Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…47

ކައިޔަން ސިއްސުވާލުމުގެ ގޮތުން ކައިޔަން އާއި ޝައުން އަށް ވެސް ނުފެންނާނެ ގޮތަކަށް ބަގީޗާ ތެރެ އަށް ވަދުނު ޒާރާ އަށް ޒާރާ އޭ ކިޔާހެން ހީވުމުން ރަނގަޅަށް ކަންފަތް ދިއްކޮށްލި ވަގުތު ކައިޔަން ބުނެލި ޖުމުލަ އަކުން ހިތުގައި ސުވާލު އުފެދުނެވެ.ދެވަނަ ސިކުންތަކަށް އެސުވާލުގެ ޖަވާބު ނުލިބި ހުއްޓާ ޝައުން ބުނެލި ޖުމުލަ އަކުން މޭގައި ރިހުމެއް އުފެދި ލޮލުން ކަރުނަ ހިލުނެވެ.ޝައުންގެ ޖުމުލަ ޒާރާގެ ކަންފަތުގައި ގުގުމަން ފެށުމާއި އެކީ ރޮވެން ފެށުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ނެވެ.

*****************************

“ދޮންތައާ ކައިޔަން އާ އެއްނު ކިޔާން އާ ޒާރާޔާ ދުރުކުރީ”އަނގަ މަތީގައި ޒާރާ އަތް އަޅާލީ އަނގައިން އަޑު ބޭރު ވެދާނެތީ އެވެ.ހޭނެތިގެން ކުއްލި އަކަށް ހަމަ ބިމަށް ވެއްޓި ދާނެހެން ޒާރާ އަށް ހީވާން ފެށީ ތަންތަން އެނބުރޭހެން ހީވާން ފެށުމުންނެވެ.ފައިގައި އޭރު ވެސް ތުރުލުމެއް ހުއްޓެވެ.ހޫނު ކަރުނަތައް ޒާރާގެ ކޯތާފަތުގައި ބޮސްދީފައި ދަތް ދޮޅިން ބިމަށް ވެއްޓެމުން ދިޔަ އިރު އޭގެން އެއްވެސް ކަމެއް ޒާރާ އަށް އިހުސާސް ނުވާ ފަދައެވެ.ހަމައެކަނި ހަނދާނުގައި ވެސް އެވަގުތު ޒާރާގެ ހުރީ ޝައުން ގެ ޖުމުލައެވެ.

“އިނގޭ.އެކަމު މިހާރު ބޭނުމެއް ނޫން އެހެން ހަދާކަށް.ޒާރާ އަށް ހަގީގަތް ކިޔައިދޭނަން މާދަން އިން ޝާ ﷲ”ކައިޔަން ޝައުން އަށް ޔަގީންކަން ދިނުމުގެ ގޮތުން ބޯ ޖަހާލީ ތިމަންނަ އަށް އިތުބާރު ކުރާށޭ ބުނުމުގެ ގޮތުން ނެވެ.

ކައިޔަން ގެ ޖުމުލަ ތައް އަޑު އިވުމުން ޒާރާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.ޔަގީނެވެ.ޝައުން ގާތުގައި އެެބުނީ ދޮގު ވާހަކަ ތަކެކެވެ.އޭގެން އެއްކަމެއް ވެސް ކައިޔަން އެއް ނުކުރާނެ އެވެ.ހަމަ ހުސް ދޮގެވެ.ދެމީހުން ދޭތެރެ ޖައްސަން އުޅުނު މީހަކަށް ދޮގު ހެދުމަކީ ފެން ބުއިންހާ ފަސޭހަ ކަމެކެވެ.

“ކިހާ ޔަގީން ކަމެއް ތި ކަމުގަ އޮތީ.މަ މި ދަނީ ޒާރާ އަށް ހަގީގަތް….”ޝައުން ގެ ވާހަކަ ފުރިހަމަ ނުކުރެވި އުޅެނިކޮށް ޝައުން އާއި ކައިޔަން ގެ ކުރިމައްޗަށް ޝަހްނާ އެރުމުން ޝައުން ގެ ދުލުގައި ތަޅު އެޅުވުނެވެ.”ޝައުން ހާދަ ލަދު ކުޑަ އޭ ދޯ.ބޮޑެތި މީހުން ކުރާ ކަންތަކާ ނުބެހި ހުންނާކަށް ނޭނގެއޭ ދޯ.ބަލަ މީ ޝައުން އާ ބެހޭ ވެސް ކަމެއް ނޫނޭ.ހައި ސްކޫލެއްގަ ކިރިޔާ އެގާރަ ކިޔަވަން އުޅޭ މީހަކަށް ކޯޗެއްތަ އިނގޭނީ…..”

“އަދިވެސް އަހަރެންތަ ލަދު ކުޑައީ.ދޮންތަ ކިޔާން އާ ޒާރާ ދޭތެރެ ޖެއްސާ ޒީވާޔާ ނާއިޝް މަރާލަން އުޅެ އެވަރުން ނުވެގެން މިހާރު ފައިހާ މަރާލަން ގަސްދުކޮށް މިހުރިހާ ކަމެއް ކުރި އިރު ވެސް ދޮންތަ އެއް ނޫން ދޯ ލަދު ކުޑައީކީ.މަ ދޯ.މަ މި ދަނީ ހަމަ މިހާރު ގޮސް ޒާރާ އަށް ހުރިހާ ހަގީގަތެއް ކިޔައިދޭން.މާ ކުޅި ކުޅިވަރެއް ނުކުޅެވޭނެ އިނގޭ”ރުޅި އައިސް ރަތްވެފައި ހުރި އިރު ވެސް ޝައުން ދިޔައީ ބަސްމަގު ރަނގަޅު މަގުން ގެންދެވޭތޯ ބަލަމުންނެވެ. ކުރިމަތީގައި ހުރީ އޭނާ އަށް ވުރެ ބޮޑު ދެމީހުންކަން އޭނާ އަށް އިނގޭ ވިއްޔާ އެވެ.

ޝައުން ޝަހްނާ އާއި ދިމާލަށް އެންމެ ފަހު ބަސް އިއްވާލަމުން ދާން ހިނގައިގަތުމާއި އެކީ ފިލާ އޮތް ޒާރާ ނިކުމެ އެންމެންނަށް ފެންނާނެހެން ހުއްޓިލި އެވެ.

“ޒާ….ރާ”ކައިޔަން ކެނޑި ކެނޑިގެން ޒާރާ އަށް ގޮވާލީ ޒާރާ ހުރުމުން ބިރުން ކަމެއް ނޫނީ ޒާރާ ހުރިގޮތް ފެނުމުން ހިތަށް އަސަރެއް ކޮށްގެން ކަމެއް ނޭނގެއެވެ.

“ޝަ…އުން..އަހަ…ންނަ..ށް….ހަގީގަތް…އިނގި…އްޖެ”ކެނޑި ކެނޑިގެން ޒާރާ ބުނެލި އިރު ދެލޮލުން ހުސްވުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ.ޒާރާ ހުރި ހާލު ފެނުމުން ހިތެއް އޮތީތީ ޝައުން އާއި ކައިޔަން ގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.ނަމަވެސް އެއާއި ދިމާ އިދިކޮޅަށް ޒާރާ އަށް ދެރަ އެއް ލިބުމުން ޝަހްނާ އަށް ހީވީ އުފަލެއް ލިބުންހެންނެވެ.

ލޮލުން ހުސްވުމެއް ނެތި ކަރުނަ އަންނަމުން ދިޔަ ހާލު ޒާރާ އޭނާގެ ކައިރީގައި ހުރި ބެންޗުގައި އިށީންދެލިއެވެ.ބަލާލި މީހަކަށް ވެސް ޒާރާ އަށް ކޮއްފައިވާ އަސަރު އިނގޭނެ އެވެ.މަޑު ގިސްލުމުގެ އަޑު މާހައުލުގައި ފެތުރިގެން ދިޔަ އިރު ޒާރާ ރޯން އިންތަން ބަލަން އިނުން ނޫން ކަމެއް ޝައުން އާއި ކައިޔަން އަކަށް ނުކުރެވުނެވެ.

ކުށްވެރި ކަމުގެ އިހުސާހުން ކައިޔަން ބައްދަމުން ދިޔަ އިރު ލަދުވެތިކަން ކައިޔަންގެ މޫނުމަތިން ފެންނަމުން ދިޔައެވެ.ޒާރާ ހަމައަކަށް އެޅުވުމަށް ބުނާނެ ބަހެއް ކައިޔަން ގެ ދުލުކޮޅަށް ނައީ ޒާރާ އަށް ހިތާމަ ލިބެމުން ދިޔައީ އޭނާގެ ސަބަބުން ކަމަށް ވާތީ އެވެ.

ޒާރާގެ އިންތިޒާރުގައި ތިބި ހުރިހާ އެންމެން ގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ.”އަޅޭ ދެން ޒާ ނާންނަންޏާ ކިހިނެތް ޕާޓީ ވެސް ބާއްވާނީ.ކެންސަލް އެއް ވެސް ނުކޮށް ލެވޭނެ ދޯ.މީ ބާރތްޑޭ ޕާޓީ އެއް ވީމަ”ނަވްޔާ ބުނެލީ މޮޅިވެރި ރާގެއްގައި އެވެ.”ކޮންތާކަށް ތަ އެންމެ ފަހުން ޒާ ދިޔައީ؟”އައިކާ ޒީކާން ގާތު އަހާލީ ނިއްއަރުވާލަމުންނެވެ.”ކައިޔަންމެންގެ އަށް ލާފަ މިއައީ”ޒީކާން އައިކާގެ ސުވާލަށް ޖަވާބުދިނީ ޖީބުން ފޯނު ނަގާ ލަމުންނެވެ.

“އެހެންވެ އޭ ބުނަނީ ނުދަންނަ މީހުންނަށް އިތުބާރު ނުކުރާށޭ.ޒީކް އަށް ވަރިހަމަ ދޯ ދެން ޒާ ރައްޓެހިވެގެން އުޅޭ ކުއްޖާ އޭ ކިޔާފައެގެ އަށް ލާފަ އާދެވެނިކޮށް”ކިޔާން ބުނެލީ ނުރުހުންތެރި ކަމާއި އެކުގައި އެވެ.ކައިޔަން އަށް އެއްގޮތަކަށް ވެސް އޭނާ އިތުބާރެއް ނުކުރާނެ އެވެ.ގެއްލިއްޖެ އިތުބާރަކީ ހޯދަން ވަރަށް އުނދަގޫ އެއްޗެކެވެ.

ކިޔާން ގެ ވާހަކަ އަށް އިތުބާރު ކުރަމުން އަލީކް ބޯ ޖަހާލީ އޭނާގެ އަނެއް ފަރާތުގައި އިށީންދެލައިގެން އިން ފައިހާ އަށް ބަލައިލަމުން ނެވެ.ހިތުގަައި އައިކާ އައިކާ އަށްޓަކައި ވާ އިހުސާސްތައް ފައިހާ އަށް އިނގޭނެ ދުވަހަކުން ފައިހާގެ އިތުބާރު ވެސް ގެއްލުނީ އެވެ.ގައިމު ފައިހާ އަށް އޭނާ އަކީ ނުދަންނަ މީހެއް ވެސް ނޫނެވެ.”ދެން ޒުވާބު ކުރިއަސް ވާނެ ފައިދާ އެއް ނޯންނާނެ.މޖ ކެންސަލް ކޮށްލީ ޕާޓީ.މިރެ އަށް ދެން ފަސް ކޮށްލާނީ”ނަވްޔާ ބޭނުންވީ އަވަހަށް ޒާރާގެ ހާލު ބަލާލަން ދާށެވެ.ޒާރާގެ ހާލަތު ނޭނގޭ ހާ ހިނދަކު އޭނާ ގެ ހިތަކަށް ދެން ހަމަޖެހުމެއް ނުލިބޭނެ އެވެ.ކިޔާންގެ ހާލަކީ ވެސް މިއީ އެވެ.

އައިކާ ގެ ޝޯލް އަޅުވަން ހުރި ލައިނީ ފޯނަށް މެސެޖެއް އައި އަޑާއި އެކީ އައިކާގެ ޝޯލް އެޅުވުން މަޑު ޖައްސާލަމުން ފޯނު ނަގާ ބަލާލީ ނުކްޝާން އަށް ވާނެ ކަމަކަށް ނޫނެވެ.ފަހަރެއްގައި އަވަހަށް އައުމަށް އެެދެން ކަމަށް ވެސް ވެދާނެ އެވެ.މިހާރު އެއޮށް ހަތަރު ގަޑި ސާޅީސް ހިނގީ ވިއްޔާ އެވެ.ޕާޓި އަށް އައިކާ ގޮވައިގެން އަންނަން އަންގާފައި އިނީ ސީދާ ހަތަރު ގަޑި ތިރީހަށް ށެވެ.

ނަވްޔާމެން އެންމެން ގެއިން ނުކުމެގެން ދާން ފެށުމުން ލައިނީ އަށް ވެސް ގުޅަން ޖެހުނީ ނުކްޝާން އަށްށެވެ.”ޕިސް ޕިސް.މި ނާޔާ ފުރޭތަގަނޑު ވެސް ލައިނީ އަށް ގުޅާފަ ދިޔައިއްޔާ ގައިން ތަނެއް މަދުވަނީ ތޯ އެއްޗެއް.ސަހާދެއް”ދުވަހަކު ވެސް އަދި ލައިނީ އަށް ގުޅާފައި ނެތުމުން ނުކްޝާން ހިތާ ހިތުން ބުނެލީ ނަވްޔާ އަށް ހުރިހާ ރުޅި އެއް ބާލަމުންނެވެ.

“އޭއި ޕާޓީ ލަސްކުރިއްޔޯ ރޭގަނޑަށް”އެކޮޅުން ނުކްޝާން ބުނެލުމާއި އެކީ ލައިނީ އޭނ އޭ ބުނި އަޑު އައިކާ އަށް އިވުމާއި އެކު ބޮޑު ކަމެއް ވެއްޖެހެން ހީވާން ފެށިއެވެ.”ޒާ ނައިސް ލަސްވާތީ.މިހާރު ސާޅީސް ހިނގީނު އެއޮށް ޒީކް ޒާ ލާފަ އެއައީ ހަތަރެއް ޖެހި އިރޭ.ކައިޔަން އާ އެކީ އަންނާނަމޯ ބުންޏޯ”ނުކްޝާން އޭނާ ބުނަން ބޭނުންވި އެއްޗެއް ބުނެ ނިމުމުން ފޯނު ކަނޑާލި އެވެ.

“ކާކުތަ؟”އައިކާ ލައިނީ ގާތު އަހާލީ ކެތްތެރިކަން ކުޑަ ވެ ހުރެއެވެ.”ނުކް އެއްނު.އޭނަ ބުނަން ވީ އެއްޗެއް ބުނެ ނިމުނީމަ ފޯނު ކަނޑާލައިފި އޭ”ލައިނީ ބުނެލީ ފާޑަކަށް ނުރުހުންވެ ހުރެއެވެ.

އަތުގައި އޮތް ފޯނު ރިންގު ވަމުން ދިޔަ އެއް ކަމަކު ހަމަހިލާ ފޯނު ނަގާނެ ހާ ވަރު ވެސް ނެތުމުން ޒާރާ އަށް ފޯނު ކަނޑާލެވުނެވެ.ދެވަނަ ފަހަރަށް ވެސް ނަވްޔާ އޭނާގެ ފޯނަށް ގުޅުމުން ޒާރާ ފޯނު ކަނޑާލަމުން ފޯނު ނިވާލީ އިތުރަށް ނަވްޔާ ގުޅަން ފެށުމުންނެވެ.

  • “ތެންކް…ސް ޝައުން”ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލަމުން ޒާރާ ގެއިން ނިކުންނަން ހިނގައިގަތީ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ނެވެ.

ނުނިމޭ

Comments (22)

  1. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Long time no see
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih
    Mi part kiyaafa rovijje
    Shaun and kaiyan rangalhey
    They deserve better
    Love you ❤️

    1. RIFSHA
      Cutie girl

      Thanks cutie girl
      Yes varah dhuvas vejje dho.next part Rifoo iyye rey submit kohlin.e part miadhu kiyaalan nulibuny admin buxy v ma kanneynge.
      Love you more ❤️

  2. Laura

    Heyy Rifoo
    Kon dhuvaheh inthizaaru kuraa thaa..
    This part is also amazing
    Shaun and shahna ge fight dho enme maja ee.hehe e dhemyhun ge fight eh adhi gennahchey.lau ah heevani zaa and kaiyan gulhen kanneynge e ulheni.kanneynge eh noon yageen 💯💯. You are the best rifoo
    May Allah bless you 🙏
    Love you Rifoo 💋

    1. RIFSHA
      Laura

      Hey Lau
      Varah bodah thanks ingey.
      Yes shaun and shahna ge fight mi part ga enme salhee.
      Next part submitted.hama iyye rey 10:14 GA innany last edited time.hama e varu vx balaifin Rifoo
      Love you more ❤️

  3. Dhunya

    Hey Rifoo
    Mi part ves varah reethi masha Allah
    Kon irakun next
    Love you

    1. RIFSHA
      Dhunya

      Hey dhunya
      Thanks dhunya
      Next part submitted.
      Love you more ❤️

  4. Nishva

    Hey Rifoo
    Mi part ves varah reethi Masha Allah
    Kon irakun next part kiyaalan libeyni
    Can’t wait for the next part
    Love you 😘

    1. RIFSHA
      Nishva

      Hey nish
      Thanks nish
      Next part submitted.
      Love you more ❤️

  5. Ur fan

    Hi Rifoo
    I am a big fan of you?how are you?I love your story.and it is the best story I’ve ever read.
    Wish you luck 🤞
    Love you Rifoo

    1. RIFSHA
      Ur fan

      Thanks my fan.
      I am fine alhamdhullilah.how are you
      Thanks my fan.
      Love you more ❤️

  6. DevilQueen

    Vvv salhi mi vhk ingey. can’t wait for the next part

    1. RIFSHA
      DevilQueen

      Thanks devil queen
      Next submitted

  7. SHAAYAN

    Hey Rifoo
    I am waiting for yaan and zaa gulheyne irakah.
    Can’t wait for the next inge…
    Hope next part varah avahah kiyaalan libene kamah.
    Love you Rifoo 💙

    1. RIFSHA
      SHAAYAN

      Thanks shaayan.
      Next part submitted
      Me tooo hama zaa and yaan gulheyne irakah
      Love you more ❤️

  8. Dhooni

    Mi part ves varah reethi masha Allah
    Kon irakun next????
    Next ga yaan and zaa gulhuvahchey
    Love you

    1. RIFSHA
      Dhooni

      Thanks dhoonee
      Next submitted
      Let’s see dho dhen vaane gothei
      Love you more ❤️

  9. Mainn

    Hey Gurl
    This part is hama amazing 😍.I don’t know ingey hama bunaane ehcheh.pls pls next part a avahah kiyaalan genesdhehchey.i can’t wait hama dhen.pls pls rifoo.
    This story is hama best ingey aslu kudhinnah neyngunas

    1. RIFSHA
      Mainn

      Hey main
      Thanks varah bodah for your lovely comment.
      Next part submitted ey.neynge Rifoo ah vx kiyaalan libeyne dhuvaheh.Rifoo mi part vx aslu Thursday ga submit kohleemey monday ga kiyaalan libunas ehen ve mi buny kon dhuvahaku kamei neynge ey kiyaalan libeyni

  10. Shimmer

    Hey rifoo…
    Sorry …kudakoh lahun comment kurathee mi dhuvas kolhu ….hama busy kamun ….. hehehe
    Anyway, this part is also amazing…
    Hope next part will be a lil too long …
    Pls yaan and zaa gulhuvabala avahah……
    Curiously waiting for the next part….
    Love you ….
    Study hard….

    1. RIFSHA
      Shimmer

      Hey shimmer
      It’s ok Rifoo vx lahun nehnu mi reply dheny 😅
      Thanks shimmer next part 7 min read vaane
      Let’s see dho dhen vaane gothei
      Next part submitted.submit kohalaafa mi part balaali iru shimmer ge comment aslu fenuney ekam veegothakee reply nudhevuny.hehe
      Love you more ❤️

  11. Shimmer

    Hey rifoo
    Next part up nuvanee keyvetha…

    1. RIFSHA
      Shimmer

      Rifoo akah vx neynge ey admin in approve kohlee ma upload vaany.rifoo vx dheythere akun eba balaalevey up vejje tho.hehe.next part upload vi irakun nooni 49 vana episode submit nukuraan mi innany

Comments are closed.