ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ވިހި ވަނަ ބައި)
“އެއީ މާޝާ.ރާއިލްގެ ދޮންތަ.ދޮންތަ ބަލިވެ އުޅޭތީ މިއައީ ޑޮކްޓަރަށް ދައްކާލަން ވެގެން.ރަނގަޅު ވަގުތަކު ދޯ މި އާދެވުނީ”ރާއިލް ހީލި އެވެ.”އާނ.ބައްޕަ ވެސް ދެންމެ ޑޮކްޓަރ ޒީވާ ގަޔަށް ލޭ އަޅަން ޖެހެއޭ ބުނީމަ މި ނިކުމެލީ މީހަކު އަތުން ވިޔަސް ލޭ ލިބޭތޯ”ޒަޔާން ހަގީގަތުގައި ބޭރަށް ނިކުމެ މީހަކަށް މި ގުޅި ސަބަބު އިނގުނީ އަދި ކިރިޔާ އެވެ.”އެހެން ތަ؟ބްލަޑް ޓައިޕް.އޭރުން ރާއިލް އަށް ވެސް ހެލްޕެއް ވެވިދާނެ ބައްޕަ އަށް”ރާއިލް ބުނެލީ އަތުގައި އަޅާފައި އޮތް ރޮލެކްސް ގަޑިން ގަޑި ބަލާލަމުން ނެވެ.”ރާއިލް ގައިގައި ވެސް ހުންނަނީ އޭ ޕޮޒިޓިވް”ޒަޔާން ލޭގެ ބާވަތް ބުނުމުން ބުނެލިއެވެ.”މަޑު ކުރޭ އިނގޭ އަންނާނަން މާޝް ގެއަށް ލާފަ”ގަޑި ބަލާލަމުން ރާއިލް ބުނެލި ގޮތުން އެކަނި ވެސް އޭނާ އެހުރީ ލަސް ވެފައި ކަން ޒަޔާން އަށް އިނގިގެން ދިޔައެވެ.ޒަޔާން ވެސްރާއިލް ފޮނުވާލީ ރާއިލް އެދާ ތާކަށް ދިއުމުގެ ފުރުސަތު ދިނުމަށްޓަކައި އެވެ.
**********************
“އިނގޭތަ ދޮންތަ އަށް ލޭ ހަދިޔާ ކުރީ ރާއިލް އޯ”ޒީކާން ބުނެލީ ފޯނުން އިންސްޓަގްރާމް ހާވަން އިނދެފައި އެވެ.”އިނގޭތަ ޒާ އަށް ތުއްތު އަށް އެންމެ ފުރަތަމަ ރާއިލް ގެ ދޮންތަ ފެނުނީމަ ހީކުރީ ރާއިލްގެ ވައިފް ކަމަށްށޯ.ކިހާ މަޖާ ދޯ ދެން”ނުކްޝާން އޭނާ އަށް އިވިފައިވާ ހަބަރެއްގެ ވާހަކަ ޒާރާ އަށް ކިޔާލަ ދިނެވެ.އެވަގުތުވީ ބޯއްޓަށް އަރަން ގޮވާލި ވަގުތަށް ވުމުން ޒާރާ ވެސް އިތުރު އެއްޗެކޭ ނުބުނެ ބޯއްޓަށް އަރަން ދިޔަ އެވެ.
ނަމަވެސް ޒާރާގެ ހިތުގައި ވަނީ އެންމެ ސުވާލެކެވެ.ރާއިލްގެ ދޮންތަ އެއް ހުރޭ ހެއްޔެވެ؟އެ ސުވާލުގެ ޖަވާބު ޚުދު ޒާރާ އަށް ނޭނގޭ އިރު ވަކި ޒީކާން އަށް އިނގޭނެ ހެއްޔެވެ؟ޒާރާ އެ ހިޔާލުތަކުން ބޭރުވާން މަސައްކަތް ކުރީ ރާއިލް އަށް ޝައްކެއް ކުރަން ބޭނުން ނުވާތީ އެވެ.ނަމަވެސް ބޯޓުގައި އިން އިރު ވެސް ޒާރާ އަށް އެހިޔާލު ތަކުން ބޭރުވެވޭ ގޮތެއް ނުވި އެވެ.
“ސަންޝައިން”ގޭ ގޭޓުން ވަދެގެން އައި ރާއިލްގެ އަތް ވަނީ މާޝާގެ އުނަގަނޑުގައި އަޅުވާލާފައި އެވެ.ހަމަގައިމު ވެސް ބަލާލާ މީހަކަަށް އެދެމެދުގައި ވަނީ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމެކޭ ނުބުނެވޭނެ އެވެ.ރާއިލް އާއި މާޝާ އެކު އެކީގައި ގޭ ސިޓިންރޫމް އަށް ވަދުން އިރު ރައިނާ ސޯފާގައި އޮށޯވެގެން ޓީވީ ރިމޯޓުން ފަހަރަކު ޗެނަލް އެއް އަޅުވަމުން ދިޔަ އެވެ.ރައިނާ އަށް ކަމުދާ ކަހަލަ ޗެނަލް އެއް ނުފެންނަނީ ކަންނޭނގެ އެވެ.”ދޮންބެދައްތަ އަށް ކިހިނެތް ވީ އޭތަ ޑޮކްޓަރ ބުނީ”ރައިނާ އަހާލި ގޮތުން އެކަނި ވެސް އޭނާ އެ އިނީ ރާއިލް ގެ އިންތިޒާރުގައި ކަން ރާއިލް އަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ.
“އަނެއްހެން މާ ބޮޑު ކަމެއް ނުވޭ.ބުނީ ރެސްޓް ކުރާށޭ.އެންޑް ޔޫ ނޯ ދޯ ދެން އެމީހުން ބުނާނެ އެއްޗިހި.ދެން ޓެސްޓް ހެދި ދޯ މާޝް.ޓެސްޓުގެ ނަތީޖާ ބަލާ ދާން ދެން ޖެހެނީ.މިރޭ ދިޔައީމަ ރަނގަޅުވާނެ ކަންނޭނގެ “ރާއިލް ފަތި ފައްޗަށް އަމުނާލިއެވެ.”އެހެންވީމަ ދޮންބެދައްތަ ދޭ އިނގޭ ރެސްޓް ކޮށްލަން ރައި މަމް އަށް ހެލްޕް ވެދޭނަން”ރައިނާ އެހެން ބުނި ކަމެއް ނޭނގި ރާއިލްގެ މަންމަ ރައުޝާ ކާގެއިން ނިކުމެގެން އައެވެ.”ތެދެއް ދަރިފުޅާ ދެން ދޭ އަރާމުކޮށްލަން “ރައުޝާ ވެސް ރައިނާ ގެ ކޮޅަށް އެރުމުން މާޝާ އަށް ކޮޓަރި އަށް ދާން މަޖުބޫރުވި އެވެ.”މިއަަދު ޑޭޑް އާ ދިމާވި . ޒާގެ ކޫ އޭ އިނގޭތަ މަންމަ އަށް އެކްސިޑެންޓް ވީ”ރާއިލް ބުނެލީ ސޯފާ މައްޗަށް ވެއްޓިގަންނަމުން ނެވެ.”އެހެންތަ؟ކޮބާ ޒާ؟ޒާއާ ދިމާވިތަ؟”ރައުޝާ އަހާލީ ރާއިލްގެ ބޮލުގައި ފިރުމާލަމުން ނެވެ.އޭނާ އަށް ރާއިލްގެ ސިކުނޑީގައި އުފެދިފައިވާ ހައިިޖާން ގަނޑު އިނގޭ ފަދަ އެވެ.
“ޒާ ނޫޅެ މެލޭ އަކު.މަންމަ އަށް ވެސް އިނގެ އެއްނު ޒާ އެކޮޅަށް ބަދަލުވިކަން. ނަސީބެއް. ޑޭޑް ވެސް އެހި އެއީ ކޮން ކުއްޖެއް ހެއްޔޭ.މިހާރު ނޭނގެ ޒާ އާ ހިސާބަށް އެ ހަބަރު ނުދާ ކަމެއް ވެސް”ރާއިލް ބުނެލީ ލޯ މަރާ ބާރު ކޮށްލަމުން ނެވެ.”ދެން ދަރިފުޅު ޒާ ގާތު މާޝާ ގެ ވާހަކަ ބުނެބަލަ.މަންމަ އަށް ވެސް އިނގޭ އުނދަގޫ ވާނެކަން.އެކަމު ވެސް މިހާރު ތި އޮތީ މާޝާ އާ ކައިވެނި ކުރެވިފަ”ރައުޝާ ބުނެލީ ރައިލް އާއި ދިމާލަށް ހަމްދަރުދީ ގެ ނަޒަރަކުން ބަލާލަމުން ނެވެ.އޭރު ރައިނާ ވެސް ބުނާނެ އެއްޗެއް ނޭނގިފައި ސޯފާ މައްޗަށް ދެފައި ވަށްކޮށްގެން އަރާ އިނެވެ.
ރައިނާ ވެސް އެއިނީ ހަދާނެ ގޮތް ނޭނގިފައި ކަން ބަލާލާ މީހަކަށް އިނގޭނެ އެވެ.އެހެން ނުވާންވީ ސަބަބެއް ނެތި އެއް ނޫނެވެ.އެއް ކޮޅުން އެންމެ ގާތް އެކުވެރިޔާ އެވެ.އަނެތް ކޮޅުން މިހާރު ދޮންބެދައްތަ ގެ މަގާމުގައި ހުރި މާޝާ އެވެ.އެހީ ވެދޭންވީ ކާކަށް ކަމެއް ރައިނާ އަކަށް ނޭނގުނެވެ.ގައިމު ވެސް އެކުވެރިޔާ ގެ ހިތް ހަލާކު ކޮށްލާކަށް އޭނާ އަށް ލާހިކެއް ނޫނެވެ.އެއް މަސް ދުވަސް ވީ އިރު ވެސް ރާއިލްގެ ކައިވެނީގެ ހަބަރު ޒާރާ އަށް ނުދީ އޭނާ އެހުންނަނީ އެހެންވެގެންނެވެ.ދެން ހުރީ މާޝާ އެވެ.ރާއިލްގެ ފަރާތުން ލޯބި ނުލިބުނު ނަމަވެސް ޝަކުވާ ކޮށްނުލާ ހުއްޓެއް ކަމަކު މާޝާ ގެ ހިތް ވަނީ ރާއިލް އަށް ހިބައިން ދީފާ ކަން ރައިނާ އަށް އިނގެއެވެ.އެ މައުސޫމު ހިތަށް ރާއިލް ކުއްޖަކާ ރައްޓެހިވެގެން އުޅޭ ކަން އެނގުމުން ހާދަ އަސަރެއް ކުރާނެ އެވެ.
“ޒާ ގާތު ބުނާނެ ހިތްވަރެއް ރާއިލްގެ އަތަކު ނަތޭ މަންމާ.އެހެން ނޫނަސް މި ކައިވެންޏަކީ ދާއިމީ ކައިވެންޏެއް ކަމަކަށް ރާއިލް ގަބޫލެއް ނުކުރަން.މަންމަ އަށް ވެސް އިނގޭނެ ކައިވަނި ކުރީ މާޝާގެ ބައްޕަ މަރުވަމުން ކުރި ވަސިއްޔަތަކަށް ކަން.އަހަރެން ލޯބިވަނީ ހަމަ އެކަނި ޒާ ދެކެ.މިއަދު ވެސް މާޝާ ވަރި އަށް އެދެފިއްޔާ ވަރިކުރަން އަހަރެން ހަމަ ތައްޔާރު”ރާއިލް ފަހު ދެ ޖުމުލަ ބުނެލީ އަމިއްލަ ނަފްސާއި ދިމާލަށް ށެވެ.ރާއިލް ދެލޯ މަރާލި ވަގުތު އެސްފިޔަތައް ފޫއަޅުވާލާފައި ކަރުނަ ތިއްކެއް ނިރާލި އެވެ.ސިކުނޑީގައި އުފެދިފައިވާ ހައިިޖާން ގަނޑަށް ރާއިލް އަށް ކަތް ނުކުރެވުނީ ކަންނޭނގެ އެވެ.ރައުޝާ އަށް ވެސް ރާއިލް ލޯބި ވަނީ ޒާރާ ދެކެ ކަން އިނގޭތީ އެއްޗެކޭ ނުބުނެ ހުރި ގޮތަށް ހުރީ އެވެ.
ނަވްޔާމެން އައި ބޯޓު އެއަރޕޯޓަށް ބޯޓު ޖެއްސި އިރު މެލޭޝިޔާ އަށް ހަވީރު ވަނީ އެވެ.ބޯޓުން މީހުންތައް ފައިބަން ފެށުމުން ޒާރާމެން ވެސް ފައިބައިގެން ލަގެޖް ހިފައިގެން ވަކި ހިސާބަކަށް ދިޔަ ތަނާހެން ޒާރާމެންގެ ކުރިމަތީގައި ޕްރައިވެޓް ކާރެއް މަޑު ކޮށްލިއެވެ.”އަމްމްމް.ތީ ކާކު؟”ނުކްޝާން އަހާލީ މީހަކު އަހާނެ ކަހަލަ ސުވާލެއް ވެސް ނޫނެވެ.
“ތީ ނާއިޝް ސާރ ގެ ދަރިފުޅެއް ނޫންތަ؟”އެމީހަ އަހާލީ ނުބައި ބައެއްގެ ގާތުގައި މަޑު ކުރެވުނީ ކަމަށް ހިތާ ތޯ އެއްޗެކެވެ.”ނޫނޭ މީ ނުކްޝާން އިނގޭ.ނާއިޝް ސާރ ގެ ދަރިފުޅެއް ނޫން.ނުކްޝާން”ނުކްޝާން އެމީހަކާއި ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލި ގޮތުން އެމީހާގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.”މީ ފާރިޝް.ނާއިޝް ސާރ ގެ އެސިސްޓެންޓް”ފާރިޝް ވެސް އަމިއްލައަށް ތައާރަފް ވެލިއެވެ.”ސާބަސް މިދެން މީހަކު ސަކާރާތް ޖަހާ ގަޑި އެއްވެސް ނޫނެއްނު”ޒިވާ ބުނެލީ ނުކްޝާން ގެ އިސްތަށިގަނޑު ހާވާލަމުންނެވެ.”އަޅެފަހެ ކުރިން ފަހަރު ވެސް މަންމަގެ އެކްސިޑެންޓް ގެ ވާހަކަ ވެސް ބުނަން ގުޅީ ވެސް ފާރިޝްބެ އޭ.ހަމަ ބުނީ ނާއިޝް ސާރ ގެ ދަރިފުޅޭ.އަޅެފަހެ ނުކް އަށް ކިޔަނީ ނުކްޝާން.ނާއިޝް ސާރ ގެ ދަރިފުޅެއް ނޫން”ނުކްޝާން އޭނާގެ ނަމަށް ބާރު ލަމުން ބުނެލިއެވެ.”ހޫނ ދެން ހެވޭ އުޅޭ ލަގެޖް ތައް އަރުވަން”ނުކްޝާން ގެ ވާހަކަ އިން ހެވިފައި ހުރެ ޒިވާ ބުނެލީ އަވަހަށް މަރުކަޒަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ.
“އޯކޭ ދޯ ފާރިޝްބެ ކިޔަސް.އަނެއްހެން ބައްޕަގެ ޕާރސަން އެސިސްޓެންޓް އަށް ވިޔަސް ނުކް އަށް ވުރެ ބޮޑެއްނު ދޯ”ނުކްޝާން ބުނެލީ ފާރިޝް އަށް އެހީ ވާން ހުރެ އެވެ.ފާރިޝްވެސް ހީލަމުން އާނއެކޭ ބުނެލީ މިކަހަލަ ކުދިން މިހާރު ދުނިޔޭގައި ވެސް މަދުވާނެ ތީ އެވެ.އަބަދު ވެސް އުޅޭނީ އަމިއްލަ މޮޅުކަން ނުދެއްކިގެންނެވެ.ތިމާ އަށް ވުރެ ކިތަންމެ ބޮޑު ވިޔަސް ތިމާ އަށް ވުރެ ދަށް ފަންތީގައި އުޅެންޏާ ބަލާނީ ވީހާ ވެސް ދަށްކޮށްލެވޭ ތޯ އެވެ.އެމީހަކަށް ހައްގުވާ އިހްތިރާމެއް އެމީހަކަށް ނުދޭނެ އެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ.އާދައިގެ މަތިން ކިޔާން އާއި ރަޔާން ގެ އިތުރުން މިލާން އާއި އަލީކް ސައިކަލު ބުރު ޖަހަން ދިޔައީ އެވަގުތު ކުރާނެ މާ ބޮޑު ކަމެއް ނެތުމުން ނެވެ.”ނާޔާ ނެތީމަ މެލަން ވަރަށް ފޫހިވެފަ ދޯ ތި ހިރީ”ރަޔާން ބުނެލީ އެމީހުން ކުޑަ އިރު މިލާން އަށް ގޮވާ ނަމުން މިލާން އަށް ގޮވާލަމުންނެވެ.”ހްމްމްމް އަސްލު ވެސް ނާޔާ ނެތީމަ އެކަންޏެއް ނޫން ނުކް ނެތީމަ ވެސް ވަރަށް ފޫހި ދޯ”މިލާން ބުނެލީ ފޫހިވެފައި ހުރި މީހެއް ފަދައިން ނެވެ.”ދޮންބެ އެބަ ކިޔާ ނުކް އެންޑް ޒީކް ނެތީމަ ކައިވެނި ލަސް ކުރާ ވާހަކަ ވެސް.ދޮންބެ ބޭނުމެއް ނުވޭ ނުކްމެން ނެތީސް ކައިވެނި ކުރާކަށް”ރަޔާން ބުނެލީ ރިޔާން އޭނާގެ ގާތު ބުނެލި ވާހަކަ އެކެވެ.”އެެހެން ރިޔާން ގެ ޕާޓީ ގަ ދޯ ކިޔާން ކައެ ކަންތަކާ އުޅޭނީ”މިލާން އިޝާރާތް ކުރީ ކޮންކަމަކަށް ކަން އިނގި ހުރެ ވެސް ކިޔާން ނޭނގޭ ކަމަށް ހެދިލީ އެވާހަކަ ދައްކާ ހިތް ނެތުމުން ނެވެ.
ނުނިމޭ
10 Comments!
Comments are closed.




Hiii rifoo
Mi part vx vrh reethi Masha Allah
Yessss nuk ge dialogue eh aneikaa vx kiyaalan mi libuny
Nuk ge dialogue nethyma vaahaka vrh falhu ve yey hehehe
N kiyaan mn ge vx
Kon irakun dhen next part kiyaalan libeyni 😊
Curiously waiting for the next part
Love you DARLA 💞💞
Hii 👋
Thanks Laura
You mean funny dho..
In sha Allah next part maadhan submit kohlaanan
Love you more Laura ❤️😗
Masha Allah, your story is amazing <3
BTW, could you write the next episode longer??
Keep up the outstanding work <3
Thanks lily 🙂
Kuru tha mi episode.mi episode ga vx innane 900 ah vure gina words.ekm in sha Allah lily buny thi next part dhigu kohlaanan ingey hehehe😁
Once again thank you 😊😄
This episode ain’t kuru ingey.. Ekmves dhigu koh kiyaalan beynun vedhaane dhww😎😂
Ehen dho.ok dhen lily bunyma next part dhigu kohlaanan ingey.aslu vx rifoo vx dhugu koh vaahaka kiyan beynun vaathi kithanme part dhigu viyas heevani kuru hen hehe
Hey rifoo Darla
Masha Allah mi part vx v reethi
So ehen v ma e girl eii raail ge wife dhw.
Zaa ah hageegai avahah angabala pls pls..dhem eyrun zaa and yaan gulhuveyni.yaan vx loabi ve ehnu zaa dheke.
Mihaaru v interesting vaahaka n v reethi Masha Allah
Kon irakun next part kiyaalan libeyni ☺️
Kiyaahithun indha nimuny vx.neynge nimun iru vx..hehe
Curiosly waiting for the next part Rifoo
Love you Rifoo 💋
Hey nish Darla
Thanks nishva
Next part in sha Allah mi rey nooni haveeru submit kohlaanan.
Dhen balamaa vaa goi dho hehehe
Love you more Darla<3
Vv reethi mi part vs maasha allah.. unmeedhu kuran nxt part vs avahah kiyaalan libeyne kamah☺️
Thanks ifoo.next part in sha Allah mi rey nooni haveeru submit kohlaanan.admin team in upload kohlihaa avahakah ifoo ah kiyaalan libeyne.. hehe ☺️