ލޯބީގެ ބާރުގައި…2
“ރާޔާ އެބައޮތް ނިދާފަ” ނަވާފް އާ ނީޝަލް ގެ މޫނު މަތީގައިވި ރަކި ކަން ފެނި ހައިޝާ ގެ ގާތަށް ވެސް އަދި ރާހިން ގެ ގާތަށް ވެސް ހިނި އައެވެ.
*** 2 ވަނަ ބައި ***
ހަވީރުގެ ވަގުތެވެ. 2 އާއިލާ އެކުގައި ހިނގައިގަތީ ދުބާއީ މިރެކަލް ގަރޑެން އާ ދިމާލަށެވެ. ގެއާ ދާން އޮތް މަންޒިލާ އިހާ ދުރުނޫން ކަމުން އެންމެންވެސް ނިންމީ ހިނގައިފާ ދިއުމަށެވެ. ހައިޝާ ރާޔާ ރެކްޝާ އަށް ލައިގެން ރާހިން ގެ އަތުގައި ހިފައިގެން ހުރެ ދިޔައީ ނީޝަލް އާ އެކި އެކި ވާހަކަ ދައްކަމުންނެވެ. ރާހިން އާއި ނަވާފް ވެސް އެ ދެމީހުން ގެ ވާހަކައަށް އިރުއިރު ކޮޅާ އަނގަ ލަމުން އަނގަ ލަމުން ދިޔައެވެ.
15 މިނެޓުގެ ހިނގުމަކަށް ފަހު އެ މީހުނަށް އެ މީހުންގެ ރާސްތާ އަށް ވާސިލް ވެވުނެވެ. ނީޝަލް އަށް ހިނިތުންވެވުނީ އޭނާ ދުވަހަކުވެސް ފޮޓޯއިން ނޫނީ ނުފެންނަ ކަހަލަ ރީތި މަންޒަރެއް ފެނުމުންނެވެ. ދުބާއީ މިރެކަލް ގަރޑެން އިން ފެނުނު އެ ރީތި ކަމަށްް ގެއްލި ހުސް ވެފައި ހުރި ނީޝަލް އަށް ހަމަ ބިމަށް އާދެވުނީ ހައިޝާ އައިސް ނީޝަލް އަށް ގޮވާލުމުންނެވެ. “ނީޝް ކިހިނެއްވަނީ މިތަން ؟” ހައިޝާ ދެން ނީޝަލް އާ ކޮއްލި ސުވާލަކީ ނީޝަލް ގެ މޫނުމަތީގައި ވަރަށް ރީތި ހިނިތުންވުމެއްކުޅެލި ސުވާލެކެވެ. “ވަރަށް ވަރަށް ރީތި ވަރަށް ކަމުދޭ” ” މަށަށް ވުރެ ބޮޑަށް ރީތި ތަ؟” ނީޝަލް އެހެން ބުނުމާ އެކު ދެން ނީޝަލް އަށް ކުރިމަތިވީ ނަވާފް ގެ ސުވާލެކެވެ. ދެން އެތަނުގައި ގުގުމާލީ ރާހިން ގެ ހިނިގަނޑު ގެ އަޑެވެ. “ދެން ވާފް އަށް ވުރެ ރީއްޗެއް ނުވާނެ ދޯ” ނީޝަލް އެހެން ބުނެލީ ބުނަން ނުބުނަން ހުރެފާހެން ހީވިއެވެ. “ައައްދޭ! މީ ޕަބްލިކް ޕްލޭސް އެކޭ” ހައިޝާ ބުނެލި ޖުމްލައިން ރާހިން ކައިރިއަށް އަނެއްކާވެސް އައީ ހިންނެވެ. މިބުރު ރާހިން ގެ ހިނި ގަނޑާ އެކީ ތުއްތު ނަވީން ގެ ލޯބި ހުނުމުގެ އަޑުވެސް އިވުނެވެ. ނަވީން ވެސް ހެވެން ފެށުމުން ނީޝަލް އާއި ނަވާފް ގެ އިތުރުން ހައިޝާ ގެ މޫނުމަތީގަިއިވެސް ހިނިތުންވުމެއް ދުވެލިއެވެ. ރާޔާ އޮތީ އޭނާ ގެ ކޮށީގައި ވަރަށް އަރާމުކޮށް ނިދާލާފައެވެ.
ސޯފާގައި ނަވާފް އިނީ ނީޝަލް ދައްކަމުން ދިޔަ ފޮޓޯ ތަކަށް ފާޑުކިޔާށެވެ. މިއަދު ހަވީރު އެ ދެމީހުން ނެގި ސާޅީހަކަށް ފޮޓޯ ވެސް ނަވާފް އަށް ވީ މަދެވެ.
ރާޔާ ނިންދުވާފައި ކޮޓަރިން ނުކުތް ހައިޝާ އަރިއަޅާލިގޮތުން ވެއްޓެން ދިޔައެވެ. ނަމަވެސް ބާރުގަދަ ދެ އަތަކުން ހައިޝާ ވެއްޓުނަ ނުދީ ހައިޝާގެ އުނަގަނޑުގައި ހިފައި އޭނާ އާއި ދިމާލަށް ދަމާލިއެވެ. ހައިޝާ ގޮސް ޖެހުނީ ރާހިން ގެ ތަނަވަސް މޭ މަތީގައެވެ. “ހައި އަށް ހީވޭތަ މަ ހައި ވެއްޓުނަ ދޭނެހެން؟” ވަރަށް ލޯބި ރާގެއްގައި ރާހިން އެހެން ބުނެލިއެވެ. ހައިޝާ ގެ މޫނަށް ކުޑަ ރަތް ކަމެއްފާއްދާލިއެވެ. ދެން އިވުނީ “ހޯއޯހޯ……”އޭ ކިޔާ ނަވާފް ފުމެންފެށިއަޑެވެ. ހައިޝާ ގެ އިތުރުން ރާހިން ވެސް ރަކިވިއެވެ. “މިއަދު ހަވީރު ނީޝް މެނާވެސް ދިމާކުރީ މެއްނު، ގައިމު ނީޝް މެނަށް ވެސް އެވަރެއް ނުވެ ދޯ ވާފް” ނީޝަލް ވާހަކަ ނިންމާލަމުން ނަވާފް އަށް ދޯ އެއްލިއެވެ. ނަވާފް ވެސް ޖަވާބުގައި “އާނ…. ދޯ” އޭ ބުނެލިއެވެ. “އެހެންވެސް ވާނެ ދޯ އެއްބައި ފަހަރު ފަހަރު، ނީޝް ގެ ތުއްތި ވެއްޓިއްޖިއްޔާ މާ ދެރަ އެއްނު” ލަދު ގަނެފައިވާކަން ފޮރުވާލަމުން ރާހިން ބުނެލިއެވެ. “ބާއި! މިދަނީ ނިދަން ދާން ގުޑް ނައިޓް” ހައިޝާ އެހެން ބުނެލާފައި ކޮޓަރިއަށް ވަދުނެވެ. ހައިޝާ ގެ ފަހަތުން ރާހިން ވެސް ވަދުނެވެ. ނަވާފް މެންވެސް ކޮޓަރިއަށް ވަދުނީ ނިދަން ހިތުލައިގެނެވެ.
ގަޑިން ހެދުނު އަށެށް ނުޖަހައެވެ. ހައިޝާ އާއި ނީޝަލް ބަދިގެތެރޭގައި އުޅެމުން ދިޔައީ ހެދުނުގެ ނާސްތާ ތައްޔާރުކުރުމުގެ ގޮތުންނެވެ. ސައި ތައްޔާރު ކުރުުމުގެ ތެރޭގައިވެސް އެކި އެކި ވާހަކަ ދެކެވެމުން ދިޔައެވެ. ރަށުގެ ކަންކަން ހުރި ގޮތުގެ ވާހަކަ އެވެ. ރަށް ތަރައްޤީ ވެފައިވާ ވާހަކައެވެ. އެކުވެރިންގެ ވާހަކަ އެވެ. މި ނޫނަސް އެތަށް ވާހަކައެއްގައި ހުރެ ހެނދުނުގެ ސައި ތައްޔާރުކޮށް ނިއްމާލިއެވެ. ދެން ދެމީހުންވެސް އަވަސްވެ ގަތީ ފިރިހެނުން ތަކަށް ގޮވުމަށެވެ.
ނީޝަލް ގޮސް ނަވާފް އަށް ގޮވަންފެށިއެވެ. ނަވާފް ކުއްލިޔަކަށް ނީޝަލް ގެއަތުގައި ހިފައި ނީޝަލް ގަޔާ ލާ ބޮނޑި ކޮށްލިޔެވެ. “ދެން ވާފް ތެދުވެބަ ސައި ބޯން” ނީޝަލް އެހެން ބުނެލީ ނަވާފް ގެ ކައިރިން ތެދުވަމުންނެވެ. “މި ތެދުވަނީ…. ގިވްމީ 5 މިނަޓްސް” ނަވާފް ނިދި އަޑަކާއެކު ހުރެ ބުނެލިއެވެ. “އޯކޭ! އަވަހަށް އަންނައްޗޭ” ނީޝަލް އެހެން ބުނެފާ ފެންޑާ އަށް ނުކުތް އިރު ހައިޝާ އިނީ ފޯނު ހިފައިގެން އޭނާގެ ދޮންތި އާއި މެސެޖް ކުރަންށެވެ.
ހައިޝާ ގެ ދޮންތަ ހައިނާ، ހައިޝާ އަށް ވުރެ 4 އަހަރު ދޮށްޓެވެ. ހައިނާ ގެ އުމުރުން 27 އަހަރު ވެފައިވީނަމަވެސް ހައިނާ ޒަވާޖީ ހަޔާތެއް ފަށާކަށް ނޫޅެއެވެ. އެއީ ހައިނާގެ ކުރީގެ ލޯބިވެރިޔާ ހައިނާ އަށް ދިން ދޯކާގެ ސަބަބުން ކަން ހައިނާ ގެ ވާހަކަ ތަކުން އެނގެއެވެ.
8 Comments!
Comments are closed.

Mi part vx v Reethi masha allah
Can’t wait for next part
Thnx girl 💗
Next part coming soon 💕
Mi part vx v Reethi masha allah
Can’t wait for next part
Masha Allah reehchey reehchey reehcheyyy bunyyas reethi vhk eh mee ingeyy.. haadhahaa molhu vejjeyyy dhwww 🤭🩷
Keep it up dhoonyyaa 🩷
Lysm 🩷
Aww thnx so much nayooo dhathee 😘
Lymm ❤💕
✨💗😘
💕😘
In reply to the youngest sister
Aww thnx darls 💕😆💋