ކަލާގެ ހަނދާނުގައި
ޖިއާންގެ ފޮޓޯ ފެންނަ ކޮންމެ ފަހަރަކު އެ ހިތްދަތި ހާދިސާގެ ހަދާންތައް ހިތުގައި އާވެ، އަހަރެންގެ ދެލޯ ކަރުނުން ތެންމާލައެވެ. ހިތުގެ ޖަޒުބާތުތައް އުތުރި އަރައެވެ. އެއްބައި އަދާފައިވާ އެފޮޓޯގަނޑު ފަދައިން، އޭނާގެ ހިތްވެސް ވަނީ އަލިފާނުގެ ހުޅުކޮޅަކުން ރޯވެ، އަނދާ ހުލިވެފައެވެ. ނަމަވެސް ޖިއާން އަށްޓަކައި ވާ ލޯބި އޭނާގެ ހިތުތެރޭ އަބަދަށް ދިރި ހުންނާނެއެވެ. އޭނާގެ ދިރިއުޅުމަށް މި ހިތާމަވެރިކަން މެދުވެރިވިގޮތް ހިތަށްއަރާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އާދެއެވެ.
…..
އަހަރެންނާއި ޖިއާން ކައިވެނިކޮށްގެން އުޅޭތާ ހަތަރު އަހަރު ވަނީއެވެ. ދަރިއަކު ނުލިބި އަހަރެމެންގެ ހަޔާތް މޮޅިވެރިވި ނަމަވެސް، ދެމީހުންގެ ދެމދުގައިވާ ލޯތްބަށް ކުޑަ ނަމަވެސް ފަޑު ކަމެއް ނާދެއެވެ. އެގޮތަށް ކުރަމުންދިޔަ އިންތިޒާރުގައި ޖިއާން ބަނޑުބޮޑުވިއެވެ. ދުވަސްތައް އޭގެ ހަލުވިމިނުގައި ގޮސް ޖިއާންގެ ބަނޑަށް މިހާރު 4 މަހެވެ. ޖިއާން ވީ މަންމައާއި އެކު ހޮަޕިޓަލް އަށް ދައްކަން ގޮހެވެ. ޖިއާން އަންނާނެ އިރަކަށް އަހަރެން ދިޔައީ އިންތިޒާރު ކުރަމުންނެވެ.
އަހަރެން ފެންވަރައިގެން ނިކުތްއިރު ޖިއާން ގެއަށް ވަންނަނީއެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމުގައި އޭނާ ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. އަދި ބަނޑުބޮޑުވިފަހުން އޭނާ އިތުރަށް މައުސޫމް ކަމަށް ދައްކައެވެ. ޖިއާންގެ ހިތްގައިމުކަމުގައި މަސްތުވެފައި ހުއްޓާ އޭނާ އައިސް ބައްދައި ގަތެވެ. އަދި ޗެކްއަޕް ދިޔައީ ރަނގަޅަށް ކަމުގައި ބުންޏެވެ. އޭނާގެ ނިތަށް ބޮަސްދިނުމަށްފަހު އަހަރެން ރީތިވާން ދިޔައީމެވެ. ކުއްލިއަކަށް ޖިއާން އެއްޗެއް ހޯދަން ފެށިއެވެ. އަހާލުމުން ބުނީ ސްކާރފް އެއްކަމަށެވެ. އެއީ އޭނާގެ ނިޔާވެފައިވާ މަަންމަގެ ހަމައެކަނި ހަނދާންކަމުގައި އެވެ.
އަހަންނަށް ހަނދާންވީ ދެނެވެ. ގޭތެރެ ސާފުކުރި އިރު ބާ އެއްޗެއް ކަމަށް ހިތާ އެއްލާލެވުނީއެވެ. އެހެނީ އެ ސްކާރފް އޮތީ ކުލަ ގޮސް ބާވެފައެވެ. ނަމަވެސް އެއީ ޖިއާންއަށް އެހާ މުހިއްމު އެޗެއްކަން އެގުނީ އަދިކިރިޔާއެވެ. އަހަރެން ޖިއާންއަށް ވީގޮތް އޮޅުންފލުވައި ދިނީމެެވެ. ޖިއާންގެ ލޮލުން ކަރުނަ އަންނަ ހާލު އޭނާގެ މޫނު މިލާ މޯޅިވިއެވެ. އަދި ލިބުނެ ވޭނުގައި އަހަންނާއި ދިމާލަށް ރުޅިބޭލިއެވެ. ހިތްހަމަޖައްސައިދޭން އުޅުނެއްކަމަކު، ޖިއާންގެ ރުޅިގަނޑު ދިޔައީ ހައްތަހާ މައްޗަށެވެ. މީ ދުވަހަކުވެސް ޖިއާން އުޅުން ގޮތެއް ނޫނެވެ. އޭނާގެ ހިތުގައި އަޅާއި ވޭން އަހަންނަށް ދޭހަވިއެވެ. ޖިއާން ރޮމުން ރޮމުން ގޮސް ބޭރަށް ދިޔައެވެ. އަހަރެން އަވަސް އަވަހަށް ޓީޝާޓު ގަޔަށް މަހާލައިގެން ނިކުތް އިރު ޖިއާން ހިލަމެއްވެސް ފެންނާކަށް ނެތެވެ.
ގަނޑިން މިހާރު ނުވައެއް ޖަހަނީއެވެ. ޖިއާން މިހާރު ހަމައަކަށް އެޅިއްޖެއެވެ. ފިރިމީހާ ގާތު މާފަށް އެދުމަށްޓަަކައި ގެއާއި ދިމާލަށް މިސްރާބު ޖެހި އެވެ. ދިޔައިރު ފެނުނު މަންޒަރަކުން އޭނާގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. އޭނާ އުޅޭ އެޕާރޓްމެންޓްގައި ވަނީ އަލިފާން ރޯވެފައިއެވެ. މީހުންތައް ދެކޮޅު ދެކޮޅަށް ދުވަމުން ހަޅޭއް ލަވަނީއެވެ. ޓްރަކް ލޮރީތައް އަންނަނީއެވެ. ފަޔަފައިޓަރުން މަސައްކަތައިގެން އެނބުރެނީއެވެ. ނަމަވެސް ޖިއާން ދެލޯ އަމާޒުވެފައި ވަނީ 3 ވަނަ ފޮލޯ އަށެވެ. މީހަކަށް ޖިއާން ނުހުއްޓުވެނީސް، އޭނާ ގޮސް ސިޑިއާއި ދިމާލަށް ދުއްވައިގަތެވެ.
އަހަރެން ކޮޓަރީގައި މާޔޫސްވެފައި އިންދާ ދުންވަސްދުވަން ފަށައިފިއެވެ. އަދި ކަޅު ދުންތައް މާހައުލުތެރެ ހިސޯރު ކުރަން ފެށިއެވެ. ގޮސް ބެލްކަނިން ބޭރު ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. ޖިއާންއަށް ވީނުވީއެއް ނޭނގި ހުޓައި މިވީ ކަމަކުން އޭނާ ހާސްވާން ފެށިއެވެ. ޖިއާން ގާތަށް ދިޔުމަށްޓަކައި، ތެޅިތެޅި ިތަކާއެކު އެމަޖެންސީ އެކްޒިޓުން ނިކުނނަން ދިޔައީމެވެ.
އަހަންނަށް ތިރިއަށް ފޭބުނީ ހާލަކުންނެވެ. ދުމުގެ ސަބަބުން ނޭވާލާން އުދަނގޫވެ ބޯއަނބުރާގޮތްވިއެވެ. އަވަހަށް ޖިއާން ފެނޭތޯ އުޅުނީމެެވެ. ގުޅާ ގުޅާވެސް ފޯން ނުނަގައެވެ. ކުއްލިއަކަށް ދާދި ކައިރިން ފޯނެއް ރިންގްވާ އަޑު އިވުނެވެ. އެއްފަރާތަުގައި ފޯނެއް ވެއްޓިފައި އޮތެވެ. ސްކްރިނަށް އަރާފައި ވަނީ “އާއިން ލަވް” އެވެ. ހާސްކަމާއެކު އެނބުރި އިމާރާތާއި ދިމާލަށް ބަލާލެވުނެވެ.
…..
އަހަންނަށް ހަމަބިމަށް އާދެވުނީ ދެނެވެ. އިތުރަށް ހަނދާންކުރަން ބޭނުންނުވީއެވެ. އެ ހިތި މާޒީ އޭނާގެ ބޮލަށް އަބަދާއި އަބަދު އުދަނގޫ ކުރެއެވެ. ޖިއާން ދިޔައީ އޭނާ ގާތަށެވެ. އަހަރެން ދިޔައީ ޖިއާން ގާތަށެވެ. ނަމަވެސް ތަޤްދީރުގެ ކުޅި ނިކަން ދެކެބަލާށެވެ. އަދިވެސް ހަނދާން އެބަހުއްޓެވެ. ޖިއާންގެ އަނދާފައިވާ ފުރާނަ ނެތް މަސްގަނޑާއި، ބަނޑުގައި އޮތް ދަރިފުޅުގެ މަރުގެ ހަބަރަކީ އޭނާ ދުނިޔެ މޮޔަ ކުރުވާ ކަމެކެވެ. ޖިއާންގެ އެންމެ ފަހު ވިންދަކީ އެއީކަން އެނގުންނަމަކަ، ވަކިވުމުގެ ކުރިން އުފާވެރި ހަނދާނެއް ދެވުނީސްތާއެެވެ. ޖިއާން އާއި އޭނާގެ ބަނޑުގައިވާ ދަރިފުޅުއާއި އެކު އަހަންނަށްޓަކައި ވީ ޤުރުބާން އަހަންނަށް ހައްޤުބާއެވެ.
2 Comments!
Comments are closed.

V reethi♥️♥️♥️
Wow nice story girll.. keep it up!🤍🫶