Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާބާދުވި ޙަޔާތް

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
February 20, 2024 3 Mins Read
4 Comments

އަރައިގެން އައި އިރުގެ ރަން ދޯދިތަކަށް ބަލަން އިން އިރު، އަހަރެންގެ ހިތަށް ލިބެމުން ދިޔައީ އާދަޔާޚިލާފު ހިތްހަމަޖެހުމެކެވެ. މުޅި އުދަރެސް ރަން ކުލައަކުން ފާއްދާލަމުން އެ އިރު އަރައިގެން އެ އައީ އަހަރެންގެ ޙަޔާތްވެސް އަލިކޮށްދެމުންނެވެ. އިރެއްގައި އަހަރެން ތަޙައްމަލު ކުރަން ޖެހުނު ބަނަކަމާއި އަނދިރިކަމުން އަހަރެން ސަލާމަތް ކޮށްދެމުންނެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތައް އަހަރެންގެ މާޒީގެ ޞަފްޙާތައް އުކަމުން ދިޔައީ މީގެ ފަސް އަހަރު ކުރިއަށެވެ. އެއާއެކު، ހަނދާން ކުރަން ބޭނުންނުވާ، އަހަރެންގެ އެ ކަޅު މާޒީގެ ޞަފްޙާތައް ނިއުޅިގެން ދިޔައީ، އެ ހިތާމަވެރި ދުވަސްތަކުގެ މަތިން ހަނދާން ކުރަން އަހަރެންނަށް މަޖުބޫރު ކުރުވަމުންނެވެ.

*** ** ***
ނާއިލަކީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އުމުރުން އެންމެ ވިހި އަހަރުގައި ކައިވެނީގެ މަތިވެރި ގުޅުމުން އަހަރެމެންގެ ލޯބީގެ ގުޅުމުގައި ގޮށް ޖެހިގެން ދިޔައީ ދެފަރާތުގެ ޢާއިލާގެވެސް ރުހުމާ އެކުގައެވެ. ރައްޓެހި ވެގެން މާ ގިނަ ދުވަހު އުޅެން ބޭނުންނުވާތީ، އަހަރެމެން ދެމީހުންވެސް ނިންމީ އަވަހަށް ކައިވެނި ކުރާށެވެ. އަހަރެމެންގެ އުމުރުން ކިތަންމެ ހަގުވީ ނަމަވެސް، ނާއިލަކީ ރަނގަޅު ވަޒީފާއެއްގައި އުޅެމުން އައި، ހަރުދަނާ އުސޫލުތަކެއްގެ ވެރި ޒުވާނަކަށް ވީތީ، މައްސަލައެއް ނެތެވެ.

ކައިވެންޏަށް އަހަރެއް ވީތަނާ އަހަރެންގެ ފުރަތަމަ ދަރިފުޅައިގެން އަހަރެން ބަލިވެ އިނީމެވެ. އެ ދުވަސްވަރު ނާއިލްގެ ލޯބި އިތުރަށް ލިބޭހެން ހީވެއެވެ. އަހަރެންނަށް ގޭތެރޭގެ އެއްވެސް ކަމެއް ނުޖައްސައެވެ. ކޮންމެ ފަހަރަކުވެސް، ކާންދޭނީ ނާއިލްގެ އެ ދެ އަތުންނެވެ. ފިރިއެއްގެ ފަރާތުން ލިބެންވާ ހުރިހާ ރައްކާތެރިކަމާއި ލޯތްބެއް އަހަންނަށް ނާއިލްގެ ފަރާތުން ލިބުނެވެ.
އަހަރެންގެ އަލަތު ދަރިފުޅު މި ދުނިޔެއަށް ނޭވާލީ ދުވަހަކީ، އަހަރެންގެ ޙަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަހެވެ. ކުޑަކުޑަ ނައިހާއަށް ނަން ދެވުނީ ނާއިލްގެ ނަމާ ގުޅުވާފައެވެ. އެންމެ ފުރަތަމަ ނާއިލް ނައިހާ އުރައިލި ވަގުތު އޭނާގެ ލޮލުން ފޭބި އުފާވެރިކަމުގެ ކަރުނަ، އޭނާ އަހަރެމެން ދެމައިން ދެކެ ލޯބިވާ ވަރު ހާމަކޮށްދިނެވެ. އެދުވަހު އެފަދަ ރަނގަޅު ފިރިޔަކު އަހަންނަށް ދެއްވީތީ، އެތައް ހާސް ފަހަރަކު ﷲއަށް ޙަމްދު ކުރެވުނެވެ. ނައިހާ ލިބުމަށްފަހުގައިވެސް، ނައިހާގެ ހުރިހާ ކަމެއް ކުރުމުގައިވެސް، ނާއިލަކީ އެންމެ އެހީވެދޭ ފަރާތެވެ.

ނާއިލްގެ އުޅުމަށް އަންނަން ފެށި ބަދަލުތައް އަހަންނަށް ފާހަގަ ކުރެވުނީ ނައިހާއަށް ދެމަސްވީ ތަނާއެވެ. އަބަދު ބޭރުގައި އުޅުމާއި، ނާއިލަށް އަންނަން ފެށި ގޮތް ނޭނގޭ ފޯނު ކޯލުތަކަކުން އަހަރެންގެ ހިތް ހާސް ކުރުވަމުން ދިޔައެވެ. ގެއަށް ވަދެލިޔަސް، ނައިހާ ކައިރީގައި މަޑުކޮށްލެވޭ ކަމަކަށްވެސް ނުވެއެވެ. ސުވާލު ކުރުމުން އަބަދުވެސް ޖަވާބަކަށް ވަނީ، އޮފީހުގައި މާ ބުރަކޮށް އުޅުމެވެ.
ކަންތައް މިހެން ހިނގާތާ ފަސް މަސް ވޭތުވެގެން ހިނގައްޖެއެވެ. ނާއިލް ވަރަށް ބޮޑަށް ބަދަލު ވިއެވެ. ކުރިން އަހަންނަށް ރައްދުކޮށްލާ ލޯބިވެތި ބެލުންތަކެއްވެސް ނުލިބެއެވެ. އެކީގައި ހޭދަކުރާ އުފާވެރި ވަގުތުތައްވެސް މާޒީއާއި އެކުވެގެން ދިޔައެވެ. ނާއިލްގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބެއެވެ. ގޭތެރޭގެ ހުރިހާ ކަމަކާއި، ނައިހާގެ ހުރިހާ ކަމެއް އަހަރެން އެކަނި ކުރަން ޖެހުމުން އަބަދު ހުރެވެނީ ވަރުބަލި ވެފައެވެ.

ނާއިލް ފުރަތަމަ ފަހަރަށް އަހަރެންގެ ގަޔަށް އަތް އިސްކުރި ރެޔަކީ އަހަރެން ރުޅިއައިސް، ފުރަތަމަ ފަހަރަށް ނާއިލްއާއި ސުވާލު ކުރި ރެއެވެ. އެއީ އެންމެ ރެއެކެވެ. އޭގެ ފަހުން ކިރިޔާ ނާއިލް ރުޅި އަންނަ ކަމެއް އަހަންނަށް ކުރެވުނަސް، އަހަންނަށް އަނިޔާ ކުރެއެވެ. އަހަރެން ލޯބިވީ ނާއިލާއި، މި ނާއިލް ހާސްބައި ތަފާތެވެ.

ކުޑަކުޑަ ނައިހާ މިފަދަ މާހައުލެއްގައި އުޅެ ބޮޑުވާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އެ ދަރިފުޅަށް، އެ ދަރިފުޅަށް ޙައްޤުވާ ލޯބި އެނގެން ޖެހޭނެއެވެ. އަންހެނަކަށް ވީތީ، ފިރިހެނަކު ހެދިހާ ގޮތެއް ހެދިގެން ހުރުމަކީ އެއްވެސް އިންސާފެއް ނޫންކަން އެނގެން ޖެހޭނެއެވެ. ފިނޑި ކުއްޖެއްގެ ގޮތުގައި ހުރެ އަހަރެންގެ ދަރިފުޅު ބޮޑުވާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. ނާއިލްގެ އެ އަނިޔާވެރިކަމުން ނައިހާއަށް އެއްވެސް އަސަރެއް ކުރާކަށް އަހަރެން ނޭދެމެވެ. ނާއިލް ކައިރިން ވަރިވުމަށް އަހަންނަށް ލިބުނު ހިތްވަރަކަށްވީ ނައިހާއެވެ. ނައިހާ ކޮށްދިންހާވެސް ކަމަކީ ދުނިޔެއަށް އުފަން ވުމެވެ. އަހަންނާ ދިމާއަށް މަންމާއޭ ކިޔައި ގޮވައިލުމެވެ. އެއީ އަހަރެންގެ ހަމައެކަނި ހިތްވަރަށް ވިއެވެ.

އެންމެ ފުރަތަމަ އަހަރެން ވަރިއަށް އެދުނު ރޭ، ވަރި ނުކުރާނެ ކަމަށް ބުނެ، އެތައް އިރެއް ވަންދެން ނާއިލް އަހަންނަށް އަނިޔާ ކުރިއެވެ. އޭގެ ފަހުން ދެތިން މަސް ވޭތުވެގެން ދިޔަ އިރުވެސް، އެކަމަކަށް ބަދަލެއް ނައެވެ. އެންމެ ފަހުން އަހަރެން ކޯޓަށް މައްސަލަ ހުށައެޅީ، ކަށީގައި ނެތް ހިތްވަރު ލައިގެންނެވެ. ކޯޓަށް މައްސަލަ ހުށައެޅުމާއެކު، ނާއިލްގެ ޙަރަކާތްތަކަށް ބަދަލު އައިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ކޯޓު މައްސަލައިގެ ތިންވަނައަށްވީ ދުވަހު، ނާއިލް އަހަރެން ވަރިކުރިއެވެ. އެދުވަހު އަހަރެން ކޯޓުން ނުކުތީ މިނިވަނެއްގެ ގޮތުގައެވެ. އިއްދައިގެ ދުވަސްތައްވެސް ނާއިލްގެ ގޭގައި ވޭތު ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ އެއްވެސް ނިންމުމަކަށް އެދުވަހު ނާއިލް ފާޑެއް ނުކިއެވެ. އެހެންކަމުން އަހަރެން ނާއިލްގެ ގެއިން ނުކުތީ، ކުޑަކުޑަ ނައިހާ ގޮވައިގެންނެވެ. އަހަރެންގެ ޙަޔާތުން ނާއިލް ނެރެލުމަށްފަހުއެވެ. ނާއިލަށްޓަކައި އަހަރެންގެ ހިތުގައިވީ ތެދުވެރި، ފުން ލޯބި އަބަދުގެ އަބަދަށް ކަފުން ކުރަމުންނެވެ.

ވަރިވުމަށްފަހު، އަހަރެން ބަދަލުވީ މަންމަމެން ގެޔަށެވެ. މަންމަގެ ފަރާތުން އަހަންނަށް އިންތިހާއަށް އަޅައިލުން ލިބުނެވެ. އޯލެވެލްއާއި، އޭލެވެލްގައި ކިޔެވި އެއްޗެއްގެ އެހީގައި އަހަރެން ވަޒީފާއަށް ދާން ފެށީ، ޕްރައިވެޓް އޮފީހަކަށެވެ. އަހަރެން އޮފީހުގައި އުޅޭ ވަގުތު ނައިހާ ބަލައިދޭނީ އަހަރެންގެ މަންމައެވެ.

އަހަންނާ ޝިޒާންއާ ދިމާވީ އަހަރެންގެ އޮފީހުންނެވެ. ޝިޒާންއަކީ އަހަރެންގެ މަތިން މަސައްކަތް ކުރާ މުވައްޒަފެއް ކަމަކު، ވަރަށް އެކުވެރި މިޒާޖެއްގެ، ހިތްހެޔޮ މީހެކެވެ. އަހަރެންގެ ހިތުގައި ލޯތްބޭ މި ކިޔައި ޖަޒުބާތަށް ދެވަނަ ފުރުސަތެއް ދެވުނީ ޝިޒާންގެ ސަބަބުންނެވެ. އަހަންނަށްޓަކައި، އަހަރެންގެ އަމިއްލަ ނަފްސަށްޓަކައި، ދިރިއުޅެން ނިންމުނީވެސް ހަމަ ޝިޒާންގެ ސަބަބުންނެވެ.

*** ** ***
މާޒީގެ ފޮތް ލައްޕައިލަން އަހަންނަށް އެނގުނީ އަހަރެންގެ ލޯބިވާ ދަރިފުޅު، ނައިހާ އައިސް އަހަރެންގެ ގައިގައި ބައްދައިލުމުންނެވެ. ހަތަރު އަހަރުގެ ނައިހާ ހުންނަލެއް ވަރަށްވެސް ލޯތްބެވެ. ނައިހާގެ ފަހަތުން ދެ އަހަރުގެ ޝާއިން އުރާލައިގެން އައި، އަހަރެންގެ ލޯބިވާ ފިރިމީހާ ޝިޒާން، އަހަރެންގެ ކައިރީގައި ދޮންވެލިގަނޑު މަތީގައި އިށީނދެލިއެވެ. ހިނިތުންވެލަމުން އަހަރެންގެ ޝިޒާންގެ ކޮނޑުގައި ބޯއަޅައިލަމުން، ނައިހާ ގެނެސް އަހަރެންގެ އުނގުގައި ބޭންދީމެވެ. މިއީ އަހަރެންގެ ޙަޔާތް ބަދަލުކޮށްލަދިން ތިން ފަރާތެވެ. އަހަރެން ޙަޔާތް އުޖާލާކޮށްދިން ރޯޝަން ކަމެވެ. އަހަރެންނަށް މިހާތަނަށް މިންވަރު ކޮށްދެއްވި އެންމެ ބޮޑު ނަޞީބެވެ.

 

ނިމުނީ

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އިހުސާސްތަކޭމީ 1

Next

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 9

Next
February 21, 2024

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 9

Previews
February 20, 2024

އިހުސާސްތަކޭމީ 1

4 Comments!

  1. vempire girl says:
    February 20, 2024 at 1:32 pm

    Maasha allah mi vaahaka vx varah varah reethi. Nayaa thihaa burakoh ulhemun vx kuru vaahaka eii nama vx up kohdheythy varah ufaavey. Nayaa ge aa kuru vaahaka akah vx dhigu vaahaka akah vx inthizaaru kuran..
    ❤️❤️❤️ LYSM ❤️❤️❤️
    WISH YOU ALL THE BEST

    1. Nayaa Nayaa says:
      February 24, 2024 at 7:13 pm

      Vrh bodah shukuriyyaa vampire girl 💗
      lym dear 💗
      thank youuu 💋💋

  2. Randhooni says:
    February 24, 2024 at 1:09 pm

    Dhonaaaaa missed yourr storiessssss 😭😭 love this one tooooooo but naail eyyy 😏😏 ekhmmm vrh gulhun hunna hen eba heeveyyyy 🤣🤣🤣 anyways keep it up dearrr love you so much 💋💋

    1. Nayaa Nayaa says:
      February 24, 2024 at 7:11 pm

      hellwww dhonaa ge randhoonyyaa 😍❤️.. awwwh I miss ur stories too ingey darla.. thankssss ❤️💋
      eyyyyyyyyhhhhh dhennnnn ahcheediiii kon zamaanehge vhk eh tha thi dhakkany…😭😭 dhn handhaan nahthaalan vejje ennun 😭😭
      ahaha lym dear ❤️💋

Comments are closed.



All Right Reserved!