Skip to content
އެސްފިޔަ

ލޯބީގެ ވާރޭ.. 2ވަނަ ބައި

 

             ކުރަހާނެތަނަކާމެދު ވިސްނަމުން މަޑު ހިނގުމެއްގައި ގޮސް ކުޑަދޮރުކައިރީގައި މާހީ ހުއްޓިލައިގެންހުރެ ކެންޕަސްގެ ޕާކާދިމާލަށް ނަޒަރުހިންގާލީ ކުރާހާލާނެ މަންޒަރެއްގެ ގޮތުގައި އެތަން ސިފަކުރަމުންނެވެ. ކުއްލިއަކަށް މާހީގެ ނަޒަރު ހުއްޓުނީ ހަމަހިމޭން ކަމުގެ އެ ހިތްގައިމު މާޙައުލަށް އާރޯކަން ގެނެސްދެމުންދިޔަ ދެ އަންހެން ކުދިންގެ ގްރޫޕަށެވެ.މޭޒުމަތީގައި އަތުރާލެވިފައިވާ ފޮތްތަކުން މުހިންމު ފިލާވަޅެއްގެ މަސައްކަތެއް ކުރަމުންދާކަންއެނގެއެވެެ.އެތަނުން އެއްކުއްޖަކީ މާހީގެ ބޮޑުދައިތަމެންގޭ ސާޝާ ކަންއެނގުނެވެ.އެހެންނަމަވެސް މާހީގެ ސަމާލުކަން ދެވުނީ ސާޝާ ގާތުގައި އިށީނދެގެންއިން ހަނދެއް ފަދަ އަންހެންކުއްޖާާާއާ ދިމާލަށެވެ.މީގެ ކުރިން މާހީ އަކަށް އެކުއްޖާފެނިފައެއްވެސް ނުވެއެވެ. ގަލަމުގެ ކޮޅު ތުންފަތުގެ ވަކިހިސާބެއްގައި ޖައްސައިގެން އިން މައުސޫމު ގޮތުން ފުން ވިސްނުމެއްގައި އިންކަން ދޭހަވެއެވެ. އެ އަންހެން ކުއްޖާގެ ތުންފަތް މައްޗަށް ވެރިވަމުންދާ މަސްތީ ލުއިލުއި ހިނިތުންވުމުން ބަލާމީހަކަށް އޭނާގެ ސާދާ މިޒާޖު ދެނެގަނެވޭކަހަލައެވެ.އިސާހިތަކު މަސްތުންފުރިގެންވާ އެ ސޫރައަށް ހިތްލެބެންފެށުނެވެ. ފުންޚިޔާލެއްގެތެރެއަށް ގެެެއްލި މާހީ ކުރަންއުޅުނުކަންތައްމަތިންވެސް ހަނދާންނެތުނީއެވެ.

            ދޮންކަމުގެ މާނައިގެވެސް މިސާލެއްޖެހޭނެ ފަދަ ހިތްގައިމުކަމުގެ ކުލަވަރެކެވެ. ކޯތާފަތްމައްޗަށް ފެތުރިގެން އަތްގަދަކޮށްފައިވާ ކަޅުކަން ގަދަ އިސްތަށިގަނޑު ޖެހެމުންދަވަޔާއެކު އޭގެ ޒާތުގަ ކިޔަމަންނުވެ ވިހުރިލާއިރަށް އިރުއިރު ކޮޅާ ކަންފަތްމައްޗަށް އެއްފަރާތް ކޮށްލާތަން ބަލަން މާހީއަށް ހުރެވުނީއެވެ. މާހީގެ ހިތަށް ވެރިވަމުންދިޔައީ މީގެ ކުރިން އޭނާއަށް ދުވަހަކު ކުރެވިފައިނުވާ ތަފާތު އިހުސާސްތަކެކެވެ.  އޭނާއަށް މީގެ ކުރިން މިކަހަލަ އަޖައިބުކުރުވަނިވި އިހުސާސެއް ވެވިފައެއްނެތެވެ. ފަޅިސިކުންތެއްގެތެރޭގައި މާހީގެހިތުތެރޭގައި އެ ސޫރަ ބިންވަޅުނެގި ކުރެހުނެވެ. އެ ހިތްގައިމު ސޫރައަށް ބަލަން މާހީއަށް     ހުރެވުނީ ކިހާވަގުތެއްވަންދެންކަމެއްވެސް ނޭނގެއެވެެ. އާޝޯހުވުމުގެ ފުން ޚިޔާލުން ހޭވެރިކަންލިބުނީ ބަލަމުންދިޔަ އެމަންޒަރުގެ ރީތިކަން ފަނޑުވެ ފަޅުކަން އިހުސާސް ކުރެވެން ފެށުމުންނެވެ. އާއެކެވެ!އެ މައުސޫމު އަންހެންކުއްޖާ ތެދުވެގެން މަޑުފިޔަވަޅުގައިި ދާންހިނގައިގަތުމުންނެވެ. މާހީ ބޭނުންވީ ހަމައެވަގުތު އެކުއްޖާ އާއި ބައްދަލުކޮށް ވާހަކަ ދައްކާލާށެވެ. އެނިޔަތުގައި ކްލާހުންނިކުމެގެން މާހީ ދުއްވައިގަތީ އެ އަންހެން ކުއްޖާއާދިމާލަށެވެ.

           މަޑުހިނގުމެއްގައި އެކުއްޖާ ހިނގަމުން އެ އަންނަނީ މާހީގެ ކުރިމައްޗަށްވާ ގޮތަށް މާހީއާ ދިމާލާށެވެ. އެ އަންހެން ކުއްޖާ މާހީއާ ދިމާލަށްވާ ގޮތަށް އަންނަ ކަމުގެ އިހުސާސް ވުމާއެކު މާހީގެ       ދުވުން ހުއްޓާލެވުނީ ހިތްބާރަށް ތެޅެންފެށި މީހާ ފިނިވާން ފެށުމުންނެވެ.މާހީ ލަދުގަތީއެވެ.ޖެހިލުންވަނީއެވެ.  ނަމަވެސް ބައްދަލުކޮށް ވާހަކަ ދައްކާލާހިތުންހުރިވަރުން ނަފްސުގެ ފިނޑިކަމަށްވުރެ ކެރުން އިސްކޮށްލިއެވެ.  އެއްވެސް މީހަކަށް ނޭނގޭނެ ފަދައަކުން އެހެން ދިމާލަކަށް ބަލަމުން މާހީ ހިނގައިގަތީ އާދައިގެ ވަރަށްވުރެ ބާރަށެވެ. މާހީއަށް ވެފަހުރިވަރުން މާބޮޑަށް ނުބަލައި ދާން ހަދައިގެން އެންމެފަހުން އެ އަންހެން ކުއްޖާގައިގައި ލައިގަތީއެވެ.  މާހީ ގޮސް ޖެހުނުލެއް ބާރުކަމުން އެ ކުއްޖާގެ އަތުގައިހުރި ފޮތްތައް ބިންމަށްޗަށް ވެއްޓުނީއެވެ. މާހީއާ ދިމާލަށް ބަލާވެސްނުލާ އެކުއްޖާ ތިރިވެ އިށީނީ ފޮތްތައް ނަގާށެވެ.މާހީވެސް މަޑުމަޑުން ތިރިވެ ފޮތްތައް ނަގަންފެށިއެވެ. ނަމަވެސް އެކަމަށްވުރެ ބޮޑަށް އެނާގެ ނަފްސު ބޭނުންވީ  އެ ސޫރައަށް ކައިރިން ބަލާލާށެވެ. ހިތް އެދިގޮވަމުން ދިޔައީ ވާހަކަ ދައްކާލާށެވެ. ނަމަވެސް މާހީއަށް   ބުނެވުނީ “ސޮރީ” އެކަންޏެވެ.  އަޑު ބޭރުވީ ވެސް ވަަރަށް ހިތްވަރުންނެވެ.އަޑު ބެދުނީއެވެ.  މާހީ ފިނިވީއެވެ.  ބޭއިޚްތިޔާރުގައި ބަލަހައްޓައިގެން އިނދެވުނީއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިސްއުފުލާލުމެއްވެސްނެތި ފޮތްނަގައިގެން އެކުއްޖާ ދާން ހިނގައިގަތުމުންް މާހީއަށް ބަލާލެވުނީ އޭނާ އަތުގައި ނެގިފައި ނުދެވި އޮތް ފޮތަށެވެ. ގޮވާކަށްނުކެރި  މާހީއަށްޖެހުުނީ އެކުއްޖާ ގޮސް މާހީގެ ލޮލުކޮޅުން ގެއްލެންދެން ބަލަހައްޓައިގެން ހުންނާށެވެ.

          އެރޭ މާހީ އަކަށް ނުވެސް ނިދުނެވެ.ރޭގަނޑުގެ އަރާމު ނިދިން މަޙުރޫމް ކުރުވީ މަސްތުންފުރިގެންވާ އެމޫނުގެ ތަސްވީރުން ކުރުވާ އުނދަގޫތަކަށް ވިސްނުމަށް  މާހީގެ ސިކުނޑި އަރާމެއްނުދީ ހުށަހަޅާތީއެވެ. އެފަދަ ހާލެއްގައި މާހީއަށް އެރޭ ނިދުނީ ކިހާއިރަކުކަމެއް ނޭނގެއެވެ.އެހެނަސް ހިތުގަވާ އެދުން އިސްކުރުވީ މާހީ ހެނދުނުހެނދުނާ ހޭލުމަށެވެ.ހެނދުނުގެ ވަގުތެވެ. މިއަދު މާހީގެ އަމަލުތައް  އެހެންދުވަސްތަކާ ޚިލާފެވެ. ހަރާކަތްތައް އަވަހެވެ. މާއިރާ ހޭލައިގެންވެސް ތެޅިފޮޅިގަނެގެން ތައްޔާރުވާއިރު ހީވަނީ ގަޑިޖެހިދާނެތީ އުޅޭހެންނެވެ. ކަމަކަށް މާބޮޑަށް ހިތުލައިގެން އުޅެންޏާ އެކަމަކަށް ގޮސް ހުސްވާން އަވަހަށް  ބޭނުންވާނެކަމީ އިންސަނީ ޠަބީޢަތްކަމުން މާހީއަށްވެސް ވީ އެހެންނެވެ. ސައިބޯން މޭޒުދޮށުގައި އިށީނުމާއެކު މާހީ އަށް ބަލާލެވުނީ ގަޑިއާދިމާލަށެވެ. ގަޑިން އަދިކިރިޔާ 7 ޖަހަނީއެވެ. ވަގުތުގެ ދިގުކަމާއޭ ހިތަށްއަރަމުންދާޙާލު މަޑުހިނގުމެއްގައި މަގުގެ އެއްފަރާތުން ކޮލެޖާ ދިމާލަށް މާހީ މިސްރާބުޖެހިއެވެ. މަގުމަތީގެ ހަލަބޮލިކަމުގެ އިހުސާސެއް މާހީ އަށް ނުވާކަހަލައެވެ. ޖެހޭ ފިނިވައިރޯޅިތަކުގެ އިހުސާސް      ގަސްތަކުގެ ހެލިލުމުން ފާހަނގަ ކުރެވުނަސް އަފަދަ ފިނިކަމުގެ އިހުސާސެއް މާހީއަށް ނުވާކަހަލައެވެ. މާހީގެ ސިކުނޑީގައި އަދިވެސްވަނީ ގޮތްނޭގޭ އެ އަންހެންކުއްޖާގެ ސޫރައެވެ. މާހީއަށް އިންތިޒާރުކުރެވެނީ    ހިތުގެ ސޫރަފަދަ ގޮތްނެނގޭ އަންހެންކުއްޖާއާ ބައްދަލުވާނެ އިރަކަށެވެ.

             ކޮލެޖުގެ ހަލަބޮލި މާހައުލުތެރެއަށް ވަދެވުނުއިރުވެސް މާހީ އަށް އެކަމެއް އިހުސާސް ނުކުރެވޭކަހަލައެވެ. ޕާކުތެރޭގައި ހުރި ގޮނޑީގައި މާހީ އިށީނދެގެން އިންއިރު މޫނުމައްޗަށް އިރުގެ ދޯދިތައް   ހުއްޓެވެ. އެހެނަސްު ހޫނުކަމުގެ އިހުސާސެއްނުވާ ކަހަލަ ގޮތަކަށް އިށީނދެގެން އިންގޮތުން ހީވަނީ މީހަކު މާހީއަށް އަދަބެއްދީފައި އިންހެނެވެ. މާހީ އަށް ހޭވެރިކަމެއް ލިބުނީ ސާޝާ އައިސް މާހީގެ ކުރިމަތީގައިހުރެ އަތް ހޫރާލުމުންނެވެ. އަވަސްއަވަހަށް މާހީ މޫނުގެ ކުލަވަރު ބަދަލުކޮށްލުމަށްފަހު ސާޝާއަށް ބަލާލަމުންހީލިެއެވެ. “މާހީ ކިހިނެއްވެފަ؟” އެއްވެސް ޖެހިލުމެއްނެތި ސާޝާ ސުވާލުކޮށްލީ މާހީއަށް ވެފަހުރިގޮތެއް އޮޅުންފިލުވުމުގެ ބޭނުމުގައެވެ.”ކަމެއް ނުވޭ ހަމަ އިނީ ސާޝް ކްލާހަށް ނުދަނީތައް؟”މާހީ އެއް ފައްޗަކަށް ޖަވާބު އަމުނާލީ މޫނުމަތީގައިވާ ކުލަވަރު ސާޝާ އަށް ފޮރުވުމަށެވެ. އެހެނަސް އެއަށްވުރެ ސާޝާ މާ ހުށިޔާރެވެ.”މާހީ އަށް ސާބަސް ހަމަ.މާހީ މިއަދު އޯކޭތަ އަނެއްކާ!!ކްލާސްތައް ފެށިގެންއުޅޭތާ ކޮންއިރެއް މިހާރު. ސާޝް ވެސް މި ނިކުތީ ލައިބްރަރީ އަށްދާން.” ސާޝާގެ ހައިރާންކަމުގެ ޖުމުލަތައް ފައްޗަކަށް އަމުނާލިއެވެ. މާހީ އަށް ރޭކާލީ ސާޝާ އެހެންބުނި ހިސާބުންނެވެ.”އަސްލުތަ؟ފަހުން ދިމާކުރާނަން”  އެހެން ބުނުމަށްފަހު ހައިރާންވެހުރެ ފަޔަށް ލެވުނުހާ ބާރެއްލާފައި މާހީ ދުއްވައިގަތީ ކްލާހާ ދިމާލަށެވެ.

              ހެނދުނުގެެ ކްލާސްތައްނިމުނުއިރު މެންދުރުން އަނބުރައި ބާރަގަޑިބައިވަނީއެވެ.މެންދުރުގެ ގަދަ ހޫނުން ކްލާސްތެރޭގައި ހޫނުކަން އިތުރުވެ ވަގުތުގެ ފޫހިކަން ހުރިހާކުދިންގެ މޫނުމައްޗަށްވަނީ ވެރިވެފައެވެ.ބައެއްކުދިންގެ އާފުރުމުން ނިދިއައިސްވަރުބަލިވެފައިތިބިކަން ރަނގަޅަށްވެސް ހާމަވެއެވެ.މެންދުރުގެ ހޫނުކަމާއި ވަރުބަލިކަމުގެ އިހުސާސުން އެއްކިބާވެ ހައިކަންފިލުވާލާ ކެއުމަށް އިންސާފުކޮށް ފިނިކޮށްލުމުގެ ބޭނުމުގައި ހުރިހާކުދިންވެސް އެދަނީ ކޮލެޖުގެ ކެންޓީނާވީފަރާތަށެވެ.ނަމަވެސް ވެފައިވާ ވަރުބަލިން ހަމަޖެހިލުމަށްބޭނުންވާތީ މާހީ ބޭރަށްދާކަށް ބޭނުމެއްނުވިއެވެ.ތަނަށްވެރިވެފައިވާ ހަމަހިމޭންކަމުން ހިތްހަމަޖެހުންހޯދުމަށް މާހީ ބޭނުންވީ މޭޒުމަތީގައި ބޯއަޅާލައިގެންއޮވެ އަރާމުކޮށްލާށެވެ. އެހެންނަމަވެސް މާހީގެ ހިތާއި ސިކުނޑި ބާރުފޯރުވަނީ އަރާމުކުރުމަކަށްނޫނެވެ. ބޭއިޚްތިޔާރުގައިވިޔަސް އިޚްތިޔާރުގައިވިޔަސް މާހީ އަށް ވިސްނެނީ އެއަންހެންކުއްޖާއާމެދުގައެވެ. “މި އިހުސާސްތަކުގެ މާނައަކީފަހެ ކޮބާހެއްޔެވެ؟ހަޤީގަތުގައިވެސް މާހީ އަށް ލޯބިވެވުނީ ހެއްޔެވެ؟”  އަމިއްލަ ނަފްސާމެދުގަ ޝައްކުގެ ސުވާލުތަކެއް މާހީ ހިތުގައި ފުނިޖެހުނެވެ.އަރާމުކޮށްލުމަށް ހުސްކޮށްލި ވަގުތުކޮޅުވެސް މާހީއަށްވީ ވޭންދެނިވި ޢަޒާބަކަށެވެ.ގޮނޑިން ތެދުވެގެން މަޑު ހިނގުމެއްގައިގޮސް މާހީގެ ސަކަމިޒާޖުގެ ހަޔާތް ބަދަލުކޮށްލި ކުޑަދޮރުކައިރީގައި ހުއްޓިގެން ހުރީ އެތައް ޝަކުވާއެއްކުރަމުންނެވެ.

             ކޮންފަދަބޮޑު އިއްތިފާގެން ހެއްޔެވެ؟ހަޔާތުގެ ދުވަހަކުން އައި ކުޑަ ސިކުންތުކޮޅަކުން އަލަށް ވެވެންފެށި އިހުސާސްތަައް މާހީގެ މުޅި ހަށިގަނޑަށްވެސް ބާރުހިންގެނީހެއްޔެވެ؟މާހީ ފިނިވާންފެށިއެވެ.ހިތްތެޅެންފެށުނެވެ.އާއެކެވެ.ގަބޫލުކުރަންވެސް ދަތިވަނީއެވެ. މާހީގެ ލޮލުގެ ކުރިމަތިން ފެންނަންހުރީ…….

(ނުނިމޭ)

Comments (46)

  1. Luvna

    Reethi

  2. Luvna

    Owh am first dw!! Hehe.. Story is really beautiful.. Vrh furihama ah describe kohdhyfa ebahuri but i felt its a lil bit short. Maybe special incidnt eh nuhingyma kamah vs vedhaane dhw. Overall hama buneveyny story is awsome ey.????

  3. ken?

    “maairaa” wats dat….v alhaigei ethan kolhuga…dn aneihen ok…hope next part will b much more interesting…gudluck???☝

    1. fair Prince
      ken?

      liyumuga ihnna gotah kiyaanama varah odd vane but..kiyumuga kiyaa gotah keema deyhavun faseyhavaane…thnkx…

  4. Luvna

    Please when you upload next part make it a lil bit longer. Wow i think im a fan of yours.?

  5. Dhooni

    Mee korean series ” love rain ” ge dhivehi version dhw.
    Interesting! Keep up the good work 🙂 all the best 🙂

  6. Yoohaa

    Mi part vx hama same varah furihama …fair Prince haadha molhey masha Allah…

  7. Yoohaa

    Ekam ehkan thah faahaga kohlaafaanan kiyaa iru ga varah bodah alhaiganey space dhookohfa huri varun varah vaahaka reethi ekam kiyamun dhaa iru space thah maa dhookohfa hureema ehaa ehaa eh nun … sorry i hope u will understand … n next part mi kanthah ragalhu koh lahchey please… story hama varah furihama…

    1. fair Prince
      Yoohaa

      thnkx…bt drafting kohffa in kamehnun..actually kurinvaane bunefa upload kurumuga dhathithakehdimaavi vaahaka..due to that upload kohnimunu iru hurigoiy…hope understand vane kamah..kriahoiythaaga insha allah ragalhu kohlaanan…..thnkx…

  8. Emiliya

    Nice story but a Lil bit shrt overall very nice

  9. Unique

    Hama love rain ga vaa gothah.. dhivehi version eh noony copy eh viyya ves mention kohlaafa inun rangalhu kanneyge.. dhen maahy aky girl name eh kamah heekury kurin.. varah odd ehen boy akah kiyaathy..

  10. ainyyy

    This the copy of korean series love rain…… it will be better if u have mentioned that……. love rain balaabalaa foohi vejje ….. ummeedhukuran love rain ah vure furihama koh loabiige vaarey change kohgen genesdheyne kamah….

  11. think

    confused. y maahee?? was thnkn all the way long, a girl in love with a girl???

    1. sim
      think

      Me too

    2. Fair Prince
      think

      ماَحِى މާޙީ
      މާނަ: ހުތުރު ކަންތައް ނައްތާލާމީހާ މިއީ 27/02/13 ގައި އިސްލާމިކް މިނިސްޓްރީން ފާސްކޮށފައިވާ ނަމެކެވެ

    3. Fair Prince
      think

      އަދި ބޭނުންނަމަ އިސްލާމިކް އެފެއާޒްގެ ސައިޓުން ބަލާލެވިދާނެއެވެ.ބަލާނީ ފިރިހެން ބައި ހިމެނޭ ސަފުހާތަކެވެ.ޝުކުރިއްޔާ.

    4. Kiyuntheriyaa
      think

      Fair prince,I never met such a research based story writer..you are giving explanations with links really impressive :p :p

  12. Humaa

    I that maahee was a girl. Hama love rain

  13. Depika

    Mahee akee boy eh tha nuny gal eh tha …

    1. fair Prince
      Depika

      boy eh….

  14. minnu

    maahee??????!!!!!! confused… maahee aamukoh kiyaa ulheny grl kudhinnah..

  15. Kiwwi

    Korea series love rain ge dhivehi version dhw. . but Korea version is better than this. . .

  16. Minmi

    Love rain…….dhww

  17. yucie

    Nice but mi kiyamun aeiru ahannah sifavi ehcheh bunanthrr??? ……….
    Ahannah sifavee “love rain”….. hahaha its a korean series … nan vx hama eynee ingothah dhivehi kohlaafa.. dhww..

    1. fair Prince
      yucie

      alhugandu “love rain” balaafa v trykurin 1st episode add kohleveytho…but 2mb ahvure mathivumun ekamehnuvi…alhugadah belibelumun e dramage feshuma..script aa mivaahakaa demedhu bodu thafaathuthakehveyy…mee hiyaalee vaahakaeh…kohmme episode ehves liyan libeny kudavaguthkolhehkamun vaguthun typekohlanee dhn draft edit koh finishingvx polishingvx same windowga vaguthn kohffa ofys vaguthu nimumuge kurin upp kohffa dhanee…ehcheh balaafa nuvatha copy kohffa ehnoon…and nan liyefa vaneeves hiyaalah aumun…ehvx haalehgga e drama ge nan Dhivehi namah thrujamaakoh liyumuge niyathakunoon…nan English kohlumun “love rain” keedaanekan gaboolukuran…so hurihaa readers ahvx angaalan copy eh nuvatha tharujamaa vaahakehnoonkan…ehenve matheega vaahakaige namaaeku efadha ibaaraaheh liyefa nethee….and hurihaa liyuntherin dehvva ehbbaarulumashaa kiyuhvva faadukiyumah shukuru dahnnavan….thnkx all…

  18. Your princess

    Ekamakuves maairaa nuliye maa hendhunaa liyelinama varah reethi vaanehen heevanee. Ekamves Varah reethi vaahaka. Keep it up. Now i am a big fan of you

    1. Fair Prince
      Your princess

      hehe dhnfaharakun ragalhukohllaanan….thnkx ltx…

  19. fair Prince

    alhugandu “love rain” balaafa v trykurin 1st episode add kohleveytho…but 2mb ahvure mathivumun ekamehnuvi…alhugadah belibelumun e dramage feshuma..script aa mivaahakaa demedhu bodu thafaathuthakehveyy…mee hiyaalee vaahakaeh…kohmme episode ehves liyan libeny kudavaguthkolhehkamun vaguthun typekohlanee dhn draft edit koh finishingvx polishingvx same windowga vaguthn kohffa ofys vaguthu nimumuge kurin upp kohffa dhanee…ehcheh balaafa nuvatha copy kohffa ehnoon…and nan liyefa vaneeves hiyaalah aumun…ehvx haalehgga e drama ge nan Dhivehi namah thrujamaakoh liyumuge niyathakunoon…nan English kohlumun “love rain” keedaanekan gaboolukuran…so hurihaa readers ahvx angaalan copy eh nuvatha tharujamaa vaahakehnoonkan…ehenve matheega vaahakaige namaaeku efadha ibaaraaheh liyefa nethee….and hurihaa liyuntherin dehvva ehbbaarulumashaa kiyuhvva faadukiyumah shukuru dahnnavan….thnkx all…

    1. Unbelievable
      fair Prince

      Still cant belive that. Maybe script aa dialouges thafaathu vedhaane. Ekam love rain balaafa huri komme meehakuves bunnane hama same ey.. hama eyga vaagothah eyna ah kurahan ulhenikoh kujjaku fennany. Dhemyhun accident vany.. dhen 3 seconds love nulaakan.. massalaeh noon dhivehi version eh hedhumaky.. varah kiyaa hiyyves vey korean series ge dhivehi versions ves.. just admit it please..

  20. Kiyuntheriyaa

    Varah reethi mibaives 🙂 thi gothugai kuriah dhiumah hihvarudhen

    1. fair Prince
      Kiyuntheriyaa

      thnkx….insha allah..

  21. Kokky

    Maahy e ee anhen n firihen nameii..ehenve gina myhunaii olheny..N vv nice story eii

    1. fair Prince
      Kokky

      thnkx…..v bodu thedeh….

  22. alice

    Good one ??

    1. fair Prince
      alice

      thnkx..

  23. shim ha chan

    That’s the story of Korean drama series love rain right?? I love that drama. by the way ur story is nice 🙂

    1. fair Prince
      shim ha chan

      Nup….thnkx…

  24. Yoohaa

    When next part?

  25. Yoohaa

    Fair Prince girls ge names n means ge link eh dhyba

    1. Fair Prince
      Yoohaa
    2. Fair Prince
      Yoohaa
  26. ayya

    ވާހަކަ ވަރަށް ރީތި އެކަމަކު ކިޔާލަން ކުޑަކޮށް އުނދަގޫ.. ޖުމުލަތައް ތަންކޮޅެއް ކުރުކުރޭ އޭރުން ވަރަށް ސަޅިވާނެ

  27. Haha

    Ey emmen dhimaakoh gatheema mi vaahaka liyun huttaaleetha?? :p

    1. Fair Prince
      Haha

      Hehe amudhakun noon…haha

  28. Qayyu

    Dhen keeeevvve tha alhe mi vaahaka nuliyaneeee….. alge plx liyan fattaba…. ???

Comments are closed.