Skip to content
އެސްފިޔަ

މަންމައާއި އެކުގައިވަމެވެ.

އައުޅެން

މަންމައާއި އެކުގައިވަމެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ލޯބިވާ މަންމަގެ ހަނދާންތައް ފިލައިނުދެއެވެ.

ނިދާއިރު މަންމަގެ ނާނާގެ އަޑު އިވޭކަހަލައެވެ.

ނިދުނީމާ ހުވަފެނުގައި ފެންނަނީ މަންމައެވެ.

ހޭލެވެނީ މަންގެ ނަސޭހަތުގެ ބަސްކޮޅަކާއެކުއެވެ.

ކުޑައިރު ނިދީ މަންމަގެ ނާނާޔާ އެކުގައެވެ.

ޝަހާދަތް ކިއުމަށް އަބަދުމެ ހަނދާން ކޮށްދެއެވެ.

ފަތިހު ތެދުވުމުގެ އާދަ ހަރުލައްވައިދިނެވެ.

ދުވަސް ފަށަންވާނީ ފަތިސް ނަމާދުންނޭ ބުނެއެވެ.

ފިލާ ހިފައިގެން މަންމައާއެކު އެދުރުގެއަށް ދަމެވެ.

ލިޔަން ކިޔަން ދަސްކޮށްދިނީ މަންމައެވެ.

ދުރޫސްލްއާޚްލާގެ ފިލާވަޅުތައް ހިތުދަސްކުރުވިއެވެ.

މިހާރުވެސް ކުށަކާނުލައި އެފިލާވަޅުތައް ކިޔެއެވެ.

ގާތްތިމާގެމީހުންގެ ގޭގެއަށް ދާން ބުނާނެއެވެ.

މީހަކު ބަލިވެ އުޅޭނަމަ ގޮވާލަންދާން ބުނާނެއެވެ.

ރިވެތި އުސޫލުތައް އަބަދުވެސް ބުނެދޭނެއެވެ.

ހީވަނީ މަންމަ އަހަރެމެންނާއިއެކުގައި ވާހެނެވެ.

އަބަދުމެ މަންމަމަތީން ހަނދާންވާތީ ދުޢާ ކުރެވެއެވެ.

ޞަދަޤާތާއި ދުޢާއިން މަންމައަށް ސުވަރުގެ ލިބޭނެއެވެ.