ޣައްޒާ ބިމުން
ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން،
ހިތުގެ ހިމަނާރުގާ ކުޅެލައޭ މީސްތަކުން
ތެޅި މަރަށް ރޮއެ ކަފުން ލާންޖެހޭތީ ވެދުން
އެޅި އިމާރާތްތަކާ ނެތި ގެދޮރު ފުނޑުވުމުން
ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން…..
ވާނެ ހެއްޔޭ މަރަން ކުޑަކުދިންނާ މައިން
ދާއިމަށް ވަކިކުރަން ލޮލުގެ ކޮއިފަދަ ދަރިން؟
ހާދަ ދެރައެއް ވެޔޭ މަރުވެ ދާތީ ބަފައިން
ހާލުގާ ދިރިއުޅެން ޖެހިފަވެއެ މުސްލިމުން
ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން….
ފަހެ ޔަހޫދީން ފަލަސްޠީނު ފުނޑުފުނޑު ކުރަން
ވެހެ ނުހައްގުން އެމާތް ބިން ލެއިން ކަޅިކުރަން؟
ނެރެ ބިމުން އެންމެހާ މުސްލިމުން ބިކަކުރަން
ނެތެ ޝިފާއެއް ލިބެން ޒަޚަމްތަކުގައި އެޅުން
ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން….
ހުޅުޖަހާ ރޯކުރާތަން ފެނެޔެ ލޯތަކުން
ފުދެޔެ ހިތްވަރު ކުރާތީ އިލާހަށް ކަތުން
ހުރެޔެ އީމާންކަމާ ޞަބްރު ރޮއެ ފޯވަމުން
ކުރެއެ ހުއްޓާނުލާ އެދި ދުޢާ މުސްލިމުން
ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން….
ޔާއިލާހީ މިއޭ އަޅުގެވެސް އެދުމަކީ
މާތް ބިމަށް އަދު ހިމާޔަތް ލިބުން އެދުމަކީ
ދާއިމަށް ޖަންނަތުގެ ރަޙްމަތޭ އެދެވެނީ
ޔާއިލާހީ ދުޢާ އައްސަވާންދޭ ކުރާ
5 Comments!
Comments are closed.







V reethi adhi asarugadha!😭😭❤️
From the river to the sea, Palestine will be free! 🇵🇸❤️🤲🏻
Thanks for the comment dear 🙏
Hey shaleen
Mi lhen varah ves furihama.varah ves asaru gadha.uneedhu kuran shaleen ge new story eh varah avahah kiyaalan libeyne kamah.inthizaaru ga mihury.shaleen ge story keen comment nukohliyas.varah ves reethi Masha Allah
Ur a talented girl ingey aslu ves.
Love you so much shaleen
Hi rifsha
Thanks v bodah. Mi comment kiyaalaafa v v ufaavejje. Shaleen aslu preg veema midhiya dhuvasthakuga liyuntherikamaa thankolhei dhuruga mi ulhunee. Dhen ekam mihaaru madumadun hamayakah elhileema mi balanee anekkaa fesheytho.
In sha Allah rangalhu vaane kamah mi balanee.
Vhk ehves ithurah liyelan feshidhaane time vaa varakun in sha Allah.
Anyways, v v bodah thanks ingey
Insh Alla