ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސައްބީސްވަނަ ބައި)
ޒީވާ އޮތް ކޮޓަރި އަށް ވަދެގެން އައި ނާއިޝް ޒީވާ އާއި ދިމާލަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.ކެންސަރު ޖެހިފައި ވުމުގެ ސަބަބުން އިސްތަށިގަނޑު ފައިބައިފައި ހުރި މުގެ ސަބަބުން ބަލައިލަން އައިބު ގޮތެއް ހުއްޓަސް އަދިވެސް ޒީވާގެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ.
******************
“ކޮބާ ކޮއްކޮމެންނަށް ރަށަށް ދެވިއްޖެ ތަ؟”ނުކްޝާން ނަވްޔާ އަށް ގުޅާފައި ފޯނު ބޭއްވިތަން ފެނުމުން ނާއިޝް ނުކްޝާން ގާތު އަހާލިއެވެ.”ލައްބަ ދެވިއްޖެ އޭ ދެންމެ ނާޔާ ބުނީ”ނުކްޝާން ގެ ވާހަކަ އިން ނާއިޝް ގެ ހިތަށް ފިނިކަމެއް ލިބުނީ ނަވްޔާ ބުނި ގޮތުން ނަމަ މިއަދު ރާއްޖެ ވަރަށް ވިއްސާރަ ކަމަށް ދައްކާތީ އެވެ.
“މީ ކެންސަރަށް ދީފަ ހުރި ބޭހެއް ތަ؟ކެންސަރަށް އަޅެ މީހުން ބޭސް ދޭތަ؟”ނުކްޝާން ނާއިޝް ގެނައި ބޭސް ތައް ހާވަމުން ފަހަރަކު ސުވާލެއް ކުރަމުން ދިޔަ އެވެ.”ސާބަސް ދަރިފުޅަށް ދެން ތި ބާއްވަ ބަލަ ތި ނުހާވަ”ނާއިޝް ނުކްޝާން އަތުން ބޭސް ކޮތަޅު އަތުލިއެވެ.”ބައްޕަ އަށް އިނގޭތަ މިއަދު ނުކް އަށް ޓިކްޓޮކް އިން ފެނުން އެއްޗެއް.ކެންސާރ ޖެހިފަ ތިބޭ މީހުންނަށް މާމުއި އެއީ ރަނގަޅު އެއްޗެކޯ.ސައިންޓިސްޓަކު ވެސް ބުންޏޯ އެހެން.ދެން ރަސޫލާގެ ހަދީޘެއް ގަ ވެސް އިނދެ އޯ އެހެން”ނުކްޝާން ބުނެލީ ފޯނުން ޓިކްޓޮކް ހާވަން އިނދެއެވެ.”އެހެންވީމަ ދެން ތި ވީ މާމުއި ގެންނަން ތާ ދޯ”ނާއިޝް ބުނެލީ ޒީވާ އާއި ދިމާލަށް ބަލައިލަމުން ނެވެ.ޒީވާ އަށް މާމުއި ނުބައިކަން ނާއިޝް އަށް ވެސް އިނގޭ ވިއްޔާއެވެ.
“ކޮން އިރަކުންތަ މަންމަ ދޫކޮށްލަނީ.މިހާރު ނާޔާ ދިޔައީމަ ވަރަށް ފޫހި ވެއްޖެ.ދިމާ ކުރާނެ މީހަކު ވެސް ނުހުންނާނެ ވިއްޔާ.މިއުޅޭ ޒީކް އާ ވެސް ދިމައެއް ނުކުރެވޭނެ.ދިމާ ކުރިޔަސް ހަމަ ހުންނާނީ.އެއަަށް ވުރެ ރަނގަޅު ވާނެ މިހިރަ ފާރުތަކާއި ދިމާ ކުރިއަސް”ނުކްޝާން އެކޭ ރަވަ ބޮއްޔެކޭ ތަފާތެއް ނެތެވެ.ނުކްޝާން ދައްކާނެ ވާހަކަ ހުސް ނުވެއެވެ.
ރަށުގެ ބަނދަރު ތިބި ލައިނީ އާއި އައިކާ އާއި އަލީކްގެ އިތުރުން ރަޔާން ގެ ވެސް ސަމާލުކަން ލޯންޗް އިން ފައިބަމުން ދިޔަ މީހުންނަށް ހުއްޓެމުން ދިޔަ އެވެ.ފަހަރަކު މީހެއްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައިރު ހީވަނީ ބަނދަރުގެ އެއްފަޅީގައި ހަރު ކޮށްފައި ހުރި ކެމެރާތަކެއް ހެންނެވެ.”އެތިބީ އެއްނު ނާޔާމެން”ލައިނީ ބުނެލީ އެމީހުންނާއި ދިމާލަށް އަންނަން ފިޔަވަޅު އަޅާލި ނަވްޔާމެން ދައްކާ ލަމުންނެވެ.
ވިއްސާރަ ވިލާތަކުގެ ސަބަބުން އުޑު މަތި ބައްދާލާފައި އޮތުމުން ބަލާ ބެލުމަށް ހީވަނީ ހަވީރުގެ ވަގުތު ހެންނެވެ.ފަހަރަކަށް ވުރެ ފަހަރެއް ވައި ބާރު ވަމުން ދާތީ ނަވްޔާ އާއި ޒާރާގެ އިތުރުން މިލާން އާއި ކިޔާން ހިނގުން ބާރު ކޮށްލީ ވިއްސާރަ އޮއްސައިގަންނާނެ ކަމުގެ އީންޒާރުތައް ދޭތީ އެވެ.ލައިނީމެންނާއި ދިމާލަށް މިސްރާބު ޖަހާފައި ވެސް މިޔާގެ އެދުމުގެ މަތިން ލައިނީމެންނާއި ދިމާލަށް އަތުގެ އިޝާރާތުން އަތުގެ އިޝާރާތުން އެމީހުންނާއި ދިމާލަށް އަންނަން އެދެމުން ނަވްޔާމެން އެމީހުން ގެ މިސްރާބު ރަށުތެރެ އާއި ދިމާލަށް ބަދަލު ކޮށްލީ އެވެ.
ނަވްޔާމެންނަށް ހީކުރެވުނީ ރަނގަޅަށްށެވެ.ކިރިޔާ ނަވްޔާމެންނަށް ގެއާއި ހިސާބަށް ދެވުނު ކަމެވެ.ވިއްސާރަ ގަނޑު އޮއްސާލައިފި އެވެ.އެކަމުގެ ސަބަބުން މިޔާ އާއި މިލާންގެ އިތުރުން ކިޔާން އާއި ރަޔާންމެން ވެސް ޖެހުނީ ލައިނީމެން ގޭގައި މަޑު ކުރާށެވެ.
“ނާޔާ އާ ޒާރާ އާ ދެކުދިންނަށް ކޮޓަރި ދައްކަން ދޭބަލަ ލައި ދަރފުޅާ”ލައިޝާ ނިކުން ވަގުތުވީ ނަވްޔާމެން ގޭތެރެ އާ އަށް ވަދެގެން އައި ވަގުތު ކަމުން ލައިޝާ ލައިނީ ގާތު ބުނެލިއެވެ.
“މި ކޮޓަރި ރަނގަޅުތަ؟”ލައިނީ ގޮސް ނަވްޔާމެން ނަށް ލައިނީގެ ކޮޓަރި އާއި ޖެހިގެން ހުސް ކޮށް ހުރި ކޮޓަރި ދައްކާލަމުން އަހާލި އެވެ.”ރަނގަޅު ނޫނިއްޔާ ލައި ގެ ކޮޓަރި ވެސް ޝެއާރ ކުރެވިދާނެ”ލައިނީ ބުނެލީ ޒާރާ އާއި ނަވްޔާ ގެ މޫނަށް ބަލާލަމުންނެވެ.ނަވްޔާ އާއި ޒާރާ ލަގެޖް ކޮޓަރިއަށް ވައްދާލަމުން ކޮޓަރި ތެރެ އަށް ބަލާލި އެވެ.
ނަވްޔާ ގެ ކޮޓަރި ހާ ކޮޓަރި ބޮޑު ނުވިޔަސް ދެމީހުންނަށް އުނދަގުލަކާ ނުލާ އުޅެވޭނެ ވަރު ވެއެވެ.މުޅި ކޮޓަރިތެރެ ޒީނަތް ތެރި ކުރެވިފައި ވަނީ ހުދު ކުލައިންނެވެ.ކޮޓަރީގައި ހުރި ހުރިހާ ފަރުނީޗަރުތަކެެއްހެން ހުރީ މަޑު ފިޔާތޮށިކުލައިގައި އެވެ.ކިންގް ސައިޒް ގެ އެނދު އިނީ ކޮޓަރީގެ މެދުގައި އެވެ.އެނދުގެ ކަނާތް ފަރާތުގައި ޑްރެސިންގް ޓޭބަލް ހުރި އިރު އެނދުގެ ވާތް ފަރާތުގައި ސްޓަޑީ ޓޭބަލް އެއް ހުއްޓެވެ.އެނދުގެ ކުރި މަތީގައި ހުރި ފާރުގައި ޖައްސާފައި ތިން ދޮރުފަތްލީ އަލަމާރި އެއް ހުއްޓެވެ.ކޮޓަރި އަށް ވަދެ ނުކުމެ ހަދާ ދޮރު ހުރީ ޑްރެސިންގް ޓޭބަލް އާއި ވީ ދިމާލުގައި އެވެ.
“ރަނގަޅޭ ދޯ ކޮޓަރި”ނަވްޔާ ދޯ އެއްލީ ޒާރާ އާއި ދިމާލަށް ށެވެ.ޒާާރާ ވެސް ހްމްމްމް އަކުން ފުއްދާލީ އޭނާ ވެސް އެ ކޮޓަރި އާއި މެދު ހިތްހަމަ ޖެހޭ ތީ އެވެ.”ތިކަން ކަން ކޮށް ނިންމާފަ އާދޭ ކާން”އަލަމާރި ތެރެ އަށް ގެނައި އެއްޗިހިތައް ތަރުތީބުން އަތުރަން ތިބި ނަވްޔާ އާއި ޒާރާ ގާތު އެެހެން ބުނެފައި ލައިނީ ކޮޓަރިން ނިކުމެލިއެވެ.
ޕީޗް ވިލާ ގޭގެ ގޯތި ތެރެ އަށް ނަޒަރު ހުއްޓާލައިގެން ހުރި ކިޔާން އަށް ކުއްލި ސިހުމެއް ލިބުނީ ރަޔާން އާއި މިލާން އޭނާގެ އަތުގައި ހިފާ ވާރޭތެރެ އަށް ނެރުމުންނެވެ.ފަހަތުން އަލީކް ވެސް ވާރޭގެ ތެރެ އަށް ނިކުމެލީ ވާރޭ އާއި ތެމުމަކީ އޭނާ ވެސް ކުރާ ހިތްވާ ކަމަކަށް ވުމުންނެވެ.”އާދެބަލަ މަ އެއްޗެއް ދައްކާލާނަން”އެންމެންނަށް އަތުގެ އިޝާރާތުން އައުމަށް އެދެމުން ރަޔާން ދުއްވައިގަތީ އަތިރިމައްޗާއި ދިމާލަށްށެވެ.ކޮނޑު އަރުވާލާމުން އަލީކް އާއި މިލާން ވެސް ރަޔާން ފަހަތުން ދުއްވައިގަތުމާއި އެކު ކިޔާން ވެސް ދުއްވައިގަތީ އިތުރު ގޮތެއް ނެތުމުން ފަދަ އެވެ.
“ކޯޗެއް ދައްކަންތަ ތި އަހަރުން ގެނައީ”މިލާން އަހާލީ ރަޔާން އެމީހުން އަތިރިމައްޗަށް ގެނެސްފައި ވެސް ވާހަކަ ނުދައްކާ ހުރުމުންނެވެ.”ކިޔާން އާދެބަލަ.މީ ކޮން ކަމެއް”ކިޔާން އަށް އަތުގެ އިޝާރާތުން އަންނަން އެދެމުން ރަޔާން ކިޔާންގެ ކަނާތް ފަރާތު ކޮނޑުގައި ހުރި ތުންފަތުގެ ނިޝާން ދައްކާލިއެވެ.”އޯހ ނޯ.އެއީ އަނެއްކާ ޒާގެ ބާ.މި ލައި ގަތީ އަނެއްކާ އަނެތް ކަންތައް”ކިޔާން ހިތާ ހިތުން އެހެން ބުނެލަމުން މިލާން އާއި ދިމާލަށް ބަލައިލީ މިލާން އަށް ރަނގަޅަށް ވެސް ވީ ގޮތް އިނގޭނެކަން އިނގުމުންނެވެ.”އަނެއްކާ”ރަޔާން އެހެން ބުނުމާއި އެކު ކިޔާން ވަގުތުން ދެފަރާތަށް ބޯ ހޫރުވައިލީ ރަޔާން ބުނި ބަހާއި ދެކޮޅު ހަދަމުންނެވެ.
“އޭ މަށެއް ނޫޅެން އިނގޭ ތި ގޮތަކަށް”ކިޔާން ބުނެލީ ރަޔާން ދެވަނަ ފަހަރަށް ވެސް އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމާއި އެކު އެވެ.އެއީ ރަޔާން ކަން ކިޔާން އަށް ވެސް އިނގެއެވެ.އެހެން ވީމާ ސަހަލު އެއްޗެކޭ ނުކިޔާނެ ކަން މާ ކުރިން ވެސް ކިޔާން އަށް އިނގެއެވެ.”ކާކު ގެ ކަމެއް އެއީ؟”މި ފަހަރު ރަޔާން ބެލީ ދިމާ ނުކޮށް ކިޔާންގެ އިނގައިން އެއީ ކާކުގެ ކަމެއްކަން ހޯދޭތޯ އެވެ.”އެއީ މީހެއްގެ އެއް ނޫން”ކިޔާން މިލާން ގާތު ސިއްރު ކޮށްދޭށޭ ބުނާފަދަ ބެލުމަކުން ބަލާލަމުން ބުނެލި އެވެ.ކިޔާންގެ ދެލޮލުގައި ހުރި އާދޭސްތަކަށް ބީރުކަންފަތެއް ދޭކަށް މިލާން އަކަށް ވެސް ނުކެރުނެވެ.މިލާން ހަނު ހުރީ އެހެންވެ އެވެ.
އަލަމާރި އަށް އޭނާ ގެނައި ސާމާނުތައް ލެވުމުން ނަވްޔާ ޒީވާ އަށް ގުޅާލަމުން ކޮޓަރިން ނިިކުތީ ލައިނީ އޭނާ ބަލާ އައުމުންނެވެ.އެވަގުތުވީ ކިޔާންމެން އެންމެންހެން ދޮރުމަތީގައި ހުއްޓުނު ވަގުތަށް ވުމުން ނަވްޔާ އެމީހުންނަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ސޯފާގައި ލައިނީ އާއި އެކު އިށީންދެލި އެވެ.ނަވްޔާގެ ފަހަތުން އައި ޒާރާ ގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ދޮރުމަތީގައި ހުރި ކިޔާންގެ ޓީޝާޓު ގައި އިން ތުންފަތުގެ ނިޝާން އެވެ.އެނިޝާން އަށް ބަލާލި ޒާރާގެ ދެލޮލުގައި ވަނީ ތަފާތު ވިދުވަރެކެވެ.
ކިޔާން ކުއްޖަކާ ރައްޓެހިވީ ހެއްޔެވެ؟އެހެން ނޫނީ ތުންފަތުގެ ނިޝާން އެއް ބޭރަށް ނިކުމެފައި އައި އިރު ހުންނާނެ ހެއްޔެވެ؟ނަމަވެސް ޒާރާ އަށް ނޭނގުނީ އެއީ ޒާރާގެ ތުންފަތުގެ ނިޝާން ކަމެވެ.ޒާރާގެ ހިތުގައި އުފެދެމުން އައި ސުވާލުތަކަށް ނިމުމެއް އައީ ކުއްލިއަކަށް ލޯ ކުރިމަތީގައި ރާއިލްގެ ސޫރަ ކުރުއްސާލެވުމުންނެވެ.
“މަންމަ ކޮބާ؟”ފަރާތް ފަރާތް ހޯދާލަމުން ކިޔާން ނަވްޔާ ގާތު މިޔާ ކޮބާތޯ އަހާލިއެވެ.”މަންމަ ކޮބާތޯ ބަލާނެ ކަމެއް ނެތެއްނު.ތި އައީ މަންމަ ގާތު ނާހާ ބޭރަށް ގޮއްސަ އެއްނު.މިލާން އަށް ނިމުނީއެއްނު ބޭރަށް ދެވެނިކޮށް”ނަވްޔާ ގެ އަޑުގައި ހުރި ނުރުހުންތެރިކަން މިލާން އަށް ވެސް ނަގައިގަނެވުމުން މިލާން އަށް މިޔާ އަށް ކަމެއް ވީ ކަމަށް ހީކުރެވުނެވެ.”މިލާން ނުފެނިގެން އުޅެ އުޅެފަ ދެންމެ ގެ އަށް ގޮއްސި”
ނަވްޔާ މިލާން ބޭނުންވި ސުވާލަށް ޖަވާބު ދިނުމާއި އެކު މިލާން އަވަހަށް ގެ އަށް ދިއުމަށް މިސްރާބު ޖެހީ މިޔާ އަކީ ފިންޏަށް ބަލި މީހެއް ވީމަ އެވެ.”ޑާރލިންގް ދާނަންތަ ގެއަށް މަށާ އެއްކޮށް؟ގެ އަށް ލާދޭނަން”ކިޔާން މިލާން ފަހަތުން ދިއުމުގެ ކުރިން އައިކާ ގާތު އަހާލި އެވެ.”ނޫޅެން ތެމިފަ ހުރި މީހަކާ އެއްކޮށް ސައިކަލު ފަހަތަށް އެރީމަ މަ ވެސް ތެމޭނީ ކުޑަ ހިފައިގެން އިނަސް.ކީއްކުރާ ބޭކަރު ކަމެއް”އައިކާ އަނގަ ހަދާލީ ކިޔާން ވެސް އައިކާ އެހެން ބުނުމުން އަނގަ ހަދާލުމުންނެވެ.
ނުނިމޭ
9 Comments!
Comments are closed.




Hi Rifoo
Kurin part ah comment nukohlevuny dhathuru gos ulheythi ingey.buxy KAMUN
Rau inehnu ehen bunefa comment kohfa.
One question❓ keehve Rifoo ge vaahaka mi iny cutyyy ge namuga.
Anyway story varah reethi Masha Allah ❤️
Yaan and zaa ge bai varah cute.they are made for each other.yaan and zaa gulhuvaafa dhen thi ulheny aleek and aika gulhuvan dho 🤭 alhey yaan and zaa ge ekahala bai thah gennahche ingey i love u
Kon irakun next part kiyaalan libeyni ☺️.iyye vx admin in upload nukohdhinyma iyye ge bai kiyaalan nulibun.ekam miadhu libijje iraadha kurehvee thee…
Curiosly waiting for the next part
Love you Rifoo 💋
Masha Allah mi part ves vrh reethi kon irakun next part libeyny
Curiously waiting for the next part
May God bless our hard work
Lysm dear
Vv reethi mi part vs maasha allah..when nxt part kiyaalan libeynee?
Thanks ifoo next part in sha Allah Tuesday ga
Hey Rifoo
Keehve tha mi iny cutyyy ge namuga mi episode.lau vx rau kairy ahaifiyey.
Hey ekam story varah awesome Masha Allah ❤️❤️❤️
Alhe kiyaan and zaa gulheyni dho e woww ❤️❤️❤️
Ekam zaa ah heevani eii ehen girl eh ge hen
Thi ulheny zaa and yaan aneika dhuru kuran tha???
Pls pls ehen nahadhahche
Kon irakun next part kiyaalan libeyni ❤️❤️❤️
Tuesday ga dho❤️❤️❤️
Curiosly waiting for the next part ❤️❤️❤️
Love you Rifoo 💋💋💋❤️❤️❤️
Hi Rauha
Mihaaru einy rifoo ge namuga ehnu dho 🤭 yes lau ge pending comment ga eba iney ehen ahaalaafa
Thanks for the lovely comment
Ahaha dhen vaa goi balamaa dho
Next part in sha Allah mi rey submit kohlaanan
Once again thank you
And love you ❤️
In a reply to @laura
Thanks lau
Yh rau bunney Rifoo kairy dhathuru gos ulheythi ey lau ah comment nukohlevuny.rifoo vx comment thakah reply nudhiny ehenve ey.
Mihaaru einy Rifoo ge name ga ehnu dho.
Next part in sha Allah mi rey submit kohlaanan.
Love you more Darla<3
In a reply to @ސްލީޕިން ބިއުޓީ
Thanks sleeping beauty.
Next part in sha Allah mi rey submit kohlaanan.
May Allah bless you too Darla
Hi rifoo
Mi part vx vrh reethi Masha Allah.
Kon irakun next part kiyaalan libeyny
Curiosly waiting for the next part
Love you darling 😘