ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސައުވީސްވަނަ ބައި)
“ނުކް އަށް ގުޅަން މަ މި އުޅެނީ”އަޔާން ބުނެލީ އެމީހުންގޭ ޖޯލީގައި ތިބި ލައިކާ އާއި މިޝްޔާގެ އިތުރުން ރިޔާން އާއި އައިރާ ގާތު އެވެ.އަޔާން އާއި ޖެހިގެން އިން ޖޯލީގައި އިން މިޝްޔާ އަށް އުންމީދު ކުރެވުނީ އެއް ފަހަރު ނަމަވެސް ޒީކާން ގެ މޫނު ފެނޭތޯ އެވެ.ތިން ދުވަސް ވަންދެން ޒީކާން ނުފެނި އުޅެން ޖެހުމުން އެ ހިތަށް އުނދަގޫވި ވަރު އިނގޭނީ ހަމަ އެންމެ ފަރާތަކަށްށެވެ.
****************************
ނުކްޝާން ފޯނުނެގި ވަގުތު ޒީކާން ކާކުހޭ ގުޅުނީ ކިޔާފައި ބަލާލަމުން ޒީކާންގެ މޫނު އެވަގުތު މިޝްޔާ އަށް ފެނިގެން ދިޔަ އެވެ.ދުވަސް ތަކަކަށް ފަހު ޒީކާން ގެ މޫނު ފެނުމުން މިޝްޔާ ގެ ހިތް ބާރު ބާރަށް ތެޅިލި އެވެ.ދެން އިވިގެން ދިޔައީ ޒީކާން އާއި ނަވްޔާ ވާހަކަ ދައްކާ އަޑެވެ.އެކަމަަށް ނުކްޝާން ގެ ސަމާލުކަން ދެވިފައި ވުމުން އަޔާން މެން ކުރާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ.”އޭއި ކޮން އިރަކުން ހޭ އަންނަނީ”ނުކްޝާން އަށް އެއްޗެކޭ ބުނެވޭ ވަރުވީ ވެސް ޒީކާން އައިސް ކްރީމް ގަންނަން ދިއުމުންނެވެ.
“ނޭނގެ.މަންމަ މިހާރު ރަނގަޅު އެކަމު އަދި ވެސް ހޭނާރާ.ޑޮކް ބުނި ކޯމާ އަށް ދިއުމުގެ ފުރުސަތު ބޮޑޯ.މަންމަ ދޫ ކޮށްލި ހާ އަވަހަކަށް އާދެވޭނީ”ނުކްޝާން ބުނެލީ ކޮނޑު އަރުވާލާމުންނެވެ.”އޭއި މަ އަޑު އަހައިފިން ރިޔާން ކައެގެ ކައިވެނި ލަސް ކުރާ ވާހަކަ.އެއީ ތެދެއްތަ؟”ނުކްޝާން ބުނެލީ ނަވްޔާ އޭނާގާތު ބުނެލި ވާހަކަ އެކެވެ.”ކައެ އަންނަން ދެން މަޑު ކުރެވިދާނެ އެއްނު.ތިބުނީ ޒީވާދައްތަ ވެސް މިހާރު ރަނގަޅޭ.އަންނާނަމެއްނު ދެ ތިން ހަފްތާ ތެރޭ”ރިޔާން ބުނެލީ ނުކްޝާން އަށް އެވާހަކަ ފަޅާ އެރުމުން ނުކްޝާން ނެތީސް އޭނާގެ ކައިވެނި ކުރަން ނުކްޝާން ބުނާނެކަން އިނގުމުން އަނގަ ސަކާރާތް ވެފައި އިނދެއެވެ.އެއްވެސް އެކުވެރިއަކަށް ބައިވެރި ނުވެވޭހެން ކައިވެނި ކުރަން އޭނާ ބޭނުމެއްނުވެއެވެ.
“ކޮން އިރަކުން ނާޔާމެން އަންނަނީ.ޓެސްޓް ފެށޭނެ ތިން ދުވަސް ފަހުން ނާޔާމެން އަޔަސް ނަޔަސް”މިޝްޔާ ބުނެލީ ނަވްޔާމެން އަންނާނެ ދުވަހެއް އިނގެން ބޭނުން ވެފައި ހުރުމުންނެވެ.މިޝްޔާގެ ސުވާލަށް ޖަވާބު ދޭން އަނގަ ހުޅުވާލާފައި ވެސް ނުކްޝާން އަނގަ ލައްޕާލީ އަޔާން ގެ ފަހަތުގައި އެވަގުތު އައިސް ހުއްޓިލި ކިޔާން ފެނުމުންނެވެ.ނުކްޝާން އޭނާ ކުރި ސުވާލަށް ޖަވާބު ނުދިނުމުން މިޝްޔާ އަނގަ ހަދާލަމުން ވެސް ފަހަތް ބަލާލީ ފޯނުން ފެންނަން އިން ކިޔާން ގެ މޫނު ފެނުމުންނެވެ.
“އޭއި ދެން އެވާހަކަ އެއް ނޫނޭ.ރިޔާން ކައެ ކައިވެނި ރެޑީ ކޮށްފަ ބާއްވާ މަ ކޮންމެ ހާލެއްގަ އުޅުނަސް ކައެ ގެ ޕާޓީ އަށް ދާނަން”މިޝްޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނުކްޝާން ފެށީ ރިޔާންގެ ކައިވެނީ ގެ ވާހަކަ އެވެ.”އަންނާނަން ޔަގީން”ރިޔާން ބުނެލީ ޔަގީން ނުވެފައި އިނދެ އެވެ.
“ޔަގީން ދޯ ޒީކް”ނުކްޝާން އެވަގުތު އައިސް ކްރީމް ހިފައިގެން އައި ޒީކާން އަށް ދޯ އެއްލި އެވެ.ޒީކާން ވެސް އާނއެކޭ ބުނެލީ ރިޔާން އަށް އަޑު އިވޭ ވަރަށްށެވެ.ރިޔާން އަށް ވެސް ޒީކާން ބުނުމުން ގަބޫލު ކުރެވުނީ ޒީކާން އަކީ ސަމާސާ ބޮޑު މީހަކަށް ނުވުމުން ތޯ އެއްޗެކެވެ.އެވަގުތު ޒާރާ އެއްލި ކަޅިން ކިރިޔާ ލޮލުގެ ހިމަ ކޮޅަށް ފެންނަ ވަރުގައި ތިބި ރާއިލް އާއި މާޝާ ފެނުނެވެ.ޒާރާ އަށް ކިތަންމެ ދުރުން ވެސް ރާއިލް ވަކި ކުރަން އިނގުނެވެ.
ޒާރާ އަށް ރާއިލް އާއި މާޝާ އަތުގުޅުވާލި މަންޒަރު ފެނިފައި ހިތަށް ތަދުވި ނަމަވެސް ރާއިލް އާއި މާޝާގެ ހަޔާތާއި މެދު އުފާކޮށްލި އެެވެ.”އޭއި ކޯޗަކާ ދިމާލަށް ބަލާފަ ތަ ތި ރޮއެ ރޮއެފަ ހެނީ”ނަވްޔާ އަހާލީ ޒާރާ ރޮއެ ރޮއެ ފައި ހެނީ ކީތްވެ ތޯ އެވެ.ޒާރާ އަށް އޭނާގެ ލޮލުން ކަރުނަ އައި ކަން ވެސްް ނަގައިގަނެވުނީ ދެނެވެ.އަވަހަށް ހީލަމުން ދެފަރާތަށް ބޯހޫރާލަމުން ލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެލިއެވެ.
އައިސް ކްރީމް ބޮއެފައި އެވަރުން ނުފުދިގެން ކޮޓަން ކޭންޑީ ކައިގެން ފޮޓޯ ނަގަ ނަގާފައި ނަވްޔާ އާއި ޒާރާ ގެ އިތުރުން ޒީކާން އާއި ނުކްޝާން ގެ އަށް ދިޔަ އިރު މަޚްރިބަށް ނުގޮވާކަން އެއީ ވެސް އެކުދިންގެ ނަސީބެވެ.މަރުޒަށް ވަދެފައި އިރުކޮޅެއް ވެސް މަޑު ނުކޮށް ނަވްޔާމެން އެނބުރި ގެ އަށް ދިޔައީ މަޚްރިބް ނަމާދު ކޮށް ނިންމައިގެން އެނބުރި އައުމަށް ޒިވާ ގާތު ބުނެފައި އެވެ.
ރޭގަނޑުގެ ވަގުތެވެ.ނަވްޔާ އާއި ޒާރާ އިނީ މަރުކަޒުގެ ގޮނޑި ބަރިތަކުގައި އިށީންދެގެން ފޯނުން ކިޔަވާށެވެ.ދުރުގައި ޒީކާން އާއި ނުކްޝާން ގެ އިތުރުން ޒިވާ އާއި ޒަޔާން ވެސް އިނެވެ.ނާއިޝްވީ އެވަގުތު ގެ އަށް ގޮސްފައި ކަމުން ނާއިޝް ފިޔަވާ އެހެން އެންމެން އެތާ ތިއްބެވެ.”ނާޔާ އާ ޒާ އާ ދެމީހުން ޓެސްޓަށް ދަސް ކުރިން ތަ؟”ނުކްޝާން އަހާލީ ފޯނު ޖީބަށް ލަމުން ނެވެ.”ޔާހ ކުރިން އޮންނާނީ ދަސް ކޮށްފަ.ދެން މަތި މަތިން ބަލާލަން ޖެހޭނީ.އެހެން ނޫނަސް އެންމެ ފުރަތަަމަ އިނީ އިސްލާމް ޓެސްޓް”ޒާރާ ބުނެލީ ޓެސްޓް ޝެޑިއުލް ބަލާލަމުންނެވެ.
“ދެން ނާޔާ އޯ”ނުކްޝާން ދެން ބަލާލީ ނަވްޔާ އާއި ދިމާލަށް ށެވެ.”ދަސް ކުރިން.ފޯނަަށް އިންނާނީ ފޮތް އަޅާފަ އިއްޔަ ރޭ ވެސް ކީން”ނަވްޔާ ބުނެލީ އޭނާ ހަގީގަތުގައި ވެސް ރޭގައި ފޮތް ކިޔުމުންނެވެ.”ދެން އިނީ ކޮން މާއްދާ އެއް”ނުކްޝާން ހީވީ ނަވްޔާ އާއި ޒާރާ އިންޓަރ ވިއު އެއްގައި ބައިންދާފައި އިން ހެންނެވެ.”ފުރަތަމަ މަޖުބޫރު ހަތަރު މާއްދާ.އޭގެ ފަހުން ސްޓްރީމް ނެގި ކުދިންގެ މާއްދާތައް”ނަވްޔާ ނުކްޝާން ކުރަމުން ދިޔަ ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ.
“އެހެން އެހެން ވިއްޔަ މަޖުބޫރު ހަތަރު މާއްދާ ނިންމާފަ ދެން އިނީ ކޮން މާއްދާއެއް”ނުކްޝާން އަދާ ކުރަމުން ދިޔައީ ބޭބެ އެއްގެ ވާޖިބެކެވެ.”ނާޔާގެ ބިޒްނަސް”ނަވްޔާ ޝެޑިއުލް ބަލާލަމުން ޖަވާބު ދިނެވެ.”ޒާގެ ފިޒިކްސް”ދެކުދިން ނަގައިގެން އުޅެނީ ދެ ސްޓްރީމްއެކެވެ.ނަަމަވެސް ނަވްޔާ އިތުރު މާއްދާ އެއްގެ ގޮތުން ބައިލޮޖީ ނެގީ އާޓް ގެ މާއްދާ އާއި ފިޝަރީ ސައިންސަކީ އޭނާ މާ ގަޔާވާ މާއްދާ އަކަށް ނުވާތީ އެވެ.އެއާއި ހިލާފަށް ޒާރާ ނެގީ އާޓް އެވެ.އެއީ އޭނާ މާ ޝައުގުވެރިވާ މާއްދާ އަކީ އެވެ.
ނަވްޔާ ވާން ބޭނުން ވަނީ އޭނާގެ ތުއްތު ހެން އެންމެން ދަންނަ ބިޒްނަސް ހިންގާ މީހަކަށް ށެވެ.މިއާއި ހިލާފަށް ޒާރާ ގެ ޝައުގުވެރިކަން ހުރީ ސައިންސް ގެ ދާއިރާ އަށް ހުއްޓިފައި އެވެ.ބޮޑު ވެގެން ނަރުހަކަށް ވުމީ ޒާރާ ދެކެމުން އައި ހުވަފެނެކެވެ.ޒާރާގެ އެހުވަފެނަކަށް ޒަޔާން އެއްވެސް ހުރަހެއް ނާޅަ އެވެ.ޒަޔާން ދެކޭ ގޮތުގައި އޭނާގެ ދަރިން ބޭނުންވާ ދާއިރާއަކުން ކުރި އަށް ދެވޭނެއެވެ.ވަކި ކޮންމެހެން ޒަޔާން އަކީ އެންމެން ދަންނަ ބިޒްނަސް މޭން އަށް ވުމުން އޭނާގެ ދަރިން އެ ދާއިރާ ތެރެ އަކަށް ވަންނާކަށް ނުޖެހެއެވެ.ޒާރާ އާއި ހިލާފަށް ޒީކާން އޭނާގެ ބައްޕަ ކުރާ މަސައްކަތް ފެނި އެކަމަށް ޝައުގުވެރި ވުމުން ބިޒްނަސް ކިޔެވީ ބައްޕަ ކުރި އަށް ދާ ދާއިރާ އިން ކުރި އަށް ދިއުމަށްޓަކައި އެވެ.
“ޒާ އާ ނާޔާ އާ ދެމީހުން މާދަން ނޫން އަނެތް ދުވަހު ރަށަށް ދާން ރެޑީ ވައްޗެ.ނުތިބެވޭނެ ދޯ ދޮންބެ މެން ތިއްބަކަސް ދަރިފުޅުމެން ދެކުދިންނަކަށް.ޓެސްޓު ފެށޭ އިރު އެއް ދުވަސް ކުރިން ދާން ޖެހޭނެ އެއްނު”ޒަޔާން އެހެން ބުނެލީ ފްލައިޓް ވެސް ހަމަޖައްސާފައި އޮތުމުންނެވެ.ޒަޔާން އެހެން ބުނުމުން ނަވްޔާ އަކަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.ނަވްޔާގެ އިތުރުން ޒާރާ ވެސް ހަމައެކަނި ބޯ ޖެހުމަކުން ފުއްދާލީ އެވެ.”ތުއްތޫ ދެން ނާޔާމެން ތިބޭނީ ކޮންތާކު؟”ނުކްޝާން ވެސް ކޮށްލީ ރަނގަޅު ސުވާލެކެވެ.”ނާޔާމެންނަަށް ތިބެވިދާނެ އެއްނު އައިކާމެން ގޭގަ ނޫނީ ލައިނީމެން ގޭގަ.އެގޭގަ ތިބޭނީ ހުސް އަންހެން ކުދިންނެއްނު”ނުކްޝާން ކުރި ސުވާލުގެ ޖަވާބު ޒިވާ ދިނެވެ.
ޒިވާ އެހެން ބުނެލި ވަގުތުވީ ނާއިޝް ވެސް އެތަނަށް އައި ވަގުތަށް ވުމުން ނުކްޝާން ނާއިޝް ގެ ހިޔާލެއް ވެސް އެކަމުގައި ހޯދިއެވެ.ވާހަކަ ދައްކަން ތިބި އެންމެންނަށް ވެސް ސިހުމެއް ލިބުނީ ޑޮކްޓަރ ދޮރު ހުޅުވާލައިފައި އައުމުންނެވެ.ޑޮކްޓަރުގެ މޫނަށް ބަލާލާފައި އެކަނި ވެސް ނުކްޝާން މެންނަށް ޑޮކްޓަރު ދޭން އުޅެނީ ކޮންކަހަލަ ހަބަރެއްކަން ނަގައިނެވޭކަށް ސިކުންތުކޮޅެއް ވެސް ނުނެގިއެވެ.
ނުނިމޭ
12 Comments!
Comments are closed.




☺️ މަޚްރިބް ނަމާދެއް ނޫން މަޣްރިބް ނަމާދު. ދެން ހަމަ ބުނެލީ.
In a reply to @white rose
Thanks for telling me ☺️
Eii keyboard ge mahsala eh ehen than thaa hunnaany މަޣުރިބު ނަމާދު jahaafa hehe
Mistakes are also accepted cuz through mistakes we are learning new thing
Anyway mi part ves vrh reethi kon irakun next part libeyny
Curiously waiting for the next part
Lysm rifoo
Hi rifsha
How’s youu?
Vrhh dhuvas kohfa dhw cmnt eh mikohlevenyy😩
Vrh reethi mi vahaka❤️❤️ waiting for a new episode
Love you sm
Hi lily
I’m fine 😊 Alhamdhulillah
Hehe yh it’s ok DARLA
Thanks varah bodah
Dhenme mi submit kohly.in sha Allah admin team in upload kohlihaa avahakah kiyaalan libeyne
Love you more Darla<3
vv reethi mi part vs maasha allah..when nxt part??
Thanks ifoo.dhenme mi submit kohlee.admin team in upload kohlihaa avahakah kiyaalan libeyne..😊
Heyy riffo
Mi part vx vrh reethi maasha allah ❤
Nuk menah dheyn ulheney anehka kon habarehba??
Waiting curiously for the next episode ❤
Lyssm dear
💜🦋
Hi rifoo
Mi part vx vrh reethi Masha Allah.
Maadhan dho next part
Curiosly waiting for the next part
Doc dheyni konkahala news eh kamei vx neynge
Love you darling ❤️
Hi Nish 👋
Thanks Darla
Admin team upload kohlihaa avahakah kiyaalan libeyne in sha Allah
Hehe dhen next part kiyaalyma ingeyni dho
Love you more Darla<3
In a reply to @only urs
Yess for sure 😊
Thanks varah bodah
Next part dhenme mi submit kohlee,in sha Allah admin team in upload kohlihaa avahakah kiyaalan libeyne
Love you more only mine<3
In a reply to @butterfly
Hi maash
Let’s see dho konkahala habarei tho dheny
Hehe thanks varah bodah
Dhenme mi submit kohlee.in sha Allah admin team in upload kohlihaa avahakah kiyaalan libeyne
Love you more maash<3