Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…44(ދެވަނަ ބައި)

Anonymous Level 4100 Login10 Stories100 Comments
July 7, 2024 5 Mins Read
33 Comments

ޒާރާ ދަމުން ޒީކާން އާއި ދިމާލަށް ބަލައިލި އިރު ޒީކާން ވެސް ހުރީ ޒާރާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.ރޭގައި ވެސް ކިޔާންގެ ސަބަބުން ޒާރާ ރޮއުމުގެ ސަބަބުން ޒީކާން އެއް ގޮތަކަށް ވެސް ޒާރާ ކިޔާން އާއި އެކީ ފޮނުވާކަށް ބޭނުމެއް ނުވިއެވެ.އަދި އެއީ ވެސް ދެފިރިހެނުންނާއި އެކީ އެވެ.

 

“ޒާ ހިނގާ ދޮންބެ އާ އެކީ”ބޭކާރު ވާހަކަ ދެއްކުމެއް ނެތި ޒީކާން ގެއިން ނިކުންނަން ހިނގައިގަތެވެ.ހިތާ ހިތުން ﷲ އަށް ހަމްދު ކުރަމުން ޒާރާ ގެއިން ޒީކާން ގެ ފަހަތުން ހިނގައިގަތީ ކިޔާން އާއި އެކީ ދާން ނުޖެހުމުންނެވެ.

 

ސިޓިންރޫމްގައި އޮތް ފޯނު ރިންގުވާ އަޑަށް އާޔަން އައިސް ސޮފާ ކައިރީގައި ހުއްޓުލި އެވެ.ނުވެސް ދަންނަ ނަމްބަރެކެވެ.ރަނގަޅަށް ބަލާލި އިރު ކައިޔަންގެ ފޯނު ކަން އާޔަން އަށް ނަގައިގަނެވުނެވެ.ނުނަގަން ނަގަން ހުރެފައި ފޯނު ހިފައިގެން ގޮސް ކައިޔަންގެ ކޮޓަރީގައި ޓަކި ޖެހުމާއި އެކީ ހެން ނަސީބަކުން ދޮރު ހުޅުވާލައިފިއެވެ.

 

ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓުންނާއި ގަދަ ނޫކުލައިގެ ޖިންސުގެ ސަބަބުން ކައިޔަން އެހުރީ ބޭރަށް ދާން ތައްޔާރުވެގެންކަން އިނގޭހާ ވެއެވެ.”ބޮރޯ މިއޮށް ފޯނެއް ރިންގުވާ ވަރެއް ދޯ އަދި އަޑު ގަނޑު ވެސް ބާރު ކޮށްފައޭ މި އޮންނަނީ”ޗުސް އަޅާލަމުން އާޔަން އަށް ކައިޔަން ފޯނު ދިއްކޮށްލިއެވެ.

 

ފޯނަށް ގުޅެމުން ދިޔައީ ކާކުތޯ ބަލާލި ކައިޔަން ގެ ދެބުމަ ގޮށްޖެހުނީ ނުދަންނަ ނަމްބަރަކުން ގުޅާތީ އެވެ.ރަނގަޅަށް ވިއްޔާ މިމީހަކަށް އޮޅުނީއެވެ.ފޯނު ކަނޑާލަމުން ޖީބަށް ކައިޔަން ލީ އަވަހަށް ގެއިން ނިކުންނަން ކަމަށްށެވެ.

 

އެހެން ނަމަވެސް އިރުކޮޅެއް ނުވަނީސް އަނެއްކާ ވެސް ގުޅަން ފަށައިފި އެވެ.އައި ރުޅިން ފޯނު ނަގާފައި އެއްޗިހި ކިޔައިގަންނަން ވެސް ހިތަށް އެރިި އެވެ.ރަނގަޅަަަަށް ވިއްޔާ ވާނީ ޝަހްނާމެންގެ ކަމަކަށް ށެވެ.މިއޮށް ހުރިހާ އިރު ގުޅުމުން ވެސް ފޯނު ނުނެގުމުން އެހެން ނަމްބަރަކުން ގުޅަން ފެށީ އެވެ.

 

“އީޝާ ދެން ކިހިނެތް ހަދާނީ.ކައިޔަން ފޯނެއް ނުނަގައޭ”ޝަހްނާ ކައިޔަން ގެ ފޯނަށް އަނެއްކާ ވެސް ގުޅަމުން ބުނެލީ މާޔޫސީ ރާގަކަށްށެވެ.”އެގެ އަށް ދާން ވީނު”އީޝާ ދިން ހިޔާލު ޝަހްނާ އަށް ކަމުދިޔަކަން އަންގައިދިނީ އީޝާ ގެ ވާހަކައިން ޝަހްނާ ގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރި ވުމުންނެވެ.”ޔެސް ދެޓްސް އަ ގުޑް އައިޑިއާ ދޯ.މިއަދު ހަވީރު ދާނީ”ޝަހްނާ އާއި އީޝާގެ އިތުރުން ޔަޝާ އާއި މައިރާ ކައިޔަން މެންގެ އަށް ދާނެ ގޮތާއި ކިޔާނެ އެއްޗިއްސާ ހުރިހާ އެއްޗެއް ރާވާ ނިމުން އިރު އެމީހުންނަށް ނޭނގުނީ ޝަހްނާ ގެ ކޮޓަރީގެ ކައިރީގައި ހުރެގެން މީހަކު އެ ހަތަރު މީހުން ދެއްކި ވާހަކަ އަޑު އަހަން ހުރި ކަމެވެ.

 

ފަހަރަކު ފިހާރަ އަކަށް ވަންނަމުން ގޮސް ކިޔާން އާއި އަލީކްގެ އިތުރުން ޒާރާ އާއި ޒީކާން އަަށް ވެސް އެންމެ ފަހުން ވަދެވުނީ އެއް ފިހާރަ އަކަށް ށެވެ.މަޑު ފިޔަތޮށި ކުލައިގެ ހަން ނަސީބަކުން އެ ފިހާރައިން ލިބުނެވެ.ނަސީބެއް ތޯ އެއްޗެކެވެ.

 

ހަތަރު މީހުން އެކީ ފިހާރައިން ނިކުން ވަގުތުވީ އިސް ޖަހައިގެން ފޯނަށް ބަލަހައްޓައިގެން ހުރި މީހަކު ފިހާރަ އަށް ވަން ވަގުތަށް ށެވެ.ޒާރާ ވެސް އައީ ކުރި އަަށް ނުބަލާ ކަމުން އެމީހެއް ގައިގައި އަޅައިގަތީ ޒާރާ އެވެ.

 

ފޯނުން މެސެޖު ކުރަމުން ކުރަމުން އައިސް ގެ އާއި އެންމެ ކައިރީގައި ހުރި ފިހާރަ އަށް ކައިޔަން އައިސް ވަދުނީ އޭނާ ގަންނަން ބޭނުންވާ އެއްޗެއް އެ ފިހާރަ އިން ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތި އެވެ.ދެން ހަމަ ގެ އާއި ކައިރި ފިހާރަ އެއް ވުމުން ވަދުނީ އެވެ.ފިހާރަ އަށް ވަދެވުން ކަމެއް ނޭނގި މީހެއްގެ ގައިގައި ލައިގަންފައި ނުވެއްޓުނީ ކިރިޔާ އެވެ.އިސްއުފުލާ ކައިޔަން ބަލައިލި ވަގުތު ޒާރާ ގެ މޫނު ފެނުމުން ދިޔައީ ވަގުތުން ސިއްސައިގެން ނެވެީ.ގެއާއި އެހާ ދުރު ފިހާރަ އަކަށް ވެސް ނުދިޔައީ ޒާރާ ނޫނީ ޝަހްނާމެން މީހަކާއި ދިމާވެދާނެތީ އެވެ.އަނެއްކާ އަނެއް ކޮޅުން އޭނާ ޒާރާގެ ކުރިމައްޗަކަށް އަރާކަށް ވެސް ބޭނުމެއް ނޫނެވެ.

 

“ޒާ”ވައި އަޑުން ނަމަވެސް ކައިޔަން ގެ ދުލުން ޒާރާގެ ނަން ނިކުތެވެ. “ކައިޔަން”ކުޑަކޮށް ބުމަ ގޮށްޖަހާލަމުން ޒާރާ ކައިޔަން އަށް ގޮވާލީ ކައިޔަން ޒާރާ އަށް ގޮވާލި ފަދައިން ވައި އަޑުންނެވެ.އޭރު ޒީކާންމެން ފިހާރައިން ނިކުމެ ސަައިކަލުތަކަށް އަރާ ނިންމަނީ އެވެ.އެ ތިން މީހުންނަށް ވާ އެއް ނުވާ އެއް ނޭނގެ އެވެ.ޒީކާންމެން ބަލާލުމުގެ ކުރިން ޒާރާ ކައިޔަން ގެ ކަންފަތް ބުޑުގައި ސިއްރުން ވާހަކަ އެ އެއް ބުނެލަމުން ދާން ހިނގައިގަތީ ހަލުވިކަމާއެކު އެވެ.

 

“އަޅޭ ދެން ކިހިނެތްތަ މިތަން ޑިޒައިން ކުރާނީ”ނަވްޔާ އެކި އެކި ސާމާނު ބޮޑިތައް ހިފައިގެން އިނދެ ބުނެލީ ފުން ނޭވާ އެއް ދޫކޮށްލަމުންނެވެ.ކޮންމެ ގޮތެއް ވިޔަސް ތަން ރީތިކޮށް ތިނެއް ޖެހުމުގެ ކުރިން ނިންމަން އެބަ ޖެހެއެވެ.”ދެން ދޮންބޭ.ހެލްޕް މީ”ސޯފާގައި އެނދަށް ވެއްޓިގެން އޮތް ނުކްޝާން ގެ އަތަށް ދަމަމުން ނަވްޔާ އޭނާ އަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ގޮވާ އިރު ވެސް ނުކްޝާން އަށް ކަހާތަން ހިރުވާ ވެސް ނުލައެވެ.

 

ކިޔާން އާއި އަލީކް އައުމުން ނޫނީ އެއްވެސް ކަމެއް ނުވާނެ ކަން އިނގުމުން ނަވްޔާ އެއްޗެހިތައް ތަޅުންގަނޑު މައްޗަށް ދޫކޮށްލަމުން ސޯފާގައި އިށީންނަމުން ފުން ނޭވާ އެއް ދޫކޮށްލީ މަސައްކަތް ކޮށްކޮށް ވަރުބަލި ވެފައިވާ މީހެއްހެން ނެވެ.”ތި އަމިއްލަ އަށް މަސައްކަތް ކޮށްބަލަ.މިލާން އާ އިންނަ އިރު ވެސް އަމިއްލަ އަށް މަސައްކަތް ކުރާން ވެސް ނޭނގެ އޭ ދޯ މީނަ އަށް”ނުކްޝާން ނަވްޔާ އާއި ދިމާ ކޮށްލިއެވެ.

 

“އަޅެ ނާޔާގެ ހިތަށް އަރާ ނާޔާ އަށް މި ދޮންބެ ގަނޑުގެ ބަދަލަށް ޒީކް ލިބުނު ނަމައޭ ސިބްލިންގ އަކަށް”ނަވްޔާ ނުކްޝާން އޭނާ ކިޔާހާ އެއްޗަކަށް ރައްދު ދޭތީ ފާޑަކަށް އަނގަ ހަދާލަމުން ނުކްޝާން އާއި ދިމާލަށް ބުނެލި އެވެ.”ހިތަށް އަރާހާ ކަމެއް ވޭތަ؟އޯހ އޭ މިހާރު ދޮންބެ ގެ ހިތަށް އަރައިފި އުދުހެން.އެއޮށް އުދުހެނީ.އަސްތަޣްފުރުﷲ މިހާރު އުދުހެމުން ގޮސް އެ އެއޮށް ރަށަށް ޖެއްސީ”ނުކްޝާން ނަވްޔާ އާއި ދިމާ ކުރުން ހުއްޓާލާކަަށް ހިތަކަށް ނާރާ ތޯ އެއްޗެކެވެ.ފޯނާއި ކުޅެމުން ނަވްޔާ އާއި ދިމާ ކުރަމުން ދިޔަ އިރު ދަންޑަހެލު ހެން ވެސް ހީވާ ފަަހަރު އާދެއެވެ.

 

ނަވްޔާ ގެ ނަސީބު ރަނގަޅު ފަހަރަކީ އެވެ.ނުކްޝާން ދެވަނަ ފަހަރަށް އެއްޗެކޭ ބުނުމުގެ ކުރިން ޒީކާންމެން އެންމެން ގެއަށް އައިސް ވަދިއްޖެ އެވެ.”ޕިސް ޕިސް ހަމަ މިމީހުން ވަރަށް ވުރެ ތަތީ އޭ.ސައިކަލުގަ ދިޔަ އިރު ވެސް ވީ ވަރު ދޯ މީ.މިހާރު އެއް ގަޑި ބައިވީޔޭ އެއޮށް”ނުކްޝާން ޒީކާން އައިސް އޭނާ އިން ސޯފާ އާއި ޖެހިގެން އިން ސޯފާގައި އިށީނުމުން ބުނެލީ ދެފަރާތަށް ބޯހޫރާލަމުން ނެވެ.”އެއްކަލަ މީހަ އަނގަ ގޮއްވަނީ ތި އަނގަ ނުވިއްވާ އުޅެބަލަ މިކަން ކުރަން”ކިޔާން ނުކްޝާންގެ ކަންފަތުގައި މަޑު މަޑުން ހިފާލަމުން ބުނެލި އެވެ.

 

ކައިޔަން ގެއަށް އައިސް ވަން ގޮތަށް އޭނާގެ ކޮޓަރި އަށް ވަދުން އިރު ވެސް ހުރީ ހިޔާލީ ދުނިޔޭގައި އެވެ. ކައިޔަން ފޯނު ނަގައި އެނދުގައި އިށީންދުނީ ދެ ހިޔާލެއް ގެ މަތީގައި ހުރެއެވެ.ޒާރާ ދިނީ ދަޢުވަތެކެވެ.މިއަދު އައިކާގެ އުފަން ދުވަހަށް ވީތީ ބޭއްވޭ ޕާޓީ އަށް ދިއުމުގެ ދަޢުވަތެކެވެ.ދާންވީ ހެއްޔެވެ؟ނޫނީ ނުދާންވީ ހެއްޔެވެ؟އޭނާ ބޭނުން ގޮތެއް ނިންމުމުގެ ފުރުސަތު އޭނާގެ އަތުގައި އެބަ އޮތެވެ.ނަމަވެސް ދާންވީ ކަމެއް ނޫނީ ނުދާންވީ ކަމެއް ޚުދު ކައިޔަން އަކަށް ވެސް ނޭނގެއެވެ.

 

މަޑު ފިޔާތޮށި ކުލައިގެ ހަންތައް ފުއްޕުން ހުރި ކިޔާންގެ ނަޒަރު އިރު އިރުކޮޅާ އޭނާ އާއި ތަންކޮޅެއް ދުރުގައި ހުރި ޒާރާ އަށް ހުއްޓެމުން ދިޔަ އެވެ.އެހިތުގައި ޒާރާ އަށްޓަކައި ވި ލޯބި ބަލާލި މީހަކަށް އެނގޭހާ ވެއެވެ.އެހެން ނަމަވެސް ޒާރާ އަށް އެކަން ފާހަގަ ވި ހެނެއް ހިޔެއް ނުވެއެވެ.

 

“އޭ އިނގޭތަ މިއަދު ހެނދުނު އޮތް ބްރެޒިލް ވާސެސް އުރުގުއާއީ ގެ މެޗުގަ ޕެނެލްޓީ ޖަހައިގެންނޭ ބްރެޒިލް ކެޓީ ކީކޭ ދޯ ދެން ބުނާނީ”ޒާރާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ކިޔާން ގެ އިތުރުން އެހެން ހުރިހާ އެންމެންގެ ނަޒަރު ވެސް ނުކްޝާން އަށް ދަތުރު ކޮށްލީ މިހާރު މިކުޅެވޭ ކޮޕަ އެމެރިކާ ގެ ވާހަކަ ފެށުމުންނެވެ.”އާނއެކޭ ދޯ.މަވެސް ހީކުރީ ދެން ބްރެޒިލް ކަމަށް މޮޅުވާނީ.ގިނައިން ބޯޅަ އޮންނަނީ އެމީހުންގެ އަތުގަ ވިއްޔާ”މިލާން ވެސް ނުކްޝާން ގެ ވާހަކައިގައި ބައިވެރި ވެލިއެވެ.”ޕެނެލްޓީ އަށް ދިޔައީމަ މަ އުންމީދު ވެސް ކަނޑާލައިފަން ބްރެޒިލް މޮޅު ވާނެ ކަމުގެ.އެހެންނު ވާނީ އެންމެ ރަނގަޅު މީހެއް ވެސް ނެތޭ އެތާކު.ވިނީ ވެސް އިނީ ކޮންތާކު؟ޕިސް ޕިސް ދެން ރަނގަޅު ވާނީ އެވާހަކަ ނުދެއްކިއްޔާ”އަޔާން ދެފަރާތަށް ބޯ ހޫރުވާލަމުން އޭނާގެ އަތުގައި އޮތް ހަން ފުއްޕުން ފެށިއެވެ.

 

“އެއި ވިނީ ޔާ ނޭމާ އާ ނެތީމަ އިނގޭ އެމީހުން ކެޓީ އެހެން ނޫނީ ނުކަޓާނެ”ނަވްޔާ އަކީ ބްރެޒިލް ސަޕޯޓަރެއް ވިއްޔާ އެވެ.ދެން އޭނާ އަރާނީ ބްރެޒިލް ކޮޅަކަށް ނޫން ހެއްޔެވެ؟”ހްމްމްމް.ވިނީ އިނީ ސަސްޕެންޑުގަ އޭ ބުނި އަޑު އެހިން”ޒާރާ މަޑު މަޑުން އިނދެލާފައި އެހެން ބުނެލުމާއި އެކީ ނަވްޔާ ފާޑަކަށް ޒާރާ އާއި ދިމާލަށް ބަލައިލިއެވެ.”އަޑު އެހީ ދޯ.ޒާ ނުބަލަން ތަ؟”ނަވްޔާ ދެފަރާތަށް ބޯހޫރުވާލީ ފުޓުބޯޅަ ބަލަން އެންމެ ފޯރި ހުންނަ ޒާރާ ކޮޕަ އެމެރިކާ ނުބަލާ ހެން ހީވުމުންނެވެ.”ޒާ މިފަހަރު ވަރަށް ބިޒީ އޭ.ޓެސްޓުތައް ފެށެން އުޅޭތީ.އާރޖެންޓީނާގެ މެޗު ތައް އެކަނި ބެލީ”ޒާރާ މަޑުމަޑުން އެހެން ބުނެލި އިރު އެ އަޑުގައިި ވަރުބަލި ކަމެއް ހުއްޓެވެ.”އާޖެންޓީނާ މެޗު ބަލާނެ އެއްނު ރޮނާލްޑޯ ވެސް ކެޓީ ވިއްޔާ ޔޫރޯ އިިން”ނަވްޔާ ވަށް ބަހުން ދިމާ ކޮށްލީ މިޝްޔާ އާ އެވެ.

 

“އޭ ނާޔާ.މިޝް އަށް އިނގޭ އިނގޭ ތިހެން ބުންޏަސް މިޝް އާ ކަން ތި ދިމާ ކުރަނީ”މިޝްޔާ ނަވްޔާ ބަލާލުމާއި އެކީގައި ހެން ދެލޯ މައްޗަށް ހިންގާލިއެވެ.”ހެހެ ސޮރީ ސޮރީ”ނަވްޔާ ހީލަމުން މިޝްޔާ ގާތު މާފަށް އެދުނު ގޮތުން އެހެން އެންމެން ގާތަށް ވެސް ހިނި އައެވެ.”މެސީ ވެސް މާ މޮޅެއް ނޫން އިނގޭ.މެސީ ޖެހި ޕެނެލްޓީ އެއް ނުވަން”މިޝްޔާ ތުން އަނބުރާލަމުން ނަވްޔާ އާއި ދިމާލަށް ބުނެލި އެވެ.”ހެވެއްނު.މެސީވާ ކޮޕަ އެމެރިކާގެ ސެމީއަށް ގޮއްސި.ރޮނާލްޑޯ ޔޫރޯގެ ސެމީ އަށް ވެސް ނުދިޔަ”ދެން އިވިގެން ދިޔައީ އެންމެން ވެސް އެންމެ އެމީހެއްގެ އަޑު ނީވޭނެ ކަމަށް އުންމީދުކުރި މީހާގެ އަޑެވެ.

 

ނުނިމޭ 

 

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…44

Next

ކުށަކީ ކޮބާ ؟ (ފަހުބައި)

Next
July 7, 2024

ކުށަކީ ކޮބާ ؟ (ފަހުބައި)

Previews
July 6, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…44

33 Comments!

  1. 🌹🌹🌹 vempire girl 🌹🌹🌹 says:
    July 7, 2024 at 2:31 pm

    Ey rifoo
    Mi part vx varah varah reethi maasha allah…. next kn irakun manjey….

    1. RIFSHA says:
      July 10, 2024 at 4:21 pm

      Ey naureenuu
      Next part Friday ga ey dhen miyadhaku nuluyeveyne maadhamayah vaa varakah.adhi maadhan ovey testu vx e ah vx dhas kuran jeheyne dho.ekam ingey dhen mathi mathin kiyaalaanee lol 🤣
      Ey varah loabi vey ingey ❤️

  2. Cutie girl says:
    July 7, 2024 at 3:20 pm

    Mi part vx v Reethi masha allah
    Can’t wait for next part
    Keep it up
    Zaa and kiyaan gulhuvachey
    Love you ❤️

    1. RIFSHA says:
      July 10, 2024 at 4:24 pm

      Thanks cutie girl
      Next part in sha Allah friday ga aslu miadhu dho iny.ekam Rifoo ge exam eh miadhu othyma monday Tuesday ga vx liyaakah vagutheh nuvi.ehen ve Friday ga in sha Allah next part kiyaalan libeyne.adhi maadhan vx exam eh onnaane sunday ga vx two exam dhen ekam vx Friday and Saturday ga two episode submit kuraanan in sha Allah…
      Dhen vaane gothei balamaa dho
      Love you more ❤️

  3. Dhunya says:
    July 7, 2024 at 5:52 pm

    Hey rifoo
    Mi part ves varah reethi masha Allah
    Kon irakun next part kiyaalan libeyni
    Love you 😗

    1. RIFSHA says:
      July 10, 2024 at 4:25 pm

      Hey dhunya
      Next part in sha Allah friday ga
      Love you more ❤️

  4. Laura says:
    July 7, 2024 at 6:06 pm

    Hey Rifoo
    Varah dhuvas vejje dho comment nukohlevey thaa.because Lau mi ulheny bali vegennney.viral fever eh noon.i can’t say dho public v ma.ehenve mi vee dhuvas kolhu comment nukohlevuny ekam baraabarah kiyan.
    Dhen hingaa dho story aa medhu ehchekey bunelan.i want to say story is super awesome and interesting.i love mihaaru vaa goi.kaiyan ah vx rangalhu v dho mihaaru e.i don’t know what to say because dhulakun vx galamakun bayaan nu kohdhevey haa furihama.and miyoh kameh dho.portugal and Argentina jehijjeyya kihaa vareh vaane baa?I mean world cup or friendly match akas.lau mee Argentina fan ekey lol 😂
    Hehe dhen kiyaan and zaa gulhen dho e ulheni I am so happy 😊
    Once again story varah Reethi Masha Allah ❤️
    Love you Rifoo 💋

    1. RIFSHA says:
      July 10, 2024 at 4:34 pm

      Hey lauroo
      It’s ok bali ve ulheynyya ingey dhen comm nukureveyne kan.
      Shafakallah
      Hehe yes kaiyan vx rangalhu v.dhen othy shahna mnnah Bondi eh beylun dho.hehe.
      Aslu vx ey Rifoo hithah ara ey thihen args and Portugal kulheyne nama ey friendly match eh viyas…hehe 😊
      Rifoo vx mee Argentina fan ekey.hehe Adhi inter Miami and al nasr match eh kulhuneynu dho.e faharu vx keekey bunaany Rifoo mn class kudhin zuvaabu koh.ekam friendly zuvaabeh.hama ekaku anekakaa dhimaa koh kohfa.dhen adhi ehbai kudhin thah Ronaldo better ey kiyan vaa irah messi ge fan zone kudhin thah kiyani biscuits yo.dhen adhi dhen BALLAND’OR in Messi ge Ronaldo ah vure gina yo Messi ge fan zone bunan vaa irah dhen ulhey Ronaldo ge fanun bunaane goal ey UCL ey.vareh dhahkaalaane firihen kudhin thah.al nasr and PSG kulhun iru vx Ronaldo kudhin thah kiyany dhoo dhiny ey dhen Messi fans dhen kihaa rulhi eh annane tha??eii adhi majaa kameh sahaadheh.
      Ey lau aslu maa vaa dhigu kurevijje dho.hehe
      Next part in sha Allah friday ga
      Love you more ❤️

  5. Dhooni says:
    July 7, 2024 at 9:41 pm

    Hey Rifoo
    Mi episode ves varah reethi masha Allah
    Next part ga yaan and zaa gulhuvahchey Aleek and aika ves.they are made for each other ey.
    Love you ❤️

    1. RIFSHA says:
      July 10, 2024 at 4:35 pm

      Thanks dhoonee
      Dhen vaane gothei balamaa dho
      Love you more ❤️

  6. Cutie girl says:
    July 7, 2024 at 11:11 pm

    Yes dhooni ebunee thedeh they both are lovely couples
    Pls e kudhin gulhuvachey

    1. RIFSHA says:
      July 10, 2024 at 4:36 pm

      Aslu vx eii varah loabi couple eh dho hehe 😊
      Dhen ekam vaane gothei balamaa dho

  7. Nishva says:
    July 8, 2024 at 4:30 pm

    Hey Riffooo
    Mi part vx varah Reethi Masha Allah ❤️
    Kon irakun next part kiyaalan libeyni
    Can’t wait ingey 😉
    Aslu vaahaka dhekee zeek dhw.hama guess eh ingey…
    Yaan and zaa gulhuvahchey varah avahah.
    Love you Rifoo 💋

    1. RIFSHA says:
      July 10, 2024 at 4:37 pm

      Hey nishuuu
      Kaaku tho vx dhen balamaa dho.hehe nice guess ingey.
      In sha Allah
      Next part in sha Allah friday ga kiyaalan libeyne
      Love you more ❤️

  8. Nishva says:
    July 8, 2024 at 4:32 pm

    Hey and one more thing next part ga zeek and mish ge bayeh gennahchey.i love them…
    Dhen zuvaabeh jahsaalahche e kudhin lahvaa

    1. RIFSHA says:
      July 10, 2024 at 4:39 pm

      Hehe yes genesdheynan ingey.thanksss for your opinion ingey

  9. Anonymous says:
    July 8, 2024 at 6:04 pm

    Hey sis when is next part???
    Dhen mi vaahaka nooni neiy ehaa kiyaa hithun kiyey vaahaka eh butterflyyy ves kuda break eh nagaafa liyun huhtaalaifi naaya sis ves habareh nuvey so rifoo dhen in part leema alhugadu ge foohi filaanee
    Curiously waiting for next part and zeek and mish dhen zaa and yaan ge part eh lahchey they’re my fav in this story…
    Vedhaane zeek i ulhey gothah ulhey thee kamah… Curiously waiting for the next part 😊
    Lysm💓 tc😘

    1. RIFSHA says:
      July 10, 2024 at 4:43 pm

      Next part in sha Allah friday ga
      Sorry lahun answer dhevunyma and lahun submit kohlevey thy.rifoo ge test othyma aslu.lap oy nama libunees kiyaalan ekam lap nethey ma jeheyni hama liyan next episode adhi nunimey liye.
      Yes rifoo vx dhen varah foohi.nayaa sis mihaaru nerefi ehnu.yes butterfly vx dhen break eh negyma ves varah foohi vey.ekam nayaa sis ge vaahaka innaane dho.
      Hehe in sha Allah e 4 kudhin ge bai genesdheynan.hehe zeek ulhey gothah noolhunas fav ah vedhaane ehnu like everyone else
      Love you more ❤️

  10. Zelie says:
    July 8, 2024 at 6:09 pm

    This part is very nice as always. So sad dho what’s happening with zaa n yaan. They love each other but can’t be together. Also I am soon glad that kaiyan is good now. Can’t wait for next part. Iru irukolha eba check kurevey 😭😭
    Love you fav writer ❤️

    1. RIFSHA says:
      July 10, 2024 at 4:45 pm

      Thanks zelie
      Aslu vx rifoo vx varah dhera vey ekudhun ehen ulhey thee.
      Yes kaiyan is now good ey.
      Sorry lahun submit kohlevey thy ekam Friday ga kiyaalan libeyni.because rifoo ge test thah funi funyyah hureema.miadhu vx mi aee test eh ninmaafa.
      Love you more ❤️

  11. Ghost👻 says:
    July 8, 2024 at 6:10 pm

    Hey rifoo kon irakun next part???
    Zeek and mish ge bayeh ves gennahchey dhen in part ga

    1. RIFSHA says:
      July 10, 2024 at 4:47 pm

      Thanks gost
      Next part in sha Allah friday ga.
      In sha Allah next part ga ekudhin ge bayeh kiyaalan libeyne

  12. Rauha says:
    July 9, 2024 at 1:52 pm

    Hey Rifoo
    E thedhekey kon irakun next.
    Varah inthizaaru eba kurevey ingey eba.
    Varah reethi mi episode vx Masha Allah
    Love you 😚

    1. RIFSHA says:
      July 10, 2024 at 4:48 pm

      Thanks rauhaaaaaaa
      Next part in sha Allah friday ga
      Love you more ❤️

  13. Me says:
    July 9, 2024 at 2:18 pm

    This part was also verh interesting. Still waiting for mishya and zeekans part and hoping to find out about the picture zeekan is hiding. Keep up the good work.

    1. RIFSHA says:
      July 10, 2024 at 4:49 pm

      Thanks mee.
      In sha Allah next part ga kiyaalan libeyne.
      E photo ga oi ehchei vx varah avahah ingeyne.
      Thanks for supporting me 😊

    2. RIFSHA says:
      July 10, 2024 at 4:52 pm

      Thanks shaayan for ur lovely comment.thanks for sharing all your feelings to me.
      Rifoo ge friend akah vx thikahala kameh vi ey.i felt sorry for u.mi vaahaka kiyaa iru shaayan ah hurt vanyya aslu I am so sorry.i don’t want to hurt everyone.
      I will be ur frien okay 👍

    3. RIFSHA says:
      July 10, 2024 at 4:53 pm

      Mee shaayan ge comment ge reply ingey

  14. SHAAYAN says:
    July 9, 2024 at 5:36 pm

    Alheyyyy kihineh thr mi vani.i was hoping yaan and zaa varah avahah gulheyne kamah.but hiyeh nuvey ehaa avahah gulheyne heneh.but I love this story feshigen vec kiyaalin.vaa goi inge.ekamu yaan and zaa nugulhey thee ey I sad vanee😭i love yaan and zaa ge character so much so so much.and also Aika and Aleek vec.i am suffering that problem too 😭.but my situation is different.loabi vaa meehaku ehen meehakaa ekee ulhey than belumekey gaiga valhi elhumekey thafaatheh nuvaane.ehenve I know Aika ah varah hurt vaane kan 😓.when i am reading aika ge bai.i feel like that I am Aika…
    varah gina vaahaka dhehkijje dhw.because I don’t have a friend to tell abt my feelings.my friends also don’t know that I love him.ehenve Rifoo ah mi share kuree.
    Varah Reethi inge mi part vec.
    Hope next part varah avahah kiyaalan libeyne kamah.
    Ly 💙

  15. Cutie girl says:
    July 10, 2024 at 4:55 pm

    Kaiyan is good
    Zaa and kiyaan gulhuvaa avahah
    Haadha dheravey ey Ekudhinah vaa gothun

    1. SHAAYAN says:
      July 11, 2024 at 5:31 pm

      Aslu vec shaayan vec

  16. SHAAYAN says:
    July 11, 2024 at 5:33 pm

    No noo Shaayan dhera eh nuvey yey shaayan ge life story annaathee eh.ekam vec shaayan dhera vanee mee ga ulhey kudhinnah sad life libey thee ey.plzzz plzz sad ending eh nugenahche happy ending eh inge gennaanee

  17. Laura says:
    July 14, 2024 at 1:44 pm

    Hey Rifoo
    Next part kobaa??

Comments are closed.



All Right Reserved!