ހަޔާތުން ސޮފްހާއެއް އޭނާގެ ގަލަމުން…
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން..! އަހަރެންގެ ހަޔާތުގައި ދިއްލިފައި ހުރި އެންމެ ފަހު ހުޅުކޮޅުވެސް ނިވުނީއެވެ. އަނެއްކާވެސް އެކަނިވެރިވީއެވެ. އަހަރެންގެ ހިތުގެ ހަމަޖެހުން ކަމުގައިވާ އަހަރެންގެ ފުރާނައަށް ވުރެންވެސް ލޯބިވާ މާމަ ނިމުމެއް ނެތް ދާއިމީ އާލަމަށް ދަތުރުކުރީއެވެ. މާމަ ނެތުމުން އަހަރެންނާއި ލޯބިން އަނގައިން ބުނެލާނެ މީހަކުވެސް ނެތެވެ. މައިންބަފައިން ތިއްބެއްކަމަކު ނެތް ބައެކޭ އެއްފަދައެވެ. ދޮށްޓަށް އަންހެން ކުއްޖަކު ވިހާފަ ހުރިކަން ހަމަ ނޭނގެނީ ހެއްޔެވެ؟ އަހަރެން މިއީ މަންމަ އާއި ބައްޕަގެ ފުރަތަމަ ދަރިފުޅެވެ. ދެން އަހަރެންނާމެދު އެގޮތަށް ކަންތައް ކުރަންވީ ކީއްވެގެން ހެއްޔެވެ؟މަންމައާއި ބައްޕަ މިހާރު ވަނީ އެ ކައިވެނީގެ ގޮށް މުހާލާފައެވެ. ބައްޕަ މަންމަޔަށް ކެހިދީފަ ދިޔައީއެވެ. އަހަރެންގެ ބެލުމާ ހަވާލުވާން މަންމައަށް މަޖުބޫރުވީއެވެ. ފުރަތަމަ ކޮޅު އަހަރެން ގެންގުޅުނީ ވަރަށް ލޯބިންނެވެ. އެހެނަސް، އާހްހްހް… އެއީ ހަމަ ކުޑަ ކުޑަ ދުވަސް ކޮޅެއްގެ އުފަލެކެވެ. އެ ހިތުގައިވާ މައިވަންތަ ކަމުގެ އިހުސާސް ކޮބައިހެއްޔެވެ؟ މީހުން ބުނާތީ އަޑުއަހަމެވެ. “މައިވަންތަ ކަމުގެ ލޯތްބަށްވުރެ ވަރުގަދަ ލޯތްބެއް ނުވާނެއެވެ. އަދި ކިތަންމެ ގިނައިން ދަރިން ތިއްބަސް އަބަދުވެސް ހުރިހާ ކުދިންދެކެވެސް ލޯބިވާނެއެވެ.” އެހެނަސް އަހަރެންގެ ނަޒަރުގައި މިއަދު މިވަނީ މިބަސްތައް ދޮގު ކުރެވިފައެވެ. މަންމަ ދެވަނަ ކައިވެންޏެއް ކޮށް، ކޮއްކޮ ވިހެއުމަށްފަހު އަހަރެންނަށް ދެމުންއައި ލޯތްބާ އަޅާލުމަށް ނިމުމެއް އައެވެ. އަހަރެންނަށްވުރެ ކޮއްކޮ ދޮންވެފަ ރީތި ވީމަ ކަމަށްވެސް ވެދާނެއެވެ. ދޮން ބައްޕައެއްގެ ފަރާތުން އަހަރެންނަށް ފެނުނީ ހަމަ ދޮން ބައަޕައެކެވެ. މަންމަ ވިހައިގެން އުޅުނު ދުވަސްވަރު އަހަރެންނަށް ދޮންބައްޕަގެ އަސްލު ސިފަ ފެނުނެވެ. އެއީ އިންސާނެއްގެ ސިފައިގަ ހުއްޓަސް ހަމަ ހައިވާނެކެވެ. އަހަރެންގެ އިއްފަތްތެރިކަން ނަގާލީ ހަމަ ކުޑަވެސް ރަހުމެއް ނެތިއެވެ. އަހަރެން ރޮއެފަ ކުރި އާދޭސް ތަކުގައި ކޮޅުފައިން ޖަހަމުންނެވެ. ވަރަށް ހިތްވަރު ކޮށްލާފައި މަންމައާ އެވާހަކަ ހިއްސާ ކުރުމުން މަންމަ އެ އަޑެއް ނޭހިއެވެ. މަންމަ ބުނީ ދޮންބައްޕަ އެފަދަ ކަމެއް ނުކުރާނެކަމަށެވެ. އެދުވަހަށްފަހު މަންމަ އަހަރެން ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެކަމުންވެސް ދޮންބައްޕަ އަށް ލިބުނީ އިތުރު ހިތްވަރެކެވެ. އަހަރެން އެ ހައިވާނުގެ ޝިކާރައަކަށް ނުވާ ރެއެއް މަދުވާނެއެވެ. އެހެނަސް އަނގައިން ނުބުނެ ކެތް ކޮށްލައިގެން ހުންނަނީއެވެ. ދުނިއޭގަ ވާ ހުރިހާ އުފަލަކުން މަހުރޫމު ވެފައިވާ ކަހަލަ އެވެ.
މާމަ ހުރިދުވަހު މާމަ ނޫނީ އަހަރެންނަށް ނަސޭހަތުގެ ބަހެއްވެސް ބުނެލާނެ މީހަކު ނެތެވެ. މާމަ ވީ އަހަރެން ހީކުރި ވަރަށްވުރެންވެސް ރަނގަޅު މާމައަކަށެވެ. އަހަރެންނަށް ހާދަ ހިތްވަރެއް ދިނެވެ. އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގަވެސް ހުރީ ހަމަ އެ މުސްކުޅި މާމައެވެ. ބަލިވިޔަސް އެ ބަލި ރަނގަޅު ވަންދެން އެ މާމަ އަހަރެންގެ ޚިދުމަތުގައި ހުއްޓެވެ. އަބަދުވެސް މާމަ އަހަރެންނާ ވަކިން ޚާއްސަ ގާތްކަމެއް ބާއްވައެވެ. އެކަމާހެދިވެސް މަންމަމެން މާމަ އާ ދިމާއަށް ވަރަށް އެއްޗިހި ކިޔާ ހަދައެވެ. އެއީ އުފަންކުރި މައިމީހާ ކަން ނޭނގި ތިބެއެވެ. އެހެނަސް މާމައަށް ފަރުވާލެއް ނެތެވެ. މާމަ ބެލީ އަހަރެން އުފަލުގައި ބެހެއްޓޭތޯއެވެ. މާމަ ގޭގައި ނުހުންނަ ވަގުތުތަކުގައި މަންމަމެން އަހަރެންނާ މެދު ކަންތައް ކުރީ ނޯކަރެއްގެ މިސާލުންނެވެ. މާމަ ގޭގަ ނުހުންނަ ގަޑިތަކުގައި އަހަރެންނަށް ލޯބިވާ ކޮއްކޮ އުރާލާކަށްވެސް ނުލިބެއެވެ. އެއާ ޚިލާފަށް އަހަރެން ޖެހެނީ މަންމަމެން ބުނާ ހުރިހާ ކަންތައް ކުރާށެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް މާމައާ ހިއްސާއެއް ނުކުރަމެވެ. މަންމައަކީ ވަރަށް ފާޑެއްގެ މީހެކެވެ. ހިތަށް އެރިއްޔާ މާމަ އާ ދިމާއަށްވެސް ހިތު ހުރިހާ އެއްޗެއް ކިޔާލައެވެ. އެއްވެސް މީހެއް މަންމަގެ ކިބައިން މިކަންތައް ހުއްޓުވާކަށް ނޫޅެއެވެ. އޭގެ ބަދަލުގައި މަންމައަށް ދެނީ ހިތްވަރެވެ. މާމަ ނިޔާވުމުން އެމީހުން ކޮންމެހެން ރޯނެކަމެއްނެތެވެ. އެ މާމަ ދުނިޔޭގަ ހުރިދުވަހު ކަމޭނުހިތާ، ދުލަށް އައިހާ އެއްޗެއް ކިޔުނު އިރު ހިތަކަށް ހަމަ ކުޑަ އެއްޗެކޭވެސް ނޭރި ނޫންހެއްޔެވެ؟
މިއީވެސް ދިރިއުޅުމެއް ތާއެވެ. މިފަދަ ހިތްދަތި ކަމުގައި ދުވަސްތަށް ގުނުމަށްވުރެން މަރުވުންވެސް މާރަނގަޅެވެ. މިހިތަށް ލިބެނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ ލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ އަބަދުވެސް ކަންފަތާ ހަމަޔަށް އަންނަނީ މަލާމާތުގެ ބަސް ތަކެކެވެ. އަމާޒުވަނީ ނަފްރަތުން ފުރިގެންވާ ބެލުންތަކެވެ. ކޮންމެ މީހަކަށްވެސް އަހަރެން މިއީ ދުނިޔޭގަ ހުރި މީހެއްކަންވެސް އެނގެނީ ކޮންމެވެސް ކަމަކާ ޖެހުނީމައެވެ. އާއިލާ މީހުން ކަންތައް ކުރާގޮތް އެހެރީއެވެ.ދެން ނިކަން ވިސްނަބަލާށެވެ. އެހެންމީހުން އަހަރެންނާމެދު ކަންތައްކުރާނެގޮތް އަންދާޒާ ކުރަންވެސް ދައްޗެވެ. މިއީ އަހަރެންގެ ދިރިއުޅުން ހުރިގޮތެވެ. އަހަރެންގެ ކުށަކީ ކޮބައިބާވައެވެ؟މި ދުނިޔެއަށް އުފަންވުން ހެއްޔެވެ؟ މާތްﷲ ގެ އަޅަކާމެދު މިފަދަ ގޮތަކަށް ކަންތައްކުރާނީ އެކަލާނގެ އާމެދު ކުޑަވެސް ބިރުވެތިކަމެއް ނެތް ބައެކެވެ. ހިތުގައި ފޮރުވިފައިވާ މިފަދަ ޝަކުވާތައް ކިތަންމެހާވެސް ގިނައެވެ. އެހެނަސް އެ ޝަކުވާތައް ދުލާހަމަޔަށް ނުގެންސް ވޭތޯ ވަރަށް މަސައްކަތް ކުރަމެވެ. އަޑު އަހާނެ މީހަކުނެތެވެ. މިއީ ކީރިތިވަންތަ މާތްﷲ އަހަރެންނަށް މެދުވެރި ކުރެއްވިގޮތެވެ. ފަހު ނޭވަޔާ ޖެހެންދެންވެސް ކެތް ކުރާނަމެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.
ނިމުނީ :’)
39 Comments!
Comments are closed.

aww… varah reethi ingey.. varah asarugadha…. mii hama haqeeqatheh tha? ohh… varah dheravaa gothakah miothy liyefa vx… ekujja ah maai Allah heto goi minvaru kuravvaashi =aameen=
thankew 🙂
hageegathuge machah binaakoh liyafa. konmes varakah edit koffa…
aameen
Awsm! Masha allah vara salhi.. keep it up☺
alhamdhulillah 🙂 thanew :*
Wow. Is this a true story?
based on a real story.
konmes varakah editing innane genessa 🙂
thans for reading 😉
Masha Allah…… mihuree baeh meehun dhuniyeigai ulhemun gendhaa haalu…… 🙁 this may or may not be a true story but there are lots of people’s who live in worse conditions than this….. 🙁 I appreciate the writer for this story 😉
aan dho. asluves. 🙁
hehe. so sweet of you. thank you ? 😉
Awsome
thankew 🙂
Beautifully written kokky :* .. Hope to get more of these 🙂 ..
awwn. thanks bro. :*
insha allah, yes 🙂 😉
Intresting… But i dont know wat heppend… Any ways keep it up..
Hehe.
Thank you for the support. ?
V habeys….maakuree
Thank you. ?
Aaan. Insha Allah, dhn faharakun ehenneh nuvaane ?
Varah salhi ..adhi thankolheh dhigu vaahakaha eh sis ge faraathun fennaane kamah ummeedhukurann..wish yuh all the best
Thankyou Janu ❤
Insha allah, adhi fennane ?
Very nice :* nice to see more of these
Thanks Fantha ❤
Insha Allah, yes ?
Very nice :* nice to see more of these…
Very nice :* nice to see more..
Thanks Fantha ?
Sure, insha Allah ?
very nice…keep it up
Thankew ?
Masha Allah
Revethi vaahaka ey
Umeedhu kerany ekala vaahakaas upload keranen kamaha….
Thanks amoo ❤
Haan kerahne. ?
Wow ? varah varah reeethi ? ❤
Thanks neeru ❤?
??? perfect
Dhn vaaaniy kihinehbaaa??
Keep it up❤️?
Thanks Dhonthi ❤?
E nimuny Ey.
Insha allah, Varah avahah Ehn vaahakeh upkolladheynan ?
Wow v salhi.mives miharu dhiriulhumuga higaa kantha
Thanks.?
Aan dho
Varaha salhi..
Adhi ass thikahala upload kerah men kamaha uhmeedh keran..
Masha Allah story varaha salhi
:* ?♥
Thanks kokky ❤
Insha Allah, kerahne nu ,?
Mee mivaahaka ni moonyy? 😮
No second part?
Haan ey aaminey ??
??? this was so touching. Keep it up honey ?
Awwwn. Thankew baby ??