Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެން

މަންމަގެ މާބޮނޑި

ismail ali Level 1
January 9, 2024 One Min Read
0 Comments

މަންމަގެ މާބޮނޑި

އިސްމާޢީލްޢަލީ ކަނދޮޅުދޫ

މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ.

މަންމަ ދެކެ ވަރަށް ލޯބިވާ ޒުވާނެކެވެ. މަންމައަށް ހަދިޔާއަކަށް މާބޮނޑިއެއް ފޮނުވުމުގެ ބޭނުމުގައި މާވިއްކާ ފިހާރައަކަށް މާބޮނޑިއަކަށް އޯޑަރ ކުރުމަށްޓަކައި ދިޔައެވެ. މިގޮތަށް އޯޑަރ  ކުރުމުން ވަކި މުއްދަތެއްގެ ތެރޭގައި މާބޮނޑި ގެނެސްދޭނެއެވެ. ފިހާރައާއި ކައިރިހިސާބެއްގައި ކާރުޕާކް ކޮށްލުމަށްފަހު ކާރުންފޭބި ވަގުތު އެތާ މަޑުކޮށްލައިގެން އިން ކުޑަ އަންހެން ކުއްޖަކު އޭނާއަށް ފާހަގަ ކުރެވުނެވެ. އެކުއްޖާ ގިސްލަމުންދާތީ އެކުއްޖައާއި ސުވާލު ކުރިއެވެ. ޖަވާބުގައި އަންހެން ކުއްޖާ ވަރަށް ހިތާމައާއިއެކުބުނެލިއެވެ.

އަހަރެން މަންމައަށް ރަތްފިނިފެންމަލެއް ގަނެދޭން ބޭނުމެވެ.އެކަމަކު އަހަރެންގެ އަތުގައި ވަނީ އެންމެ ހަތްދިފަސް ސެންޓުކަމާއި .ރަތް ފިނިފެންމަލުގެ އަގަކީ ދެޑޮލަރެވެ.

އެޒުވާން ފިރިހެންހެން ކުއްޖާ ބުނެލިއެވެ. އަހަރެންނާއިއެކު ފިހާރައަށް އައިސް ބަލާށެވެ. އަހަރެން ކަމަނާއަށް އެ ފިނިފެންމާ ގަނެދީފާނަމެވެ.އޭނަ އެކުޑަ އަންހެން ކުއްޖައަށް އޭނާ ބޭނުންވި ރަތްފިނިފިފެންމާ ގަނެދިނުމަށްފަހު އޭނާގެ މަންމައަށް ފޮނުވުމަށްޓަކައި މާބޮނޑިއަކަށް އޯޑަރ ކުރިއެވެ.

އެއަށްފަހު ޒުވާނާ ދިއުމުގެ ކުރިން އެކުއްޖާފުޅު މަންމަގާތަށް ގެންގޮސްދީފާނެ ކަމަށް ބުންޏެވެ. އެ ކުޑަކުއްޖާ އެކަމާއި އެއްބަސްވެ ދަތުރުފެށިއެވެ.އަންހެން ކުއްޖާ ކިޔައިދިންގޮތަށް ދަތުރުކޮށް މަންމަ ވަޅުލާފައިވާ ސަހަރާއަށްގޮސް މަންމަގެ މަހާނަ މަތީ ރަތްފިނިފެމާ ބޭއްވިއެވެ.

ޒުވާނާ އެކަންތަކަށްފަހު އެނބުރި މާފިހަރައަށްގޮސް ކުރިންކުރި އޯޑަރ ކެންސަލް ކުރުމަށްފަހު މާބޮނޑިއެއް ގަނެ ދުއިސައްތަ މޭލު ދުރުގައިވާ މަންމަގާތަށް ދިއުމަށް ދަތުރު ފެށިއެވެ.އޭނާއަށް ވިސްނުނު ގޮތުގައި ދިރިއުޅޭން ލިބިފައި މިވަނީ ވަރަށް ކުރުމުއްދަތެކެވެ. ތިމާދެކެ ލޯބިވާ މީހުންނަށް އަޅާލައި ލޯބިވުމުގައި ވީހައިވެސް ގިނަވަގުތު ހޭދަ ކުރަންޖެހޭނެއެވެ. މާލަސްވުމުގެ ކުރިން އެމީހުންނާއިއެކު ވަގުތު ހޭދަކުރަންޖެހޭނެއެވެ.އެމީހުންނަށް ހަދިޔާދީ ހިތްއުފާކޮށްދޭންވާނެއެވެ. ޢާއިލާއަށް އިސްކަންދިނުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

ޒުވާނާ ދަތުރު ކުރަމުންދިޔައިރު ހިތްވަނީ އަވަސްވެފައެވެ. މަންމަ ދެކިލާހިތުން މަންމަގާތަށް ދިއުމަށްޓަކައި ވަރަށް ބާރަށް ކާރު ދުއްވާފައި ދިޔައެވެ.

Share Article

Follow Me Written By

ismail ali

Level 1

Other Articles

Previous

އުމުރުގާ ކަލާޔާ އެކު-1

Next

އުމުރުގާ ކަލާޔާ އެކު-2

Next
January 9, 2024

އުމުރުގާ ކަލާޔާ އެކު-2

Previews
January 9, 2024

އުމުރުގާ ކަލާޔާ އެކު-1



All Right Reserved!