Skip to content
އެސްފިޔަ

ނަފްސަށްޓަކައި.

އައުޅެން

ނަފްސަށްޓަކައި.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ތިބާގެ ނަފްސުގެ އަގުވަރަށް ބޮޑެވެ.

އަމިއްލަ ނަފްސަށްޓަކައި ހެޔޮކޮށް ހިތާށެވެ.

އަމިއްލަ ނަފްސަށް އޯގާތެރިވާށެވެ.

ނަފްސަށް ފަރުވާތެރިވެ ފަޚުރުވެރިވާށެވެ.

ނަފްސަށްޓަކައި އަބަދުމެ އުނގެނޭށެވެ.

ރަގަޅު ޚިޔާލުތަކަށް ފުރުސަތު ދޭށެވެ.

ނަފްސު ޡޯހިރުކުރުމަށް ގަދައަޅާށެވެ.

ޝައިތާނީ ވަސްވާހަށް ޖާގަ ނުދޭށެވެ.

ތިބާ ހެއްދެވި ފަރާތަށް ނަފްސު ހޭލައްވާށެވެ.

އަބަދުވެސް އަމިއްލަ ނަފްސާއި މެދު އުފާވާށެވެ.

ތިބާގެ ނަފްސުގެ ވެރިފަރާތަކީ ﷲ އެވެ.

ﷲ ހަޟްރަތުގައި ހުއްޓި ހުންނަންޖެހެއެވެ.

ތިބާގެ މަސްއޫލިއްޔަތުތަކަށް ޖަވާބުދޭންޖެހެއެވެ.

އަމިއްލަ ނަފްސާއި މެދު ރަނގަޅަށް ކަންތައް ކުރާށެވެ.

ﷲ ދެއްވި ގިނަގުނަ ނިޢުމަތް ހަނދާންކުރާށެވެ.