Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…32&33

Anonymous Level 4100 Login10 Stories100 Comments
May 29, 2024 7 Mins Read
29 Comments

ނޯޓް:ހުރިހާ ކިޔުންތެރީންނަށް…

އަޅުގަނޑު 32 ވަނަ ބައި ވަނީ 26 މެއިވާ އާދިއްތަ ދުވަހު ސަބްމިޓް ވެފައި އެވެ.ނަމަވެސް އެ ބައި އިނީ 29 ވަނަ އެޕިސޯޑު އާއި ޖެހިގެން ކަމުން ގިނަ ކިޔުންތެރިންނަށް އެ އެޕިސޯޑް ސަބްމިޓް ވެފައިވާ ތަން ނުފެންނާތީ މި އެޕިސޯޑް އިން 32 ބައި ވެސް ކިޔާލަން ލިބޭނެ ވާހަކަ ދަންނަވާލަމެވެ.

*******************

ޝަހްނާގެ އިންތިޒާރަށް ނިމުމެއް އައީ ގެއާއި ތަންކޮޅެއް ދުރުގައި ކައިޔަން އޭނާގެ ސައިކަލު މަޑު ކޮށްލުމުންނެވެ.ޝަހްނާ ހަނާ އަޅާލުމާއި އެކު އީޝާ އާއި ކައިޔަން ޝަހްނާ އާއި އެކީ ވަންނަން ހިނގައިގަތެވެ.”ކިޔާން ފަހަތުން ކައިޔަން އުޅޭނީ އިނގޭ”ޝަހްނާ ބުނެލީ ކައިޔަންގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން ނެވެ.

**********************

ކިޔާން އާއި މިލާން އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކޮށްކޮށްފައި އުޅުން އިރު ކިޔާންގެ ނަޒަރު ހުއްޓިފައި ހުރީ ނަވްޔާ އާއި ލައިނީ އާއި އެއްކޮށް އުޅުނު ޒާރާ އަށްށެވެ.”ކިޔާން ދެން ދޭ.މަ ނާޔާ ކައިރީ ބުނެގެން ޒާ ފޮނުވާނަން.މިހާރު ޕާޓީ ނިމުނީއެއްނު”އަތުގައި އަޅާފައި އޮތް ގަޑި އަށް ބަލާލަމުން މިލާން ބުނެލީ ކިޔާން ގާތު ވީހާ ވެސް ސިއްރުންނެވެ.ނަމަވެސް ދުރުގައި ހުރި ކައިޔަން އަށް މިލާން ގެ އިޝާރާތް ދެނެގަތުން މާ އުނދަގޫ ކަމަކަށް ނުވިއެވެ.ގަޑިން އެގާރަ ޖަހައިފި އެވެ.ޕާޓީ ނިމެނީ އެގާރަ ގަޑި ބައިގައި އެވެ.މީހުންތައް މަދު ވަމުން ދިޔައީ ވެސް އެހެންވެ ކަންނޭނގެ އެވެ.

 

ކިޔާން ކޮޓަރި ތެރެ އަށް ބަލާލަމުން ހުރިހާ ކަމެއް ރަނގަޅުތޯ ބަލާލި އެވެ.ނަމަވެސް ނުތަނަވަސް ވެފައި ހުރި ވަރުން ކިޔާންގެ ލޮލުގައި ކައިޔަންގެ އާއި ޝަހްނާ ގެ މަސައްކަތެއް ނުފެނުނެވެ.ކިޔާން އަދި އެއްފަހަރު އޭނާ އަށް ދޭން އުޅޭ ސްޕީޗް އިނގޭތޯ ބަލާލިއެވެ.އޭނާ މިއަދު ޕާޓީ އަށް އައުމުގެ ކުރިން ލޯގަނޑު ކައިރީގައި ހުރެފައި އެ ސްޕީޗް ލޯގަނޑަށް ދިނީ ކިހާ ވަރަކަށް ކަމެއް ވެސް ނޭނގުނެވެ.ނަމަވެސް ކިޔާން އަދި އެއްފަހަރު އިނގޭތޯ ބަލާލީ އެއްވެސް ކަމެއް އުނިވާން އޭނާ ނޭދޭތީ އެވެ.

 

ކައިޔަން ގެ އީޝާރާތާއި އެކު ޝަހްނާ ކިޔާން ހުރި ކޮޓަރީގެ ދޮރުހުޅުވާލީ ކިޔާން އިންނާނީ އެއްފައި މައްޗަށް ތިރިވެގެން ކަން ނޭނގި ހުރެއެވެ.ހަގީގަތުގައި ޝަހްނާ އާއި ކައިޔަން ރޭވީ އެތަނަށް ޒާރާ އަންނަ ވަގުތު ޝަހްނާ ކިޔާންގެ ފަހަތުގައި ހުންނަ ގޮތަށް ށެވެ.އޭރުން ވެސް މަންޒަރު ބަދަލުވާކަށް މާ ގިނަ އިރެއް ނުވާނެ ވިއްޔާއެވެ.ނަމަވެސް ކިޔާން މިހާރު އިންގޮތުން މަންޒަރު މާ ފުރިހަމަ ކޮށްލެވޭނެ އެވެ.ޒާރާ އިރުކޮޅެއް ނުވެ އަންނާނެއެވެ.ޝަހްނާ ގޮސް ކިޔާންގެ ކުރިމައްޗަށް އެރި ވަގުތު ވީ ޒާރާ ދޮރު ހުޅުވާލި ވަގުތެވެ.ލޯ މަރައިގެން ހުރެ ޒާރާ އަށް ދޭން އުޅޭ ސްޕީޗް ކިޔަމުން ދިޔަ ކިޔާން އަށް ޒާރާ އަދި ޝަހްނާ ވެސް ހުރި ކަމެއް ނޭނގެއެވެ.

 

“ޒާ މިލާން އެބަ ގޮވާ ނާޔާ އަންނާނަން އިނގޭ އިރުކޮޅަކުން”ނަވްޔާ ދިޔައީ ހަގީގަތުގައި އޭނާ ޒާރާ ގާތު ހުރުމުން ޒާރާ ކިޔާން ފަހަތުން ނުދާނެ ކަން އިނގުމުންނެވެ.ނަވްޔާ މިލާން ގާތަށް ދިޔަ ވަގުތު ކިޔާން މަގުގެ ކަނާތް ފަރާތުގައި އެންމެ ބޮޑު ދޮރާއި ކައިރީގައި އިން ކޮޓަރި އަށް ދިޔަ ތަން ފެނުމުން ޒާރާ ނިންމީ މިއީ ކިޔާން އަށް ޖަވާބެއް ދޭން އެންމެ ރަނގަޅު ވަގުތު ކަމަށް ށެވެ.ޒާރާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ފެން ކޮޅެއް ބޯލަން ދުރަށް ޖެހިލި އެވެ.ފެން ބޮއެ ނިންމައިގެން ޒާރާ ކޮޓަރީގެ ދޮރު ހުޅުވާލީ މަޑު މަޑުންނެވެ.މަޑު ދޮރު ހުޅުވާލި ޒާރާ އަށް ފެނުނު މަންޒަރުން ތަޅުގައި ހިފާ ބާރު ކޮށްލެވުނެވެ.

 

ކިޔާން އެއްފައި މައްޗަށް ތިރިވެ އިން އިރު ޝަހްނާ ހުރީ ކިޔާން ގެ ކުރިމަތީގައި އެވެ.އޭރު ވެސް ކިޔާން ގެ ސްޕީޗް އަޑު އިވި އިވި ހުއްޓެވެ.މިއީ ޝަހްނާ ގެ ނުބައި ރޭވުމެއް ހެން ޒާރާ އަށް ފުރަތަަމަ ހީވިއަސް ފާރުގައި ތަތް ކޮށްފައި އިން އިބާރާތް ކޮޅު ކިޔާލުމާއި އެކު ހެން ޒާރާގެ ލޮލުން ހޫނު ކަރުނަތައް ފައިބަން ފެށިއެވެ.”ވިލް ޔޫ ބީ މައިން..”ކިޔާން އަށް ބުނެވުނީ އެހިސާބަށްށެވެ.ޒާރާ ކިޔާންގެ ނަމުން ބާރަށް ގޮވާލިއެވެ.”ކިޔާން މީތަ ކިޔާން ކުޅޭ ކުޅިވަރަކީ.ނަސީބެއް ކަންނޭނގެ އަހަންނަށް ކިޔާން އަށް ޖަވާބެއް ނުދެވުންކަން.އެއްފަހަރާ ކިތަށް މީހުންތަ ބޭނުން ވެގެން ތި އުޅެނީ.ލަދެއް ވެސް ނެތް ދޯ”ޒާރާ ގެ ލޮލުން ކަރުނަ އަންނަމުން ދިޔަ ހާލު ވެސް އެހެން ބުނެލީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުން ނެވެ.ފެނުނު މަންޒަރުން އެހިތަށް ހީވީ އެއް ފަހަރާ ހަންޖަރުތަކެއް ހަރާލިހެންނެވެ.އަތުން އެންމެ ފުރަތަމަ ލޯބި ގެއްލިގެން ދިޔަ ފަދައިން ދެވަނަ ލޯބި ގެއްލިގެން ދާ ތަން ބަލާކަށް އޭނާ އަކަށް ނުހުނެވޭނެ އެވެ.އެއަށް ވުރެ ބޮޑަށް އޭނާ ކިޔާން ދެކެ ލޯބިވެ އެވެ.

 

“ޒާ ލެޓް މީ އެކްސްޕްލެއިން”ކިޔާން އަށް ހަމަހޭވެރިކަން ވުމުން ޝަހްނާ އާއި ދިމާލަށް އަލިފާން ކަނި ބުރާ ފަދަ ބެލުމަކުން ބަލާލަމުން ބުނެލީ ރާއިލް ވެސް ޒާރާ ގާތު މާޝާ އާއި އެކީ އެނާ ފެނުމުން ބުނެލި ޖުމުލަ އެވެ.ނަމަވެސް އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއް ނެތި ޒާރާ ނިކުމެގެން ދިޔައީ އެތާ ހުންނާނެހާ ހިތްވަރެއް ނެތުމުންނެވެ.ޒާރާ ބޭރަށް ނުކުން އިރު ވިއްސާރަ ކަނި ޖަހަމުން ދިޔަ އެވެ.ވިއްސާރަ ވެސް ހީވީ ޒާރާގެ އެހިތާމާއިގައި ބައިވެރިވަމުން ދިޔަ ހެންނެވެ.

 

ޒާރާ ދިއުމުން ކިޔާން އަށް އިސްތަށިގަނޑަށް ދަމާލެވުނީ އައި ރުޅިންނެވެ.ރުޅިގަދަވެފައި ހުރި ކިޔާން ދޮރާއި ދިމާކަށް ބަލައިލީ ތަޅުގައި ހިފާލި އަޑު އިވުމުންނެވެ.”ޝަހްނާ ހީނުކުރާތި ޒާރާ އާ އަހަންނާ ދުރު ކުރީމަ އެއީ ޝަހްނާ އަށް އަހަރެން ލިބެން ހުޅުވާލެވުނު ދޮރެކޭ.ދުނިޔެއިން އަންހެނުން ހުސް ވިއަސް މި ކިޔާން އެއް ޝަހްނާ ކައިރި އަކަށް ނުދާނަން އިރާދަކުރެއްވިއްޔާ”ކިޔާން އަށް ބުނެވުނީ ކިރިޔާ އެހިސާބަށްށެވެ.ޝަހްނާ ވާހަކަ ދައްކަންފެށިއެވެ.”ހެޔޮ ކިޔާން އަހަރެން ކައިރި އަށް ނަޔަސް.މަށަށް ނުލިބުނު ލޯތްބެއް ޒާރާ އަށް ލިބެން ނޭދޭތީ ކުރިކަމެއް މިއީ”ޝަހްނާ އެހެން ބުނެލުމަށްފަހު އެންމެ މިނެޓެއް ވެސް މަޑު ނުކޮށް ދޮރުހުޅުވާލާފައި ނިކުތެވެ.ޝަހްނާގެ ވާހަކައިން ކިޔާންގެ ރުޅިގަނޑު އިތުރުވުން ނޫން ކަމެއް ނުވިއެވެ.

 

ޝަހްނާ އަށް ކޮޓަރިން ނިކުމެވުނީ ސީދާ ކައިޔަންގެ ކުރިމައްޗަށް ށެވެ.ކައިޔަން ފޯނުން ރިކޯޑް ނިންމާލީ ޝަހްނާ ކޮޓަރިން ނިކުތުމުން ކަންނޭނގެ އެވެ.” ރިކޯޑް ކުރީ ކީތްކުރަން؟އެއްކޮށް ކުރިން ތަ؟”ޝަހްނާ އަހާލީ ލިބުނު ކާމިޔާބީ އާއި މެދު ފަހުރުވެރިވެފައި ހުރެއެވެ.”އީޝާ ބުނީ އޭނަ ކުޅިގަނޑު ބަލަން ވީޑިއޯ ކުރައްޗެ އޯ .ރިކޯޑް ކުރިއަސް އަޑު އަރާ ގޮތަށް ކުރައްޗެ އޯ.އޭނަ ގޮއްސި ޝައުން ބުނެގެން ޝައުން ނިދި އަންނާތީ އޯ”ކައިޔަން ބުނެލީ އީޝާ ދިޔަ ސަބަބެވެ.ޝަހްނާ ވެސް އެހެން ދޯ އޭ ބުނެލާފައި އޭނާގެ ފޯނުން ގަޑި ބަލާލިއެވެ.

 

“އަވާރ ޕްލޭން ވޯރކްޓް ބޯއި”ޝަހްނާ ބުނެލީ ކައިޔަން އާއި ޓަޗެއް ޖަހާލަމުން ނެވެ.”ދެން ކައިޔަން އުޅެންވީ ކަންތަކައިގެން”ޝަހްނާ އެހެން ބުނެލަމުން ގެއިން ނިކުންނަން ހިނގައިގަތެވެ.ވީއްސާރަ ތުނިކޮށް ވެހޭތީ ނުތެމި ގެއަށް ދެވޭނެ ކަމުގެ އުންމީދު އޮތުމުން ޝަހްނާ ކައިޔަން ގެ ސައިކަލަށް އެރިއެވެ.

 

ކޮޓަރިން ނުކުމެ ކިޔާން ޕާޓީ ހޯލާއި ދިމާލަށް ހިނގައިގަތެވެ.މީހުންގެ ސަމާލުކަން ކިޔާން އަށް ހުއްޓުނެވެ.ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ވަރަށް ވުރެ އޭނާގެ ހިތުގައި އުފެދެމުން ދިޔަ ހައިޖާން ގަނޑު ބޮޑެވެ.މިހާރު ޒާރާ އޭނަ އާއި މެދު ދެކޭނެ ގޮތެއް ވެސް އިނގެނީ އެއް ނޫން ވިއްޔާ އެވެ.އަވަސް ގޮތަކަށް ހޯލުތެރެ ހޯދާލަމުން ކިޔާން އިމާރާތުން ބޭރަށް ދާން ހިނގައިގަތީ މިހާރު ޒާރާ ހުންނާނީ ބޭރުގައި އޭ އޭނާގެ ހިތްބުނުމުންނެވެ.ކިޔާން އަށް ހީކުރެވުނީ ވެސް ހަމަ ރަނގަޅަށްށެވެ.ޒާރާ ހުރީ ގޭގެ ބަގީޗާ ތެރޭގައި އެވެ.

 

“ހޭ ޒާ އެއީ ޝަހްނާ ކުޅުނު ޑްރާމް އެކޭ”ކިޔާން ޒާރާ އަށް ގޮވާލުމާއި އެކު ޒާރާ ފަހަތަށް އެނބުރުނެވެ.އެވަގުތު ޒާރާގެ ރަތްވެފައި ހުރި ދެލޮލާއި ނުހިކި ހުރި ކަރުނަ އިން ޒާރާ ރޮނީކަން ކިޔާން އަށް އިނގުނެވެ.ކިޔާންގެ ސަބަބުން ޒާރާ ކަރުނަ އަޅާތަން ބަލާކަށް ކިޔާން އަކަށް ކެތެއް ނުވިއެވެ.ޒާރާ އަށް އެއަތުގެ ހިމާޔަތް ދިނީ ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށްށެވެ.”ކިޔާން.ދެން ހެޔޮ.ކުޅުނު ޑްރާމާ ފަޅާ އެރީމަ ދޯ ތިއުޅެނީ.މިހާރު ވެސް ނޭނގެ އަހަރެން ގާތު ރައްޓެހިވާން އަހާފަ އަދި މިލިއަނެއްހާ މީހުންނާ ރައްޓެހިވެގެން ނޫން ކަމެއް އުޅެނީ”ޒާރާ ކިޔާން ކޮއާޕާލަމުން ދުވެފައި ގޭތެރެ އަށް ވަދެގެން ދިޔަ އެވެ.

 

ދުވެފައި ޕާޓީ ހޯލަށް ވަދެގެން އައި ޒާރާ އަށް ނަވްޔާގެ އިތުރުން ލައިނީ އާއި އައިކާގެ ސަމާލުކަން ހުއްޓުނެވެ.”ޒާ”ނަވްޔާ އަށް މަޑު މަޑުން އެހެން ބުނެލެވުނެވެ.ޒާރާގެ މޫނު ފެނުމުން އެކަނި ވެސް ނަވްޔާ އަށް ޒާރާ ވަރަކަށް ރޮވެލައިފި ކަން އިނގުނެވެ.ދުވެފައި ކަހަލަ ގޮތަކަށް ނަވްޔާ އަށް ޒާރާ އާއި ދިމާލަށް ދެވުނެވެ.ފަހަތުން ލައިނީ އާއި އައިކާ ވެސް ޒާރާގެ ގާތަށް އައެވެ.މިހާރު ޕާޓީގައި ތިބީ ގާތް ތިމާގެ މީހުންނާއި އެކުވެރިންނަށް ވުމުން ނަވްޔާ ޒާރާ ގޮވައިގެން އެންމެ ފަސޭހައިން ވަދެވެން ހުރި ކޮޓަރި އަށް ވަދުނީ އެންމެންގެ ނަޒަރުން ސަލާމަތް ވުމަށްޓަކައި އެވެ.

 

“ވަޓްސް ރޯންގް ޒާ”ނަވްޔާގެ ސުވާލަށް ޒާރާ ގެ ބަޑި ފަޅައިގެން ދިޔަ އެވެ.ކިޔާންގެ ސަބަބުން އޭނާ އަށް ރާއިލް ވެސް އޭނާ އަށް ބޭވަފާތެރި ވީ ކަމަށް ގަބޫލުކުރެވެން ފެށިއެވެ.ޒާރާ އަށް ރޮވޭ ވަރުން ވާހަކަ ނުދެއްކޭތީ ލައިނީ ގެ ލޮލުގެ އިޝާރާތުން ނަވްޔާ ޒާރާ ހަމައަކަށް އެޅުވޭތޯ އުޅެން ފެށިއެވެ.ޒާރާ ހަމައަކަށް އެޅުމުން ލައިނީ އާއި ނަވްޔާ އާއި އައިކާ ޒާރާ ގޮވައިގެން ނިކުތީ މިލާން އެމީހުން ބަލާ އައުމުންނެވެ.

 

ނުނިމޭ

 

33 ވަނަ ބައި

“ވަޓްސް ރޯންގް ޒާ”ނަވްޔާގެ ސުވާލަށް ޒާރާ ގެ ބަޑި ފަޅައިގެން ދިޔަ އެވެ.ކިޔާންގެ ސަބަބުން އޭނާ އަށް ރާއިލް ވެސް އޭނާ އަށް ބޭވަފާތެރި ވީ ކަމަށް ގަބޫލުކުރެވެން ފެށިއެވެ.ޒާރާ އަށް ރޮވޭ ވަރުން ވާހަކަ ނުދެއްކޭތީ ލައިނީ ގެ ލޮލުގެ އިޝާރާތުން ނަވްޔާ ޒާރާ ހަމައަކަށް އެޅުވޭތޯ އުޅެން ފެށިއެވެ.ޒާރާ ހަމައަކަށް އެޅުމުން ލައިނީ އާއި ނަވްޔާ އާއި އައިކާ ޒާރާ ގޮވައިގެން ނިކުތީ މިލާން އެމީހުން ބަލާ އައުމުންނެވެ.

************************

ޒާރާ ގޮވައިގެން ދަމުން ނަވްޔާ މިލާން އާއި އެއްވަރު ކުރީ މިލާން އަށް މިހާރު ކިޔާންގެ ފަރާތުން ހުންނާނީ ހަބަރު ލިބިފައިކަން އިނގޭތީ އެވެ.މިލާން ސިއްރު ސިއްރުން ވީ ގޮތް ކުރު ގޮތަކަށް ކިޔައި ދިނުމުން ނަވްޔާ އަނގަ ހަދާލަމުން ޝަހްނާ އާއި ދިމާލަށް ހިތާހިތުން އެއްޗިހި ކިޔައި ގަތެވެ.”އަޅެފަހެ އޭނަ ކޯޗެއް ހަދާނަމޭ ހިތާތަ އެ އުޅެނީ”ނަވްޔާ މިލާން ގާތު އެހެން ބުނެލަމުން ތުން އަނބުރާލިއެވެ.މިލާން ނަވްޔާ އާއި ދިމާލަށް ބަލައިލަމުން ނަވްޔާ ގެ ކޮލުގައި ހިފާލީ އެހެން ނަވްޔާ ހަދާލުމުން ނަވްޔާ ލޯބިކަމުންނެވެ.

 

ރިޔާންގެ ޕާޓީ ނިމުމުން ޒާރާ އަވަހަށް ގެއަށް ދާން ބޭނުންވީ ބޮލުގައި ރިއްސާވަރުންނެވެ.ޒާރާ އަވަހަށް ގެއަށް ދާން ޒީކާން ގާތު އެދުމުން ޒީކާން ބަލާލީ ޒިވާ އާއި ދިމާލަށް ށެވެ.އޭނާ އަށް ވެސް ހަދަންވީ ގޮތެއް ނޭނގުމުންނެވެ.”ދަރިފުޅު ދޭ ޒާ ގޮވައިގެން މަންމާ ވެސް މިދަނީ އިރުކޮޅަކުން”ޒިވާގެ ބަހަށް ބޯޖަހާލަމުން ޒީކާން ޒާރާ ގޮވައިގެން އިމާރާތުން ނިކުތެވެ.

 

ގެއަށް ދާން ދިޔަ ލައިކާ ހުރީ ހިސާބަކަށް އަޔާން ގެ ބެލުންތަކުން ލަދުގަނެފައި އެވެ.ދުވަހަކު ވެސް އަޔާން ނުބަލާ ވަރަށް އޭނަ އާއި ދިމާލަށް ބަލާތީ ކަމަށް ވެސް ވެދާނެއެވެ.ނަމަވެސް އަޔާންގެ ބެލުންތަކުގެ ސަބަބުން އެހިތަށް ދިޔައީ އުފާވެރިކަން ވައްދަމުންނެވެ.އެންމެ ފުރަތަމަ މިރަށަށް އައި ދުވަސްކޮޅު އެހިތުގައި އަޔާންގެ ސޫރަ އަށް ކުޑަވެސް ޖާގައެއް ނެތެވެ.ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އޭނާގެ ހިތުގައި އެލޯތްބަށް ފުރުސަތު ދެވުނީ ޚުދު ލައިކާ އަށް ވެސް ނޭނގިއެވެ.ނަމަވެސް އޭނާގެ ހިތުގައި އަޔާން ގެ ސޫރަ ކުރުހުން ކަން އޭނާގެ އެއްވެސް އެކުވެރިއަކަށް ނޭނގޭނެއެވެ.

 

އަލަތު ކައިވެނިކުރެވުނު ޖޯޑު ކާރަށް އަރައިގެން ރިޔާން މެން ގެއަށް ދިއުމުން އެންމެން ހެން އެމީހެއްގެ ގެއަށް މިސްރާބު ޖެހިއެވެ.އެންމެން އެމީހެއްގެ ގެއަށް ދިއުމުން އިމާރާތް ކައިރީގައި ހުރި ރަޔާން ނުކްޝާން ގެ ފަހަތުން ނުކްޝާން މެން ގެއަށް ދާން މިސްރާބު ޖެހީ އޭނާ އާއި ނުކްޝާން ރާވާފައިވާ ގޮތަށް ކަންތައްތަކެއް ކުރުމަށްށެވެ.

 

ނުކްޝާން މެން ގެއަށް ވަދެގެން އައި ރަޔާން ހިނގަމުން ދިޔައީ މީހަކަށް އޭނާގެ ފިޔަވަޅު ގެ އަޑު ވެސް ނީވޭހާ މަޑުންނެވެ.އޮޅިގެން ނަމަވެސް ނާއިޝް އާއި ޒީވާމެން މީހަކަށް ފެންނާކަށް އޭނާ އެއް ނޭދެއެވެ.ނާއިޝްމެން މީހަކަށް ފެނިއްޖެ ނަމަ ރިޔާނާ ނޫނީ ޝައިލްމެން މީހެއް ގާތު ބުނާނެއެވެ.”އަން މި އޮތީ”ނުކްޝާން ސިޑިން ފައިބައިގެން އައިސް ރަޔާން އަށް ދިއްކޮށްލީ “ޑޫ ނޮޓް ޑިސްޓާބް”ޖަހާފައި އިން ބޯޑެކެވެ.އެއީ ނުކްޝާން މެލޭޝިޔާ ގައި އުޅުން އިރު ރަޔާން ކައިރީ އަހާފައި ހަމަ ހާއްސަކޮށް ރިޔާން ގެ ކައިވެންޏަށް ދިން ހަދިޔާއެކެވެ.

 

ޒީކާން އާއި އެއްކޮށް ގެއަށް ވަދެގެން އައި ޒާރާ އަށް ކޮޓަރިތެރެ އަށް ވަދެވުނީ ކިރިޔާ އެވެ.ހޫނުކަރުނަތައް އެދެލޯ ތެންމާލި އެވެ.ދޮރުގައި ލެގިގަނެގެން ހުރި ޒާރާ މަޑުމަޑުން ތިރި ވަމުން ތިރި ވަމުން ގޮސް ތަޅުން ގަނޑުގައި އިށީނެވެ.މަޑު ގިސްލުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމާލީ އެވަގުތު އެވެ.މޭމަތީގައި ކަކޫ ޖައްސާލައިގެން ދެފައިގައި އަތްވަށާލައިގެން ހުރި ޒާރާ އަށް އަމިއްލަ ހިތާ ކޮށްލެވުނީ އެއް ސުވާލެކެވެ.

 

ފިރިހެނުން އެހާ ރަހުމް ކުޑައީ ކީތްވެ ހެއްޔެވެ؟އެމީހުންގެ ހަމަ އެހާ ހިތް ހަރީ ހެއްޔެވެ؟ހުރިހާ ފިރިހެނުން ވެސް އެއްގޮތް ވަނީ ކީތްވެ ހެއްޔެވެ؟އެއް ސުވާލެއްގެ ތެރެއިން އެތަށް ސުވާލެއް އެހިތުގައި އުފެދިގެން ދިޔަ އެވެ.މިއަދު އެހިތް ތެޅިގެން ދިޔައީ ދުވަހަކު ވެސް އެހިތް އަނބުރާ ކުރިން އޮތް ވަރަށް ފަރުވާ ދެވޭނެ ވަރަކަށް ނޫނެވެ.އަތުން ރާއިލް ބީވެ ދިޔަ ތަން ތަނުގައި މަލަން އެޅުނީ ދުވަސްކޮޅަކަށްށެވެ.ކިޔާން އެމަލަންތައް އެއްވެސް ރިހުމެއް ނެތި ނައްޓާލާ އެހިތުގައި ހުރި ފާރު ގަނޑު ތައް ދެގުނަ ކޮށްލާފައި އެވެ.

 

އެހެން އިނދެ ޒާރާ އަށް ނިދުން އިރު ވެސް ޒާރާ އަށް ނޭނގުނެވެ.ނިދުން އިރު ވެސް ގިސްލުމުގެ އަޑު ނުކެނޑި ހުއްޓެވެ.ޒާރާ އަށް ނިދުނީ ވެސް ރޮއެ ރޮއެ އޮއްވާ ކަމުން ޒާރާގެ ކޯތާފަތުގައި ނުހިކި ހުރި ކަރުނަތައް ހުއްޓެވެ.ލޯބިވާ މީހާ އަކީ ކިހާ ދަށް ފެންވަރެއްގެ މީހެއް ކަން އިނގުމުން އަސަރު ނުކުރާނީ ކޮން ހިތަކަށް ހެއްޔެވެ؟

 

ޒާރާ އެކޭ އެއްފަދައިން ގެއަށް ދިޔަ ގޮތަށް ކިޔާން އަށް ވިސްނެމުން ދިޔައީ ޒާރާ އަށް ހަގީގަތް ކިޔައިދޭނެ ގޮތަކާއި މެދު އެވެ.އަޔާން ވެސް ހުރީ މާ އުފާވެފައި ހުރި ހެން ކަމުން އަޔާން ގެ އަތުން ހިޔާލެއް ހޯދާނެ ހާ ހިތްވަރެއް ކިޔާންގެ ނެތެވެ.އަޔާން ގެ އެ އުފާވެރިކަން ފުނޑު ފުނޑު ކޮށްލާ މީހަކަށް ވާން ބޭނުން ނުވާތީ އެވެ.ދަންވަރު ދެއެއް ޖެހި އިރު ވެސް ކިޔާން އަކަށް ނުނިދެއެވެ.އެހިތުގެ ހަމަޖެހުން ވަނީ ގެއްލިފައި އެވެ.އަދި ވެސް ކިޔާން ގެ ކަންފަތުގައި ދިޔައީ ޒާރާ ގެ ބަސްތައް ގުގުމަމުން ނެވެ.ކިޔާންގެ ހިތުގައި ވޭން އެޅީ ޒާރާ އޭނާ އަކީ އެހާ ދަށް ފެންވަރެއްގެ މީހެއް ކަމަށް ގަބޫލުކުރުމުންނެވެ.

 

ކިޔާން އެކޭ އެއްފަދައިން އަޔާން އާއި ލައިކާ ގެ ލޮލުގައި ވެސް ނިދީގެ ކަންފުޅެއްވެސް ނެތެވެ.ނަމަވެސް ކިޔާން އުފުލަމުން ދާ ހިތާމައިގެ ބަދަލުގައި ދެމީހުންގެ ހިތް ވަނީ އުފަލުން ފޮޅިފައި އެވެ.ދެމީހުން ހިޔާލީ ފޮލާ ކައްކަމުން ދިޔަ އިރު އަޔާން އަށް އޭނާގެ ކޮއްކޮ އުފުލަމުން ދާ ހިތާމަ އިނގޭ ނަމަ އެހެން ހިޔާލީ ފޮލާ ކައްކަން ނޯންނާނެ ކަން ޔަގީނެވެ.އޭގެ ބަދަލުގައި އެހިތުގައި ވާނީ އޭނާގެ ކޮއްކޮ އެކަމުން ސަލާމަތްކޮށްދޭނެ ގޮތެއް ހޯދުމުގެ ހިޔާލެވެ.

 

ކުއްލިއަކަށް ޒާރާ އަށް ހޭލެވުނީ ބުރަކަށްޓަށް އެރި ތަދެއްގެ ސަބަބުންނެވެ.ފުންމައިގެން ތެދުވެ ގަޑި ބަލާލީ އޭނާ އަށް ނިދުން އިރު ވެސް ނޭނގުމުންނެވެ.ގަޑި ބަލާލި އިރު ދަންވަރު ތިން ގަޑި ސާޅީސް ހިނގުމުން ނިދަން ލާ އުޅޭ އަތް ދިގު ފަލަމަސްގަނޑާއި ހިސާބަށް އަރާ ކަޅުކުލައިގެ ޓީޝާޓާއި ނިދަން ލާ އުޅޭ ފުއްޕި ހަރުވާޅު ހިފައިގެން ފާހަނަ އަށް ވަދުނީ ފެންވަރާލުމައްށެވެ.އައި ގޮތަށް ފެންނުވަރާ ނިދުނީ ވިއްޔާ އެވެ.

 

ނިދަން އޮށޯވެ އޮތް ޒާރާ އަށް ލޯ މަރާލަން ވާ އިރަށް ފެނިގެން ދަނީ ކިޔާން ޝަހްނާ އާއި އެއްކޮށް ވީ މަންޒަރެވެ.އެ މަންޒަރުތައް ލޮލުގައި ކުރުހުމާއި އެކު ޒާރާ އަށް ކެތް ކޮށްގެން އޮވެވުނީ މަދު ސިކުންތު ކޮޅެއް ވަންދެންނެވެ.ލޮލުން ކަރުނަތައް އޮހެން ފެށި އެވެ.އެންމެ ފަހުން ނުނިދޭނެކަން އިނގުމުން ޒާރާ ތެދުވެ އަލަމާރި ތެރެއިން މުސައްލަ ނަގާ ހުޅުވާލީ ނަމާދު ކުރުމުން އެހިތަށް ހަމަ ޖެހުން ލިބިދާނެކަން ޔަގީންވުމުންނެވެ.ފަހުން ފަހަކަށް އައިސް ޒާރާ އަށް ނުބައި ހުވަފެން ފެނިގެން ހޭލެވުން އާންމުވި އެވެ.އޭގެން ކޮންމެ ދުވަހަކު ވެސް ޒާރާ ނަމާދު ކުރެވޭ ދުވަސްވަރެއް ނަމަ ނަމާދު ކުރަނީ އެއީ ހިތުގެ ހަމަޖެހުން ކަން އިނގޭތީއެވެ.

 

ފަތިސް ނަމާދަށް ނިކުން ރަޔާން އަށް ރިޔާން ނިކުމެގެން އަންނަތަން ފެނުމާއި އެކު ނުގޮތަކަށް ހީލެވުނީ ރިޔާން އަށް އޭނާ ހަރުކޮށްފައި ހުރި ބޯޑު ނުފެނުމުންނެވެ.”މަ ހީކުރީ ދެން ދޮންބެ އަށް މިއަދު އިރު މެދު ޖެހުނީމަ ނޫނީ ނުހޭލެވޭނެ ކަމަށް”ރަޔާން ރިޔާން އާއި ދިމާ ކޮށްލިއެވެ.”އޭގެ މާނަ އަކީ ރަޔާން އަށް ނޫހޭލެވޭނެ އޭ ރަޔާން ކައިވެނި ކުރާ ދުވަހު ދޯ”ރިޔާން ބުނެލީ ރަޔާން އަށް ދޫނުދޭން ވެގެން ނެވެ.އެވަގުތުވީ ޝައިލް އައިސް ދެބެންނާއި އަރާ ހަމަ ކުރި ވަގުތަށް ވުމުން ދެމީހުން ގެ ވެސް އަނގަ މަޑުވިއެވެ.

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

މައިންގެ އުފަލަކީ…….

Next

މަގޭ މާއިލް 18

Next
June 1, 2024

މަގޭ މާއިލް 18

Previews
May 29, 2024

މައިންގެ އުފަލަކީ…….

29 Comments!

  1. Nishva says:
    May 29, 2024 at 3:09 pm

    Hey Rifoo
    Mi part vx vrh reethi Masha Allah
    Alhey yaan and zaaa gulhuvaba pls pls.zaa e dhera vegen maru vaniyey.she needs yaan.pls pls e dhekudhin dhuru nukurey.
    Haadha majaa hadhiyaa ekey dhw eii.do not disturb yo dhen.nuk mn group meehakah e fenijjeyya bunaani ehen dhw.hehe zaa and yaan ge baiw kiyaafa varah dhera vi.ekam nuk and rayaan ge molhu plan kiyaafa hini vx ai.
    Kon irakun next part kiyaalan libeyni
    Curiously waiting for the next part
    Love you Rifoo 💋

    1. RIFSHA says:
      May 29, 2024 at 5:33 pm

      Hello nishy.
      Thanks varah bodah.
      Ahaha dhen vaa goi balamaa.
      Ei nuk riyaan ah dhin suprise gift ekey hehe.
      Love you more 😘

    2. RIFSHA says:
      May 29, 2024 at 5:36 pm

      In a reply to my dearest @sleeping beauty
      Hey sleeping beauty
      Ahaha dhen vaa goi balamaa dho
      Ehen tha?mihaaru vinijje tha cake design.Rifoo ge faraathun h anniversary ey bunela dhehche ingey.
      Love you darla<3

  2. ސްލީޕިން ބިއުޓީ says:
    May 29, 2024 at 3:49 pm

    Riffoooooooo old zaa n yaan gulhuvahchey
    Mi ulheny cake eh alhan vegen friend ehge relationship anniversary ah but here’s design eh neygeytheeve boa govaafa mi hury

  3. Maash Butterflyyyyy says:
    May 29, 2024 at 11:43 pm

    Heyy rifoo
    how are you darlinn?? Btw mi parts vx vrh reethi maasha allah.. zaa ah ehen hadhaakah nuvaane ehnun.. alhey yaan avahah fix kuran ulhey ekanthah dhen.. waiting for the next part curiously..
    lyssm dear
    💜🦋

  4. ސްލީޕިން ބިއުޓީ says:
    May 30, 2024 at 7:40 am

    Betty ghost girlloooooo kuree episode ah kohfa in comment dhekunin ingey
    Yhh sure we can be friends yhh I’d dhevidhanetha

  5. ސްލީޕިން ބިއުޓީ says:
    May 30, 2024 at 7:42 am

    Betty eii beauty loabi kiyaan ehchihi sorry if that doesn’t make u happy😔

  6. ސްލީޕިން ބިއުޓީ says:
    May 30, 2024 at 1:50 pm

    Ghost girl sure we can be friends I’d dhevidhaanethaa

  7. Ifoo says:
    May 30, 2024 at 2:08 pm

    Vv reethi mi dhe part vs maasha allah… when nxt part kiyaalan libeynee??

    1. RIFSHA says:
      May 30, 2024 at 7:57 pm

      Thanks ifoo.next part submit kohlan mi ulheny.in sha Allah admin in approve kolli haa avahakah kiyaalan libeyne..

    2. RIFSHA says:
      May 30, 2024 at 8:01 pm

      In a reply to @butterfly
      Hey darlss.i am fine Alhamdhulillah how are you?? varah on nuvevey dho.cuz i am buxy with my school works.and eii lap v ma kuda koh undhagoo ingey.but you know free vaa iraku online van dho
      Hehe thanks darlss ☺️.yaan kairy bunaanan ingey maash bunyyey dhen fix kuran ulhey shey hehe 😉
      Next part mi ulheny submit kohlan.in sha Allah admin in approve kolli haa avahakah kiyaalan libeyne..
      Love you darling ❤️💕❤️❤️

    3. RIFSHA says:
      May 30, 2024 at 8:02 pm

      Sleeping beauty ge faraathun gost girl ah..
      Yes we can be friends.can you give me your id

  8. RIFSHA says:
    May 30, 2024 at 8:06 pm

    Hey sleeping beauty
    This is my Snapchat id ingey “rifsha360”
    Lap ah log in vy mi hehe.abadhu online nuvevidhaane cuz you know enme fahu aharu ma.kudakoh buxy ingey…but i will online dhoo.hehe mee hama gost girl ah vx ingey if you want to contact me ☺️☺️

  9. Xaa. says:
    May 30, 2024 at 8:59 pm

    ماشاء الله..
    Alheyyy hama heekuri gothah mi part thah vx vrh heebihi nagaa varu kohlaafi.. i ge twinn ah ehn hadhan heyo vx nuvaane.
    . yaan n ma twinn deserves each oth.. Asluvess vrh Luwbi koh thi nimmaali.
    hehe I marry kuraa dhuvahun hama gaymuvx nuthedhu vaanan avahah 😅🙈.. adhi kon irakun vaane kmh vx neynge. :l
    nuk n rayaan kahala frndss hama need eh.
    next part ah vrhhh bodahhhh desperate. 👁️👁️.
    حظ سعيد
    ✨<3

  10. ސްލީޕިން ބިއުޓީ says:
    May 30, 2024 at 9:37 pm

    Riffoooooooo ur the best 360jahaafa ineema hadhaan v maths gadeega class thereyga jahaa sakaraaiy thah mathin I miss that all moments a lot 360 angle beauty class ga ulheny boy eh eyna ah abadhu beauty jeheyney angle thah kiyaadheedhee kiyaadheedhee huhnan vrh majaaa maths gadeega I wish that we can go back our schools eyna abadhu ves huhnanee beauty aa jahsaalaafa I remember math gadi skip kohfa account gadi ah attend vi dhuvas maths teacher huree rulhi aissa gen Gos raiyvefa he always protect me egeytha beauty aa hedhi eyna kuri moya kameh beauty account ge balance sheet nahadhaaa dhevuny school ah sir kairi buneema sir buni 100 faharu balance sheet hadhan e boy ah ekan egigen Gos sir kairi buni thimahnna beauty ge foiy athulee ey buneema sir meena kairi buni 165 faharu balance sheet hadhan 🤣🤣beauty salaamaiy veenu fahun aissa beauty ah halhey levee beauty buni beauty nubunamey ekamun salaamaiy kuraakah amihla ah bui bodi ekey thee e soru e liyan vegen ulhunu gothun beauty huree heehee baduga gohlaavaru vefa eyna mam doc ah dhahakan kairi rashah dhiyairu ves dhoani matheega inee liyan eves dhoani kolhuga vrh vaives gadha e soru ge naseebu gaduthah vayaanudhiyakan
    Anyway all the best for ur works I hope that u will finish this story very soon
    Beauty ge friends rifoo ah salaam buni
    Lysm dear rifoo🤗🤗😘😘

  11. RIFSHA says:
    May 30, 2024 at 10:06 pm

    In a reply to my dear @ zaa
    Thanks xaa.
    Varah motivate vey thi gothah support kuraathii.hehe
    Once again thankss darlss
    Love you darling ❤️

  12. RIFSHA says:
    May 30, 2024 at 10:08 pm

    In a reply to @ sleeping beauty
    Hehehe school nimunyma dhen ekahala ehchihi hithah araane dho hehe.i love 360 ehenve ehen jahaafa e iny.hey sleeping beauty fonuvin tha friend request.konmeves meehehge request aissi.i don’t know who dho.nudhanna meeheh v ma except nukuran mi hunnany

  13. ސްލީޕިން ބިއުޓީ says:
    May 30, 2024 at 11:53 pm

    Not yet sunflower hadhaaba huhnanee tomorrow I will send

  14. ސްލީޕިން ބިއުޓީ says:
    May 31, 2024 at 12:06 pm

    In a reply to my dearest rifoo not yet cuz log in vanee best friend ge phone in that’s why before evening I will send don’t worry
    Lysm darlaa😍😘

  15. Laura says:
    May 31, 2024 at 1:15 pm

    Hey rifoo
    Alhey yaan and zaa ah haadha dhera gothekey e vani.pls pls edhekudhin dhuru nukurey Rifoo aadheys kuran.
    Hey kon irakun next part kiyaalan libeyni.
    Curiously waiting for the next part.
    Sorry avahah comment nukurevuny ma.i was busy ehenve ingey.
    Love you Rifoo 💋

    1. RIFSHA says:
      June 1, 2024 at 9:20 am

      Hey Lauu
      Ahaha dh

    2. RIFSHA says:
      June 1, 2024 at 9:24 am

      Hey Laura
      Dhen vaane gothei balamaa dho 🤭
      Next part submit kohlaifin .ekam adhi submit nuvey dho.
      Hehe it’s ok buxy vx vaane thaa dho
      Love you more 💕😘

  16. Cute girl says:
    May 31, 2024 at 1:20 pm

    Mi part vx v Reethi masha allah
    Can’t wait for next part
    Yaan and zaa dhuru nukurachey

    1. RIFSHA says:
      June 1, 2024 at 9:25 am

      Thanks cute girl
      Next part submit kohlaifin.in sha Allah admin in approve kolli haa avahakah kiyaalan libeyne.ahaha dhen vaane gothei balamaa dho 🤭

  17. ސްލީޕިން ބިއުޓީ says:
    May 31, 2024 at 7:03 pm

    Rifoo I have send friend request

  18. 💜ONLY URS 💜 says:
    June 1, 2024 at 7:19 am

    Hey rifoo I have sent the friend request am sleeping beauty cuz ehn name eggs ihyya neygidhaane dho ehn ve only it’s akeeves Hama sleeping beauty egeytha☺️☺️

  19. RIFSHA says:
    June 1, 2024 at 9:19 am

    In a reply to @only urs
    Hey only urs
    Hey thee sleeping beauty ge id tha.only urs akee vx hama sleeping beauty tha

  20. ސްލީޕިން ބިއުޓީ says:
    June 1, 2024 at 5:09 pm

    Yhh aslu v only urs ge baduga comment kuree ma beauty ge bestie rulhi aee boy eh maahil I told u that before ehn ve sleeping beauty ah change kuree
    Having boy bestie is inspiring he will give advice like brother be with u every hard time make u laugh when ur sad I am thankful for having a bestie. Like him beauty ge ehn friends kiyaane dhn bestie badhaluvaanee. Boyfriend ashey🤣🤣 but I haven’t thought about it😎😎😎
    U know what I got graduation dress Monday night ga graduation ohnany evening ga sis bby ge birthday sai me dhuru friend ehge faraathundhey keun night ga graduation ge keun 😁
    But beauty vrh hiki vaane egey
    Lysm darlaa😍😍😘😘

  21. Rauha says:
    June 3, 2024 at 2:35 pm

    Hey rifoo
    Where is another part
    I am waiting…..

Comments are closed.



All Right Reserved!