއަކުން ކަރަންޓު ކަނޑާލުމަކީވެސް އެމީހުންގެ ޒިންމާއެކެވެ.

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން، މިއަދުވެސް ފަތިސްވާން ކައިރި ވުމުން އަޙުމަދު ކަރަމްޓު ދިނުމަށް ފަހަތުގައި ހުރި އިންޖީނުގެއަށް ދިޔުމަށް ހިންގައިގަތެވެ. އޭނާ ކަރަންޓު ދިނުމަށްފަހު އަނބުރާ ގެގަނޑަށް އައެވެ. އަދި އޭނާ ވުޟޫކޮށް ދަމުނަމާދު ކުރިއެވެ. ފަތިސް ނަމާދަށް ބަންގި ގޮވުމާއެކު އެންމެން ހޭލާ ރަށުތެރެއިން މީހުން ފެންނަން ފެށިއެވެ. އަންހެންވެރިން ނިކުމެ މަގުމަތި ކުނިކަހަން ފެށިއެވެ. އަހުމަދު އޭނާ ލިޔަން ގެންގުޅޭ ފޮތް ހިފައިގެން ގޮސް މަހަށް ފުރާ ދޯނިތަކާއި ދޯނީގައި ތިބި އޮޑިވެރިން ނޯޓު ކުރިއެވެ. އެއަށްފަހު އެންމެން މަހަށް ފުރުމުން އޭނާ ގޮސް ހަޓަށް ވަނެވެ.

 

މެންދުރު ނަމާދު ކޮށްގެން އަހުމަދު އުޅުނީ ކާނެ އެއްޗެއް ތައްޔާރު ކުރުމުގައްޔެވެ. އެހެން ހުއްޓާ ކައިރި ތަނަކުން ބަޔަކު ވާހަކަ ދައްކާހެން އޭނާއަށް ހީވެއްޖެއެވެ. މާ ބޮޑަށް ނިދިއައިސްފައި ހުރުމުން އެއަޑު އިވުނީއޭ ހިތައި އޭނާ މާ ބޮޑަކަށް އެކަމަކާ އަޅައެއް ނުލިއެވެ. އެހެން ނަމަވެސް ދަގަނޑު އެއްޗެހި ތަކެއް ތަޅުވާހެން ހީވުމުން އޭނާ ބޭރު ބަލައިލިއެވެ. މާދުރު ނޫން ހިސާބެއްގައި ބަނދަރުމަތީގައި ތޮފި އަޅައި މާސްކު އަޅައިގެން ތިބި ބަޔަކު ތިއްބެވެ. އެމީހުންގެ ތެރެއިން ކޮންމެ މީހެއްގެ އަތުގައި ފޮށްޓެއް އޮތެވެ. އަހުމަދަށް އެމީހުންނާ ކައިރިވާކަށް ނުކެރުނެވެ. އެހެންކަމުން މޭޒުމަތީ އޮތް ދުރުމި ނަގައި އޭނާ ބަލައިލިއެވެ. ކަމަކު ދާކަށް ނެތެވެ. ފޮށި ތެރޭ ހުރީ 2 ފޫޓު ބޮޑެތި ވަޅިތަކާއި އެކި ވަރުވަރުގެ ކަތުރާއި ގޮވާ ތަކެތިހެން ހީވާ ކުދި ފުޅި ތަކެކެވެ. އޭނާ ބިރުން އަވަހަށް އަތޮޅު އޮފީހަށް ގުޅިއެވެ. ފޯނެއް ނުނެގިއެވެ. އޭނާ ގޮތް ހުސްވެއްޖެއެވެ. އެއްކަލަ މީހުންތައް ރަށުތެރެއަށް އަރައިގެން އެބަ އާދެއެވެ. ހިނގަނީކީވެސް މަޑަކުންނެއް ނޫނެވެ. އެންމެ ކައިރިން ފެނުނު ފިހިގަނޑު ހިފައިގެން އޭނާ ހަޓު ތެރޭގައި ހުއްޓެވެ. އެހެން ހުއްޓާ އޭގެ ތެރެއިން މީހަކު ހަޓު ތެރެއަށް ބޯ ދިއްކޮށްލިއެވެ. އަތުގައި ހުރި ބާރެއް ލައި  އޭނާ އެމީހާގެ ބޮލުގައި ޖެހިއެވެ. ޖެހިލެއް ބާރުކަމުން ބޯ ފަޅައިގެން ގޮސް އޭނާ ހޭނެތިގެން ވެއްޓުނެވެ.

 

އެމީހާ ހޭއެރުވޭތޯ އަހުމަދު ބެލިއެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތް ނާކާމިޔާބު ވިއެވެ. ބޭރަށް ނުކުމެ ފަހަތް ބަލައިލިއިރު އެމީހާގެ ރައްޓެހިންތައް އެމީހާ ހޯދުމުގައި އުޅެއެވެ. އަހުމަދު ބިރުން އަވަހަށް ހަޓު ތެރެއަށް ދެމެގަތެވެ. އޭނާ ހަޓަށް ވަތް ތަނުން ފޯނު ރިންގު ވާން ފެށިއެވެ. ބަަލައިލިއިރު ގުޅަނީ އޮފީސް މީހާއެވެ. ގުޅިގޮތަށް އޭނާ ބުންޏެވެ.

“މިރަށަށް މިއަދު ވަރަށް ޚާއްސަ ޑޮކްޓަރުންތަކެއް އަންނާނެ. އެމީހުން އައިއްސިތޯ؟”.

އަހުމަދު އިނީ ހުއްޓުން އަރާފައެވެ. މިކުރެވުނީ ކޮންފަދަ މޮޔަ ކަމެކޭ އޭނާ ހިތަށް އެރިއެވެ.

“ހަލޯ؟”

އަހުމަދު ޖަބާބެއް ނުދިނުމުން އެކޮޅުން ބުންޏެވެ. އަހުމަދު އޭނާ ކުރި ކަންތަކުގެ ވާހަކަ ކިޔާދިންއިރު އަނެއްކަޅުން އަޑު އަހަމުން ދިޔައުއިރު އެމީހުން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް ވަގުތު އޮތީ ފާއިތުވެފައެވެ. ޑޮކްޓަރުގެ ނޭވާ އާއި ވިންދު ވަނީ މުޅިން ހުއްޓިފައެވެ.

Share Article

Follow Me Written By

ޒައިނުލްޢާބިދީން ޔޫސުފް

Other Articles

Previous

ތެމި ވާރޭގައި ވީމޭ 29 & 30

Next

ދުލުން ބަޔާން ނުކުރެވުނަސް… 1

Next
August 10, 2024

ދުލުން ބަޔާން ނުކުރެވުނަސް… 1

Previews
August 10, 2024

ތެމި ވާރޭގައި ވީމޭ 29 & 30

2 Comments!

  1. E kujjaa says:
    August 12, 2024 at 5:52 pm

    😂😂😂😂😂
    Masha Allah varah reethi vaahaka ehh

  2. Ali says:
    August 30, 2024 at 10:05 pm

    Ha ha doctor 💊 ah beysdheevi

Comments are closed.



All Right Reserved!