ދުރުގައިވިޔަސް… (4)
” ނަތީޤް” ނަތީޤް މައުސޫމު ރާގަކަށް ނަން ބުނެލުމަށް ފަހު ދުއްވައިގަތީ ފާރިލް އައިސްކްރީމް ހިފައިގެން އަންނަ ތަން ފެނުމުންނެވެ. ފާރިލް ކައިރިއަށް ނަތީޤް ދިޔަތަންފެނުމުން ނަކީލް ގެ ހިތުގަިއ އެތަށް ސުވާލެއް އުފެދުވެ. ނަތީޤް އެއީ ނަކީލް އަށް އެންމެ ރީތިވި ނަމެވެ. ހިތުގައި ނަތީޤް އާއި މެދު އެތަކެއް ޝައްކުތަކެއް އުފެދުނެވެ. ފާރިލް އާއި މިކުއްޖާއާއި އޮތީ ކޮން ގުޅުމެއްތޯ ބަލަންވެސް ބޭނުންވިއެވެ. މިކުއްޖާއާއި ނަކީލް އާއި ކޮންމެވެސް ގުޅުމެއް ވެޔޭ ހިތް ބުނާކަހަލައެވެ.
…………………………………………………………………………………………………………………………
ނަތީޤްގެ ހަރަކާތްތަކަށް ބަލައިގެން ހުރެވުނީ ކިހާއިރަކު ކަމެއް ހުދު ނަކީލްއަކަށް ވެސް ނޭނގެއެވެ. ނަތީޤް ފާރިލްއާއި އެހާ ގާތްކޮށް އުޅޭތަން ފެނުމުން ހިތުގައި ފާރިލްއާއި މެދު ހަސަދަވެރިކަން އުފެދުނެވެ. ނަކީލް ފިޔަވަޅުތަކަށް ބާރުލައި ހިނގައިގަތީ ނަތީޤް ފާރިލްއާއި އެކީ ދާން ފެށުމުންނެވެ. ޖެނީމަތިން ނަކީލް ހަދާންވެސް ނެތްފަދައެވެ. ކުޑަކުދިންގެ ބަގީޗާއިން ނިކުމެގެން ނަކީލް ފާރިލްއާއި ނަތީޤްއަށް ފާރަލަމުން ފަހަތުން ދިޔައިރު ލޯމަތިން ނަތީޤް ގެއްލެން ބޭނުން ނުވާފަދައެވެ. ދެންމެ ފެނުނު ކުއްޖާއާއި ނަކީލްއާއި ކޮންމެވެސް ކަހަލަ ގުޅުމެއް ވާކަމަށް ހިތްބުނަމުން ދިޔައީ ކީއްވެކަމެއް ނަކީލްއަކަށް ނޭނގެއެވެ. ފާރިލް ނަތީޤް އުރާލައިގެން މަގުހުރަސްކޮށްފައި ގޮސް އަނެއްފަރާތުގައި އޮތް ކާރަށް އަރައި ސްޓާޓް ކޮށްލިތަން ބަލަން ނަކީލްއަަށް ހުރެވުނީއެވެ. ހިތުގައި ކޮންމެވެސް ވަރަކަށް ރިހުމެއް އެކުލެވިފައިވާ ފަދައެވެ.މިއީ ދިވެހި ކުއްޖެއްނަމަ އެހާ ނަކީލްއާއި ވައްތަރީ ކީއްވެހޭ ހިތަށް އަރަމުން ދިޔައެވެ. ފޮރުވިފައިވާ ހަޤީގަތެއް ވާކަން ނަކީލްގެ ސުކުނޑިން ސިގްނަލްއެއް ދޭން ބޭނުންވާފަދައެވެ. ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ކޮންމެވެސް ގޮތަކުން ހޯދަން ނަކީލް ބޭނުންވިއެވެ. އެކަމަކު މާލެއިން ވަކި ނަތީޤް ހޯދާނީވެސް ކިހިނެތް ހެއްޔެވެ. ނަކީލްއަށް ހޭވެރިކަންވީ ފަހަތުން މީހަކު ކޮޑުގައި އަތްބޭއްވުމުންނެވެ. ނަކީލް ފަހަތްބަލާލި އިރު ޖެނީ ހުރިތަން ފެނިފައި ހިނިތުންވެލިއެވެ. ޖެނީގެ ލޮލުން ފެންނަމުން ދިޔަ ކުލަވަރު ތަކުން ނަކީލްގެ ހިތަށް ކޮންމެވެސް ވަރަކަށް އުދަނގޫވިޔަސް އެއީ ދެންމެ ކަންތައް ކުރެވުނު ގޮތުންކަން ނަކީލްއަށް އެނގެެއެވެ.
“ސޮރީ..” ނަކީލް ޖެނީގެ އަތުގައި ހިފަމުން މަޑުމަޑުން ބުނެލީ ކުށްވެރިއަކު ފަދައިންނެވެ.
” އިޓް އޯކޭ… ޖެނީ ހީކުރީ ކީލް ދިޔައީ ކަމަށް…” ޖެނީ ނަކީލްއަށް ބަލާލަމުން ބުނެލިއެވެ. ނަކީލްގެ ހިތުގައި ޖެނީއާއި މެދު އެއްވެސް އެއްޗެއް ނުވާކަން އެނގޭއިރުވެސް ޖެނީ ނަކީލްދެކެ އިންތިހާއަށް ލޯބިވެެއެވެ. މިމަގާމުގައި ހުންނަން ލިބުނީތީވެސް ޖެނީ އެކަމާ ޝުކުރުކުރެއެވެ. ނަކީލް ޖެނީ އަތުގައި ހިފައިގެން ގެއަށް ދާން ހިގައިގަތެވެ.
……………………………………………………………………………..
ދުވަސްތަށް ފާއިތުވަމުންދިޔައީ ވަރަށްވެސް ހަލުއި މިނެއްގައެވެ. ނީލް އާއި ލިލީވެސް ރިސޯޓްގައި ހަފްތާ ހޭދަކުރުމަށް ފަހު މާލެ އައީ ނަކީލް އާއި ޖެނީގެ ކައިރިއަށެވެ. ނީލް އާއި ލިލީ ކޮރެއާއަށް އެއްދުވަސް ފަހުން ފުރަން ހަމަޖެހިފައިވާތީވެސްމެއެވެ. ނަކީލް ރާއްޖޭގައި މަޑުކޮށްލަން ބޭނުންވާކަމަށް ބުނުމުން ނީލް ކޮންމެވެސް ވަރަކަށް ހައިރާންވިއެެވެ. އެެއީ ކީއްކުރަން ތޯ ސުވާލުކުރުމުން ވަރަށް މުހިއްމު ކަމެއް ހަދާންވީ ކަމަށް ބުނެ ނަކީލް ކޮންމެވެސް ބަހަނާއެއް ދެއްކިއެވެ. އެއްގޮތަކަށްވެސް ހިތުގައި ވެރިވެފައިވާ ޝައްކުތަކުގެ ވާހަކަ ބުނެފިނަމަ ނީލް ހަމަޖެހުމުގެ ނޭވާއެއް ލާނީވެސް ނަކީލް އާއި އެކީ ކޮރެއާއަށް ދެވުމުން ކަމަށް އެނގޭތީއެވެ. ނަކީލް މަޑުކުރާ ވާހަކަ ބުނުމުން ޖެނީވެސް ނަކީލް ކައިރީ ހުންނާނެކަމަށް ބުންޏެވެ. އެހެންނަމަވެސް ޖެނީގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ނަކީލް ޖެނީގެ ފުރުމުގެ ކަންތައްވެސް ހަމަޖެއްސިއެވެ.
ނީލް މެން ފުރުވުމަށް ފަހު ނަކީލް ފެރީއަށް އަރައި ހަމަޖެހިލީ މާލެ ދިޔުމަށެވެ. ޖެނީމެން ފުރުމުން ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނުހެންް ނަކީލްއަށް ހީވިއެވެ. ނަތީޤް ހޯދުމަށް ވަކި ކުރަންވީ ކީއްކަމެއްވެސް ނަކީލްއަކަށް ނޭނގެއެވެ. އެންމެންގެ ތެރެއިން އެ ކުއްޖާ ހޯދާނީވެސް ވަކި ކިިހިނެތް ހެއްޔެވެ.؟ އެކަމަކު ހިތުގެ ކަނަކުން އެކުއްޖާއާއި ނަކީލްއާއި މެދު ކޮންމެވެސް ގުޅުމެއްވާކަމުގެ އިހްސާސް ނަކީލްއަށް ކުރެވެމުން ދިޔައެވެ. އެދުވަހަކަށް ފަހު ނަކީލްގެ ހިޔާލުތަކުގައި ވަނީ މުޅިންވެސް ނަތީޤްއެވެ. އެމައުސޫމް އަޑު ކަންފަތުގައި ގުގުމާފައިވާ ފަދައެވެ. ނަކީލްގެ ލޯ އެދެނީ އެންމެ ފަހަރުވެސް އެކުއްޖާފެނިލުމަށެވެ. އެއީ ކީއްވެ ކަމެއް ހުދު ނަކީލްއަކަށް ވެސް ނޭނގެއެވެ.
ނަކީލް ފެރީއިން ފޭބުމަށްފަހު ކާރަކަށް މަޑުނުކޮށް ހިނގާފައި ދިޔައީ ނަކީލް އުޅޭ ގެސްޓް ހައުސްއަށް ދެވޭތޯއެވެ. ހަވީރުގެ ވަގުތުކަމުން މަގުތަށް ފުރިބާރުވެފައި ވާތީ ނަކީލް ހިނގަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ.
ކައިވެނީގެ ތައްޔާރީތަކުގެ މަޝްވަރާކުރަން ފާރިލް މާޔާ މެން ގޭގައި ހުއްޓެވެ. ހަޕްތާއެއް ފަހުން ކައިވެނި ކުރަން ހަމަޖެހި ފޯމު ލާފައި ވުމުން ކުރަންޖެހޭ ބައިވަރުކަންތައް ހުރުމުންނެވެ.ގެއަށް ވެރިވެފައިވާ ހަލަބޮލި މާހައުލުގެ ސަބަބުން ނަތީޤްވެސް ހުންނަނީ ވަރަށް މަޖާވެފައެވެ. މާޔާއާއި ފާރިލްވެސް އެހާ ބޮޑު ޕާޓީއެއް ބާއްވަން ބޭނުމެއް ނޫނެވެ. ފާރިލްއަށް ސައިދޭން ވެގެން ހެދިކާ ގަނެގެން އަންނަން މާޔާގެ މަންމަ ބުނުމުން މާޔާ އަވަސްވެލީ އެކަން ކުރެވޭތޯއެވެ. ހެދިކާގެ ނަން އިވުމާއިއެކު ނަތީޤްވެސް އަވަސް އަވަހަށް ދުވެފައި އައިސް މާޔާގެ އަތުގައި ހިފީ ދާން ބޭނުންވާ ވަރުންނެވެ.
” އާދޭ މާމާ ދޫންޏާ… ތިހުރީ ބޫޓަށްވެސް ނާރައެއްނު… ހިނގާ އަވަހަށް ބޫޓުލައިގެން އަންނަން މާމަ އާއެކީ.. ދޯ..” އާރިފާ ނަތީޤް އެއަތުގައި ހިފައިގެން ދަން ހިނގައިތުމުންް ނަތީޤްވެސް އާރިފާގެ ފަހަތުން ދިޔައީ އަވަސް ކުރުމުގެ ބޭނުމުގައެވެ..
“މަންމީ … ވެއިޓް އިނގޭ..” ނަތީޤް މާޔާ އަށް ބަލާލަމުން ބުނެލި ގޮތުން މާޔާ ހީލިއެވެ.
ލޯމަތިން ނަތީޤް ގެއްލުމުން މާޔާ ދުވެފައި ބޭރަށް ގެއިން ބޭރަށް ނިކުތެވެ. އެހެންނަމަވެސް ނަސީބު ދެރަކަމުން މާޔާ ގޮސް ލައްވީ މަގުމަތިން ހިނގާފައި ދިޔަމީހެއްގެ ގައިގައެވެ. މާޔާ ވެއްޓެން ދިޔަނަމަވެސް އެމީހާގެ ހުށިޔާރުކަމުން މާޔާ ގައިގައި ހިފެހެއްޓިއެވެ.
” ސޮރީ…” ބިރުން ލޯ މަރައި ބާރުންކޮށްގެން ހުރި މާޔާ ލޯ ހުޅުވަމުން ސޮރީ އޭ ބުނެލިއެވެ . މާޔާ އެމީހާއަށް ބަލާލީ ހިނިތުންވުމެއް ރައްދުކުރުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ކުރިމަތީ ހުރި މީހާ ފެނިފައި މަޔާ ހުއްޓުނު ފަދައެވެ. ޖެހި ބުދެއްހެން ހަރަކާތެއްވެސް ގެންނަން ނޭނގީ މާޔާއަށް ހުރެވުނީ އެމީހާއަށް ބަލާށެވެ. ހަމަ އެމޫނެވެ. އެއްވެސް ތަފާތެއް އައިސްފައިނެތެވެ. އެހެންނަމަވެސް ކުރިއަށް ވުރެ ރީތިކަމަށް ދައްކައެވެ.މާޔާ ގެ ދެލޯ ކަރުނުން ފުރި ފުސްވާން ފެށިއެވެ. މާޔާ މިހުރިހައި ދުވަހު އިންތިޒާރުކުރި މީހާ މިގޮތަށް ބައްދަލުވެދާނެކަމަކަށް މާޔާހިޔެއް ނުކުރެއެވެ.
” ކީލް…” މާޔާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ.އެއާއި އެކު މާޔާގެ ލޮލޮަށް ޖަމާވެފައިވާ ކަރުނަތަށް އޭނގެ މަގާމު ދޫކޮށް މިނިވަންކަމާއި އެކީ ފޭބިއެވެ.
ނަކީލްއަށް ވެސް މާޔާ ކުއްލިއަކަށް ފެނުމުން ވީ ހަމަ އެކަހަލަ ގޮތެކެވެ. މާޔާއަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ލާފައިވާ ކަޅުުކުލައިގެ އަބާޔާ ހެދުމުގައި މާޔާ ފެންނަލެއް ކިތަންެމެ ހާވެސް ފުރިހަމައެވެ. ކުޑަކޮށް ފަލަވެފައި ހުރުމުން މާޔާގެ ކުރިއަށް ވުރެވެސް ރީތިކަމުގައި ނަކީލް އަށް ޤަބޫލުކުރެވެނެވެ. ހިތާހިތުން މާޔާގެ ރީތި ކަމަަށް ތައުރީފް ކުރެވެމުން ދިޔައެވެ.ވަށައިގެންވާ މާހައުލުގައި އެއްވެސް މީހަކު ނެތް ފަދައެވެ. މާޔާގެ ލޮލަަށް ޖަމާވެފައިވާ ކަރުނަ ފެނުމުން ނަކީލްގެ ހިތަށް ވަރަށް ވެސް އުދަނގޫ ކުރުވިއެވެ. އެކަރުނަތަށް ފޮހެދޭން ވެސް ބޭނުންވިއެވެ. މާޔާއާއި ދިމާލަށް ބޭއިހްތިޔާރުގައި އަތް ދިއްކޮށްލެވުނީ ދެން ނުރޯށޭ ބުނާ ފަދަ ގޮތަކަށެވެ. އެހެން ނަމަވެސް މާޔާގެ ކަރުނަތަށް ފޮހެދިނުމުގެ އެއްވެސް ހައްޤެއް ނަކީލްގެ ނެތްކަން އެނގުމުން އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުވިއެވެ. މާޔާއަށްޓަކައި ކިހައި ދިގު އިންތިޒާރެއް ކުރިން ހެއްޔެވެ.
ނަކީލް ފަސްދީ ދާން ހިނގައިގަތެވެ. އެހެންނަމަވެސް ނަކީލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މާޔާ ނަކީލްގެ އަތުގައި ހިފުމުންނެވެ. ނަކީލް މާޔާއަށް ބަލާލީ އެރު މާޔާގެ ނަޒަރުވެސް ހުއްޓިފައި ވަނީ ނަކީލްއަށެވެ.
“ދަނީތަ… ހާލުވެސް ބަލާނުލާނަންތަ..؟” މާޔާ ގެ އަޑުގައިވާ އެކުލެވިގެންވާ މޮޅިވެރިކަމުން ނަކީލްގެ ހިތަށް އުދަނގޫ ކުރަމުންދިޔައެވެ.
” ފެންނާކަންނު ތިހުރީ… ދެން އެނގޭނެ އެއްނު..” ނަކީލް ޖަވާބު ދިނުމުގައި ހުރި ރުންކުރު ގޮތުން ހުދު ނަކީލްވެސް ހައިރާންވިއެވެ. ނަކީލް މާޔާގެ އަތް ނެއްޓުވުމަށް ފަހު ދާން ހިނގައިގަތެވެ.
” އައި ލަވް ޔޫ ކީލް… ކީއްވެ ؟ ” މާޔާ އަށް ބުނެވުނީ މިހާ ހިސާބަށެވެ. މާޔާ މިހެން ބުނި އަޑު ރީތި ކޮށްވެސް ނަކީލްއަށް އަޑިއިވުނެވެ.ލޯމަރައި ހިންދުރުވައިލެވުނީ ހިތަށް ކުރަމުން ދިޔަ ހިތްދަތި އަސަރެއްގެ ބޮޑުކަމުންނެވެ.
“މަންމީ… ކޮއްކީ ބަހައްޓާފަތަ ދާން ދޯ ތިދަނީ..” މާޔާ ހޯދަން ދުވެފައި ނިކުތް ނަތީޤް މާޔާގެ ފައުގަައި އޮޅުލައިގަތެވެ. މާޔާ އަވަސް އަވަހަށް ކަރުނަތަށް ފޮހުމަށްފަހު ނަތީޤް އުރާލިއެވެ.
“މަންމިގެ ޕްރިންސް ބަހައްޓާފަ މަންމި ދާނެތަ…” މާޔާ ހީލަމުން ބުނެލިއެވެ.
” ބެސްޓް މަންމީ..” ނަތީޤް މާޔާގެ ކޮލަށް ވަރަށް ލޯބިން ދޮނެއް ދިނެވެ. ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
ދުރުގައި ބަލަހައްޓައިގެން ހުރި ނަކީލްއަށް ދެންމެ ދެކެވުނު ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ނަކީލް އަށް ހީވީ ފައިދަށުން ބިންގަޑު ދެމިގެން ދިޔަހެންނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ނަކީލްއަށް ހުރެވުނީއެވެ. ނަތީޤް މާޔާއަށް މަންމަ އޭ ކިޔާނީ ކީއްވެހެއްޔެވެ.އެއީ މާޔާގެ ދަރިއެއް ހެއްޔެވެ. ނަކީލްއާއި ނަތީޤް އެހާ ވައްތަރުވީ ސަބަބު ނަކީލްއަށް ވިސްނުނީ އަދިކިރިޔާއެވެ. އެއީ ނަކީލްގެ ދަރިއެއް ހެއްޔެވެ. އެހެންވީއިރު މިހުރިހާ ދުވަސް ވީއިރު މާޔާ އެކަން ސިއްރު ކުރީ ކީއްވެ ހެއްޔެވެ.މިހައި ބޮޑު އޮޅުވާލުމެއްގެ ތެރޭ ނަކީލް ބެހެއްޓީތީ ދުވަހަކުވެސް މާޔާއަށް މާފެއް ނުކުރާނެއެވެ. އަމިއްލަ ދަރިފުޅާއި ދުރުގައި އެހާ ދުވަސް ބެހެއްޓީތީ ނަކީލްގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު އާލާވިއެވެ. މާޒީގައި މާޔާކުރި ކޮންމެކަމަށް އަޅާނުލާ ހުއްޓެއްކަމަކު މިއީ މާފު ދެވޭނެ ވަރުގެ ކަމަކަށް ނުވިއެވެ.
ނަކީލް ފެނުނު ފަހުން މާޔާގެ މިޒާޖަށް ވަނީ ވަރަށްވެސް ބޮޑު ބަދަލެއް އައިސްފައެވެ. އެދުވަހު ފެނުމުންވެސް އެހާ ބީރައްޓެހިކޮށް ކަންތައްކުރީ ތީ ހިތުގައިވާ ޒަަހަމުތަށް ތާޒާވެފައިވާފަދައެވެ. ނަކީލް އަދިވެސް މާޔާދެކެ ރުޅިއަންނަ ކަން އެނގުމުން ދެރަވީއެވެ. ކައިވެންޏަށްފަސްދުވަހަށް ވެފައިވާއިރު މާޔާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ފާރިލްއާއި މިކައިވެނި ކޮށްފިނަމަ މާޔާއަށް ނަކީލް މުޅިއުމުރަށް ގެއްލުނީއެވެ. އެކަމަކުވެސް ދެން ކައިވެންޏަށް އިންކާރުކުރާނީވެސް ކިހިނެތްހެއްޔެވެ. ފާރިލް ކައިރީ ކައިވެންޏަށް އެދުނީ ވެސް ހުދު މާޔާއެވެ. މީއީ މާޔާއަށް އެންމް ރަގަޅުގޮތް ކަމަށް ވިސްނެމުންދިޔައެވެ.
އާދައިގެމަތިން ހަވީރު ޑިއުޓީ ނިންމުމަށް ފަހު މާޔާ ގެއަށް އައި އިރު ނަތީޤް ފެންނަން ނެތުމުން މަންމައާއި އެކީ ބޭރަށް ދިޔައީ ކަމަށް ހީކޮށް ފެންވަރައި ތާޒާވެލިއެވެ. މާޔާ ސިޓިން ރޫމަށް ނިކުތް އިރު އާރިފާ އިންތަން ފެނިފައި މާޔާ ކުޑަކޮށް ނުތަނަވަސްވިއެވެ.
” މަންމާ … ކޮބާ ނަތިއްކޮ…” އާރިފާ ކައިރިން މާޔާ ސުވާލުކޮށްލިއެވެ.
” ފާރިލް އާއި އެއްކޮށް އައިސްކްރީމް ބޯން ދިޔައީ … އިރުކޮޅެއް ވެދާނ…” އާރިފާ މާ ބޮޑު ކަމަކަށް ނަހަދައި ބުނެލީ ރޭގައި އައިސްކްރީމް ބޯން ގެންދާނެކަމަށް ނަތީޤް ކައިރީ ފާރިލް ބުނުމުންނެވެ.
” ފާރިލް އާ އެއްކޮށް ކިހިނެތް ދާނީ… ދެންމެ މާއި ލާފަ އެ ދިޔައީ …” މާޔާ ގެ ހިތް ބިރުގަންނަށް ފެށިއެވެ. އަވަަސް އަވަހަށް ފޯނު ނެގުމަށް ފަހު ފާރިލްއަށް ގުޅާލީ ޔަޤީން ކުރަންބޭނުންވާތީއެވެ. އެހެން ނަމަވެސް އެކޮޅުން ލިބުނު ޖަވާބަކީ މާޔާ އަޑުއަހަން ބޭނުން ވި ޖަވާބެއް ނޫނެވެ. މާޔާ ރޯން ފެށުމުން ފާރިލްވެސް ކަންބޮޑުވިއެވެ. އަވަސް އަވަހަށް މާޔާ މެން ގެއަށް އެބަދަން ކަމަށް ބުނެ ފޯނު ބޭއްވިއެވެ.
މާޔާ ފޯނު ބޭއްވިތާ މާގިން އިރެއް ނުވަނީސް މާޔާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަންފެށިއެވެ. މާޔާ އަވަސް އަވަހަށް ފޯނު ޗެކްކޮށްލި އިރު ގުޅަނީ ދިރާގު ނަންބަރަކުންނެވެ. މާޔާ ފޯން ނެނގުމަށްފަހު ކަންފަތުގައި ޖެހީ ހިތް ތެޅިތެޅިއޮތް ހާލުގައެވެ. އެކޮޅުން އިވެމުން ދިޔައީ ނތީޤްގެ ހުނުމުގެ އަޑެވެ. މާޔާ ނަތީޤް އަށް ދެތިން ފަހަރަކު ގޮވާލުމުންވެސް ނަތީޤްގެ ޖަވާބެއް ނާދެއެވެ.
” އެންމެ މިނެޓަކަށްވެސް ދަރިފުޅާއި ދުރުގައި ހުންނަން ޖެހުމުން ކުރެވޭ އިހްސާސްތަށް މިހާރު އިގިއްޖެދޯ މާޔާއަށް…” އެކޮޅުން އިވުނީ ނަކީލްގެ އަޑެވެ.
” އަހަރެން ދަރިއަކު ދުނިޔޭގައި ހުރިކަން އަންގާވެސްނުލާ ފޮރުވަައިގެން އުޅުނު އިރު ހިތަށް އެރިތަ އެއްފަހަރުވެސް އަހަންނަށް ކުރެވޭނެ އިހްސާސްތަށް…ތިން އަހަރު ވަންދެން … ތިން އަހަރު އެއީ ކިހާ ދުވަހެއްކަން އެނގޭތަ… ބައްޕަޔަކު ދަރިއަކާ ދުރުގައި ބަހައްޓަަން..” ނަކީލްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.އެެހެންނަމަވެސް ނަތީޤް ކައިރީގައި ޓީވީ ބަލައިގެން އިނުމުން ވާހަކަ ދައްކަމުން ދިޔައީ މަޑުންނެވެ.
” ނަކީލް ..ޕްލީޒް..ޑޯންޓް އިންވޯލްވް ހިމް އިން ދިސް…ޕްލީޒް… ” މާޔާ ތުރު ތުރު ލަމުން ދިޔަ އަޑަކުން ވާހަކަ ދައްކަމުންްދިޔައިރު ހިތުގައި ވަނީ ނޭނގޭ ބިރުވެރިކަމެއް އުފެދިފައެވެ. ނަކީލް ރުޅިއައިސްފި ނަމަ ކޮންމެ ފަދަ ކަމެއް ކޮށްފާނެކަން މާޔާ ދަނެއެވެ. މާޔާގެ ދުލުން ނާކީލް އޭ ބުނި އަޑު އިވުމުން އާރިފާއަށް ވެސް ލިބުނީ ހައިރާންކަމެކެވެ.
” އަޑުއަހާ މާޔާ… އަހަރެން ދަރިފުޅާ ތިން އަހަރު ދުރުގައި ހުރިގޮތަށް ދެން މާޔާވެސް ތައްޔާރުވޭ … އަހަރެންގެ ދަރިއެއް މާޔާގެ ހުރިކަން މާޔާ ހަދާން ނައްތާލާ… އަހަރެން މިކޮޅުން ފުރާނީ ނަތީޤް ގޮވައިގެން… މިހާރުވެސް އަހަރެން އިންނާނީ އެކޮޅަށް މައްސަލަ ޖައްސާފަ ނަތީޤްގެ ކަސްޓަޑީ ހޯދަން… މާޔާ މިކޮޅުން ކޮތަންމެ މަސައްކަތެއް ކުރިއަސް ނަތީޤްއެއް ނުލިބޭނެ ދެނެއެއް… އެވާނީ ބޭކާރުކަމަކަށް..” ނަކީލް ފޯނު ބާއްވަމުން ނަތީޤް އަށް ބަލާލިއެވެ. އަދި އެބޮލުގައި ފިރުމާލީ ލޯތްބާއި އެކީގައެވެ.
“ހަލޯ..ހަލޯ…” މާޔާ މޮޔައަކު ފަދައިން ކިޔަމުންދިޔައެވެ. ދޮރުން ވަދެެގެން އައި ފާރިލް ފެނުމުން މާޔާދުވެފައިގޮސް ފާރިލްގެ ގައިގައި ބައްދައިގަތެވެ. މާޔާ ރޮމުން ދާތަން ފެނުމުން ފާރިލްއަށް އަދިވެސް ނަތީޤް ގެއަށް ނާންނަ ކަން އެނގުނެވެ.
” ފާރިލް… ޕްލީޒް…އަހަރެންގެ ދަރިފުޅު… އަހަރެންގެ ދަރިފުޅު..” މާޔާއަށް ރޮވޭ ވަރުން ވާހަކަ ކުރިއަށް ގެންދެވޭ ވަރެއް ނުވިއެވެ. ފާރިލް މާޔާގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔައީ ހަމަޖެހޭށޭ ބުނަމުންނެވެ.
” ކިހިނެތް ހަމަޖެހެނީ.. ހެޔޮ ނުވާނެ… ޕްލީޒް..ދުވަހަކުވެސް އަހަރެން ދެކެލޯބި ވިއްޔާ އަހަރެންގެ ދަރިފުޅު ގެނެސްދީ… ނަތިއްކޮ އަކާއި ނުލާއިއަހަންނަކަށް ނޫޅެވޭނެ… އާދޭސް ކޮށްފަ ފާރިލް..” މާޔާ ރޯވަރުން ކިޔާ އެއްޗެހި އެހާ ސާފެއް ނޫނެވެ.
ފާރިލްގޮސް މާޔާ ސޯފާގައި ބޭންދިއެވެ. މާޔާ ރޯވަރުން އާރިފާވެސް ހުރީ ވަރަށް ކަންބޯޑުވެފައެވެ.
” ނަކީލް… ނަކީލް ގެންގޮސްފި … އެނގިއްޖެ ހުރިހާ އެއޗެއްވެސް… އަހަރެންގެ ދަރިފުޅު އަހަންނަށް ހޯދައިދީ ފާރިލް… އާދޭސްކޮށްފަ… ” މާޔާގެ ނަކީލްގެ ވާހަކަ ދެއްކުމުން ފާރިލް ހައިރާންވިއެވެ. ހިތުގައި އެތަށް ސުވާލުތަށް އުފެދުނެވެ. ފާރިލް ސުވާލުކުރުމުން މާޔާ ހުރިހާ ވާހަކައެއްވެސް ކިޔައިދިނެވެ. އިރުކޮޅަކުން މާޔާގެ ފޯނު އަނެއްކާވެސް ރިންގް ވާން ފެށިއެވެ.ގުޅަނީ ނަކީލްގެ ނަންބަރުންނެވެ.
ފާރިލް ފޯން ނަގައި ކަންފަތުގައި ޖެހުމުން ނަކީލް ވާހަކަދައްކަން ފެއްޓިއެވެ. އެކޮޅުން ވާހަކަ ދައްކަނީ ފާރިލްކަން އެނގުމުން ނަކީލްގެ މޫނުމައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. ނަކީލް ފާރިލްކައިރީ މިރޭ އަށެއްޖަހާއިރު އާޓިފިޝަލް ބީޗްއަށް އައުމަށް ބުނަމުން ފޯނު ބޭއްވިއެވެ.
ނަކީލްގެ އިންތިޒާރުގައ ިފާރިލް ހުރި އިރު މީހާ މޫނުމަތިން ރުޅިވެރިކަން ހާމަވާން ހުއްޓެވެ.
” ސޯ..ވެއިޓިން ފޯ ސޯ ލޯންގް… ނައިސް ޓު މީޓް ޔޫ އަފްޓަރ އަ ލޯންގް ޓައިމް..” ފަހަތުން އިވިގެން ދިޔައީ ނަކީލްގެ އަޑެވެ. ސްކީނީގެ ޖީބަށް އަތްޖަހާލައިގެން ހުރިއިރު އެމޫނު މަތިން ފެންނަމުން ދިޔައީ ފަތަހައިގެ ކުލަވަރެވެ.
” ކޮބާ ނަތީޤް..” ފާރިލް ސުވާލުކޮށްލިއެވެ.
” ހެހެހެހެ..” ނަކީލް ހޭން ފެށުމުން ފާރިލް ރުޅި ކޮންޓްރޯލް ނުކުރެވުނެވެ. އަތަށް ލެވުނު ހާބާރެއް ލުމަށށް ފަހު ނަކީލްގެ މޫނުގައި ޖެހިއެވެ.
“ކޮބާހޭ ނަތީޤް…ކަލޭ ބީރުތަ… އިހަކަށް ދުވަހުތަ ބަފައި ކަމުގެ ލޯބި ޖެހިގެން ތިއުޅެނީ… މިއޮތް ހުރިހާ ދުވަހު ބެލިންތަ ނަތީޤް ދުނިޔޭގައި ހުރިތީޯވެސް..” ނަކީލްގެ ގަމީހުގެ ގިރުވާނުގައި ހިފާމުން ބުނެލިއިރު ފާރިލް ރުޅިން ތުރުތުރުއަޅަމުން ދިޔައެވެ.
ނަކީލް ވަރަށް ހަމަޖެހިފައި ފާރިލްގެ އަތް ނެއްޓުވިއެވެ. ” ކުރިން މީހަކު ބުނިތަ އަހަރެންގެ ދަރިއެއް ހުރި ވާހަކަ…” ނަކީލް ވާހަކަ ދައްކަމުން ދިޔައެވެ. “މީގެ ކުރިންވެސް މާޔާ އަހަންނާއި ދުރުކުރި މީހަކީ ތީ.. ކަލޭމެން ދެމީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްގެން ނޫންތަ މިއޮތް ހުރިހާ ދުވަހަކު ހުރީ… ދެން އަހަރެން ދަރިފުޅާއި ކޮންމެހެން ދުރުކުރުވަން އުޅޭނެ ކަމެއް ނެތް…” ނަކީލް ހިނިގަނޑެއް ޖަހާލިއެވެ.
” އޯ މައި ގޯޑް… ހައު ކުޑް އައި ފޮގެޓް ދިސް…ކްންގްރާ ފާރިލް… ޔޫ އަރ ގެޓިން މެރިޑް ޓުމަައި އެކްސް ވަައިޕް..” މާލާމާތުގެ ރާގަކަށް ވާހަކަ ދައްކަމުން ނަކީލް ދިޔައެވެ.
” ސޯ ވަޓް.. ޖެލަސްވީތަ..” ފާރިލް ލޯހަނިކޯށްލަމުން ބުނެލިއެވެ.
“ސޯ … ކިހާ ލޯތްބެއް ވޭބާ މާޔާ ދެކެ… ތި ކައިވެނި ހުއްޓާލާ… މާާޔާގެެ ހަޔާތުން ދުރަށްދޭ… ” ނަކީލް އަމުރު ވެރި ރާގެއްގައި ބުނެލިއެވެ.
” އެސް އިފް އައި ހޭވް ޓު ލިސެން ޓު ޔުއަރ ރަބިޝް..” ފާރިލް ގެއަަށް ދާން ހިގައިގަތެވެ. ނަކީލްއާއި ވާހަކަ ދައްކައިގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެކަން އެނގޭތީއެވެ.
” އެހެން ވިއްޔާ މާޔާ ކައިރީ ބުނޭ ދަރިފުޅުމަތިން ހަދާން ނައްތާލާށޭ…. ” ނަކީލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ފާރިލް ނަކީލްއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.
” އިފް ޔޫ ސްޓޭ އަވޭ ފްރޮމް ހާ އައި ވިލް ލެޓް މާޔަ ބީ ވިތް ނަތީޤް..” ބަސްތަކަށް ބާރުލަމުން ނަކީލް ބުނިލިއިރު މޫނުމަތިން ފެންނަމުން ދިޔައީ ފަތަހައިގެ ކުލަވަރެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Mivaaahakaige inthizaaaruga mioh hurihaaa iru myny.thanks.story vrh salhi..next part kn irakuntha????
writer varah masakai kuraanan next part wednesdayga genesdheveytho… if not saturday… mi week ga dhefaharu upload mikohdhiny midhiya hafthaa ga upload nukureveythy aa ehkoh…. aslu v bxy koh ulhemun ves vaahaka liyamun gendhany mikan kuraa hiyavaaleh bodukamun…. thank you all readers …keep reading
Thankyou writer……..appreciate your work……
Story v nice…
REQUSET ENGLISH THANTHANKOLU NULUMAH..V ODD
Whn will u update 5 part of tha story… cnt wait to read it…
Whats gonna happen next.. waiting 4 the 5th part.. mi bai v v v v salhi.. avahah up kohddhehcchey
vvvv salhi… mi sat ga up nukuran tha.. haadha kiyaalaa hiyy veyey
Conirakuntha next part up koladeynee
Koba writer haada dhigu inthizaarekey thi kuruvany… waitinnngggggggg…… 🙁