ފުން އަނދަވަޅު
ފުން އަނދަވަޅު
އިސްމާޢީލްޢަލީ ކަނދޮޅުދޫ
އަންހެން ކުއްޖާ: ކީއްވެ އަހަރެން ކަމުދަނީ..؟ ކީއްވެ އަހަރެންދެކެ ލޯބިވަނީ؟ ފިރިހެން ކުއްޖާ: ސަބަބެއް ނުބުނެވޭނެ. އެކަމަކު އައި ރިއަލީ ލައިކް ޔޫ… އަންހެން ކުއްޖާ: ސަބަބެއް ވެސް ނުބުނެވޭނެ… އަހަރެން ކަމުދާ ކަމަށް ބުނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންދެކެ ލޯބިވާ ކަމަށް ބުނާނީ ކިހިނެއް ހެއްޔެވެ؟ ފިރިހެން ކުއްޖާ: އަހަރެންނަށް ޙަޤީޤަތުގައިވެސް ސަބަބެއް ނޭނގެ، އެކަމަކު އަހަރެން ކަލޭދެކެ ލޯބިވާކަން ސާބިތުކޮށްދެވިދާނެ. އަންހެން ކުއްޖާ: ހެއްކެއް؟ ނޫން! އަހަރެން ބޭނުންވަނީ ސަބަބު ކިޔައިދޭށެވެ. އަހަރެންގެ އެކުވެރިޔާގެ ލޯބިވެރިޔާއަށް އޭނާ ލޯބިވާ ސަބަބު ކިޔައިދެވިދާނެ އެކަމަކު ކަލެއަށް ނޫން! ފިރިހެން ކުއްޖާ: އޯކޭ…އޯކޭ!!! އަޅުގަނޑު މިދަންނަވަނީ. ރީތިވީމަ، އަޑު ފޮނިވެފައި ހުރުމުން، އަޅާލާތީ، ލޯބިވާތީ، ވިސްނުންތެރި ކަމުން، ހިނިތުންވުމުގެ ސަބަބުން،
އަންހެންކުދިން އަބަދުވެސް ތަޢުރީފް ކުރާ އަޑުއަހާ ހިތްވާނެއެވެ. ބައެއްފަހަރު ދޮގުތަޢުރީފް ކުރިކަމުގައި ވިޔަސް އެކަމެއް ނޭގެއެވެ. އެކަން ވިސްނެނީ ވާނޭ ހައެތިވީމައެވެ. ހަތަރު އުދަރެސް ފެނުޖެހުނީމައެވެ.
އަހަރެން ޢިޝާ ނަމާދަށް ކަމަށް ބުނެ ކޮންމެ ރެއަކު ގެއިން ނުކުމެގެން ދަނީ އެކުވެރި މީރާމެންގެ ގެއަށެވެ. އެވަގުތަކީ އަހަރެންނާއި ޝާޙިންއާ ދެމީހުންގެ ލޯބީގެހުޅުކޮޅު ދިއްލުނު ވަގުތެވެ. ތަނަކީ މީރާގެ ކޮޓަރިއެވެ.މީރާ މަންމައާއިއެކު އެވަގުތު މިސްކިތަށް ދާނެއެވެ.ޝާހީން ތަންވަޅު ބަލާފައި ކުޑަދޮރުން މީރާގެ ކޮޓަރިއަށް ފުންމާލައެވެ.ހަސަނަށް މޫދު ހިތަކަށް ލިބުނު ފަދައިން އަހަރެމެންނަށް ފުރުސަތު ލިބުނީއެވެ.
ބޮކިނިވާލައިގެން ތިބެ އަހަންނާއި ޝާހީން ލޯބީގެ ބަގީޗާއިން މާބިންނަމުން ދިޔައީ އުފަލާއެކުއެވެ.ޝާހީންއަކީ ރީތި ޒުވާނެކެވެ.ލޯބީގެ ދުނިޔޭގައި ތަޖުރިބާތަކެއް ހޯދާފައިވާ މީހެކެވެ.އަހަރެން މިކަމަށް ވަރަށް އަލެވެ. ގްރޭޑް 10ގައި އުޅޭތީއާއިއެކު އަދި ކުއްޖަކާއި ރަށްޓެހިވެސް ނުވަމެވެ.ޝާހީންގެ ވާހަކަތަކަށް ހެއްލިގެން ދަންތުރާގައި ޖެހެވުނީއެވެ.ޝާހީންއަކީ މާލޭގެ ކުއްޖެކެވެ.މީރާގެ ބައްޕަގެ ރައްޓެއްސެއްގެ ދަރިއެކެވެ.ފެމެލީ އަލްބަމެއް ދައްކާލަން އަހަންނާ ވަރަށް ކައިރިވިއެވެ.އެވަގުތު އޭނަގައިން ދުވި ސިގިރޭޓްވަސް އަހަންނަށް ވަރަށް ކަމުދިޔައެވެ.އަލްބަމް ދެއްކި ގަޑީގެ ފުރުސަތުގެ ބޭނުންހިފައިގެން އޭނާ އަހަންނާ ވަރަށް ގާތްވިއެވެ.އެވަގުތުކޮޅު އަހަރެންނަށް އުފާވެރިކަމުގެ އިހްސާސް ކުރެވުނެވެ.އޭގެ ފަހުގައި ބައްދަލުވުންތައް ބާއްވަމުންގޮސް އަހަރެން އނދިރި ދުނިޔެއަކަށް ވަދެވުނެވެ.
ފަހުންފަހުން އައިސް އަހަރެންގެ އަތުން ފައިސާ ހޯދަންފެށިއެވެ.އެކިއެކި ނަންނަމުގައެވެ. އަހަރެން އަތުގައި ފައިސާ ނެތްވާހަކަ ބުނުމުން ޝާހީންދެކެ ފޫހިވީކަމަށް ބުނަންފެށިއެވެ.އަދި ލޯބިވާކަމަށް ވަންޏާއި އެހީތެރިވާނެ ކަމުގެ ޚިޔާފާޅުކުރަމުން ދިޔައެވެ.އަހަރެންނަށް ޝާހީންގެ ލޯބި ދުނިޔޭގެ ހުރިހާ އެއްޗަކަށްވުރެވެސް ބޮޑުވީމާ އޭނާ ހިތްހަމަ ޖައްސައި ދިނުމަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެގެންވެސް އޭނާއަށް ފައިސާ ހޯދައިދޭން އަހަރެން ނިންމީމެވެ.
އަހަރެންގެ ލޮބުވެތި މަންމަ ރެއާއިދުވާލު ބުރަ މަސައްކަތް ކޮށްގެން ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ މަތިވެރި މަޤްސަދުގައި އެތަކެއް ދުވަހު މީހުންނަށް މަސްކައްކައިދީގެން ހޯދާފައިވާ ފައިސާކޮޅު މަންމަގެ އަލަމާރީގައި ބައޕަގެ މަރުބަލީގައި ގެންގުޅުނު ލިޔުންތައް އަޅާފައިވާ ފައިލުގައިވަނިކޮށް ވަރަށް ސިއްރުން ނެގީމެވެ. ބައްޕަ ނިޔާވުމުގެ ހިތި ހިތާމާގައި މަންމަގެ ގަހަނާކޮޅުވެސް ބޭނުން ނުކޮށް ފޮރުވާފައިވަނިކޮށް އެވެސް ލޯބިވެރިޔާ ރުއްސުމަށްޓަކައި ވަގަށް ނެގީމެވެ.
ޝާހީން އަހަރެން މަޅީގައި ރީތިކޮށް ޖެއްސުމަށްފަހު އެއްރެއަކު ފަތިހުގެ ވަގުތުގައި މިރަށުން ފުރައިގެން ދިޔައީ ވަރަށް ސިއްރުންނެވެ. މީރާމެންނަށްވެސް އެނގުމަކާ ނުލައެވެ.
މިއަދު އަހަރެން މިވަނީ ވަރަށް ފުން އަނދަވަޅަކަށް ވެއްޓިފައެވެ. އެންމެ ދެރަވަނީ މަންމަ ހިތާމަ ކުރާނެވަރު ހިތަށް އަރާފައެވެ. މަންމަގެ ހުރިހާ އުއްމީދުތަކެއްގައި މިދެއަތުން މިވަނީ ހުޅުޖަހާފައެވެ. މަންމަ އަށް މިޙަޤީޤަތް އެނގުމުން ވާނެގޮތެއްވެސް ނޭގެއެވެ. މަންމަގެ މިދަރިފުޅު މަންމައެދުނުފަދަ ބަސް އަހާ ކުއްޖަކަށް ނުވިއެވެ. އޭގެ ބަދަލުގައި މަންމަ ލަދުގަނެ ފަޟީހަތް ވާނެ ފަދަ އަމަލުތަކެއް އަހަރެންނަށްވަނީ ކުރެވިފައެވެ.
ކޮންމެ ގޮތަކަށް ކަންތައް ދިމާވިޔަސް އަހަރެން އަމިއްލައަކަށް މަރެއް ނުވާނަމެވެ. ތައުބާވުމުގެ ފެރުސަތު ލިބޭނީ އެގޮތުގައި ކަމުގައިވާތީއެވެ. އަހަރެންނަށް ވަރަށް ބޮޑެތި މުސީބާތްތަކާއި ކުރިމަތިލާން ޖެހޭނެކަން އެނގެއެވެ. ރަށުމީހުންގެ ފުރައްސާރައާއި މަލާމާތަށް އަހަރެން ކުރިމަތިލާން ޖެހޭނެއެވެ. އަހަރެމެން ދެމައިން ދިރިއުޅެން ދަތިވާމިންވަރަށް މިރަށުމީހުން ޖެއްސުން ކުރާނެއެވެ. ދިރިއުޅުމަށްޓަކައި ވަރަށް މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. ރަގަޅުމީހަކު އަހަރެންގެ ހަޔާތަކަށް އަންނާކަށް އެއްބަހެއްނުވާނެއެވެ.
