ބީވީމާ…
ރަށުގެ ފާލަންމަތީގައި ފައި ބީއްސައިލެވުމާއެކު، އެ ހަނދާންތައް އައިސް އަހަރެން ވަށައިލިއެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކާއެކު އަހަރެންގެ ހިތުގެ ހިނގުން އެތައް ގުނައެއް އަވަސްވެގެން ދިޔަ އިޙުސާސް ކުރެވުނެވެ. މުޅި މީހާ ދާހިތްލައި، ނޭވާ އަވަސްވެގެން ދިޔަ ފަދަ އިޙުސާސެއް ކުރެވުނެވެ.
“އިބްރާހީމްބޭ! ކެޔޮޅުބޭ ބުނީ އިންޖީނަށް ތެޔޮ އެޅުނުހާ އަވަހަކަށް ނައްޓައިލާނަމޯ! އިހަށް މިރަށުގައި މަޑުކޮށްލާށޯ!” އަހަންނަށް ހޭވެރިކަމެއްވީ، ފަޅުވެރި ކުއްޖަކު އެހެން ގޮވައިލި އަޑަށެވެ. އެ ކުއްޖާއަށް ބޯ ޖަހައިލާފައި، ކޮނޑުގައި އޮތް ދަބަސް ރަނގަޅުކޮށްލަމުން އަހަރެން މިސްރާބު ޖެހީ ރަށުތެރެޔަށް އެރުމަށެވެ. ދާނެ ވަކި މިސްރާބެއް ނެތި، އަހަރެން ހިނގަން ފެށީމެވެ.
ހިނގަމުން ދިޔަ ވަރަކަށް ރަށުގެ އެކި ދިމަދިމާއަށް އަހަރެން ނަޒަރު ދަތުރު ކުރަމުން ދިޔައެވެ. މިއީ އަހަރެންގެ އުފަން ރަށެވެ. އަހަރެންގެ އަލަތު ކައިވެނީގެ ބިންގާ އެޅުނު ރަށެވެ. ވޭތުވެގެން މި ދިޔަ ބައްތިރީސް އަހަރު ތެރޭގައި ރަށް ނިކަން ބަދަލުވެއްޖެއެވެ. މަދުމަދުން ނަމަވެސް ޢިމާރަތްތައް ފެންނަން ހުއްޓެވެ. ކުރިން ރަށުގައި ހުރި ފަދަ ބޮޑެތި ހިޔާދޭ ގަސްގަސް މިހާރު ފެންނާކަށް ނެތެވެ. ތަހުޒީބުގެ ކުލަވަރުން މުޅި ރަށް ފެވިފައިވީ ފަދަ ގޮތެއް ފެންނަން ހުއްޓެވެ.
ކުއްލިއަކަށް އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނީ، ކަންމަތީ ފިހާރައަކުން ނުކުމެގެން އައި މެދު ޢުމުރަށްވުރެ ތަންކޮޅެއް ދޮށީ ޢުމުރެއްގެ އަންހެނަކު ފެނިފައެވެ. އޭނާ ފެނުމާއެކު، އަހަރެންގެ ދެފައިގައި ތަޅު އެޅުވުނު ކަހަލައެވެ. ކަޅިޖަހައި ނުލައި އެ މޫނަށް ބެލެމުން ދިޔައީ، އެއީ ހަމަ އެ ސޫރަކަން ޔަޤީން ވާތީއެވެ.
އޭނާގެ ލޮލުގައި އަހަރެން އަޅައިގަތުމާއެކު، އޭނާގެ ފިޔަވަޅުތައްވެސް މަޑުޖެހުނު މަންޒަރު އަހަރެން ވަރަށް ސާފުކޮށް ދުށީމެވެ. އެ ދެލޮލުން ފެނުނު ހައިރާންކަމުގެ ކުލަވަރު އަހަންނަށް ވަރަށް ރަނގަޅަށް ފެނުނެވެ. ހިތް އެދުނީ ހިތް ފުރެން ދެން އޭނާއަށް ބަލައިލުމަށެވެ. ވޭތުވެގެން ދިޔަ ބައްތިރީސް އަހަރު ތެރޭގައި އޭނާ ނުފެނި ދިޔަ ތަންވަޅު ފޫބައްދައިލާށެވެ.
އަދިވެސް އޭނާ ހާދަހާ ރީއްޗެވެ. މޫނުމައްޗަށް ރޫޖެހިފައި ހުރިކަން އެކަންޏެވެ. އެ ހެދިހުރި ހަށިގަނޑުގެ ލޫޅާފަތިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ އަލިކުލައިގެ ހަންގަނޑުގެ އޮމާންކަމާއި ޗާލޫކަން ދެގޮތެއް ނުވެ، ފާޅުވޭވޭ ހުއްޓެވެ. އޭނާގެ ޒުވާން އިރުގެ ތަސްވީރެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އޭނާގެ ދެލޮލަށް އަހަރެންގެ ނަޒަރު ދަތުރު ކުރުމާއެކު އެ ދެލޮލުގައިވީ ކަރުނައިގެ އަސަރުން، އަހަރެންގެ ހިތް ވަގުތުން ކިލަނބުވެގެން ދިޔައެވެ. ކަރުނުން ފުރިގެންވީ އެ ރީތި ދެލޮލުން ފެންނަން އޮތް މީގެ ބައްތިރީސް އަހަރު ކުރީގެ މާޒީގެ ތެރެއަށް އަހަންނަށް ފީނައިގަނެވުނީ، ބޭއިޚްތިޔާރުގައެވެ.
*** ** ***
އެއީ މީގެ ބައްތިރީސް އަހަރު ކުރިއެވެ. ޢުމުރުން އެންމެ ސޯޅަ އަހަރުގައި އަހަރެމެން ދެމީހުން ކައިވެނި ކުރީ، އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވެވިގެންނެވެ. އެކަކު އަނެކަކާ ނުލައި ނޫޅެވޭނެކަން ޔަޤީން ވުމުންނެވެ. ދެފަރާތުގެ ޢާއިލާގެ ފުރިހަމަ ރުހުމާއެކު ކުރެވުނު އެ ކައިވެނީގެ ފޮނިމީރުކަން ދެހިތަށްވެސް އިޙުސާސް ކުރެވެމުން ދިޔައީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ.
އުފާވެރި ދިރިއުޅުން އިތުރަށް އުފާވެރިވާން އުޅޭ ކަމުގެ ކޮޅުމަތި ފެނުނީ، އަންހެނުންގެ ބަނޑުގައި ތުއްތު ފުރާނައެއް ވިންދު ޖަހަން ފެށި ކަމުގެ އުފާވެރި ޚަބަރު ލިބުމުންނެވެ. އެޔާއެކު، އަހަރެމެންގެ ދިރިއުޅުން އެކީ ފުރިހަމަވީ ކަމުގެ އިޙުސާސް ކުރެވިގެން ދިޔައެވެ. އަންހެނުންނަށްވުރެ ބޮޑަށް ލިބެން އުޅޭ ތުއްތު ދަރިފުޅާ މެދު އަހަރެންގެ އުންމީދުތައް ގިނަވިއެވެ. އޭނާ ބަނޑުބޮޑުކަން އެނގުނީއްސުރެ، ވީ އެންމެ ރަނގަޅަކަށް ކަންތައް ކޮށްދެވޭތޯ ބެލީމެވެ. އޭނާއަށް މީރު ކާތަކެތިން ފެށިގެން، ރީތި އަންނައުނަށް ދާންދެން ގެނެސްދޭން ފެށީމެވެ. ރެޔާދުވާލު އޭނާއަށް ޚިދުމަތް ކޮށްދިނުމުގައި ދެމިހުރީމެވެ. ދަރިފުޅު އުފަންވާން ވާ އިރަށް، ދަރިފުޅަށް ބޭނުންވާނޭ ހުރިހާ އެއްޗެއް ހަމަކުރަން ފެށީމެވެ.
އުފާވެރި ދިރިއުޅުން ބަނަވެގެން ދިޔައީ އަންހެނުންގެ ބަނޑަށް ހަތްމަސް ވީ ދުވަހު، ކުއްލިއަކަށް ލިބުނު ޚަބަރަކުންނެވެ. ދުނިޔެއަށް ނޭވާ ލުމުގެ ފުރުސަތުވެސް ނުލިބި، އަހަރެން ދަރިފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރީއެވެ. ދަރިފުޅު ބައިގެން ދިޔަ ޚަބަރާއެކު، އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުނުހެން ހީވިއެވެ. ކުރިހާ އުންމީދުތަކާއި، ދެކުނުހާ ހުވަފެންތަކެއް ވިއްސިވިހާލިވެގެން ދިޔައެވެ. ދިރިއުޅުމުގެ މަޤްސަދު ގެއްލުނެވެ.
ހިތާމައިގެ ކޮޅެއް ނެތެވެ. އަހަރެންގެ ރެޔާ ދުވާލު ހޭދަވަނީ ބީވެގެން ދިޔަ ތުއްތު ދަރިފުޅުގެ ޚިޔާލުތަކުގައެވެ. މުޅި މީހާ އެއްކޮށް ބަދަލުވިއެވެ. ކެއުމާ ދުރުވެވުނެވެ. މަސައްކަތަށް ދިޔުންވެސް ހުއްޓައިލީމެވެ. އަބަދު ނެގިމަޑުވެފައި ހުރެވެން ފެށުނެވެ. އަންހެނުންގެ ޙާލަކީވެސް އެޔެވެ. ގޭތެރޭގެ އެއްވެސް ކަމެއް ކުރާނެހާ ވަރެއް ނުހުރެވެ. އަބަދު ކަމަކީ ރުއިމާއި ގިސްލުމެވެ. އެކަކު އަނެކަކާވެސް ވާހަކައެއް ނުދައްކަމެވެ. އެކަކު އަނެކަކާ ދޭތެރޭގައި ވިސްނައި، އެކަކު އަނެކަކުގެ ހިތާމަތަކަށް ލުޔެއް ހޯދައިދެވޭ ވަރަށްވުރެ ބޮޑަށް، އަހަރެމެން ދެމީހުންގެ ހިތް ވީ ޒަޚަމް ވެފައެވެ.
އެ ހިތާމަވެރި ޙާދިސާއަށްފަހު، ހައެއްކަ މަސް ވޭތުވެގެން ދިޔަ އިރު، އަންހެނުން މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފިއެވެ. އެހެނަސް، އަހަރެން ޙާލު ދިޔައީ ހައްތަހައި ގޯސް ވަމުންނެވެ. ކުރިމަތިވީ ހިތާމަތަކަށް ފަސްއަޅައި، ފޮރުވައިލުމަށްފަހު، އަލުން ދިރިއުޅުމައިގެން ކުރިޔަށް ދާން އަންހެނުން ބޭނުންވީ ނަމަވެސް، އަހަރެން ހުރީ އެގޮތަކަށް ނޫނެވެ. ގިނަ ފަހަރަށް އަހަންނަށް ހިތްވަރު ދޭނީވެސް އަންހެނުންނެވެ. އެހެނަސް، އެއިން ކޮންމެ ފަހަރަކުވެސް އަހަރެން އޭނާއާ ވާހަކަ ދައްކަނީ ހިތަށް އެރިހާ ގޮތަކަށެވެ. ދަރިފުޅުގެ ވަކިވެދިޔުން އަހަރެން އެޅުވީ އޭނާގެ ބޮލުގައެވެ. “އޭނާ ރަނގަޅަށް ދަރިފުޅަށް ނުބެލީއެވެ.” އެއީ އަހަރެންގެ ހިތުގައި އަބަދުވެސް ދައުރުވާ ޖުމުލައެކެވެ. ބައެއް ފަހަރު އަންހެނުންނާ ދިމާލަށްވެސް އެހެން ބުނީމެވެ. އަހަރެން އޭނާގެ މަތިން މުޅީން ފޫހިވިއެވެ.
އަހަރެންގެ ދަރިފުޅު އަހަންނާ ވަކިވެގެން ދިޔައީ އޭނާގެ ސަބަބުން ކަމަށް ވިސްނީމެވެ. އެހެނަސް، އޭރު އަހަންނަށް ނޭނގުނީ ދަރިފުޅުގެ ވަކިވެދިޔުމުގެ ސަބަބުން އަހަރެންގެ ހިތުގައި އެޅި ވޭން، ހަމަ އޭނާގެ ހިތުގައިވެސް އެވަރަށް އަޅާނެ ކަމެވެ. ހިތްވަރު ކޮށްފައި، އަހަންނަށް ހިތްވަރު ދޭން އުޅުނަސް، އެ ހިތްވެސް ހަމަ އެވަރަށް ޒަޚަމްވެފައި ވާ ކަމެވެ. އެހެނަސް، އެއިން އެއްވެސް ކަމަކާ އޭރު އަހަންނެއް ނުވިސްނަމެވެ. އަހަރެން ބެލީ ވީހާވެސް ބޮޑަށް އަނބިމީހާއާ ދުރުގައި އުޅެވޭތޯއެވެ. އޭނާ އަހަންނާ ކައިރިވާން އުޅުނަސް، ދުރަށް ފޮނުވައިލަމެވެ. ނުވިތާކަށް އޭނާގެ ހިތުގައިޖެހޭ ފަދަ ކިތަންމެ އެއްޗެއް ބުނީމެވެ. ފަހުންފަހުން އައިސް އަހަންނަށް އަތްވެސް އިސްކުރެވުނެވެ. އޭނާއަށް އެތައް އަނިޔާއެއް ކުރީމެވެ.
އަހަރެންގެ ފަރާތުން އިވެމުން ދިޔަ ރުޅިވެރި ލަފްޒުތަކާއި، ލިބެމުން ދިޔަ އަނިޔާތަކަށް ކެތްކުރާނެހާ ހިތްވަރު ނެތި، އެންމެ ފަހުން އަންހެނުން ވަރިއަށް އެދުނެވެ. މާ ބޮޑު އުނދަގުލަކައި ނުލައި އަހަރެން އޭނާ ވަރިކޮށްދިނީމެވެ. އަހަރެން ދެކުނީ، ބޮޑު މުޞީބާތަކުން ސަލާމަތް ވެވުނީ ކަމުގައެވެ.
އަހަންނަށް ހެޔޮ ވިސްނުން ލިބުނީ މާ ފަހުންނެވެ. ގެއްލުނު ޖަވާހިރުގެ އަގުބޮޑުކަން ވިސްނުނީ އަހަރެމެން ދެމީހުންގެ ވަރިއަށްފަހު، އެއް އަހަރު ފަހުން، އޭނާ އެހެން މީހަކާ ކައިވެނި ކުރުމުންނެވެ. އޭނާ ނެތުމުގެ ފަޅުކަން އިޙުސާސް ކުރަން ޖެހުމާއެކު، އަހަރެންގެ މުޅި ދުނިޔެ ކުދިކުދިވީ ކަހަލައެވެ. އެތައް ފަހަރަކު އޭނާގެ ކައިރިޔަށް ގޮސް މަޢާފަށް އެދެން ބޭނުންވިއެވެ. އެތައް ފަހަރަކު އިތުރު ފުރުޞަތެއް ދިނުމަށް އެދި، ސަލާން ޖަހަން ބޭނުން ވިއެވެ. އެހެނަސް، އޭރު ވަގުތު އޮތީ ފާއިތުވެފައެވެ. އޭނާ އެހެން މީހެއްގެ ޙައްޤަކަށް ވެ ނިމިއްޖެއެވެ.
ހިތާމައަކަށް ފަހު ހިތާމައެކެވެ. އެފަދަ ދެވަނަ އަތންބެއް ނުލިބޭނެކަން އަހަންނަށް އިޙުސާސް ކުރެވުނީ މާ ފަހުންނެވެ. އިތުރު މީހަކަށް އަހަރެންގެ ޙަޔާތުން ޖާގައެއް ދޭކަށް ބޭނުމެއް ނުވިއެވެ. ރަށުގައި ހުރެ، އޭނާ އުޅެމުން ދިޔަ އުފާވެރި ދިރިއުޅުން ބަލަން ކެތް ނުވުމުން، އަހަރެން މާލެއަށް ހިޖުރަ ކުރީމެވެ. އަހަރެންގެ އަލަތު އަނބިމީހާއާއި، ލޯބިވާ ދަރިފުޅުގެ ހަންދާންތައް މުޅި ޢުމުރަށް، މި ފަސްގަނޑުގައި ކަފުން ކުރަމުންނެވެ. އޭގެ ފަހުން ބައްތިރީސް އަހަރު ވޭތުވެގެން ދިޔަ އިރު، އަހަރެން ރަށަށް އައި މީ ފުރަތަމަ ފަހަރެވެ.
*** ** ***
“އިބްރާހީމްބޭ! ކެޔޮޅުބޭ ބުނީ އަންނާށޯ! ފުރަން ތައްޔާރު ވެއްޖެ މިހާރު..” މާޒީގެ ފުން ކަނޑުން ބޭރުވާން އަހަންނަށް އެނގުނީ، ފަޅުވެރި ކުއްޖާގެ އަޑަށެވެ. ފަހަތް ބަލައިލެވުނު އިރު، އެހެން ބުނެފައި، އެ ކުއްޖާ ފަސްއެނބުރި ދަނީއެވެ. އެޔާއެކު، އަހަންނަށް އަނެއްކާވެސް އޭނާއާ ދިމާއަށް ބަލައިލެވުނެވެ.
އެ ރީތި ދެލޯ ކަރުނުން ފޯވެފައިވީ މަންޒަރު ބަލަން އަހަންނަށް ކިތަންމެ ދަތިވީ ނަމަވެސް، ކުރެވޭނޭ ކަމެއް ނެތެވެ. ގަޑީގެ ކަށި އަނބުރައިލެވޭނޭ ގޮތެއް ނެތެވެ. މިއަދު އަހަރެން މިހުރީ އެ ކަރުނަތައް ފުހެލައިދެވޭ ފަދަ މަޤާމެއްގައެއް ނޫނެވެ. އަހަންނަށް ކުރެވުނުހާވެސް ކަމަކީ އޭނާއާ ދިމާއަށް ހިނިތުންވެލުމެވެ. ބަދަލުގައި އޭނާވެސް ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. އެވަރުން އެކަނިވެސް އަހަރެންގެ ހިތް ފުރުނެވެ. އަހަންނާ މެދު އޭނާގެ ހިތް ސާފުކަން އެނގުމުންނެވެ. އެ ރީތި ހިނިތުންވުން ފަހު ފަހަރަށް ނަމަވެސް، ދެކިލުމުގެ ފުރުޞަތު ލިބުމުންނެވެ.
އެނބުރި އައިކޮޅަށް މިސްރާބު ޖެހީ، ދެން ފަހަތް ނުބަލަން ހުވާކުރަމުންނެވެ. އަވަސް ހިނގުމެއްގައި ބަނދަރަށް ގޮސް، ދޯންޏަށް އެރީމެވެ. ދޯނި ނައްޓައިލުމާއެކު، އެންމެ ފަހު ފަހަރަށް އަހަރެން ރަށާ ދިމާއަށް ބަލައިލީމެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތިކިތަކަށް މިނިވަންވާން ފުރުސަތު ދެމުން، ދެލޯ މަރައިލީމެވެ. އެއަށްފަހު ރަށަށް ފަސްދީފައި އަހަރެން އެނބުރުނީ، ދެވަނަ ފަހަރަށްވެސް ހަމަ އެރަށުގައި މާޒީ ކަފުން ކުރަމުންނެވެ. ބީވެގެން ދިޔަ އަހަރެންގެ އަލަތު އަނބިމީހާއާއި، ދަރިފުޅުގެ ހަނދާންތައް ފަނޑު ނުވާނޭހެން، ހިތުގައި އައު ކޮށްލަމުންނެވެ.
ނިމުނީ
15 Comments!
Comments are closed.







Assalaam alaikum
How are you all??
Libunu hus vaguthu kolheggai alhugandu liyunu mi kuru vaahaka kitunthereennah kamudhaane kamah unmeedhu kuran.. hurihaa kiyuntherin mathin ves varah handhaan vey.. insha allah,, mock exam ge kurin adhi kuru vaahaka eh upload kohleveythoa masakkaiy kuraanan ❤️
Maasha allah mi vaahaka vx varah varah reethi.. Nayaa ge aa vaahaka akah inthizaaru kuran.
Mi haaru emme inthizaaru kureveny june mahah hehe😂😂 ..
❤️❤️❤️ LYSM ❤️❤️❤️
✍️✍️✍️ GOOD LUCK FOR YOUR EXAMS ✍️✍️✍️
Shukuriyyaa vampire girl
Awww hehe nayaa ah ves mihaaru enme inthizaaru kureveny June mahah.. eyrun anekkaa ves hama jehilaigen vaahaka liyeveyny.. hehe
Lym darling
Thank youuu 🤍
Hey naya. appreciate your works and always waiting for your story. varah miss nayaa mathin.
Good luck for your exam dear. 🫶🏻
Suukuriyaa Reem darling
Varah miss vey Reem mathin ves
Thanksss 🤍
Nayaa ge mathin vrh miss vay
Unmeedhu kuran Nayaa ge aa vaahakae libeeney kama
Good luck for exams
My exam is also started yesterday
Imko mathin vx vrh miss vey
Insha Allah adhivx libeyne hama kiyaalan
Thankssss
Ohhh good luckk!! 💗
vv reethi mi vhk vs maasha allah..unmeedhu v
kuran nayaa ge ehn vhk eh vs kiyaalan libeyne kamah..n gud luck for ur exam
Shujuriyyaa ifoo.. yess insha allah adhive hama libeyne kiyaalan
Thanks 🤍
މި ސައިޓުން ފެންނަ ތިޔަ އުމުރުގެ( ހެދި ބޮޑުވާ ނޫކަށިފުރައިގެ )ގިނަ ޒުވާން ލިޔުންތެރީންގެ ވާހަކަތަކާ އަޅައިބަލާއިރު މި ވާހަކަ ރީތި ވެފައި ފުރިހަމަ. އިބާރާތްކުރުން ވެސް ނުހަނު ފަށުވި.ކުށްބަސްތަކެއް ނުވަތަ އިމްލާގެ ކުށްތަކެއް ވެސް ލޮލުގައި އަޅައެއް ނުގަތް. ތެދުތެދަށް ބުނާ ނަމަ ކޮންމެ ޕެރެގުރާފަކުން އަދި ކޮންމެ ޖުމުލައަކުން ވެސް ލިޔުންތެރިކަމުގެ ވައްޓަފާޅި، ފިސާރި ފައުޅުކަން ގަދަ ގޮތެއްގައި، ފެންނާން އެބަހުރި. ވާހަކައިގެ މައުޟޫއަށް ވިސްނައިލާއިރު، ފިރިމީހާގެ ނަޒަރުން ވާހަކަ ކިޔައިދިނުމުގެ ބަދަލުގައި އޭނަގެ ކުރީގެ އަނބިމީހާގެ ނަޒަރުން ވާހަކަ ގެނެސްދިން ނަމަ އަދި މިހާރަށް ވުރެ ވެސް ފުރިހަމަވީސްކަމަށް ފެނޭ. މިއީ ހަމައެކަނި ޚިޔާލެއް. ވާހަކަ ލިޔުމުގެ
ރޮނގުން ނާޔާ ދެކެމުން ތިޔަ ދާ ހުވަފެންތައް، މާދުރު ނޫން މުސްތަގުބަލެއްގައި، ތެދު ހަގީގަތެއްގެ ގޮތުގައި ލޯމައްޗަށް ދައްކަވާށި
mi comment kiyaalaafa vee ufaa bunedheyn ves neyngey.. varah varah ufaa vejje.. adhi thiya dhevvi khiyaalu alhugandah ves varah kaugossi.. thiyahen liyevunu nama adhi maa furihamavees kan yageen.. dhevvi khiyaalah varah bodah shukuriyyaa..
Mee aslu mi nimidhiya term ge term test ga alhugandu liyunu vaahaka.. kudhi kudhi badhalu thakaa eku all modify kohlaafa mi hury.. vaahaka kamudhiyaeema hama varah ufaa vejje
Adhives eh faharu thiya dhevvi khiyaalaai, kurevvi thaureefah fahfashun shukuru dhannavan.. varah ufaa vejje.. insha allah, alhugandu ge enme bodu eh unmeedhaky ves thee
Wow nayaa mi vaahaka vx varah reethi Masha Allah 💗❤️💕.and varah FURIHMA.miharu rifoo mi hury nayaa sis ge exam nimeyne dhuvahakah inthizaaru ga.🤭 mi kuru vaahaka vx nayaa ge hunaru verikan varah rangalhah eba faakhuvey.nayaa ge vaahaka thah nimun fahun mi site varah falhu vejje.☺️ vempire girl rifoo gaathu nayaa ge kuru vaahaka eh nerifa in vaahaka enyma mi website mi balaali.aslu rifoo unmeedheh nukuran nayaa as dhimaa vaane kamakah exam nimu mu ge kurin.thanks nayaa exam ah thayyaaru vamun vx vaahaka eh upload kohla dhinee thee.
🤞❤️ GOOD LUCK IN YOUR EXAM ❤️🤞
Love you so much nayaa 💕💖💖❤️
Aww thank you sm Rifoo darling
Ahaha same.. nayaa ah vx hama enme inthizaaru kureveny mihaaru exams nimeyne irakah
Alheyyy that’s so sweet of you to say my dear.. thank you soo muchh..
Owhhh you both are friends tha?? That’s great masha allah 🥰
Ahaha nooney miyoh dhimaa veenu hama exam nimumuge kurin.. aha you’re most welcome darlx
Thankssss
Love you more darling 💗
Wow…vvvv reethi story eh and rock Ur exams..❤️❤️
Thankiu sm dear 💗