Skip to content
އެސްފިޔަ

އިންތިޒާރުގައި……….

އައުޅެން

އިންތިޒާރުގައި……….

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަހަރެންގެ ހިތްވަނީ ތިބާގެ މުށުތެރޭގައެވެ.

އެހިތް ފިއްތާލުމުގެބާރު ތިބާއަށް ލިބިފައިވެއެވެ.

އެހިތަށް ހަމަޖެހުން ލިބުންވަނީ ތިބާގެ އަޅާލުމުގައެވެ.

ތިބާ އެހެންކުދިންނަށް ލޯބީގެ މެސެޖްތައްފޮނުވައެވެ.

އަހަރެންގެލޯބީގެ ހަމަ އެންމެ މެސެޖެއްވެސް ނުކިޔައެވެ.

ތިބާއަށްލޯބީގެ މެސެޖް ފޮނުވުމަކީ އާދައެކެވެ.

ފަށުވި ޢިބާރާތުން ތިބާދެކެ ވާލޯބި ހާމަކުރީމެވެ.

ތިބާގެ ޙިމާޔަތާއި ލޯބި ބޭނުންވާވަރު ހާމަކުރީމެވެ.

އަހަރެންގެ ހިތް ދީވާނާވެ ފިސްފިސް ވެއްޖެއެވެ.

ތިބާގެ އިޝާރާތެއްވޭތޯ ރޭދުވާ ގުނީމެވެ.

ތިބާގެ ރީތިފޮޓޯ މޭމަތީ ބާއްވައިގެންނޫނީ ނުނިދެއެވެ.

އެއްކޮޅުން ދަމައިގެން ވާން ނުވާނެކަން އެނގެއެވެ.

ގަދަކަމުން މީހެއްގެ ހިތް ފަތަޙަ ނުކުރެވޭނެއެވެ.

ތިބާގެ ލޯތްބަށް އިންތިޒާރު ކުރެވެނީއެވެ.

ރަހުމަތްތެރިން މަލާމާތް ކުރިޔަސް ތިބާ ބޭނުމެވެ.

ތިބާއަށްޓަކައި މުޅިޢުމުރު އިންތިޒާރު ކުރާނަމެވެ.

ތިބާނޫންމީހެއްގެ ސޫރަދެކޭކަށް ނޭދެމެވެ.