Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…46

އަސުރު ނަމާދުން ފައިބައިގެން އައި ޝައުން ގޭތެެރެ އަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކީގައި ޝަހްނާގެ އަޑު ކަންފަތުގައި ޖެހުނެވެ.އަޑު އައީ ޝަހްނާ ގެ ކޮޓަރި ތެރެއިން ނެވެ.މަޑު މަޑުން ދޮރު ކައިރީގައި ހުއްޓިލި ޝައުން އަށް ޝަހްނާ ބުނެލި ވާހަކަ އިން ލިބުނު ސިހުމުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

*********************************

“ދެން ތި ފައިހާ އެއް މަރާލަންވީނު.އޭރުން ކަންނޭނގެ މައި އަށް އަލީކް ލިބޭނީ”އޭނާގެ ދޮންތަ ހަމަ މީހަކު މަރާލަން ވެސް ގަސްދު ކުރަނީ ހެއްޔެވެ؟އެއީ އޮޅިގެން ވެސް އޭނާ ކުރާނެ ކަހަލަ ފާފަ އެއް ނޫނެވެ.ނަމަވެސް ޝައުން އަށް ނޭނގުނީ މީގެ ކުރިން ވެސް ޝަހްނާ ވަނީ މީހަކު މަރާލަން ގަސްދު ކޮށްފައި ކަމެވެ.އަދި އޭގެ އިތުރުން މީހަކު މަރާލަން ވަނީ ފިޔަވަޅު ވެސް އަޅާފައި އެވެ.

 

“ކައިޔަން ކައިރީ ބުނެލީމަ އެއީ އެއްވެސް ކަމެއް ނޫން”ޝަހްނާ ގެ ވާހަކަ އިން ހަމަ ރަނގަޅަށް ވެސް ޝައުންގެ މޫނު ހުދުވެގެން ދިޔައެވެ.މޫނު ހުދު ނުވިއްޔާ ދެރަ އެވެ.”ކައިޔަން.ކައިޔަން އަކީ ކާކު ބާ؟”ހިތުގައި އުފެދުނު ސުވާލަށް މީން ދުވަހަކު ޖަވާބު ލިބިދާނެ ކަމަށް ޝައުން އަށް ޝައްކެވެ.

 

އަވަހަށް ޒާރާ ހޯދަން ދާން ވީ އެވެ.ޒާރާ ހޯދުމުގެ ކުރިން އެ ކައިޔަން އެއް ވެސް ހޯދަން އެބަ ޖެހެއެވެ.ޝަހްނާ އަށް ވަޒީފާ ލިބުމުގެ ކުރިން ހުރިހާ ހަގީގަތެއް ޒާރާ އަށް ފަޅާ އަރުވާލަން އެބަ ޖެހެއެވެ.އެހެން ނޫނީ އޮފީސް ތެރޭގައި ޝަހްނާ ދުއްވާލާނީ ކޮން ކަހަލަ ޑްރާމާ ގަނޑެއް ކަމެއް ވެސް އިނގެނީ އެއް ނޫނެވެ.

 

މަޑު ފިޔާތޮށިކުލައިގެ ޝޯލުގައި އެންމެ ފަހު ޕިން ޖަހާލަމުން ޒާރާ ގަޔަށް ސެންޓު ބުރުވާލިއެވެ.އެނދު މައްޗަށް އެއްލާލާފައި އޮތް އޭނާގެ ފޯނު ހިފައިގެން ޒާރާ ކޮޓަރިން ނިކުންނަން ދިޔަ ވަގުތަކީ ޒީކާން ވެސް ޒީކާންގެ ކޮޓަރިން ނިކުން ވަގުތެވެ.

 

ހުދުކުލައިގެ އަތްދިގު ގަމީހަކާއި އެކީ ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރި ޒީކާން ގެ މޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ.އާދަައިގެ މަތިން އުޅަބޮއްޓާއި ހިސާބަށް އަތުކުރި ހުރީ އޮޅާލާފައި އެވެ.އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ހުރި ގޮތުން އަންހެން ކުދިން މޮޔަ ނުވިއްޔާ ވާ ރަނގަޅެވެ.

 

ހުދުކުލަ އަކީ ނުކްޝާން އެންމެ ފަހު ވަގުތު ރަތް ކުލަ ލާން އެއްބަސް ނުވުމުން ނަވްޔާ ފާސް ކުރި ކުލައެކެވެ.ނުކްޝާން ދެން ރަތް ކުލަ ލާނެ ހެއްޔެވެ؟ކުރީ ބައިގައި ރަތް ކުލަ ލާނީ މޮޔައިންނޭ ބުނެފައި ހުރި މީހަކު ރަތް ކުލައިގެ އަންނައުނު ލުމަކީ ނާދިރު ކަމެކެވެ.

 

“ދާން ވީތަ ގޮވައިގެން؟”ޒާރާ އާއި އަރާ ހަމަ ކުރަމުން ޒީކާން ސުވާލު ކޮށްލީ އޭނާގެ އާންމު ރާގުގައި އެވެ.”ކައިޔަންމެންގެ އަށް ލައި ދެވިދާނެ ތަ؟”ޒީކާން ކޮށްލި ސުވާލަށް ޖަވާބު ދިނުމެއް ނެތި ޒާރާ ޒީކާން އަށް ސުވާލެއް ކޮށްލި އެވެ.ހަމައެކަނި ބޯ ޖަހާލުމަކުން ޒީކާން ފުއްދާލީއެވެ.

 

ހުދުކުލައިގެ ޓީޝާޓެއް ގެ ދަށުން މަޑު ނޫކުލައިގެ ޖިންސެއް ލައިގެން ހުރި ކައިޔަން ގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ.ރޭގެ ބޮޑު ބައިޔާއި މިއަދުގެ ބޮޑުބައި އޭނާ ހުސްކުރީ މުޅިން ވެސް ވުސްނުމުގައި އެވެ.ޒާރާ އާއި ރުޅި ވާނެ ގޮތެވެ.ހަގީގަތް ކިޔައިދޭ އިރު ފަށާނީ ކިހިނެތް ކަމެވެ.ހުސް ވެސް ވިސްނަން ޖެހޭ ކަންތައްތަކެވެ.

 

އިސްތަށިގަނޑު ގައި ފުނާ އަޅާ ނިންމާލަމުން ކައިޔަން ފުން ނޭވާ އެއް ލިއެވެ.ޒާރާ ބަލާ އެގެ އަށް ދާން ވީ ކަމެއް ނޫނީ ޒާރާ އެގެ އަށް އަންނަން ދެން މަޑު ކުރާނީ ކަމެއް ކައިޔަން އަކަށް ނޭނގުނެވެ.ޒާރާ ބަލާ ދާން ނިންމައިގެން ކައިޔަން ކޮޓަރިން ނިކުތީ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލުމުން ނެވެ.ނަމަވެސް ކައިޔަން އަށް ނޭނގުނީ ކައިޔަން ޒާރާ ބަލާ ދިއުމުގެ ކުރިން ބޮޑު ކަމެއް ގޭތެރޭގައި ހިނގާނެ ކަމެވެ.

 

ތަނަވަސް ބޮޑު ކޮޓަރި އެކެވެ.ހަތަރު ފާރުގައި ނޫ ކުލަ ލާފައި ވާ އިރު ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެން ދަނީ މުއްސަނދި ކަމެވެ.ކޮޓަރީގައި ދިރިއުޅެމުން ދާ މީހާގެ ހައިބަތު ކޮޓަރިން އެކަނި ވެސް އަންގާލަ ދެއެވެ.

 

ކޮޓަރީގެ މެދުގައި ކަހަލަ ގޮތަކަށް ބެހެއްޓިފައިވާ އެނދުގެ މަތީގައި އިން ޒުވާން ފުރައިގެ ފިރިހެން ކުއްޖާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.ކަމަކާއި ވަރަށް ބޮޑަށް ހާސްވެފައި އިން ކަން މޫނުމަތިން އެކަނި ވެސް އަންގާލަ ދެއެވެ.

 

“ޕްލީސް ރާދިން.ހަމައެކަނި މަށަށްޓަކައި ކައިޔަން ގެ ނަންބަރު ނޫނީ އުޅޭގެ ހޯދާލަ ދެވިދާނެތަ؟”ޝައުންގެ ބަރު އަޑު ކޮޓަރި ތެރޭގެ ހިމޭންކަން ފޫ އަޅުވާލިއެވެ.”ބްރޯ.ތީ ރަނގަޅު ކަމެއް ނޫނެއްނު.އޭރުން އަމިއްލަ ދޮންތަ އެއްނު ފަޟީހަތް ވާނީ.ޝައުން ވިސްނާލަބަލަ އޭރުން ޝައުންގެ ބައްޕަގެ އަގު ވެސް ވެއްޓޭނެ ދޯ ތި ޕެލޭން ކުރާ ގޮތުން.ވިސްނާލާފަ ދޯ ތި ކަހަލަ ބޮޑެތި…”

 

“ކިހާ ވަރަކަށް ތަ މަ ވިސްނަން ވީ.ދޮންތަމެން ޒާރާ އަށް އެހުރިހާ ކަމެއް ކުރީ މީގެ ތިން އަހަރު ކުރިންނޭ.އަދިވެސް ހަގީގަތެއް ޒާރާ އަކަށް ނޭނގެއޭ.ދެން ވިސްނާލަބަލަ ލޯބިވާ ދެމީހުންނޭ އެ ދުރުވީ އެހެން ވީމަ.މާ ތާހިރު ކަމެއް ތަ އެއީ ދެން ދޮންތަ ކުރާ ކަމެއް ބަލަން އަތްޖަހަ ޖަހާފަ ހުރުން.އެމީހުން އެއް ފަހަރު ނާއިޝް އާ ޒީވާޔާ މަރާލަން ވެސް އުޅެފި އޭ އެ ކައިޔަން އެއް ލައްވާ އީޝާ ބުނެގެން.މީހުންގެ ފުރާނައިގެ އަގެއް ނުދެވޭނެ ދޯ ކިތަންމެ ލާރި އެއް އެމީހެއްގެ އާއިލާ އަށް ދިނަސް.މިހާރު އެ އުޅެނީ އެ މައިރާ ކައިރި ކިޔައިގެން ފައިހާ މަރާލާށޯ ކައިޔަން ލައްވާ.އޭރުންނޯ އަލީކް ލިބޭނީ ފައިހާ އަށް.މިހިރީ އެމީހުންގެ ފެންވަރު ދެން ވެސް ހަމަ އަތް ޖަހާލަ ޖަހާލަ ހުންނަން ވީ.އާނ ހެޔޮ ކައިޔަން ގެ އެއްވެސް މައުލޫމާތެއް ނުދިނަސް. ދެން ރާދިންގެ އެއް ނުހުންނާނެ ޝައުން ކިޔާ ބެސްޓީ އެއް.ވަރަށް ސަލާމް”ރާދިން ވާހަކަ ދައްކަ ދައްކާ ހުއްޓާ ޝައުން ރާދިން ގެ ވާހަކަ މެދުކަނޑާލަމުން ވާހަކަ ދައްކަން ފެށީ ނުރުހުންތެރި ކަމާއި އެކުގައި އެވެ.އެހެން ނަމަވެސް ނިންމާލީ މަޑުމައިތިރި ކަމާއި އެކުގައި އެވެ.

 

“ޝައުން ވެއިޓް ޝައުންންން”ރާދިން ޝައުން ފޯނު ކަނޑާލުމުގެ ކުރިން ބުނެލީ އަވަސް އަވަހަށްށެވެ.”ކައިޔަންމެންގެ އިންނާނީ ތިގެ ކައިރީގަ ހަމަ ތި މަގުގަ.ތިމަގުގަ ހުދުކުލަ ލާފަ އިންނާނީ ގޯތި ތެރޭގަ އިންނާނެ މަގާ ދިމާލަށް ބޮޑު ބޯގަންވިލާ ގަހެއް.ހުދު ކުލަޔާ ޕިންކު ކުލަޔާ ހުންނާނީ.ހުދު ކުލައިގެ ބޮޑު ގޭޓެއް ލާފައި ހުންނާނީ”ރާދިން އޭނާ އިނގޭ ވަރަށް ކިޔާލަ ދިނެވެ.”އޯހ ތެންކްސް މޭން”ޝައުން ރާދިން އަށް ޝުކުރު އަދާ ކުރަމުން ފޯނު ކަނޑާލިއެވެ.ފޯނު ޖީބަށް ލަމުން ޝައުން ކޮޓަރިން ނިކުންނަން ހިނގައިގަތީ ޝަހްނާ އަަށް ވުރެ ކުރިން ކައިޔަންމެންގެ އަށް ދިއުމަށްށެވެ.ރާދިން އެގެ ސިފަ ކޮށްދިނުމާއި އެކީ އެއީ ކޮން ގެއެއް ކަން އޭނާ އަށް އިނގިއްޖެ އެވެ.

 

ހުދު ކުލައިގެ އޯވާރ ސައިޒް ހޫޑީ އަކާއި ކަޅު ކުލައިގެ ސްކިނީ ޖީންސް އެއް ލައިގެން ހުރި ޝަހްނާ ގެ މޫނުމަތީގައި އަމިއްލަ އަށް މޭކަޕް ކުރަމުން ދިޔަ އިރު ގާތުގައި ބޮޑީ ގާޑުން ތަކެއް ހެން މައިރާ އާއި ޔަޝާގެ އިތުރުން އީޝާ ވެސް ހުއްޓެވެ.ބަލާ ބެލުމަށް ޝައިތާނާ އާއި އޭނާގެ އައުވާނުން ފާޑެއް ވެސް ޖަހައެވެ.

 

“ޝަހޫ ދެން ކައިޔަން ކައިރީގަ ބުނެދެއްޗެ އަލީކް އެންޑް ފައިހާ ދުރުކޮށްދޭށޭ.މިހާރު ފައިހާ ހުންނަނީ ނިކަން ފޮނި ވެފަ އޭނަ އަށް އަލީކް ލިބުނީމަ.ހުވާ ސަހާދެއް.މަގޭ ކައިރީގަ ވެސް އެ ފޮނި ފުއްޕި ފޮނި ކެނޑިއޭ.މައި އަަށް އިނގޭ ހޯ ފައި މި އުޅެނީ އަލީކް އާ އެކީ ރިލޭޝަން އެއްގަ ޔޯ.ސަހާދެއް ފޮނި މީހާ ގަނޑެއް”މައިރާ ދެލޯ މައްޗަށް ހިންގާލަމުން ހިތުގައި އޮތް ހަސަދަ ބޭރު ކޮށްލިއެވެ.ހަސަދަވެރި ކަމަކީ ކިހާ ނުބައި ކަމެއްކަން މައިރާ އަށް އިނގޭނެ ނަމަ އެވެ.ނަމަވެސް ނަމަ އަކުން ކެއްކޭނެ ރިހަ އެއް ނެތެވެ.

 

“މިހާރު ޝަހޫ އެންޑް މައި އަށް ލިބުނީ ދޯ ތިީދެމިހުން ލޯބިވާ ދެމީހުން ދެން ކޮބާ ޔަޝް އެންޑް އީޝް އަށް”ޔަޝާ އަބަދު ވެސް އޭނާ ކިޔާ ބަނދި ވަރު ކިޔާލި އެވެ.”ސަހާދެއް ތި ކެތްތެރި ވެބަަލަ.ތި ދެމީހުންނަށް ވެސް ހޯދަ ދޭނަމޭ.ތި ދެމީހުންގެ ލޯބިވާތައް”ޝަހްނާ ބުނެލީ މޭކަޕް ކޮށް ނިންމާލަމުން ނެވެ.”ކައިޔަން އަށް ނޭނގި ހަމަ ގޭތެރެ އަށް ވަދޭ އިނގޭ.އެހެން ނޫނީ އޭނަ ނުވައްދަ ފާނެ.އޭނަ ވަރަށް އެހެން ކަހަލަ މިހާރު”އީޝާ ޝަހްނާ ދާން އުޅުމުން ބުނެލީ ހިނިތުންވެލަމުންނެވެ.

 

ކައިޔަން އޭނާގެ ކޮޓަރިން ނުކުމެ ކިރިޔާ ދޮރު ލައްޕާލެވުނީ އެވެ.ބެލް އަޅާ އަޑު އޭނާ އަށް އިވިއްޖެ އެވެ.ހަމަގައިމު ވެސް އާޔަން އަކަށް ނުވާނެ އެވެ.ކޮންމެ މީހަކަސް އާޔަން ފޫ އަޅުވާލާފައި ނޫނީ ގޭގެ ދޮރާ ހިސާބަކަށް ނުވަދެވޭނެ އެވެ.އާޔަން ގޭގެ ގޯތީގައި ހުރި ޖޯއްޔެއްގައި އޮތްކަން ސްނެޕް ލޮކޭޝަން އިން އެބަ ދައްކައެވެ.ރަނގަޅަށް ވިއްޔާ ވާނީ ޒާރާ އަަށްށެވެ.

 

ގޭގެ ދޮރު ހުޅުވާލި ކައިޔަން ގެ ދެބުމަ ގޮށްޖެހުނީ ދޮރު މަތީގައި ހުރި ޒުވާނާ ފެނިފައި އެވެ.ހަމުގެ ކުލަ އަލި އެޒުވާނާގެ މޫނުމަތިން އެއްވެސް އެއްޗެއް ކައިޔަން އަކަށް ނަގައި އެއް ނުަގަނެވުނެވެ.ލައިގެން ހުރި ހުދު ކުލައިގެ ޓީޝާޓް އެޒުވާނާ އާއި ކިތަންމެ ހާ ވެސް ގުޅެއެވެ.

 

“އައްސަލާމް ޢަލައިކުމް”ކަރު ކެހިލަމުން ޝައުން ސަލާމް ގޮވާލުމާއި އެކީ ކައިޔަން އަށް ހީވީ ބޮޑު އިންޓަވިއު އެއް ނަގަން އޭނާ ކައިރިއަށް އެޒުވާނާ އައިހެންނެވެ.ގޮވާލީ ވެސް އެހާ އިހުތިރާމާއި އެކީ ބީރައްޓެހި ގޮތަކަށް ވިއްޔާ އެވެ.”ވައަލައިކުމުއް ސަލާމް”ޝައުން އަށް ކައިޔަން ރައްދު ދިނީ ވެސް ޝައުން ރައްދު ދިން ފަދަ ގޮތަކަށް ހަމަ އެ ރާގުގައި އެވެ.

 

ޒީކާން ޒާރާ ގޮވައިގެން ކައިޔަންމެންގޭ ދޮރު ކައިރި އަށް ސައިކަލު މަޑު ކޮށްލި ވަގުތުވީ ޝަހްނާ ވެސް އައިސް އެގެ އާއި އަރާ ހަމަ ކުރި ވަގުތަށް ށެވެ.ޝަހްނާ އައިސް ގޭގެ ގޭޓު ހުޅުވާލުމުން ޒާރާގެ ދެލޯ ބޮޑުވީ ޝަހްނާ ކައިޔަންމެންގެ އަށް އަންނަންވީ ސަބަބު ނޭނގުމުންނެވެ.އަނެއްކާ ކައިޔަން ބުނި ޝަހްނާ އަކީ މިއީ ބާ އެވެ.

 

ހިތުގައި ސުވާލު އުފެދިފައިވާ ހާލު ޒާރާ ޝަހްނާ ގެ ފަހަތުން ގެއަށް ވަންނަމުން ސަލާމް ގޮވާލި އަޑާއި އެކީ ޖޯލީގައި އޮތް ޒުވާން ފިރިހެން ކުއްޖަކު ސަލާމް ބަލައިގަތެވެ.”މީ ކައިޔަން”ޒާރާ އަށް އެހިސާބަށް ބުނެވުމާއި އެކީ ކައިޔަން ދައްކާލީ ޒާރާ ގެ ކިރިޔާ ލޮލުކޮޅަށް ފެންނަ ހިސާބުގައި ކުޑަ ވެރެއްގެ ބަގީޗާ އެއް ތެރޭގައި ހުރި ކައިޔަންއެވެ.ކައިޔަންގެ ކައިރީގައި ވެސް ފަހަތަށް އެނބުރިގެން ޒުވާނަކު ކުރިތަން ޒާރާ އަށް ފެނުނެވެ.ފަހަރެއްގައި ކައިޔަންގެ އެކުވެރި އަކަށް ވެސް ވެދާނެ އެވެ.

 

ޒާރާ އަށް ވުރެ ކުރީބައިގައި ހިނގާފައި އައި ޝަހްނާ އަށް ކައިޔަން އާއި ވާހަކަ ދައްކަން ހުރި ޝައުން ފެނުމުން ހިތުގައި ކަމެއް ނުބައި ވާން އުޅޭ ކަމުގެ ރަނގަބީލެއް އަޅާލިއެވެ.ފުރަގަހަތުން ފެނުނު ނަމަވެސް އެއީ ޝައުން ކަން އޭނާ އަށް އިނގޭނެ ތާއެވެ.

 

އެ ޒުވާނާ ދެއްކި ދިމާލުގައި ހުރި ކައިޔަން ފެނުމުން ޒާރާ ދުވެލާފައި ޝަހްނާ އަށް ވުރެ ކުރި އަށް އަރައިގެން ދިޔަ ޒާރާ އަށް ނޭނގުނީ ދެން ވާނެ ގޮތެވެ.ޒާރާ ގެ ފަހަތުން އައި ޝަހްނާ ޒާރާ ކިތަންމެ ވަރަކަށް ވެސް ހުއްޓުވަން ބޭނުންވި އެވެ.ސަބަބަކީ ޝައުން ކައިޔަން އާއި ވާހަކަ ދައްކަން ހުރުމަކީ ރަނގަޅު ކަމަކަށް ނުވާނެހެން އޭނާ އަަށް ހީވާތީ އެވެ.އެއް އިރެއްގައިވެސް ޝައުން އަކީ އޭނާ އާއި އެކުވެރިން ކުރި ކަމަކަށް ހިތްވަރު ދިން މީހަކަށް ނުވާ އިރު މިއަދު މިތަނުގައި ރަނގަޅު ވާހަކަ އެއް ދައްކަން ޝައުން ހުންނާނެ ކަމާއި މެދު ޝައްކެވެ.

 

ކައިޔަން ސިއްސުވާލުމުގެ ގޮތުން ކައިޔަން އާއި ޝައުން އަށް ވެސް ނުފެންނާނެ ގޮތަކަށް ބަގީޗާ ތެރެ އަށް ވަދުނު ޒާރާ އަށް ޒާރާ އޭ ކިޔާހެން ހީވުމުން ރަނގަޅަށް ކަންފަތް ދިއްކޮށްލި ވަގުތު ކައިޔަން ބުނެލި ޖުމުލަ އަކުން ހިތުގައި ސުވާލު އުފެދުނެވެ.ދެވަނަ ސިކުންތަކަށް އެސުވާލުގެ ޖަވާބު ނުލިބި ހުއްޓާ ޝައުން ބުނެލި ޖުމުލަ އަކުން މޭގައި ރިހުމެއް އުފެދި ލޮލުން ކަރުނަ ހިލުނެވެ.ޝައުންގެ ޖުމުލަ ޒާރާގެ ކަންފަތުގައި ގުގުމަން ފެށުމާއި އެކީ ރޮވެން ފެށުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ނެވެ.

 

ނުނިމޭ

Comments (30)

  1. shawaa

    this prt is sooo nice
    waitin 4 the nxt prt
    u r one of my fav author
    love u rifoo
    n keep it upp dear

    1. RIFSHA
      shawaa

      Thanks shawaa for ur lovely comment.
      Varah ufaa vejje rifoo mee shawaa ge favourite author kan inguny ma..
      Love you more shawaa ❤️

  2. Nahoo

    ވާހަކަ ލިއުމުގެ ހުނަރު ހުރި ޒުވާން ވާހަކަ ލިއުންތެރި އެއް ކަން އުފަލާއި އެކު ފާހަގަ ކުރަމެވެ.ލޯބި މަޖާ ހިތާމަ ނަފްރަތާއި ހަސަދަވެރިކަން އެއް ވާހަކަ އަކުން އަޅުގަނޑަށް ފެނުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.ނަމަވެސް ފުރިހަމަ އިބާރާތް ކުރުން ތަކާއި އެކީ ގައި ކިޔުންތެރިން ޝައުގުވެރިވާ ގޮތަކަށް ލިޔެފައިވާތީ މިއީ އަޅުގަނޑު މިހާރު އެންމެ ކިޔާ ހިތުން ކިޔާ ވާހަކައެކެވެ.އަބަދު ވެސް ލިޔުންތެރިޔާ
    އަށް ރަނގަޅު ބާއްޖެވެރި މުސްތަގުބަލަކަށް އެދެމެވެ؛

    ބައެއް ފަހަރު ޖަޒުބާތުގައި ޖެހި ވާހަކައިގައި އުޅޭ ބަތަލާ ރޯތަން ސިފަކޮށްދީފައިވާލެއް ފުރިހަމަ ކަމުން ރޮއެވެ އެވެ.އަދި އަނެއްބައި ފަހަރު ނުކްޝާން ގެ މަޖާ ވާހަކަ ތަކުން މޫނުމައްޗަށް ހިނިތުންވުން ވެރިކޮށްލަދެ އެވެ.އެންމެ ފޫހިވެފައި އިންނަ ވަގުތުގައި ވެސް މިވާހަކަ ކިޔާލުމުން ފޫހިކަން ފިލާ ދެއެވެ.މިއީ ސަތޭކަ އަކުން ސަތޭކަައިގެ ވާހަކަ އެއް.

    ދެން އޮތް އެޕިސޯޑް ވެސް ވަރަށް ރީތި ވާނެ ކަމަށް އުންމީދު ކުރަން

    1. RIFSHA
      Nahoo

      Thanks nahoo.
      Thihaa loabi comment eh kohli kamattakaa shukuriyya.i don’t even know dho dhen kiyuntherin kiyany kiyaa hithun kamei nooni noon kamei.ekam bunan hedhyma heevey dhen reethi koh hen liyeveny.
      Once again thankss nahoo for ur lovely comment

  3. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    Zaa and kiyaan gulhuvachey
    They both are made for each
    Shaun busted kohlee dho shahunaa ge hageegaiy
    Aleek and aika gulhuvachey
    Zaa and kiyaan guluneyne irakah mi intizaaru kurani
    V kiyaala hithun kiyaa story eh
    You’re my fav author
    Love you ❤️

    1. RIFSHA
      Cutie girl

      Thanks cutie girl
      Next part in sha Allah miadhu submit kohlaanan mihaaru varah bodah liyevifa iny.ekan adhi thankolheh dhigu koh liyelan kamah mi ulheni.
      Aslu vx ey Rifoo vx hiyei nukuramey mi hen falhaa araane kamakah.kurin lap ga innaany thankolheh majaa koh falhaa araa gothah ekam mihaaru dhen thankolheh emotional kohlee mi.
      In sha Allah dhen maa Gina dhuvaheh nei ehves kujjakah.
      Thanks cutie girl
      Love you more ❤️

  4. Cutie girl

    Alhamdhulilah zaa ah visnijje yaan zaa dheke loabivaa varu
    Mi part kiyaafa rovijje
    Mihaaru heevani zaa and yaan gulhen ulheyhen
    Curiously waiting fornext part
    Rifoo haalu khineh
    One weak or two weak story nugenesdhevunas eves Shakuvaa eh neih
    Study is important
    Good luck with exams
    Abadhu ves support libeyne insha Allah

    1. RIFSHA
      Cutie girl

      Yes cutie girl.hama zaa ah visnuny ey mihaaru e.sorry ingey cutie girl rovvaalevuny ma.
      Labba gulhen e ulheni ekam adhi eh noon.hint eh….hama cutie girl v ma.
      Haalu alhamdhullilah varah rangalhu.cutie girl kihinei??
      Thanks cutie girl.varah aslu ufaa vey cutie girl men kahala kudhinnah understand vaathy.
      Thanks cutie girl very very much.
      Jazakallah

  5. Rauha

    Wowws mihaaru haadha salhi ey dho vaa goi.kekey dhen bunaany reethi kamun meendhy Thalin kulhu hikifa.
    Next part kiyaalan libeyne ireh ge inthizaaru ga.
    Love you Rifoo 💋

    1. RIFSHA
      Rauha

      Heyy rau
      Hehe thank rau varah ufaa vejje rau ah mi part vx reethi Kan inguneema.in sha Allah next part Wednesday or maadhan kiyaalan libeyne.varah bodah liyefa innany miadhu nooni maadhan liyaane vaguthei vejeyya e part nimeyne ehen v ma maadhan nooni wednesday ga kiyaalan libeyni.so sorry ingey aslu lahun kiyaalan libeyne thy ekam vx rifoo buxy kamunney.
      Love you ❤️

  6. Dhunya

    Hey Rifoo
    Mi episode ves varah reethi masha Allah
    Kon irakun next part kiyaalan libeyni
    Can’t wait for the next part
    Next ga yaan and zaa gulhuvahchey
    Love you 😘

    1. RIFSHA
      Dhunya

      Thanks dhunya.
      Next part in sha Allah maadhan nooni wednesday ga
      yaan and zaa ah vaane gothei balamaa dho
      Love you more ❤️

  7. Cutie girl

    Alhamdhulilah alhugandhu ge haalu v rangalhu

    1. RIFSHA
      Cutie girl

      That’s Great 👍 Alhamdhullilah

  8. SHAAYAN

    Hey Rifoo
    Wowwwey haadha reehchey mi part.yaan and zaa avahah gulhuvaa dhen mihaaru zaa ah hageegai inguny ehnu e.pls pls 🙏🙏
    Kaiyan and shaun ah zaa e thaa huri kan ingunyma vaany kihinei baa??
    Alhey curiously waiting for the next part
    Love you Rifoo 💙

    1. RIFSHA
      SHAAYAN

      Hey shaayan
      Nice to meet you how are you??
      thanks shaayan kihinei shaayan ah ingeni zaa ah hageegai inguny kamei.hehe
      Next part in sha Allah maadhan nooni wednesday ga
      Love you more ❤️

  9. Kk

    Miharu mi pejah vahaka fonovan hadhan jehenee kihinehtho? Vahaka eh fonoviyas habareh nuvey. Messager in suvaleh kohliyas balaalaafaves novey.

    1. RIFSHA
      Kk

      Hama log in vefa vaahaka submit kohlan jeheni.ehbai faharu las vaane upload vaa lei ingey tho.ekam aneibaa faharu avas vaane. messenger in alhugandu message nufonuvaathy alhugandakah neynge dhen ehen v ma. Maafah edhen lahun reply kohlevunyma.

  10. Laura

    Heyyy Rifoo darlingggss
    Kiyaali gadee ga comment eh Nukohlevuny thy varah Bodah Sorry ingey.ekam buxy dhuvas kolhekey.mihaaru vx mi iny past paper hadhan.dhen 10 GA beyhveyny vx.adhi mihadhany vx ex and why varah foohi vey.hithah araa ex akee kaaku tho maths balan jehey hey.lol
    Rifoo haadha reehchey vaahaka.mihaaru dhen kiyaan and zaa gulhen ulhey kamuge mala mathi fennan fashaifi.e dhekudhinnah fahu Aleek and aika dho.ekam zeek and mish ge bayeh gennahchey.
    Kon irakun next part kiyaalan libeyni
    Curiously waiting for the next part
    Love you 😘

    1. RIFSHA
      Laura

      Aha lauuu hey lauuu rrraaaaa
      Hmm mihaaru ekudhin gulheyne kamuge malamathi fennan fashaifi ey.ey e rangalhu vaane konme iraku comment kohliyas and hey ex ey saabas x eh noon tha.saabas mee adhi varei ge manje eh.
      Ey dhen maadhan nooni wednesday ga kiyaalan libeyni next part
      Lovu you

  11. malaa

    mashallah mi part ves vrh reethi
    waiting for next
    keep it up …

    1. RIFSHA
      malaa

      Thanks malaa
      Next part in sha Allah maadhan nooni wednesday ga
      Love you more ❤️

  12. Eelaf

    This part is awesome.pls pls avahah next part genesdhehchey.i can’t wait zaa and yaan gulhey than balan.they are my fav ehen kudhin ge nuviyas.i love there character ingey.
    Love you Rifoo ❣️

    1. RIFSHA
      Eelaf

      Aha eekko ah kihinei ingeni dhen zaa and yaan gulhey ni kameh.hama ehaa vx yageen kan obei tha.. hehe sorry ingey lahun reply dhevunyma and kurin part ga hurihaa kudhin vx koffa huri comment thah kiyaalin ekam vx reply nu dhevuny
      Next part in sha Allah maadhan nooni wednesday ga
      Love you more ❤️

  13. Zelie

    Mi part ves varah varsh reethi. Hahaha interesting hisaabakun ey thi ninmaali. I am holding my breath and waiting for the next part. BTW I loved the part you brought about Mish and zeek on last part. Was unable to comment cause just read the two parts together. So sad about being too busy to read this awesome story 😪
    Love you my fav writer ❤️

    1. RIFSHA
      Zelie

      Thanks zelie for your lovely comment
      Labba varah interesting hisaabakah dho ninmaalevuny mi..dhen maru nuvahchey.majalei ingey.thanks zelie varah gina kudhin thi part ge vaahaka vx dhahkaifi.hehe hama mish and zeek ge bayah inthizaaru kuraa kudhin gina ee ey dho.its ok zelie.and next part kiyaalan libeyni maadhan nooni wednesday ga
      Love you more ❤️

  14. Shimmer

    Hey rifoo..
    Sorry vv bodah hama busy kamun kameh kukurevigen mi ulhenee…almost a week fahun website hulhuvaa ves mi levunee…studies + uniform activities ge ithurun school anniversary Thursday ga otheema hama neyvaa ves nulaa mi ulhenee…..Laura is actually right about ex and why…I really support the idea 😂🤣lol…
    Anyway story hama best..loved it ….hope v avahah kiyaalan libeyne kamah…I know that you are also extremely busy…so I’ll wait beynun nuviyas
    Love you ❤️
    And study well
    All the best…

  15. Mixuhan

    kobaa tha next part?? ..next part kiyaa hithun mihaaru nikuiithw belunu adhadheh neyge ..alhugandah adhivx nufeney next part eh ..vaahaka vrh reethi ..mashah allah ..love you ..

    1. RIFSHA
      Mixuhan

      Sorry mixuhan Rifoo submit kohlaifin.admin in approve kohlee ma vaani

  16. Iusha

    pls pls pls Next part

Comments are closed.