Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއުފެއްދުންތެރި ލިޔުން

ސިއްރު

Misha_77 Level 1
August 3, 2024 2 Mins Read
12 Comments

ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގައިގައި އަތްލިހެން ހީވީމައެވެ. ފަހަތަށް އެންބުރި ބެލި އިރު އެކަކުވެސް ފެންނާކަށް ނެތެވެ. އޭރު ގަޑިން 12 ޖަހާ ބޮޑު ވަނީއެވެ. ގެހުންނަނީ ސަހަރާ މަގުގައި ކަމުން މަގަށް އަޅާލުމައިހެން މީހަކު ފަހަތުން އަންނަކަމުގެ އިހުސާސް ކުރެވެން ފަށިއެވެ. ވެފާ ހުރި ބިރަކައިގެން އެޅުނުހާ އަވަހަކަށް ފިޔަވަޅުތަށް އަޅަން ފެށީމެވެ. ކުއްލިޔަކަށް އަހަރެންގެ ފިޔަވަޅުތައް މަޑު ޖައްސާލެވުނީ އެއްޗެއް އިވުނުހެން ހީވީމައެވެ. ރަންގަޅަށް އަޑު އަހާލުމުން އެއީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު ކަން ސާފުވިއެވެ. އަޑު އަންނަދިމާލަށް އެންބުރުމާއެކު ދެލޯ ބޮޑު ވިއެވެ. ކުރިމަތީގައި ހުރީ ސަހަރާގެ ބޮޑު ފާރެވެ. އެ އަޑު އެ އިވެނީ ސަހަރާ ތެރެއިންކަން ޔަގީންވިނަމަވެސް ފަހަތަށް އަޅަންވީ ފިޔަވަޅު އެޅުނީ ކުރިޔަށެވެ.

ކިތަންމެ ވަރަކަށް ގެޔަށް ދުއްވައިގަންނަން ހިތް ބޭނުންވި ނަމަވެސް އެޔާ ހިލާފަށް އަހަރެންގެ ހަށިގަންޑު އަމަލު ކުރަން ފެށީ އިދިކޮޅަށެވެ. ސަހަރާ ފާރާއި ގާތް ވާ ވަރަކަށް ރުއިމުގެ އަޑު ދަނީ ކެނޑެމުންނެވެ. ކުއްލިއަކަށް އިވުނީ އަންހެނެއްގެ ހުނުމުގެ އަޑެވެ. ސަހަރާ ފާރުގައިި ކަންފަތް ޖައްސައިގެން އަޑުއަހަން ހުއްޓުނުތާ 1 މިނަޓު ނުވަނީސް އަޑު މުޅީންހެން ކެނޑުނެވެ. މުޅި މާހައުލު ހަމަ ހިމޭން ވިއެވެ. ނަމަވެސް ކޮންމެސް ކަމަކައިގެން ހިތް ބިރުގަންނަން ފެށިއެވެ. ދެން އިވުނީ “އިފާ!” އަހަރެންގެ ނަމުން ކަންފަތުގައި ގޮވާލިއަޑެވެ.

ގައިގައި ހުރިބާރެއްލާ ގެޔަށް ދުއްވަގަތް އިރު ކަރުނަތައް ކޯތާފަތުން ހޯސްލާފައި ފައިބައިގެން ދަނީއެވެ. އަތް ތުރު ތުރު ލާ ވަރުން ގޭގެ ތަޅުދަނޑި ވެސް ނުހޯދުނެވެ. ގެޔައްވަދެ ގޮސް ކޮޓަރި ތަޅުލީމެވެ. ކުޑަދޮރު ލައްޕާ އެޔާ ކޯރން ޖައްސާ ހަމަ ޖެހޭތޯ އެންދުމަތީގައި އަހަރެން އޮށޯވެލީމެވެ. އެހެންއޮއްވާ ނިދުނު އިރެއްވެސް ނޭންގުނެވެ. ދެފަޅި ދަފަޅި އަށް އެންބުރޭންފެށީ އުނދަގޫ ތަކެއް ވާތީއެވެ. ހީވަނީ މީހަކު ދެލޯ ބޮޑުކޮށް ބަލަހައްޓައިގެން ހުންނަހެންނެވެ. ހިތްނުތަނަވަސް ވާން ފެށުމުން މަޑު މަޑުން ދެލޯ ހޮޅުވާލިއިރު ކުރިމަތީގައި ލެއިން ފުރިފާވީ ހިނިތުންވުމެއް ދައްކައިގެން ހުރި އަންހެނަކު ހުއްޓެވެ. އިސްތަށިގަނޑުން މޫނު ފޮރުވިފާ ހުދު ކުލައިގެ ހެދުމެއް ލައިގެން ހުރި އެ މީހާ ބަލަ ބަލަ ހުއްޓާ އަހަރެންނާ ދިމާލަށް ފުންމާލީ ކަރުގައި ހިފައިގަންނާށެވެ.

ސިއްސައިގެން ގޮސް ހޭލެވުނު އިރު މީހާ ހުރީ ދާހިއްލާ ފޯވެފަވެ. މޭގައި އަތް އަޅާލުމުން ހިތް އަވަސް ވެފައި ހުރި މުންވަރު ސާފުވިއެވެ. ދެކޮޅު ދެކޮޅަށް ބޯހޫރާލިއިރު އަހަރެން އިނީ އެނދުމަތީގައެވެ. ކުއްލިޔަކަށް ވީ ފިންޏާއެކު ގައިގައި ބައްދާލެވުނެވެ. އެއާ ކޯރން ހުރީ 16 އަށް ލާފައެވެ. އެހާ ފިނިގަދަކޮށްފައި ހުރި ކަމަގައި ވިޔަސް މީހާ މުޅިން ހެން ތަމި ފޯވެއްޖެެވެ. ކޮޓަރީގައި ހުރި ގަޑި އަށް ނަޒަރު ހިންގާލި އިރު ގަޑިން މެންދަމު 3 ޖެހީއެވެ. ކުރިމަތީގައި ހުރި އަލަމާރި ލޯގަނޑަށް ބަލަމުން އަމިއްލަ ސޫރަ އަށް ގެއްލި ހުޓުނީ ކުއްލިއަކަށް ހޭލެވުނު ސަބަބު މުޅިން ހެން ހަންދާން ނެތުމުންނެވެ. ކިތަންމެ ވަރަަކަށް ހަނދާން ކުރަން މަސައްކަތް ކުރި ނަމަވެސް ހަނދާނެއް ނުވިއެވެ.

އެންދުމަތީގައި އޮށޯވެލަމުން ހަނދާނުގައި ހުރި އެއްޗަކާމެދު ވިސްނާލީމެވެ. އެންމެ ފަހުން ވެސް ހަނދާނުގައި ހުރީ ކައިގެން ނިދަން އޮށޯތި ގަޑިއެވެ. ދެން ހޭލެވުނީއެވެ. އަމިއްލަ ހިޔާލުގައި އޮއްވާ ދެން އިވުނީ ފަތިސް ނަމާދަށް ބަނގި ގޮވި އަޑެވެ. އިރުކޮޅަކަށް ސީލިންނަށް ބަލަން އޮވެފައި ނަމާދު ކުރަން ތެދުވީމެވެ. ރީތިވާން ލޯގަނޑު ކުރިމަތީގައި ހުޓުމާއެކުހެން ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ކަރުގާ ހުރި ނިޝާން ތަކެވެ. މީހަކު ދެންމެ ކަރުގާ ހިފާފައި ދޫކޮށްލިހެން އަތުގެ ތައްގަނޑު ކަރުގައި ރަތް ވެފާ ހުއްޓެވެ. ކިހިނެއްވީކަމެއްކަން އަހަރެންނަކަށް ވެސް ނޭނގެއެވެ. އާއިލާ މީހަކަށް ފެނިދާނެތީ އަވަހަށް ބުރުގާއަޅާ ރެޑީވެ ސައިބޯން ނުކުތީމެވެ.

“އަހާ އިފާ…ދަރިފުޅު އަވަހަށް އާދޭ ސައިބޯން”. ސައިބޯން ނުކުތްއިރު އަހަރެންގެ މަންމަ އަނީސާ އުޅުނީ  ކާން ތައްޔާރު ކުރާށެވެ. ކާން އިށީންނަމުން މަންމަ އަށް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށަލީމެވެ. “ދަރިފުޅު ހާދަ އަވަހަކަށް ބުރުގާ އަޅައިގެން…..އެހެންނޫނިއްޔާ ސައިބޮއެގެންނު ބުރުގާ އަޅަންދަނީ” އަނީސާ އިފާ އެހެންނޫނީ ނުކުރާ ކަމަކަށް ވުމުން ސުވާލު ކޮށްލިއެވެ. “ދެން އެޅީހަމަ…..ދެން ދަނީ… ފޮތްތައް ރަނގަޅަށް އެޅިފަ ހުރިތޯ ބަލަންޖެހޭނެ އަދި” ރަނގަޅަށް ނުކައި ތެދުވެގެން ދިނުމުން މަންމަ އަށް ކަމެއް ގޯސްވީކަން ޝައްކުވާނެކަން ޔަގީނެވެ.

ސުކޫލަށް ދާން ތައްޔާރުވެ ގެއިން ނުކުތްއިރު ގެކައިރީގައި އުޅޭ އަހަރެންގެ އެކުވެރިޔެއްކަމަށްވާ މިޝާ ވެސް ގެއިން ނުކުތެވެ. ހިނިތުންވަމުން ދެމީހުން ސުކޫލަށް ދާން ހިނގައިގަތީމެވެ. އެކި ވާހަކަ ދައްކަމުން ދިޔައިރު މުޅިންް ހެން ދެއްކީ މީ ފަހު އަހަރު ކަމުން ޖީސީގެ ވާހަކައެވެ. ވާހަކަ ދައްކަމުން ސަހަރާ އާ ހަމަވުމުން އިވުނު ބާރު އަޑަކަށް ދެމީހުންވެސް ފަހަތަށް ބަލާލީމެވެ. ފެނުނުމަންޒަރުން ދެމީހުންގެ ވެސް ދެލޯ ބޮޑުކޮއްލަމުން ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލީމެވެ.

 

Share Article

Follow Me Written By

Misha_77

Level 1

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 2

Next

ފިނި ހިތް 3

Next
August 3, 2024

ފިނި ހިތް 3

Previews
August 3, 2024

ޙަޤީޤަތް ހޯދުމޭ 2

12 Comments!

  1. Cutie girl says:
    August 3, 2024 at 12:23 pm

    Mi vaahaka ves v Reethi masha allah
    Curiously waiting for next story
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Dhen beynumee loabeege vaahaka eh

  2. under boxx says:
    August 4, 2024 at 10:42 am

    spelling mistake rangalhu kohlaa mashah vrh undhagu kiyan mami vrh loluge massala hunna meeheh

  3. Someone says:
    August 4, 2024 at 12:05 pm

    އެނބުރި އެއްނޫން އެނބުރި

    ޚިލާފަށް، ހަށިގަނޑު، ނޭނގުނެވެ، މިންވަރު، ހުއްޓުނީ، ތެމި، ބަންގި، މިއީ ނުބައިކޮށް ބޭނުން ކުރެވިފައި ހުރި ބަސްތަކުގެ ރަނގަޅު ގޮތް.

    ތުރުތުރު އަކީ އެއްބަހެއް.

    ބަލަ ބަލަ ހުއްޓާގެ ބަދަލު ލިޔާނީ ބަލަ ބަލާ ހުއްޓާ.

    ވެފައި ހުރި ބިރަކައިގެންގެ ބަދަލު ގަނެފައި ހުރި ބިރަކައިގެން މިހެން ލިޔުނު ނަމަ ރީތި ވާނެ.

    އެއްޗެއް އިވުނު ހެންނެއްގެ ބަދަލު އެއްޗެއްގެ އަޑު އިވުނުހެން ލިޔެލީމަ ފުރިހަމަ ވާނެ.

    ދެފަޅި ދެފަޅި އަށް އެނބުރޭން ފެށީއޭ ބުނުމުގެ ބަދަލުގައި ދެކޮޅު ދެކޮޅަށް ފުރޮޅޭން ފެށީއޭ ދެން ފަހަރަކުން ލިޔެލާތި.

    ސައިބޯން ނުކުތިއިރު މަންމަ ކާން ތައްޔާރު ކުރަން އުޅުނީމަ އެހާ ހަމައެއް ނުޖެހޭ ޖުމުލަ.

    އާންމު ކޮށް ބޭނުން ކުރާ ބަސްތައް ވެސް ނުބައި ކޮށް ލިޔެފައި ހުރީމަ ވަރަށް ދެރަވެއްޖެ. އަދި އުއްމީދު ކުރަން ކުށް ބަސްތައް ރަނގަޅު ކޮށްލައިގެން މާ ރީތި ކޮށް ލިޔެލާނެ ކަމަށް. 😊

  4. Anonymous says:
    August 5, 2024 at 10:58 pm

    Vara reethi vaahaka eh maashaAllah 😊

  5. your fav bab says:
    August 7, 2024 at 12:29 pm

    varah reethi vaahaka eh ekm adhi thankolheh dhigu vefa biruveri kohly nama hama mareh keep it upp brooo

  6. Anonymous says:
    August 12, 2024 at 10:51 pm

    One of my favourite

  7. Raaniyaa says:
    August 16, 2024 at 7:57 am

    Kohba mige anehbai
    Vara beynun kiyun
    Avaha 2 vanabai nereba
    I like this story and vara fahkaa
    Ehkamu ehba ulhe spelling mistakes

  8. Jennie kim says:
    August 19, 2024 at 10:37 am

    Beautiful inspiration 💗

  9. Anonymous says:
    October 4, 2024 at 10:22 am

    Vrh interesting
    Vrh kiyaalaa hithun kee
    Spelling mistakes hureema vrh udhagoo
    Dhen faharakun ragalhu kolaane kamah umeedhu kuran 😊

  10. No body knows says:
    October 6, 2024 at 3:39 pm

    Waiting for the second part
    Keep it up
    Very nice and interesting

  11. No body knows says:
    October 10, 2024 at 6:13 pm

    Come on
    Waiting…….
    Hope to see the second part tomorrow
    It’s intresting
    @Maisha_77

  12. W.T.F says:
    October 10, 2024 at 6:17 pm

    No body is giving you negative comments
    Just trying to make you better
    Just chill broooooo……

Comments are closed.



All Right Reserved!